އިސްލާމް ދީނަކީ އިންސާނާ މާތްކުރައްވާ އޭނާގެ ނަފުސު ރައްކާތެރި ކުރެއްވި ދީން ކަމަށާއި އިންސާނާގެ ކަރާމާތަށް އުނިކަން ލިބިދާނެ ކަންކަމުން އޭނާގެ ނަފުސު ސަލާމަތްކޮށް ރައްކާތެރިކުރުމަށް އިސްލާމް ދީން ވަނީ ބާރު އަޅުއްވާފައި ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ވިދާޅުވެއްޖެ އެވެ. “އަމިއްލަ ނަފުސު އިސްލާހުކުރަން އިސްކަން ދޭށެވެ.” މި މައުޟޫއަށް ކުރިއަށް ގެންދިޔަ ހުތުބާ ގައި ވަނީ ހާއްސަކޮށް އެއްވެސް ހައްގަކާއި ނުލާ ތިމާގެ މުސްލިމު އަޚާގެ ނަފުސުގެ ކަރާމާތާއި އިއްޒަތް ނަގައިނުލުމަށް އިސްލާމް ދީން […]
މުޙައްމަދު އަފްރާޙް
ގަތަރުގައި މިހާރު ކުރިއަސްދާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ޖީގައި ރޭ ބްރެޒިލްއާއި ސާބިއާ ބައްދަލުކުރި މެޗުގައި ބްރެޒިލްގެ އިތުބާރު ފޯވާޑް ނޭމާއަށް އަނިޔާ ވެއްޖެއެވެ. ރޭ ސާބިއާއަތުން ބްރެޒިލް 2-0 ގެ ނަތީޖާއިން މޮޅުވި މެޗުގައި، އުމުރުން 30 އަހަރުގެ ނޭމާއަށް އަނިޔާވެފައި ވަނީ މެޗުގެ 79 ވަނަ މިނެޓުގައި ނޭމާއަތުން ބޯޅަ ހޯދުމަށް ސާބިއާގެ މިލެންކޮވިޗް ކުރި ޓެކުލްއާއި ގުޅިގެންނެވެ. އޭގެ އެއް މިނެޓް ފަހުން ނޭމާ ވަނީ ބަދަލު ކޮށްފައެވެ. ނޭމާ […]
އިބްރާހިމް ޚަލީލް
ކުޅުދުއްފުށީ ސިޓީގައި، ސްކައުޓް އެސޯސިއޭޝަންގެ ފަރާތުން ކުރިއަށްގެންދާ “ޔޫތް ލީޑަރޝިޕް ޓްރެއިނިންގ 2022″ ފަށައިގެން ކުރިއަށް އެބަދެއެވެ. ބުދަ ދުވަހު ކުޅުދުއްފުށީ ސިޓީގައި ފެށި މި ތަމްރީނު ހޮނިހިރު (މާދަމާ) ގެ ނިޔަލަށް ކުރިއަށް ދާނެއެވެ. މި ތަމްރީނު ފައްޓަވައިދެއްވާފައި ވަނީ ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މެންބަރު މުޙައްމަދު ދާއޫދެވެ. މި ތަމްރީނުގެ ތެރެއިން އީޖާދީ ވިސްނުމާއި، ޕްރޮޖެކްޓް މެނޭޖްމަންޓް ފަދަ މުހިންމު ހުނަރުތައް ތަރައްޤީކޮށް އެކި ދަނޑިވަޅުތަކުގައި ބޭނުންކުރާނެގޮތްތައް ކިޔައިދީފައިވާ ކ...
ޔުމްނާ ޢަލީ
މި މަހު 9 ވަނަ ދުވަހުގެ ރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި ރޯވި އަލިފާނުގެ ސަބަބުން ވަގުތީ ހިޔާ ތަކަށް ގެންދިޔަ މީހުންގ ެތެރެއިން އެއްވެސް މީހަކު މިހާރު ވަގުތީ ހިޔަލުގައި ނުތިބޭނެ ކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީން ވިދާޅުވެއްޖެ އެވެ. އެ އޮތޯރިޓީން ވިދާޅުވީ ވަގުތީ ބޯހިޔާވަހިކަމަށް 29 މީހަކު ގެންދިޔަ ކަމަށާއި މީގެތެރޭގައި އެ ސަރަޙައްދުގެ 6 ގޭބިސީއަކަށް ނިސްބަތްވާ މީހުން ހިމެނޭ ކަމަށެވެ. އެއީ އަލިފާނުގެ ހާދިސާ ހިނގި މ. […]
މުޙައްމަދު އަފްރާޙް
ޓެކްސް ބޮޑުކުރުމަކުން ރާއްޖޭގެ އިގްތިސޯދަށް ނޭދެވޭ އެއްވެސް އަސަރެއް ނުކުރާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ. ކޮންމެ ހަފުތާއެއްގެ ބްރާސްފަތި ދުވަހު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވިދާޅުވީ ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރީ ސަރުކާރުން މި ހިންގަމުން ދާ މަޝްރޫއުތަކާއި ރައްޔިތުންނަށްދޭ ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށް ކަމަށެވެ. އަދި އިގްތިސޯދު މެނޭޖުކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ ސަރުކާރުން މި ނ...
މުޙައްމަދު އަފްރާޙް
މުސްލިމެއްގެ ނަޒަރު އަބަދުވެސް ހުންނަން ވާނީ އާޚިރަތަށެވެ. ކަންކަމުގައި ވިސްނާ ފިކުރު ކުރާނީ އަބަދުވެސް އާޚިރަތް ހިތްމައްޗަށް ގެނެސްގެންނެވެ. ތިމާ މިކުރާ ކަމުން އުޚުރަވީ ޙަޔާތަށް އޮތީ ކޮން ފައިދާއެއްތޯ ވިސްނާ ޙާލުގައެވެ. މުސްލިމު އަޅާގެ މުޅި ޙަޔާތަކީ އަޅުކަމެއް ކަމުގައި ވެގެން ދާ ސަބަބަކީ ވެސް މިއީ ކަމުގައި ބުނެވިދާނެއެވެ. ކާފަރުންނާއި މާއްދިއްޔަތަށް ޣަރަޤުވެފައި ތިބި މާއްދިއްޔަތުގެ އަޅުންނާ ޚިލާފަށް ޙަޔާތުގެ މައިދާނުގައި އުޅޭ އުޅުމުގައި މާއްދީ ވިސްނުމެއް އިސްކުރުމުގެ ބަދަލުގައި އަބަދުވެސް މުސް...
ޝެއިޚް ޝަފީއު އަބްދުﷲ
ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ޖީގައި މިރޭ ކުޅުނުމެޗުން ބްރެޒިލް މޮޅުވެއްޖެ އެވެ. ގަތަރުގެ ލުސައިލް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ސާބިޔާގެ މައްޗަށް ބްރެޒިލް އަށް ކުރި ހޯދީ ދެވަނަ ހާފުގައި ރިޗާލިސަން ޖަހައިދިން ގޯލަކުންކުންވެ. މިރޭގެ މެޗުގައި ބޯޅަހިފަހައްޓައިގެން ކުޅެ ގިނަ ހަމަލާތައް އުފެއްދީ ބްރެޒިލުންނެވެ. އެ ޓީމަށް ލިބުނު ގިނަ ފުރުސަތުތައް ބޭކާރުކޮށްލީ ސާބިއާގެ ވަރުގަދަ ޑިފެންސް އާއި ގޯލްކީޕަރެވެ. މި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައެއް ނުވެއެވެ. ނޭމާ ތަނަވަސްކުރި […]
އަލީ އާދިލް
ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އެޗްގައި މިރޭ ގާނާއާއި ޕޯޗުގީޒުން ބައްދަލުކުރި މެޗު ޕޯޗުގަލުން ކާމިޔާބު ކޮށްފިއެވެ. މިރޭ ގަތަރުގެ ސްޓޭޑިއަމް 974 ގައި ކުޅުނު މެޗު ޕޯޗުގަލުން ގާނާގެ މައްޗަށް ކުރި ހޯދާފައި ވަނީ 3-2 ގެ ނަތީޖާއިންނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ޕޯޗުގަލްގެ ފަރާތުން މޮޅު ކުޅުމެއް ފެނުނު ނަމަވެސް ލަނޑެއް ކާމިޔާބު ކުރެވިފައި ނުވެއެވެ. ނަމަވެސް މެޗުގެ ފުރަތަމަ ހާފުގައި ލަނޑު ޖަހާނެ ދެ ފުރުޞަތެއް ރޮނާލްޑޯއަށް ވަނީ […]
އިބްރާހިމް ޚަލީލް
ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އެޗްގައި މިރޭ ކޮރެއާ ރިޕަބްލިކާއި އުރުގުއޭ ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. މިރޭ ގަތަރުގެ ސްޓޭޑިއަމް 974 ގައި ކުޅުނު މެޗު އެއްވަރު ވެފައި ވަނީ 0-0 ގެ ނަތީޖާއިންނެވެ. ދެ ޓީމްގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިފައިވާ މި މެޗުގައި ފުރަތަމަ ނުރައްކާތެރި ހަމަލާއެއް އުފެއްދީ އުރުގުއޭއިންނެވެ. ކޮރެއާގެ އޭރިއާ މައްޗަށް ކުޅުނު ދިގު ބޯޅައެއް ކޮންޓްރޯލް ކުރުމަށް ފަހު އެ އުރުގުއޭގެ ވަލްވަޑޭ ފޮނުވާލި […]
އިބްރާހިމް ޚަލީލް
މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިގެން، އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ. އެމްއެންޑީއެފުން ވިދާޅުވީ، އެހީތެރިކަން ފޯރުކޮށްދިނީ ހއ. އިހަވަންދޫގެ އިރުން 18 ނޯޓިކަލް މޭލު ބޭރުގައި މަސްވެރިކަމަށް ނުކުމެ އުޅުނު “ހަނދުވަރީ” ނަމަކަށް ކިޔާ މަސް ދޯންޏެއްގައި ހުރި 43 އަހަރުގެ މަސްވެރިއަކަށް ކަމަށެވެ. އެ ދޯނި މަސްވެރިކަން ކުރަމުން ދަނިކޮށް ހިނގި މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއަށް ލިބިފައި ވަނީ މިއަ...
ޔުމްނާ ޢަލީ
”މާލެ ޓީޓީ ހޯލް” ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ހަވީރު ހުޅުވައިދެއްވައިފިއެވެ. ރައީސް އޮފީހުން ވިދާޅުވިގޮތުގައި މިއީ ކުޅިވަރުގެ ދާއިރާ ހަރުދަނާކޮށް ކުރިއެރުވުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ދިވެހިރާއްޖޭގައި މިހާތަނަށް ހަދާފައިވާ ޖާގައިގެ ގޮތުން އެންމެ ތަނަވަސް ޓީޓީ ހޯލެވެ. މާލެ ޓީޓީ ހޯލު ރަސްމީގޮތުން ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްއެވެ. އެކަމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވެސް ބައިވެރ...
ޔުމްނާ ޢަލީ
ގޯލްޑް ފިޝް އޭ ބުނުމުން ކޮންމެ މީހެއްގެއް ހިތަށް އަންނާނީ ގެއެއްގެ ތެރޭގައި ހުންނަ ބޮޑު މަސް ޓޭންކެއް ނުވަތަ ބިއްލޫރި ބޯތައްޓެއްގެ ތެރޭގައި ގެންގުޅޭ މަހެކެވެ. ގޯލްޑްފިޝް އެއް 31 ކިލޯ ހުންނަ ވަރަށް ބޮޑު ވެދާނެ ކަމަކަށް މީހަކު ހިތަށްވެސް ނާރާނެ އެވެ. ނަމަވެސް، މިފަހަރު ފްރާންސްގެ ޝެމްޕެއިން ރީޖަންގެ އައްސޭރި ފަށުގެ ކުޅިއަކުން ފެނިގެން އުޅެނީ އާދަޔާ ހިލާފު ބޮޑު ގޯލްޑް ފިޝްއެކެވެ. “ދި ކެރޮޓް” ނަމުން ނަން ދީފައިވާ އެ ގޯލްޑް […]
މުޙައްމަދު ވަސީމް
ފުޅާ ދާއިރާއެއްގައި ސައްހަނޫން ޑޮލަރުން ވިޔަފާރީގެ މުއާމަލާތް ކުރަމުންދިޔަ ދެ ދިވެހިން ހައްޔަރު ކޮށްފި އެވެ. ފުލުހުން ވިދާޅުވީ އެ މައްސަލައިގާ ހައްޔަރުކޮށްފައިވަނީ 23 އަހަރުގެ ދިވެހި ފިރިހެނަކާއި 24 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. އަދި މިއީ ފުޅާ ދާއުރާއެއްގައި ވަގު ޑޮލަރުގެ ވިޔަފާރި ކުރަމުން ދިޔަ ދެ މީހުން ކަމަށެވެ. މި ދެ މީހުން ހައްޔަރުކޮށްފައި ވަނީ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ރޭ ގެ ވަގުތެއްގައި ހުޅުމާލެއިން ކަމަށް […]
މުޙައްމަދު އަފްރާޙް
ގަތަރުގައި މިހާރުކުރިއަށްދާ ދުނިޔޭގެ ތައްޓަށް ކުޅޭ ފީފާ ވޯލްޑް ކަޕް 2022 ގެ ގްރޫޕް ޖީ ގައި މިއަދު ހަވީރު ކުޅުނު މެޗު ސްވިޒަލެންޑުން ކާމިޔާބު ކޮށްފި އެވެ. ކެމަރޫން އާ ބައްދަލުކޮށް އެޓީމުން ކާމިޔާބު ކުރީ 1-0 ގެ ނަތީޖާއިން ނެވެ. މި މެޗުގެ ހަމައެކަނި ލަނޑު 48 ވަނަ މިނިޓުގައި ބްރީލް އެމްބޯލޯ ޖަހައިދިނީ، ޝަގީރީ އޭރިޔާ ކުރިމައްޗަށް ހުރަސްކޮށްލި ބޯޅައަކުން ނެވެ. ފުރަތަމަ ހާފުގެ ކުރީކޮޅު ސްވިޒަލެންޑުން ރަނގަޅަށް ކުޅެމުން ދިޔަނަމަވެސް ރަނގަޅު ހަމަލާތަކެއް […]
މުޙައްމަދު އަފްރާޙް
އުރީދޫ މޯލްޑިވްސް އާއި މޯލްޑިވްސް ކްރިކެޓް ބޯޑާ ގުޅިގެން މިޝަން ފޯ މައިގްރެންޓް ވޯކާސް (އެމްއެމްޑަބްލިއުއެމް) ކުރިއަށް ގެންދާ ބިދޭސީންނަށް ހާއްސަ އަހަރީ މައިގްރެންޓް ވޯކަރސް ކްރިކެޓް ކާނިވަލްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ކާނިވަލް ބާއްވާނީ އަންނަ މަހުގެ ދޭއްް ވާ ހުކުރު ދުވަހުއެވެ. މައިގްރެންޓް ވޯކާސް ކްރިކެޓް ކާނިވަލް އެންމެ ފުރަތަމަ ބޭއްވީ މިދިޔަ އަހަރުއެވެ. މި ކާނިވަލަކީ އަހަރަކު އެއްފަހަރު ބިދޭސީ މަސައްކަތްތެރިން ކުޅިވަރުގައި ބައިވެރިކުރުމާއެކު، މަސައްކަތްތެރިންގެ ބޮޑު އާބާ...
އަޙްމަދު ވަހީދު
ބ. އަތޮޅު ހޮސްޕިޓަލުން ޑައިލިސިސް ހިދުމަތް ދޭން ފަށައިފި އެވެ. ރާއްޖޭގެ ސިއްހީ ނިޒާމް ހަރުދަނާކޮށް އަތޮޅު ތެރޭގައި މި ހިދުމަތް ފުޅާ ކުރުމަކީ ސަރުކާރުގެ ސިޔާސަތަކަށްވާއިރު، ސަރުކާރުން ގެންދަވަނީ އެ މަސައްކަތް ކުރައްވަމުން ނެވެ. އެގޮތުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރެއިން ބ. އަތޮޅު ހޮސްޕިޓަލުގައި ޑައިލިސިސްގެ ހިދުމަތް ދިނުމަށް ހާއްސަ އިމާރާތެއް އަޅާފައިވަނީ މިއަހަރު އެވެ. އަދި މިއަހަރުގެ ތެރޭގައި މި ހިދުމަތް ދިނުމަށް ވަމުން އައި ތައްޔާރީތަކަށް ކުޑަލަސްކަމެއް އައީ އެކަމަށް ބޭނުންވާ […]
މުޙައްމަދު އަފްރާޙް
ހދ.ހަނިމާދޫ ކައުންސިލް ފުޓްސަލް މުބާރާތް 2022، ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މުބާރާތަކީ ހަނިމާދޫގައި ހުރި މުއައްސަސަތާކަށް އަމާޒު ކުރެވިގެން ކުރިއަށް ގެންދަން ހަމަޖެހިފައިވާ މުބާރާތެކެވެ. މި މުބާރާތުގައި ދެ ކެޓަގަރީ ހިމެނެއެވެ. އެއީ އަންހެން ކެޓަގަރީއާއި ފިރިހެން ކެޓަގަރީއެވެ. ވުމާއެކު މި މުބާރާތުގައި މުއައްސަސާތަކުން އަންހެން ޓީމްތަކަށް ވެސް ބައިވެރި ވެވޭނެއެވެ. މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހަނިމާދޫގެ މުއައްސަސާތަކުގެ މެދުގައި އެކުވެރިކަން ބަދަހި...
އިބްރާހިމް ޚަލީލް
ފާއިތުވި ސީޒަންގެ އިނގިރޭސި ޕްރިމިއާ ލީގުގައި އެވަޓަން އަތުން މެންޗެސްޓާ ޔުނައިޓެޑް 1-0 ގެ ނަތީޖާއިން ބަލިވި މެޗަށް ފަހު، ކްރިސްޓިއާނޯ ރޮނާލްޑޯ އެވަޓަންގެ ސަޕޯޓަރެއްގެ ފޯނު ހަލާކުކޮށްލި މައްސަލަ އިނގިރޭސި އެފްއޭއިން ބެލުމަށް ފަހު އޭނާއަށް އަދަބު ދީފިއެވެ. އިނގިރޭސި އެފްއޭއިން ވަނީ ރޮނާލްޑޯ ދެ މެޗަށް ސަސްޕެންޑް ކޮށް 50،000 (ފަންސާސް ހާސް) ޕައުންޑުން ޖޫރިމަނާ ކޮށްފައެވެ. ރޮނާލްޑޯ މީޑިއާގައި ޔުނައިޓެޑްގެ ވެރިންނަށާއި ކޯޗަށް ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ފާޑު ކިރުމުން، ޔުނައިޓެޑުން […]
އިބްރާހިމް ޚަލީލް