ހުޅުމާލެ ޕޮލިހުން ރަށުތެރެ ޕެޓްރޯލްކުރުމުގެ ތެރޭގައި “އަމަލުތައްހުރިގޮތުން ހުއްޓުވައި ބަލައިފާސްކުރިއިރު” 2 ކޭސް ބިޔަރާއި މަޑިދަށުން ބަނގުރާ ފުޅިއެއް ފެނިއްޖެ އެވެ. ފުލުހުން ބުނީ، ބަނގުރާދަޅުތަކަކާއެކު ހުޅުމާލެ ފޭސް ދެއަކުން ހައްޔަރުކޮށްފައިވަނީ މި މަހު 26 ވަނަ ދުވަހު 30 އަަހަރުގެ ބަނގުލަދޭޝް ފިރިހެނެއްކަމަށެވެ. އޭނާ ހުއްޓުވާފައިވަނީ ހުޅުމާލެ ފޭސް ދޭއް ނިރޮޅުމަގު ބުރިޖު ކައިރިން ނެވެ. އޭނާގެ އަތުން 48 ދަޅު ބަނގުރާ ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ. އެ މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއ...
އަލީ އާދިލް
ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން ގުރޫޕު މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން ޒުވާނަކު ހޯދަން އިޢުލާން ކޮށްފި އެވެ. މި މައްސަލައާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން، ހޯދަން އިޢުލާން ކޮށްފައިވަނީ ޏ. ފުވައްމުލައް، ހޯދަޑު، ރޫލް، ޢަމީދު ޢަބްދުﷲ (24އ) އެވެ. ފުލުހުން ބުނެފައިވަނީ އެއީ، ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ، ޖަމާއަތް ހަދައިގެން ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން ހޯދާ މީހެއް ކަމަށެވެ. ޢަމީދު ޢަބްދުﷲ އާގުޅޭ...
ތިލަދުން
ތުރުކީ ފުޓްބޯޅަ ފެޑެރޭޝަންގެ ދެވަނަ ލީގުގައި ސަޕޯޓަރަކު ދަނޑަށް އަރައިގަނެ، ކޯނަރ ދަނޑި އުފުރާލައިގެން ގޮސް ކީޕަރުގެ ބޯފަޅާލައިފި އެވެ. މި ހާދިސާ ހިނގީ، ތުރުކީގެ އަކްސެލް ސްޓޭޑިއަމްގައި އިއްޔެ ކުރިއަށްދިޔަ ގޯޒްޓެޕޭ އާއި އަލްޓޭ ބައްދަލު ކުރި މިމެޗުގަ އެވެ. ސްޓޭޑިއަމްއަށް އެއްވެތިބި މީހުންގެ އުނދަގޫތަކާ ގުޅިގެން މެޗު ކުރިއަށް ގެންދެވުނީ 19 މިނެޓް ވަންދެންނެވެ. އެއަށްފަހު އެ މެޗު ކުރިއަށް ގެންދެވޭ ގޮތް ނުވެގެން ހުއްޓާލީ އެވެ. މިމެޗު އަލުން ކުޅުމަށް އެެހެން ދުވަހަކަށް […]
އަލީ އާދިލް
މުލިއްސެއް ޖަހައިގެން ދިޔައިމަ ވެސް ޅ. އަތޮޅު ހޮސްޕިޓަލުން ނުނެގޭ ކަމަށާއި އެންމެރަނގަޅު ގޮތަކީ އެތަން ތަޅު އެޅުވުން ކަމަށް މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަދި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ އެއް ނައިބު ރައީސް އަހްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ އެ ހޮސްޕިޓަލުގައި ހުރި ހޭނައްތާ މެޝިން ހަލާކުވެފައި ހުންނަތާ 6 މަސް ވެއްޖެ ކަމަށާއި މަރާމާތު ނުކުރެވިގެން އުޅެނީ […]
މުޙައްމަދު އަފްރާޙް
ހދ. ފިނޭ އާއި މ. މުލީ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ. މިއަދު ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމްއެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. ފިނޭ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ބަނދަރު ފުން ކުރުމާއި ނެރު ފުން ކުރުމާއި […]
އަޙްމަދު ވަހީދު
އަންނަ 2023 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން ފޮނުވާފައިވާ ދައުލަތުގެ ބަޖެޓް މިއަދު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. މިއަދުގެ މަޖިލިސް ޖަލްސާގައި ވަނީ އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ދިރާސާ ކުރި ކޮމެޓީގެ ރިޕޯޓަށް ވޯޓަށް އަހާފައެވެ. ބަޖެޓް މަޖިލީހުން ފާސްކުރުމަށް ނެގި ވޯޓުގައި 61 މެންބަރަކު ވަނީ ބަޖެޓް ފާސް ކުރުމަށް ވޯޓު ދެއްވާފައެވެ. އަދި ބަޖެޓް ފާސްކުރަން ނުފެންނަ ކަމަށް 8 މެމްބަރަކު ވަނީ ވޯޓު ދެއްވާފައެވެ. އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ފިނޭން މިނިސްޓްރީން […]
ޔުމްނާ ޢަލީ
ހުޅުމާލޭގެ މަގުތަކަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނު (އެޗްޑީސީ) އިން ބޮޑެތި ބަދަލުތަކެއް ގެންނަން ފަށައިފިއެވެ. އެޗްޑީސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މަގުތަކުގައި ފަސޭހަކަމާއެކު ދަތުރުފަތުރު ކުރެވޭނެ އިންތިޒާމު ގާއިމުކުރުމުގެ ގޮތުން ހުޅުމާލެ ނިރޮޅުމަގާއި އަދި އެހެނިހެން މަގުތައް ހަތަރު ލޭނަކަށް ބަހާލައިގެން އެއްފަހަރާ ހަތަރު ވެހިކަލް އެއް މަގުން ދުއްވޭނެ ގޮތަށް ޕްލޭނެއް އެކުލަވާލާފައިވާ ކަމަށެވެ. މަގުތައް މިހާރު ބަދަލުކޮށްފައިވަނީ ބަހަށް ހާއްސަ ލޭނަކާއި އެހެނިހެން ވެހިކަލްތަކަށާއި ބ...
އަޙްމަދު ވަހީދު
ރ. ދުވާފަރު ކައުންސިލްގެ ސެކެޓްރީ ޖެނެރަލް (އެސްޖީ) ގެ މަގާމުގައި ހުރި މުޙައްމަދު ނާސިޙު ވެސް ސަސްޕެންޑުކޮށްފި އެވެ. “ތިލަދުން” އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ސިވިލް ސާރވިސް ކޮމިޝަން (ސީއެސްސީ) އިން ވިދާޅުވީ، އެކައުންސިލްގެ އެސްޖީ ސަސްޕެންޑްކޮށްފައިވަނީ މިއަދު ކަމަށެވެ. މިހާރު އެކައުންސިލްގެ ހިންގުން ހަވާލުކޮށްފައިވަނީ ވަގުތީގޮތުން އެޒިންމާތަކާއި ހަވާލުކުރެވިފައިވާ މުވައްޒަފަކާ އެވެ. ޒިންމާތަކަށް އިހްމާލުވުމުން، ރ. ދުވާފަރު ކައުންސިލުގެ ހުރިހާ މެމްބަރުންވެސް ވަނީ ލޯކަލް ގަވަރމެންޓް އޮތޯރ...
އަލީ އާދިލް
ވިލާ އެޑިއުކޭޝަނަލް ސާވިސަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުޅުމާލެގެ ފުރަތަމަ ފިޔަވަހީގައި ސްކޫލެއް އެޅުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ވިލާގެ ފަރާތުން ސޮއިކުރެއްވީ ވިލާ ކޮލެޖްގެ ރެކްޓަރު އަހުމަދު އަންވަރެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފެވެ. ވިލާ އެޑިއުކޭޝަންގެ ފަރާތުން ހުޅުމާލެގައި ބިނާކުރުމަށް ހަމަޖެހިފައިވާ މި ސްކޫލުގައި 6 ފުލޯ ހުންނާނެއެވެ. ޖުމްލަ 761 ދަރިވަރުންގެ ޖާގައިގެ މި ސްކޫލުގައި 20 ކްލާސްރޫމް ހުން...
އަޙްމަދު ވަހީދު
ޒިންމާތަކަށް އިހްމާލުވުމުން، ރ. ދުވާފަރު ކައުންސިލުގެ ހުރިހާ މެމްބަރުން ސަސްޕެންޑުކޮށްފި އެވެ. އެރަށު ހުރިހާ ކައުންސިލަރުން ސަސްޕެންޑުކުރަން ނިންމީ ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން އިއްޔެ ބޭއްވި ބޯޑުގެ ބައްދަލުވުމުގަ އެވެ. އެލްޖީއޭގެ އޮފިސަލަކު “ތިލަދުން” އަށް މަޢުލޫމާތު ދެމުން ވިދާޅުވީ، ކައުންސިލްގެ ރައީސް އާއި ނައިބު ރައީސް އަދި އިތުރު މެންބަރު ސަސްޕެންޑް ކުރީ 3 މަހަށް ކަމަށެވެ. އިތުރު މެންބަރަކު 2 މަހަށް އަދި ބާކީ ހުރި މެންބަރު 1 މަށް ސަސްޕެންޑުކޮށްފައިވާ […]
މުޙައްމަދު އަފްރާޙް
ޖަލު އޮފިސަރުންގެ ބެރެކްސް އަންނަ އަހަރު ތަރައްގީ ކުރެވޭނެ ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް (ސީޕީ) އަހްމަދު މުހައްމަދު ފުޅު ވިދާޅުވެއްޖެ އެވެ. އޭނާ މިހެން ވިދާޅުވީ މާފުށީ ޖަލުގެ 24 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން ނެވެ. މި ރަސްމިއްޔާތުގައި އޭނާ ވިދާޅުވީ މާފުށީ ޖަލުގައި 18 ގޮޅީގެ ޔުނިޓަކާއި 50 ގޮޅީގެ ޔުނިޓެއް ގާއިމުކުރެވޭނެ ކަމަށެވެ. މީގެ އިތުރުން ޖަލަށް މަނާތަކެތި ވަންނަ މައްސަލައަކީ އިންތިހާއަށް ކަންބޮޑުވާ […]
މުޙައްމަދު އަފްރާޙް
ގަތަރުގެ ވޯލްޑް ކަޕްގެ ފޯރި މިވަނީ ވަރަށް ގަދަވެފަ އެވެ. މިވޯލްޑް ކަޕަކީ އަޅުގަނޑުމެންނަށް ބޮޑެތި ޝޮކްތަކާއި، ޚިޔާލުތަފާތުވުންތަކާއި، މަޖާ އެތައްކަމަކާއި ރަނގަޅު އެތައްކަމެއް ފެނިގެންދާ މުބާރާތެކެވެ. ކުރިއަށް އޮތް ތަނުގައި ވޯލްޑް ކަޕުގެ ފޯރި ގަދަވެގެން ދާއިރު މިމުބާރާތާއި ގުޅިގެން ދެކެވޭ އެކިކަހަލަ ވާހަކަ ތަކަކީ އާންމުންގެ މެދުގައި ޝައުޤުވެރި ވާހަކަ ތަކެކެވެ. ދެކުނު އެމެރިކާގެ އުންމީދީ އާޖެންޓީނާ އާއި އުރުގުއޭ އިން މުބާރާތަށް 900 ކިލޯގެ ގެރިމަސް ގެންދިޔަ ވާހަކަ އަކީ މިހާރު މީޑިޔާގެ […]
އަލީ އާދިލް
2023 ވަނަ އަހަރަށް ލަފާކޮށް ހުށައަޅުއްވާފައިވާ ދައުލަތުގެ ބަޖެޓުގެ އަސާސްތައް ބިނާކޮށްފައިވަނީ ދިވެހި ރައްޔިތުންގެ އަތުން ފައިސާ ހޯދައިގެން ސަރުކާރުގެ ސިޔާސީ ބޭނުންތަކަށް ޚަރަދުކުރަން ކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޕާލިމެންޓްރީ ގްރޫޕުން ބުނެފި އެވެ. އިދިކޮޅުގެ ޕީޖީ ގުރޫޕުން އިއްޔެ ނުރުނު ނެރޭ ނޫސްބަޔާނެއްގައި ބުނީ އަންނަ އަހަރަށް ލަފާކޮށް ހުށައަޅުއްވާފައިވާ ދައުލަތުގެ ބަޖެޓަކީ ދިވެހި އިޤްތިސާދަށް ވަރަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރުވާނެ ބަޖެޓެއްކަމަށް އެ ޕާލިމެންޓްރީ ގްރޫޕަށް ޤަބޫލު...
އަލީ އާދިލް
ފާއިތުވި ދެ އަހަރު ތެރޭގައި ބައިނަލްއަޤްވާމީ މަޝްރަހުގައި ހިނގާފައިވާ ބޮޑެތި ކަންތައްތަކުގެ ސަބަބުން ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް ކޮށްފައިވާ އަސަރަށް އަލިއަޅުވާލައި ތައްޔާރުކޮށްފައިވާ ރިޕޯޓެއް ޝާއިރުކޮށްފިއެވެ. ދިވެހިރާއްޖޭގެ އައު ތިންކް ޓޭންކެއް ކަމުގައިވާ ބާނި ސެންޓަރ ފޮރ އިންޓަނޭޝަނަލް ޕޮލިސީއިން “އިމްޕެކްޓް އޮފް ނޮން-އެރައިވަލް އޮފް ޗައިނީސް ޓުއަރިސްޓްސް ޓު ދަ މޯލްޑިވްސް” މި ރިޕޯޓް ނެރެފައިވަނީ އިއްޔެގަ އެވެ. ބާނި ސެންޓަރ ފޮރ އިންޓަނޭޝަނަލް ޕޮލިސީ އަކީ ބައިނަލްއަޤްވާމީ ކަންކަމަށް ރާއްޖެ ފ...
އަލީ އާދިލް
ގަތަރުގައި މިހާރު ކުރިއަށްދާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީގައި ވާދަ ކުރާ އެމެރިކާ އާއި އިރާނުގެ މެޗަކީ ދުނިޔޭގެ ގިނަބަޔަކު އިންތިޒާރު ކުރަމުން އަންނަ މެޗަކަށް ވާއިރު، އެމެރިކާގެ ގައުމީ ޓީމުން މީސްމީޑިއާގައި ހިއްސާކުރި ޕޯސްޓަކާއި އެކު މަޝްރަޙު އިތުރަށް ގޯސްވެއްޖެ އެވެ. މިމަހުގެ 30 ވާ ބުދަ ދުވަހުގެ 00:00 ގައި އަލް ތޫމާމާ ސްޓޭޑިއަމްގައި ކުޅުމަށް ހަމަޖެހިފައިވާ މިމެޗަށް ދެގައުމުންވެސް ތައްޔާރުވަމުން އަންނައިރު ދެ ގައުމަށް ވެސް ދެވަނަ ބުރަށް ކޮލިފައިވަށް މިމެޗަކީ […]
އަލީ އާދިލް
ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއަރޑް ސޮސައިޓީ އޮފް މޯލްޑިވްސް (ބީވީއައިއެސްއެމް) ގެ އަހަރީ ކޭމްޕް ފަށައިފިއެވެ. ލޯފަންކުދިން އިސްނަގައިގެން ހިންގާ މި ޖަމުއިއްޔާގެ އަހަރީ ކޭމްޕް ފަށާފައިވަނީ ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމަކުން ނެވެ. މި ޕްރޮގުރާމް ކުރިއަށް ގެންދިޔައީ ބްލަޑް ސަރވިސަސް ގައި މިމަހު 26ވަނަ ދުވަހުގެ ހެނދުނު 9:00 ން 12:00 އަށެވެ. މިއީ އެޖަމިއްޔާއިން އިސްނަގައިގެން ކުރިއަށް ގެންދިޔަ 3 ވަނަ ލޭހަދިޔާ ކުރުމުގެ ކޭންޕެވެ. ބީވީއައިއެސްއެމް މީޑިއާ ކޯޑިނޭޓަރ ޝާހިން މުހައްމަދު ވިދާޅުވީ، […]
އަލީ އާދިލް
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެޗް.ޑީ.ސީ ) މިއަދު އާންމު ކުރި ވިނަރެސް ފުލެޓްތަކުގެ ވަގުތީ ލިސްޓުގައި، ސީލައިފް, ގުޅީފަޅު އަދި ހިޔާއިން ފުލެޓު ދޫކުރިފަރާތްތަކުގެ ނަމެއް ނުހިމެނޭނެކަމަށް އެކުން ފުނިން ބުނެފި އެވެ. އެކުންފުނިން ބުނެފައިވަނީ، މިއަދު އާއްމު ކުރެވިފައިވާ ވަގުތީ ލިސްޓަކީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ދަށުން މިނިސްޓްރީ އޮފް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ކަނޑައަޅާފައިވާ ޕޮއިންޓް ސިސްޓަމަށް ބަލާ އެ މިނިސްޓްރީން އެކުލަވާލާފައިވާ ލިސްޓެއް ކަމަށެވެ. “މި ލި...
އިބްރާހިމް އަސްވާޤް
ޖެންޑަރ އިކުއަލިޓީ އެކްޝަން ޕްލޭން (ޖީ.އީ.އޭ.ޕީ) ތަންފީޛު ކުރުމަށްޓަކައި އެކުލަވާލާފައިވާ “ހައިލެވެލް ސްޓިއަރިންގ ކޮމިޓީ” ގެ ފުރަތަމަ ބައްދަލުވުން މިއަދު ބާއްވަވައިފި އެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި މި ބައްދަލުވުމުގައި، އެ ކޮމިޓީގެ މަސައްކަތްތަކާއި ގުޅޭގޮތުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ކޮމިޓީގެ ބޭފުޅުންނާއި މަޝްވަރާ ކުރައްވާފައިވެ އެވެ. “ހައިލެވެލް ސްޓިއަރިންގ ކޮމިޓީ”ގެ މަޤްޞަދަކީ ޤައުމީ ފެންވަރުގައި ޢަމަލުކުރާނެ ޖެންޑަރ އިކުއަލިޓީ އެކްޝަން ޕްލޭން ތަންފީޛު ކުރުމަ...
އިބްރާހިމް އަސްވާޤް