މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,454 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1196 ވަނަ ޞަފްޙާ

ބެލްޖިއަމް ބަލިކޮށް މޮރޮކޯއިން ދެވަނަ ބުރުގެ އުންމީދު ބޮޑުކޮށްފި

ބެލްޖިއަމް ބަލިކޮށް މޮރޮކޯއިން ދެވަނަ ބުރުގެ އުންމީދު ބޮޑުކޮށްފި

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އެފްގައި މިރޭ ބެލްޖިއަމާއި މޮރޮކޯ ބައްދަލުކުރި މެޗު މޮރޮކޯއިން ކާމިޔާބުކޮށް މުބާރާތުގެ ދެވަނަ ބުރުގެ އުންމީދު އެ ޓީމުން ބޮޑު ކޮށްފިއެވެ. މިރޭ ގަތަރުގެ ތުމާމާ ސްޓޭޑިއަމްގައި ކުޅުނު މެޗު މޮރޮކޯއިން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއިންނެވެ. މި މެޗުގައި ދެ ޓީމަށް ވެސް ލަނޑުޖަހާނެ ފުރުޞަތު ވަނީ ލިބިފައެވެ. މެޗުގެ ފުރަތަމަ ހަމަލާ ފޮނުވާލާފައި ވަނީ ބެލްޖިއަމުންނެވެ. މޮރޮކޯގެ އޭރިއާތެރެއިން ބެލްޖިއަމްގެ ފޯވާޑް ބަޓްޝުއާއީއަށް […]

އިބްރާހިމް ޚަލީލް
އުރީދޫ އިން ފުޓުބޯޅައަށް ހާއްސަ ސްޓިކާ ޕެކެއް

އުރީދޫ އިން ފުޓުބޯޅައަށް ހާއްސަ ސްޓިކާ ޕެކެއް

މިހާރު ކުރިއަށްދާ ވޯލްޑްކަޕާ ގުޅުވައިގެން އުރީދޫ މޯލްޑިވްސް އިން ކުރިއަށްގެންދާ “އުރީދޫ ފުޓުބޯޅަ ފޯރި” ގެ ސްޓިކާ ޕެކެއް ތައާރަފު ކޮށްފިއެވެ. މި ސްޓިކާޕެކް ވައިބާ އަދި ޓެލެގްރާމުގައިވެސް ބޭނުން ކުރެވޭނެއެވެ. އުރީދޫގެ މި ސްޓިކާޕެކުގައި ފުޓުބޯޅައާ ގުޅުންހުރި ތަފާތު މަޖާ ސްޓިކާތައް އެކުލެވެއެވެ. މީގެ ތެރޭގައި “މެޗައް ރެޑީތަ؟” “މިފަހަރު މޮޅުވާނެ” “ގޯލް” ފަދަ ސްޓިކާތައް ހިމެނެއެވެ. މި ސްޓިކާޕެކަކީ މުޅިން ހިލޭ ޑައުންލޯޑް ކުރެވޭ ސްޓިކާޕެކެކެވެ. https://twitter.com/ooredoomaldives/status/1596032254417174...

އަޙްމަދު ވަހީދު
ކުޅުދުއްފުށި ސިޓީ ބަންޑާރަހިޔާގެ ރޯހައުސްތައް ހަވާލުކުރުމަށް ކުލަގަދަ ރަސްމިއްޔާތެއް ބާއްވަނީ

ކުޅުދުއްފުށި ސިޓީ ބަންޑާރަހިޔާގެ ރޯހައުސްތައް ހަވާލުކުރުމަށް ކުލަގަދަ ރަސްމިއްޔާތެއް ބާއްވަނީ

ހދ. ކުޅުދުއްފުށި ސިޓީގައި ސަރުކާރުން އިމާރާތް ކޮށް ނުނިމި ހުރި ފުލެޓްތައް ނިމުމުގެ ރަސްމިއްޔާތު ކުލަގަދަކޮށް ފާހަގަ ކުރާނެކަމަށް އެ ސިޓީގެ މޭޔަރ މުހައްމަދު އާތިފް ވިދާޅުވެއްޖެ އެވެ. “ތިލަދުން” އާ މައުލޫމާތު ހިއްސާ ކުރައްވަމުން އޭނާ ވިދާޅުވީ، އެކި ސަބަބުތަކާހެދި މިހައިތަނަށް އާއްމުންނަށް ދޫނުކުރެވި ހުރި 102 ރޯހައުސްއެއް ހަވާލުކުރުމުގެ ކަންކަން އަންނަމަހުގެ ތެރޭގައި ނިންމާލެވޭކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އާތިފް ވިދާޅުވީ މި މަޝްރޫއުގެ ނިމުން ވަރަށް ކުލަގަދަކޮށް […]

މުޙައްމަދު އަފްރާޙް
ޖަޕާން ބަލިކޮށް ކޮސްޓަ ރިކާ އިން ދެވަނަ ބުރުގެ އިތުބާރު ބޮޑުކޮށްފި

ޖަޕާން ބަލިކޮށް ކޮސްޓަ ރިކާ އިން ދެވަނަ ބުރުގެ އިތުބާރު ބޮޑުކޮށްފި

ފީފާ ވޯލްޑް ކަޕްގެ 2022ގެ ގުރޫޕް އީގައި މިއަދު ޖަޕާނާއި ދެކޮލަށް ކުޅުނު މެޗު ކާމިޔާބު ކޮށް ކޮސްޓަރިކާ އިން ދެވަނަ ބުރުގެ އުންމީދު އާކޮށްފިއެވެ. ގަތަރުގެ އަހުމަދު ބިން އަލީ ސްޓޭޑިއަމްގައި ކުޅުނު މެޗު ކޮސްޓަރިކާ އިން ކާމިޔާބު ކުރީ 0-1 ގެ ނަތީޖާއިންނެވެ. މިއަދު ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ ޖަޕާނުންނެވެ. އެގޮތުން ފުރަތަމަ ހާފުގެ ތިން ވަނަ މިނެޓުގައި ޖަޕާންގެ ރިޓްސޫ ޑޯން އަށް ލީޑު […]

އަލީ އާދިލް
މާލޭގެ ދެކުުނު ފަޅު ތެރެއިން މަރާލާފައިވާ ކަމަށް ބެލެވޭ ދޫނިތަކެއް ފެނިއްޖެ

މާލޭގެ ދެކުުނު ފަޅު ތެރެއިން މަރާލާފައިވާ ކަމަށް ބެލެވޭ ދޫނިތަކެއް ފެނިއްޖެ

މާލޭގެ ދެކުުނު ފަޅު ތެރެއިން މަރާލާފައިވާ ކަމަށް ބެލެވޭ ދޫނިތަކެއް ފެނިއްޖެ އެވެ. އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ މާފަންނު ސްޓޭޑިއަމާވީ ދިމާލު ފަޅުތެރެއިން ގާތްގަނޑަކަށް 15 ވަރަކަށް ވައްލަ އޮޔާ ދަނިކޮށް ފެނިފައިވާ ކަމަށެވެ. އަދި އެއީ މަރާލާފައިވާ ކަމަށް ބެލެވޭ ވައްލަތަކެއް ކަމަށެވެ. ވައްލަ އަކީ ދިވެހިރާއްޖޭގައި ހިމާޔަތް ކުރެވިފައިވާ ދޫނިތަކުގެ ތެރެއިން ދޫންޏެކެވެ.   About 15 tern carcasses have been found floating on […]

މުޙައްމަދު އަފްރާޙް
ވިނަރެސް ފުލެޓްތަކަށް ޝަރުތު ހަމަވީ 723 ފަރާތެއް

ވިނަރެސް ފުލެޓްތަކަށް ޝަރުތު ހަމަވީ 723 ފަރާތެއް

ވިނަރެސް ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓް އާންމުކޮށްފި އެވެ. ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަގުތީ ލިސްޓު އިއުލާނު ކުރިއިރު، ފޯމް ލީ 1413 މީހުންގެ ތެރެއިން ލިސްޓުގައި ހިމެނެނީ 723 މީހުން ނެވެ. ހުޅުމާލޭގައި ތަރައްގީކޮށްފައިވާ ވިނަރެސް ހައުސިންގ މަޝްރޫއިން އެޕާޓްމަންޓް ގަތުމަށް އެދި ފޯމު ހުށަހެޅުމަށް ހުޅުވައިލި ފުރުސަތުގައި ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓު ދިނުމުގައި ބެލެވޭ މިންގަނޑުތަކަށް ޕްލޭނިންގ މިނިސްޓްރީ އިން ބެލުމަށްފަހު، ޝަރުތު ހަމަވެފައިވާ ފަރާތްތަކާއި ޝަރު...

މުޙައްމަދު އަފްރާޙް
މޮސްޓާ އަށް ހަމަލާ ދޭން އުޅުނު މީހާގެ ބަންދަށް މަސް ދުވަސް ޖަހައިފި

މޮސްޓާ އަށް ހަމަލާ ދޭން އުޅުނު މީހާގެ ބަންދަށް މަސް ދުވަސް ޖަހައިފި

ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އަށް ހަމަލަދޭން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ 30 ދުވަހަށް ބަންދުކޮށްފި އެވެ. އެ މައްސަލައިގާ ހައްޔަރުކޮށްފައިވަނީ އުމުރުން 18 އަހަރުގެ ދިވެހި ފިރިހެނެކެވެ. އަދި އޭނާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ވަނީ ވިދާޅުވެފަ އެވެ. މި މަހުގެ 25 ވީ ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގައި އޭނާ ހައްޔަރު ކުރުމަށްފަހު، ދައުލަތުން އޭނާގެ މައްޗަށް ކޮށްފައި ވަނީ މާރާމާރީ އާއި […]

މުޙައްމަދު އަފްރާޙް
ކުމުންދޫ ފެރީ ހަޓުގެ މަސައްކަތް ނިންމާލައިފި

ކުމުންދޫ ފެރީ ހަޓުގެ މަސައްކަތް ނިންމާލައިފި

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ގެ ދަށުން ސްޕީޑް ފެރީގެ ހިދުމަތް ދިނުމަށް ހދ. ކުމުންދޫގައި ހަދާ ފެރީ ހަޓްގެ މަސައްކަތް ނިންމާލައިފިއެވެ. މިއީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހެދި ފެރީ ހަޓެކެވެ. މި ފެރީ ހަޓަކީ އާރުޓީއެލްގެ ފެރީ ގެ ޙިދުމަތް ބޭނުންކުރާ ކަސްޓަމަރުންނަށް ބޭނުންތެރި ތަނަކަށް ވާނެ ކަމަށް އެމްޓީސީސީން އުއްމީދު ކުރެއެވެ. މި މަޝްރޫއުގެ ދަށުން، ކިއޮސްކަކާއި، ވެއިޓިން އޭރިއާއަކާއި ޔުނިވާސަލް ޓޮއިލެޓެއް ވަނީ ހަދައިފައެވެ. ހދ. […]

އަޙްމަދު ވަހީދު
ގައްދޫ ބަނދަރުގެ މަސައްކަތް ފަށައިފި

ގައްދޫ ބަނދަރުގެ މަސައްކަތް ފަށައިފި

ގދ. ގައްދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. މި މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އެވެ. އެ ކުންފުނިމް މި މަޝްރޫއުގެ މަސައްކަތް ފެށީ އިއްޔެއެވެ. އެ ކުންފުނިން ބުނި ގޮތުގައި މިހާރު ކުރިއަށްދަނީ މިހާރު ހުރި ބަނދަރުގެ ނެރު ބަންދު ކުރުމުގެ މަސައްކަތެވެ. އަދި ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް ވަނީ ސައިޓަށް ގެންދެވިފައެވެ. މި މަޝްރޫއުގެ ދަށުން، 23,017 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު […]

އަޙްމަދު ވަހީދު
ތަމްރީނުތަކަށް ފުރި ވޮލީ ޓީމާއެކު ގެންދިޔަ ތުއްތު ކުދިންގެ ހަރަދުތައް ބަލަހައްޓާނީ ސައުދީން: މަހްލޫފް

ތަމްރީނުތަކަށް ފުރި ވޮލީ ޓީމާއެކު ގެންދިޔަ ތުއްތު ކުދިންގެ ހަރަދުތައް ބަލަހައްޓާނީ ސައުދީން: މަހްލޫފް

ސައުދީ އަރަބިއްޔާ އަށް ފުރި، ރާއްޖޭގެ ގައުމީ ވޮލީ ޓީމާއެކު ދިޔަ އެއް އަހަރު ނުވާ ކުޑަކުދިންގެ ހުރިހައި ހަރަދެއް ބަލަހައްޓާނީ ސައުދީ ސްޕޯޓްސް މިނިސްޓްރީން ކަމަށް ރާއްޖޭގެ ކުޅިވަރާއި ބެހޭ ވަޒީރު އަހްމަދު މަހްލޫފު ވިދާޅުވެއްޖެ އެވެ. އޭނާ މިހެން އެ ޓީމާއެކު ދިޔަ ތުއްތު ކުދިންގެ ހަރަދުތައް ބަލަހައްޓަނީ ކޮން ފަރާތަކުންކަން ނޭނގޭތީ ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކާއި ގުޅިގެން “ތިލަދުން” އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނެވެ. މަހްލޫފު ވިދާޅުވީ އެ […]

މުޙައްމަދު އަފްރާޙް
އާރުޓީއެލް ފެރީގައި ޅ. އަތޮޅުގައި ހިލޭ ދޭ ދަތުރުކުރެވޭ މުއްދަތު އިތުރުކޮށްފި

އާރުޓީއެލް ފެރީގައި ޅ. އަތޮޅުގައި ހިލޭ ދޭ ދަތުރުކުރެވޭ މުއްދަތު އިތުރުކޮށްފި

ރާއްޖެ ޓްރާންސްޕޯޓް ލިންކް ފެރީގެ ޚިދުމަތް ޅ. އަތޮޅުގައި ހިލޭ ދޭ މުއްދަތު އިތުރުކޮށްފި އެވެ. އެ ދަތުރުތައް ފެށުމުގެ ގޮތުން “އަހުލުވެރި ކަމުގެ ދަތުރު” ތައް އެ އަތޮޅުގައި މިހާރުކުރިއަށްދާއިރު، ޕްލޭނިންގ މިނިސްޓްރީން ވިދާޅުވީ ހިލޭ ދަތުރުކުރެވޭ މުއްދަތު މާދަމާއަށް ހަމަވާގޮތަށް ކުރިން ނިންމާފައިވީނަމަވެސް އެ މުއްދަތު މިހާރު އިތުރުކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް އެ މުއްދަތު މިހާރު އިތުރުކޮށްފައިވަނީ ކިހާ ދުވަހަކަށް ކަމެއް ވިދާޅެއް ނުވެއެވެ. މިކަމާއި ގުޅިގެން ޕްލޭނިންގ މިނިސްޓްރީގެ މީޑިއާ ގެ ދެ ނަމ...

މުޙައްމަދު އަފްރާޙް
ސިލްސިލާ ވާހަކަ: ޙައްޤުގައި (3)

ސިލްސިލާ ވާހަކަ: ޙައްޤުގައި (3)

ކުރީގެ ޢަދަދާއިގުޅޭ “އާނ.. ދައްތަ! ތިހެން ދޯ މުނާ މަށަށް ކިޔަނީ؟” އޭނާގެ ރާގު ހުރިގޮތުން ވަރަށް ރުޅި އައިސް ހުރިކަން މުނާގެ އިތުރުން ޝާމިންއަށް ވެސް އެނގުނެވެ. ” މުނާ ދޭ ގެއަށް. ” މުނާގެދައްތަ، އާރިފާގެ ރާގު ބަދަލެއް ނުވިއެވެ. ރުޅިވެރިކަން ހީވަނީ އިތުރުވީ ހެންނެވެ. އެހެންކަމުން ޝާމިން އާއި ދިމާލަށް ބަލާލަންވެސް މުނާއަކަށް ނުކެރުނެވެ. އާރިފާގެ އަމުރަށް ކިޔަމަންވުމުގެ ގޮތުން ބާރު ބާރަށް މުނާ ހިނގައިގަތެވެ. މަންޒަރު ބަލަން އިން ޝާމިން ހައިރާންވީ، […]

ސަލާމާ ޢަބްދުލް ޢަލީމް
ގައުމީ ދާރުލްއާސާރު އޯޕަން ޑޭ އަށް ބޮޑު ތަރުހީބެއް، އެއް ހާހަށް ވުރެ ގިނަ މީހުން ޒިޔާރަތްކުރި

ގައުމީ ދާރުލްއާސާރު އޯޕަން ޑޭ އަށް ބޮޑު ތަރުހީބެއް، އެއް ހާހަށް ވުރެ ގިނަ މީހުން ޒިޔާރަތްކުރި

ދިވެހިރާއްޖޭގެ ގައުމީ ދާރުލްއާސާރަށް 70 އަހަރު ފުރުމުގެ މުނާސަބާގައި ވަކި ވަގުތެއްގައި އެތަނަށް ހިލޭ ވަނުމުގެ ފުރުސަތު އިއްޔެ ހުޅުވައިލުމުން ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް ފަންނާއި ސަގާފަތާއި ތަރިކައިގެ ވުޒާރާ އިން ވިދާޅުވެއްޖެ އެވެ. އެ ވުޒާރާއިން “ތިލަދުން” އަށް ވިދާޅުވީ އެތަނަށް ހިލޭ ވަނުމުގެ ފުރުސަތު އިއްޔެ ހެނދުނު 10 އިން ހަވީރު 6 ޖަހަންދެން ހުޅުވައިލުމުން 1228 މީހުން އެތަނަށް ޒިޔާރަތް ކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ދިވެހީންނާއި ބިދޭސީންގެ އެކި އުމުރުފުރައިގެ […]

މުޙައްމަދު އަފްރާޙް
ނޮޅިވަރަންފަރު އިސް މެޖިސްޓްރޭޓްގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމައިފި

ނޮޅިވަރަންފަރު އިސް މެޖިސްޓްރޭޓްގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމައިފި

ހދ. ނޮޅިވަރަންފަރު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަލީ އަހުމަދުގެ ސުލޫކީ މައްސަލައެއް ބެލުމަށް ޖުޑީޝަލް ސަރވިސް އެޑްމިނިސްޓްރޭޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ. އެ ކޮމިޝަނުން ވިދާޅުވީ ޢަލީ އަޙްމަދު ފަނޑިޔާރެއްގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމުގައި އިހުމާލުވެފައިވާ ކަމަށް ބެލެވޭ ޝަކުވާއެއް ބަލަމުން އަންނަކަމަށެވެ. އަދި އެ މައްސަލަ ތަހުގީގުކުރުމަށް މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީ އިން ނިންމާފައިވާ ކަމަށެވެ. އެ މައްސަލަ ބެލުމަށް ނިންމާފައިވަނީ މި ނޮވެމްބަރ މަހުގެ 23 ވަ...

މުޙައްމަދު އަފްރާޙް
ޑެންމާކް ބަލިކޮށް ފްރާންސް ދެވަނަ ބުރަށް

ޑެންމާކް ބަލިކޮށް ފްރާންސް ދެވަނަ ބުރަށް

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ޑީގައި މިރޭ ޑެންމާކާއި ފްރާންސް ބައްދަލުކުރި މެޗު ކާމިޔާބުކޮށް މުބާރާތުގެ ދެވަނަ ބުރުން ފްރާންސް ޖާގަ ހޯދައިފިއެވެ. މިރޭ ގަތަރުގެ ސްޓޭޑިއަމް 974 ގައި ކުޅުނު މެޗު ފްރާންސުން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއަކުންނެވެ. މެޗު ފަށައިގެން ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެފައި ވަނީ ފްރާންސުންނެވެ. މެޗުގައި ފުރަތަމަ ހަމަލާ ފޮނުވާލާފައި ވަނީ ފްރާންސުންނެވެ. ޑެމްބެލޭ ޑެންމާކްގެ އޭރިއާތެރެއަށް ހުރަސްކުރި ބޯޅަ ރެބިއުޓް ބޮލުން ފޮނުވާލި ނަމަވެސް […]

އިބްރާހިމް ޚަލީލް
ތިލައުތުރު ފުޓްސަލް މުބާރާތުގައި ބައިވެރިވެފައި ވަނީ ހަ ރަށަކުން

ތިލައުތުރު ފުޓްސަލް މުބާރާތުގައި ބައިވެރިވެފައި ވަނީ ހަ ރަށަކުން

ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލާއި އުތީމް ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ “ތިލައުތުރު ފުޓްސަލް މުބާރާތް 2022” ގައި ހަ ރަށަކުން ބައިވެރިވެއްޖެއެވެ. މި މުބާރާތަކީ ހއ.އަތޮޅުގައި ހުރި ސަރުކާރުގެ އޮފީސްތަކަށާއި، ސަރުކާރު ޙިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ. މި މުބާރާތުގައި ކޮންމެ ރަށަކުން ވެސް ބައިވެރި ވުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ، އެ ރަށެއްގެ މުވައްސަސާއެއް ނުވަތަ މުވައްސަސާތަކުން ތަމްސީލްކުރާ އެއް ޓީމަށެވެ. މި މުބ...

އިބްރާހިމް ޚަލީލް
ސައުދީ އަތުން ޕޮލެންޑް މޮޅުވުމުން ގްރޫޕްގެ ވާދަވެރިކަން ބޮޑުވެއްޖެ

ސައުދީ އަތުން ޕޮލެންޑް މޮޅުވުމުން ގްރޫޕްގެ ވާދަވެރިކަން ބޮޑުވެއްޖެ

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސީގައި ސައުދީ އަރަބިއްޔާއާއި ޕޮލެންޑް ބައްދަލުކުރި މެޗުން، ޕޮލެންޑް މޮޅުވުމުން އެ ގްރޫޕްގެ ވާދަވެރިކަން ބޮޑުވެއްޖެއެވެ. މިރޭ ގަތަރުގެ އެޑިއުކޭޝަން ސިޓީ ސްޓޭޑިއަމްގައި ކުޅުނު މެޗު ޕޮލެންޑުން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއިންނެވެ. މި ގްރޫޕްގެ ދެވަނަ މެޗުތަކާއި ކުރިމަތިލީއިރު ފުރަތަމަ މެޗުން އާޖެންޓީނާ އަތުން ސައުދީން ހޯދި މޮޅާއިއެކު އެ ޓީމް އޮތީ ތާވަލުގެ އެއްވަނާގައެވެ. އެ މޮޅާއިއެކު އާދަޔާ ޚިލާފް ރޫހެއްގައި އޮތް ސައުދީގެ […]

އިބްރާހިމް ޚަލީލް
އުރީދޫ އިން އުތީމު ހެލްތު ސެންޓަރަށް ހެލްތު ކިޓު ހަދިޔާކޮށްފި

އުރީދޫ އިން އުތީމު ހެލްތު ސެންޓަރަށް ހެލްތު ކިޓު ހަދިޔާކޮށްފި

އުރީދޫ މޯލްޑިވްސް އިން ހއ. އުތީމު ހެލްތު ސެންޓަރަށް ހެލްތު ކިޓު ހަދިޔާ ކޮށްފިއެވެ. މި ހެލްތު ކިޓު ހެލްތު ސެންޓަރާ ހަވާލުކޮށްދެއްވީ އުރީދޫގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޚާލިދު އަލް ހަމާދީއެވެ. މިއީ ދުޅަހެޔޮ ދިރިއުޅުން ޕްރޮމޯޓްކޮށް ސިއްހީ ދާއިރާ ބިނާ ކުރުމުގައި އެއްބާރުލުން ދިނުމުގެ ގޮތުން އުރީދޫއިން ކުރިއަށްގެންދާ ހަރަކާތެކެވެ. މި ހަރަކާތުގެ ދަށުން ރާއްޖޭގެ ހުރިހާ ސިއްހީ މަރުކަޒުތަކަށް ހެލްތު ކިޓް ހަދިޔާކުރަން އުރީދޫ މޯލްޑިވްސް އިން ވަނީ ނިންމައިފިއެވެ. ރާއްޖޭގެ […]

އަޙްމަދު ވަހީދު