މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,452 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1202 ވަނަ ޞަފްޙާ

އާރުޓީއެލްއަށް އަހުލުވެރިކުރުމުގެ ދަތުރުތައް ޅ. އަތޮޅުގައި ފަށައިފި

އާރުޓީއެލްއަށް އަހުލުވެރިކުރުމުގެ ދަތުރުތައް ޅ. އަތޮޅުގައި ފަށައިފި

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް)އަށް އަހުލުވެރިކުރުމުގެ ދަތުރުތައް ޅ. އަތޮޅުގައި އިއްޔެ ފަށައިފިއެވެ. ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓަކްޗަރ މިނިސްޓްރީން މިއަދު ވިދާޅުވީ، އާރުޓީއެލް އަށް އަހުލުވެރިކުރުމުގެ ދަތުރުތައް ޅ. އަތޮޅުގައި އިއްޔެ ފަށާފައިވާ ކަމަށެވެ. އަހުލުވެރި ކުރުމުގެ ދަތުރުތައް ކުރިއަށްދާއިރު މި ދަތުރުތަކަށް އެއްވެސް އަގެއް ނުނަގާނެ ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. އާރުޓީއެލް އަށް އަހުލުވެރިކުރުމުގެ ދަތުރުތައް ޅ. އަތޮޅުގައި އިއްޔެ ފެށިއިރު، އެ އަތޮޅުގައި ތި...

ޔުމްނާ ޢަލީ
ޓްރެވަލް + ލެއިޝަރ އިންޑިއާގެ ބެސްޓް އެވޯޑްސް 2022: ބެސްޓް ރޮމޭންޓިކް ޑެސްޓިނޭޝަނަކަށް ރާއްޖެ

ޓްރެވަލް + ލެއިޝަރ އިންޑިއާގެ ބެސްޓް އެވޯޑްސް 2022: ބެސްޓް ރޮމޭންޓިކް ޑެސްޓިނޭޝަނަކަށް ރާއްޖެ

ޓްރެވަލް + ލެއިޝަރ އިންޑިއާސް ބެސްޓް އެވޯޑްސް 2022 އިންޓަނޭޝަނަލް ކެޓަގަރީއިން ‘ބެސްޓް ރޮމޭންޓިކް ޑެސްޓިނޭޝަން’ ގެ އެވޯޑް ދިވެހިރާއްޖެއިން ހާސިލްކޮށްފިއެވެ. މި އެވޯޑް އިއުލާންކޮށްފައިވަނީ މިމަހުގެ 16 ގައި ނިއުދިއްލީގެ އައިޓީސީ މައުރިޔާގައި ބޭއްވި ރީޑާސް ޗޮއިސް ޓްރެވަލް + ލެއިޝަރ އިންޑިއާގެ ބެސްޓް އެވޯޑްސް 2022 ގެ 11 ވަނަ އެޑިޝަންގައެވެ. މި އެވޯޑާ ހަވާލުވީ އިންޑިއާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ހައި ކޮމިޝަނާ-ޑެޒިގްނޭޓް އިބްރާހީމް ޝަހީބެވެ. ޓްރެވެލް + ލެއިޝަރގެ ބެސްޓް އެވޯޑްސްއިން […...

އިބްރާހިމް އަސްވާޤް
އެމެރިކާއާއި ވޭލްސް ބައްދަލުކުރި މެޗަށް ހަމަހަމަ ނިމުމެއް

އެމެރިކާއާއި ވޭލްސް ބައްދަލުކުރި މެޗަށް ހަމަހަމަ ނިމުމެއް

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީގައި އެމެރިކާއާއި ވޭލްސް ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. ރޭ ގަތަރުގެ އަހްމަދު ބިން އަލީ ސްޓޭޑިއަމްގައި ކުޅުނު މި މެޗު އެއްވަރު ވެފައި ވަނީ 1-1 ގެ ނަތީޖާއިންނެވެ. މި މެޗުގައި ފުރަތަމަ ލަނޑުޖަހާފައި ވަނީ އެމެރިކާއިންނެވެ. މި ލަނޑު 36 ވަނަ މިނެޓުގައި ކްރިސްޓިއަން ޕްލިސިޗް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ޓިމޮތީ ވިއާއެވެ. މިއީ ވިއާ އެމެރިކާ ޓީމަށް ޖަހައިދިން ފުރަތަމަ ލަނޑެވެ. […]

އިބްރާހިމް ޚަލީލް
ސެނެގާލް ބަލިކޮށް ނެދަލެންޑްސް ފެށުން ރަނގަޅު ކޮށްފި

ސެނެގާލް ބަލިކޮށް ނެދަލެންޑްސް ފެށުން ރަނގަޅު ކޮށްފި

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭގައި މިރޭ ނެދަލެންޑްސްއާއި ސެނެގާލް ބައްދަލުކުރި މެޗު ނެދަލެންޑްސްއިން ކާމިޔާބު ކޮށްފިއެވެ. ގަތަރުގެ ވެރިރަށް ދޯހާގައި ހުންނަ އަލް ތުމާމާ ސްޓޭޑިއަމްގައި ކުޅުނު މެޗު ނެދަލެންޑްސްއިން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއިންނެވެ. މި މެޗުގައި ދެ ޓީމްގެ ފަރާތުން ފެނިގެން ގޮސްފައި ވަނީ ދާދި ހަމަހަމަ ކުޅުމެކެވެ. ފުރަތަމަ ހާފުގެ 24 ވަނަ މިނެޓުގައި ސެނެގާލްގެ އިސްމާއިލާ ސާ ފޮނުވާލި ނުރައްކާތެރި ހަމަލާ ދިފާއުކޮށްފައި ވަނީ […]

އިބްރާހިމް ޚަލީލް
ފަސޭހަކަމާއިއެކު އީރާން ބަލިކޮށް އިންގްލެންޑަށް ރަނގަޅު ފެށުމެއް

ފަސޭހަކަމާއިއެކު އީރާން ބަލިކޮށް އިންގްލެންޑަށް ރަނގަޅު ފެށުމެއް

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ކުޅުނު ފުރަތަމަ މެޗުގައި އިންގްލެންޑުން ފަސޭހަކަމާއިއެކު އިރާން ބަލިކޮށް މުބާރާތުގެ ފެށުން ރަނގަޅު ކޮށްފިއެވެ. މިރޭ ގަތަރުގެ ޚަލީފާ އިންޓަނޭޝަނަލް ސްޓޭޑިއަމްގައި ކުޅުނު މި މެޗު އިންގްލެންޑުން ކާމިޔާބު ކޮށްފައި ވަނީ 6-2 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މި މެޗުގައި އިންގްލެންޑްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، އިރާނަށް މެޗުގައި އިތުރު މައްސަލަ ކުރިމަތިވީ، މެޗުގެ ވަރަށް ކުރީކޮޅެ އެ ޓީމްގެ އެއް ނަމްބަރު ކީޕަރަ […]

އިބްރާހިމް ޚަލީލް
ޖަލު އޮފިސަރަކު މަސްތުވާތަކެއްޗާ އެކު ހައްޔަރުކޮށްފި

ޖަލު އޮފިސަރަކު މަސްތުވާތަކެއްޗާ އެކު ހައްޔަރުކޮށްފި

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) ގެ އޮފިސަރަކު މަސްތުވާތަކެއްޗާ އެކު ހައްޔަރުކޮށްފި އެވެ. ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ފުޅު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އޭނާ އަތުލައިގަތީ ފުލުހުންނާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. ކޮމިޝަނާ ވިދާޅުވި ގޮތުގައި ޖަލަށް މަސްތުވާތަކެތި ވައްދާ ކަމުގެ ތުހުމަތަށް ހައްޔަރު ކުރި، ކަރެކްޝަންސްގެ އޮފިސަރު ހައްޔަރުކުރީ މަސްތުވާތަކެއްޗާ އެކުގައި ކަމަށެވެ. މިހާރު އޭނާ ވަނީ ސަސްޕެންޑް ކޮށްފަ އެވެ. އޮފިސަރު މަސްތުވާތަކެތި ވައްދަން އުޅު...

އަލީ އާދިލް
ފީފާ ވޯލްޑް ކަޕް ގަތަރު 2022™ ސީޒަނަށް ކޮކާ-ކޯލާއިން ދިވެހިންނަށް އިނާމު ދީފި

ފީފާ ވޯލްޑް ކަޕް ގަތަރު 2022™ ސީޒަނަށް ކޮކާ-ކޯލާއިން ދިވެހިންނަށް އިނާމު ދީފި

ފީފާ ވޯލްޑް ކަޕް ގަތަރު 2022™އަށް ތައްޔާރުވުމުގެ ގޮތުން ކޮކާ-ކޯލާ ކުންފުނީގެ ތާޒާ ބުއިންތަކަށް ދިވެހިން އިންސާފު ކުރަމުން ދާ ދިއުން ފާހަގަކުރުމަށް ކޮކާ-ކޯލާ އިން ކުރިއަށް ގެންދިޔަ ޝައުގުވެރި ޕްރޮމޯޝަން ނިންމާލައި ނަސީބުވެރިންނަށް އަގުހުރި އިނާމުތަކެއް ދީފި އެވެ. ސެޕްޓެމްބަރު 1، 2022 އިން އޮކްޓޯބަރު 31، 2022އަށް، ފީފާ ވޯލްޑް ކަޕް ގަތަރު 2022™ ސީޒަނަށް ހާއްސަކޮށް ކުރިއަށް ގެންދިޔަ ޕްރޮމޯޝަންގެ ސަބަބުން، ރާއްޖޭގައި ތިބި ކޮކާ-ކޯލާގެ ބުއިންތަކަށް ލޯބިކުރާ ފަރާތްތަކަށް އެ މީހުންގެ […]

އަލީ އާދިލް
ބަސްތަކާއި ފެރީތަކުގެ ގޮނޑިތަކުގައި ނުލިޔުމަށް އެމްޓީސީސީން އެދިއްޖެ

ބަސްތަކާއި ފެރީތަކުގެ ގޮނޑިތަކުގައި ނުލިޔުމަށް އެމްޓީސީސީން އެދިއްޖެ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހިދުމަތް ދޭ ބަސްތަކާއި ފެރީތަކުގެ ގޮނޑިތަކުގައި ނުލިޔުމަށް އެ ކުންފުނިން އެދިއްޖެއެވެ. އެ ކުންފުނިން ނެރުނު އިއުލާނެއްގައި ބުނީ ބަހާއި ފެރީގެ ހިދުމަތް ހޯދާ ފަރާތްތަކުން، ގޮނޑިތަކުގެ ފަހަތުގައި ބޭއަދަބީ ކުރެހުމާއި ލިޔުން ހުންނަ ކަން ފާހަގަކުރެވިފައިވާ ކަމަށެވެ. ބަހާއި ފެރީގެ ހިދުމަތަކީ ހުރިހާ އުމުރުފުރައެއްގެ ފަރާތްތަކުންވެސް ހޯދާ ހިިދުމަތެއްކަން ފާހަގަކޮށް އެމްޓީސީސީން ބުނީ މަދު ބައެއްގެ ފަރާތުން ފެންނަ އެފަދަ ބޭއަދަބީ ކަން...

އަޙްމަދު ވަހީދު
"އެ ސަރުކާރު، މި ސަރުކާރު" ކިޔައިގެން ބަޖެޓު ސިޔާސީ ނުކުރޭ: ސަލީމް

"އެ ސަރުކާރު، މި ސަރުކާރު" ކިޔައިގެން ބަޖެޓު ސިޔާސީ ނުކުރޭ: ސަލީމް

ހަރަދު ކުރެވޭނީ ދައުލަތަށް އާމްދަނީ ލިބޭވަރަކުން ކަމަށާއި ބަޖެޓް ސިޔާސީ ނުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށި ދާއިރާގެ މެމްބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެ އެވެ. އޭނާ މިހެން ވިދާޅުވީ އަންނައަހަރުގެ ބަޖެޓަށް ބަހުސް ކުރައްވަމުން މަޖިލީހުގެ ތަޅުމުގައި ވާހަކަ ދައްކަވަމުން ނެވެ. ސަލީމް ވިދާޅުވީ މިއުޅެނީ “އެ ސަރުކާރު، މި ސަރުކާރު” ކިޔަން ނޫން ކަމަށާއި ހަރަދު ބޮޑުވީމާ އޭގެ ނޭދެވޭ އަސަރު ކުރާނީ އެންމެންނަށް ކަމަށެވެ. އަދި މިއީ ޖީއެސްޓީ ބޮޑުކުރަން އެންމެރަނގަޅު ވަގުތު ނޫންކަން […...

މުޙައްމަދު އަފްރާޙް
ހިދުމަތްތެރިޔާ ހަބީބާ ހުސައިން ހަބީބު އަވަހާރަވެއްޖެ

ހިދުމަތްތެރިޔާ ހަބީބާ ހުސައިން ހަބީބު އަވަހާރަވެއްޖެ

ދިވެހި އަދަބިއްޔާތަށް ގިނަގުނަ ޚިދުމަތްތަކެއް ކުރެއްވި، ނިޝާން ދިޔަމިގިލީ ޝަރަފުގެ އިއްޒަތް ލިބިވަޑައިގެންފައިވާ އައްނަބީލާ ހަބީބާ ހުސައިން ހަބީބު އަވާހާރަ ވެއްޖެއެވެ. ހަބީބާއަކީ ރާއްޖޭގައި ދެފަހަރެއްގެމަތިން 32 އަހަރަށްވުރެ ގިނަދުވަސްވަންދެން ރަސްކަންކުރެއްވި އައްސުލްތާން މުހައްމަދު ޝަމްސުއްދީންގެ ދަރިކަނބަލުން އަލްއަމީރާ ޝަހީމާ ޝަމްސުއްދީންގެ ބޭފުޅެކެވެ. ބައްޕާފުޅަކީ އައްނަބީލް ހުސައިން ހަބީބު (ކަކާގޭ ތުއްތު މަނިއްޕުޅު) އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ހަބީބާ ހުސައިން ހަބީބު އަވަހާރަވީ އުމ...

ޔުމްނާ ޢަލީ
އިހަވަންދޫގައި ބާއްވާ މޫދު ކަސްރަތު ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

އިހަވަންދޫގައި ބާއްވާ މޫދު ކަސްރަތު ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫގައި “ހަށިހެޔޮ ދުޅަހެޔޮ” ނަމުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މޫދު ކަސްރަތު ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި ޕްރޮގްރާމަކީ އިހަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި އިހަވަންދޫ ކުލަބް ޕޯލްސްޓާގެ އިތުރުން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގުޅިގެން 30 ދުވަހުގެ މުއަދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައި ވަނީ މި މަހު 25 ވަނަ ދުވަހުއެވެ. މި...

އިބްރާހިމް ޚަލީލް
ލޯބިވެރިޔާއަށް ކުރި ޚަރަދު ހޯދަން ފިރިހެނަކު ކުރި ދައުވާ ނާކާމިޔާބު

ލޯބިވެރިޔާއަށް ކުރި ޚަރަދު ހޯދަން ފިރިހެނަކު ކުރި ދައުވާ ނާކާމިޔާބު

ލޯބީގެ ގޮތުން ގުޅިގެން އުޅޭއިރު، އަންހެން މީހާ ލައްވައި ފިރިހެނުން ޚަރަދު ކުރުވާ މައްސަލަ އަބަދުވެސް ބޮޑެވެ. ދެ މީހުން ރުޅިވުމަށްފަހު އަންހެން މީހާ ކޯޓަށް ދިއުމުން އެ ފައިސާ އަނބުރާ ދައްކަން ކޯޓުތަކުން ކުރިން ހުކުމް ކޮށްފައިވެ އެވެ. މިފަދަ މައްސަލައެއްގައި ފުރަތަމަ ފަހަރަށް ފިރިހެނަކު އަންހެނަކާ ދެކޮޅަށް ކޯޓަށް ހުށަހެޅި މައްސަލަ އިއްޔެ ވަނީ ނާކާމިޔާބުވެގެން ނިމިފަ އެވެ. އދ. އަތޮޅަށް ނިސްބަތްވާ ފިރިހެނަކު ސިވިލް ކޯޓުގައި ދައުވާކުރީ އޭނާގެ ކުރީގެ އަނބިމީހާއާ ލޯބީގެ […]

ހުސައިން ހަބީބް
ނިރުފެހިގެ ސާފުކޮށް ނިންމާލައިފި

ނިރުފެހިގެ ސާފުކޮށް ނިންމާލައިފި

މި މަހު 9 ވަނަ ދުވަހުގެ ރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި ރޯވި މ. ނިރުފެހިގެ ސާފުކޮށް ނިންމާލައިފިއެވެ. ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީން ވިދާޅުވީ، އެ ގޭ ސާފުކޮށް ނިންމާލެވިފައިވާ ކަމަށެވެ. މި މަސައްކަތް ކޮށްފައިވަނީ އެ މި ނިސްޓްރީގެ ޕަބްލިކް ވޯކްސް ސަރވިސަސް ޑިޕާޓްމަންޓުންނެވެ. މި ނޮވެމްބަރ މަހުގެ 9 ވަނަ ދުވަހުގެ ރޭ ހިނގި މި އަލިފާނުގެ ހާދިސާއަކީ، ރާއްޖޭގައި މިހައިތަނަށް އެންމެގިނަ މީހުން ނިޔާވި ހާދިސާ އެވެ. އެ ހާދިސާގައި […]

ޔުމްނާ ޢަލީ
އިދިކޮޅުން ހީކުރީ ސަރުކާރު ގެއަށް ވަންނާނެ ކަމަށް، އެއަށް ވުރެ ރައީސް ޞާލިޙްގެ ހިތްވަރު މާ ގަދަ: ވަހީދު

އިދިކޮޅުން ހީކުރީ ސަރުކާރު ގެއަށް ވަންނާނެ ކަމަށް، އެއަށް ވުރެ ރައީސް ޞާލިޙްގެ ހިތްވަރު މާ ގަދަ: ވަހީދު

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ހީކުރީ ކޯވިޑާއި، ޔުކްރޭން ހަނގުރާމައާއި ގުޅިގެން މި ސަރުކާރު ގެއަށް ވަންނާނެ ކަމަށާއި، އެއަށް ވުރެ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ހިތްވަރު މާ ގަދަކަމަށް ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ވަޙީދު (ވައްޑޭ) ވިދާޅުވެއްޖެއެވެ. ވައްޑޭ މިހެން ވިދާޅުވީ، މިއަދުގެ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި 2023 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާއި 2022 ވަނަ އަހަރުގެ ސަޕްލިމެންޓްރީ ބަޖެޓު، ބަޖެޓު ދިރާސާކުރާ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް ބަހުސް […]

އަލީ އާދިލް
މަސްވެރިންނަށް ރަނގަޅު އަގު ލިބޭނެ ގޮތްތައް ހެދުމަށް ބޭނުންވާ އިންވެސްޓްމެންޓްތައް ސަރުކާރުން ދަނީ ކުރަމުން: ޑރ. ހުސައިން

މަސްވެރިންނަށް ރަނގަޅު އަގު ލިބޭނެ ގޮތްތައް ހެދުމަށް ބޭނުންވާ އިންވެސްޓްމެންޓްތައް ސަރުކާރުން ދަނީ ކުރަމުން: ޑރ. ހުސައިން

ރާއްޖޭގެ މަސްވެރިންނަށް މިހާރަށްވުރެ ރަނގަޅު އަގު ލިބޭނެ ގޮތްތައް ހެދުމަށް ބޭނުންވާ އިންވެސްޓްމެންޓްތައް ސަރުކާރުން ކުރަމުން އަންނަކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެ އެވެ. އޭނާ މިހެން ވިދާޅުވީ ސަރުކާރަށް ހަތަރު އަހަރު ފުރުމާއި ގުޅިގެން ދައުލަތުގެ މީޑިއާ ގައި ވާހަކަ ދައްކަވަމުން ނެވެ. ޑރ. ހުސައިން ވިދާޅުވީ އެންމެ މުހިއްމު ކަމަކީ ފޮރިން އިންވެސްޓްމެންޓްތަކުން އަމިއްލަ މީހުންނަށް ޖާގަ ދީ އެކަން ކުރެވޭނެ ގޮތް ހަދައިދިނުން ކަމަށެވެ. އަދި ސަރުކާރުން ގަސްތުކުރައްވާފައިވަ...

މުޙައްމަދު އަފްރާޙް
ނައިބު ރައީސްގެ ޓީމަކީ އާޖެންޓީނާ، ފުރަތަމަ މެޗް ބައްލަވާލެއްވުމަށް ހުޅުމާލެ ސިންތެޓިކް ޓްރެކަށް

ނައިބު ރައީސްގެ ޓީމަކީ އާޖެންޓީނާ، ފުރަތަމަ މެޗް ބައްލަވާލެއްވުމަށް ހުޅުމާލެ ސިންތެޓިކް ޓްރެކަށް

ރޭ ފެށި ވޯލްޑްކަޕްގެ ޕްރީ ޝޯ އަދި ފުރަތަމަ މެޗް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ހުޅުމާލެ ސިންތެޓިކް ޓްރެކްގައި މެޗް ބެލުމުގެ އިންތިޒާމު ހަމަޖެހިފައިވާތަނަށް ވަޑައިގެންފިއެވެ. ވޯލްޑްކަޕް ފެށުމުގެ ގޮތުން ރޭ ބައްދަލުކުރީ ގަތަރާއި އެކުއެޑޯއެވެ. ނައިބު ރައީސް ފައިޞަލް ވަނީ ތިން ދަރިކަލުންނާއެކު ހުޅުމާލެ ސިންތެޓިކް ޓްރެކްގައި އިންނަވައި އެ މެޗް ބައްލަވާ ލައްވާފައެވެ. ނައިބު ރައީސްގެ އަރިހުގައި ހުޅުމާލޭ ދާއިރާގެ މެންބަރު ޢަލީ ނިޔާޒާއި، އެޗްޑީސީގެ މެނޭޖިން ޑައިރެކްޓަރު...

ޙުސައިން ޝަހުދީ
މިއަދުގެ އިރުއޮއްސުމާއި ހަމައަށް މޫސުން ގޯސްވާނެ، ސަމާލުވޭ!

މިއަދުގެ އިރުއޮއްސުމާއި ހަމައަށް މޫސުން ގޯސްވާނެ، ސަމާލުވޭ!

މިއަދުގެ އިރުއޮއްސުމާއި ހަމައަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ހާމަކުރައްވައިފި އެވެ. އެ އިދާރާއިން ނެރެފައިވާ މޫސުމީ ބްލެޓިންގ ގައި ވިދާޅުވެފައިވަނީ ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރާނެކަމަށެވެ. އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ. މީގެ އިތުރުން ހުޅަނގާއި ހުޅަނގު އުތުރުން ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކުރައްވާފައިވާއިރު، އެހެން ހިސާބުތަކަށް ވައި ޖެހޭނެ ކަމަށް ލަފާ ކ...

މުޙައްމަދު އަފްރާޙް
ކެލައިން ގޯއްޗަށް އެދި ފޯމް ހުށަހެޅި ފަރާތްތަކަށް މާކްސް ދެވިފައިވާ ގޮތުގެ ވަގުތީ ނަތީޖާ އާންމުކޮށްފި

ކެލައިން ގޯއްޗަށް އެދި ފޯމް ހުށަހެޅި ފަރާތްތަކަށް މާކްސް ދެވިފައިވާ ގޮތުގެ ވަގުތީ ނަތީޖާ އާންމުކޮށްފި

ހއ.ކެލައިން ބަންޑާރަ ގޯއްޗަށް އެދި ފޯމް ހުށަހަޅާފައިވާ ފަރާތްތަކަށް މާކްސް ދެވިފައިވާ ގޮތުގެ ވަގުތީ ނަތީޖާ އެ ކައުންސިލުން އާންމު ކޮށްފިއެވެ. ކެލައިން ދޫކުރުމަށް ހަމަޖެހިފައިވާ 33 ބަންޑާރަ ގޯއްޗަށް އެދި ފޯމް ހުށަހެޅުމަށް ހުޅުވާލި ފުރުޞަތުގެ ދަށުން 263 ފަރާތަކުން ވަނީ ފޯމް ހުށަހަޅާފައެވެ. މިއަދު އެ ކައުންސިލުން ގޯއްޗަށް ކުރިމަތިލީ ފަރާތްތަކަށް މާކްސް ދެވިފައިވާ ގޮތުގެ ލިސްޓް އާންމު ކޮށްފައިވާއިރު، 11 ފަރާތަކަށް ވަނީ 90 މާކްސް ލިބިފައެވެ. އެ އަދަދަށް މާކްސް ލިބިފައިވާ […]

އިބްރާހިމް ޚަލީލް