މިހާރު ކުރިއަށްދާ ވޯލްޑްކަޕާ ގުޅުވައިގެން އުރީދޫ މޯލްޑިވްސް އިން ކުރިއަށްގެންދާ “އުރީދޫ ފުޓުބޯޅަ ފޯރި” ގެ ސްޓިކާ ޕެކެއް ތައާރަފު ކޮށްފިއެވެ.

މި ސްޓިކާޕެކް ވައިބާ އަދި ޓެލެގްރާމުގައިވެސް ބޭނުން ކުރެވޭނެއެވެ.

Ad
rt

އުރީދޫގެ މި ސްޓިކާޕެކުގައި ފުޓުބޯޅައާ ގުޅުންހުރި ތަފާތު މަޖާ ސްޓިކާތައް އެކުލެވެއެވެ. މީގެ ތެރޭގައި “މެޗައް ރެޑީތަ؟” “މިފަހަރު މޮޅުވާނެ” “ގޯލް” ފަދަ ސްޓިކާތައް ހިމެނެއެވެ.

މި ސްޓިކާޕެކަކީ މުޅިން ހިލޭ ޑައުންލޯޑް ކުރެވޭ ސްޓިކާޕެކެކެވެ.

ވައިބާ އިން ސްޓިކާޕެކް ޑައުންލޯޑް ކުރަން ބޭނުންވާ ފަރާތްތަކަށް ore.do/ffviber އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި ޓެލެގްރާމް އިން ބޭނުންވާ ފަރާތްތަކަށް ore.do/fftelegram މެދުވެރިކޮށް ޑައުންލޯޑު ކުރެވޭނެއެވެ.