ފީފާ ވޯލްޑް ކަޕްގެ 2022ގެ ގުރޫޕް އީގައި މިއަދު ޖަޕާނާއި ދެކޮލަށް ކުޅުނު މެޗު ކާމިޔާބު ކޮށް ކޮސްޓަރިކާ އިން ދެވަނަ ބުރުގެ އުންމީދު އާކޮށްފިއެވެ.

ގަތަރުގެ އަހުމަދު ބިން އަލީ ސްޓޭޑިއަމްގައި ކުޅުނު މެޗު ކޮސްޓަރިކާ އިން ކާމިޔާބު ކުރީ 0-1 ގެ ނަތީޖާއިންނެވެ.

Ad
rt

މިއަދު ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ ޖަޕާނުންނެވެ. އެގޮތުން ފުރަތަމަ ހާފުގެ ތިން ވަނަ މިނެޓުގައި ޖަޕާންގެ ރިޓްސޫ ޑޯން އަށް ލީޑު ނަގަން ފުރުސަތު ލިބުނު ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލާއި އަމާޒުނުވެއެވެ. މި ހާފުގައި ޖަޕާނުން ގިނަ ހަމާލަތަކެއް ގޯލާ އަމާޒުކޮށް އުފެއްދި ނަމަވެސް ކޮސްޓަރިކާގެ ކީޕަރު ކާލޯ ނަވަސް ވަނީ ދިފާއު ކޮށްފައެވެ.

މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުނީ ދެޓީމުންކުރެ ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެ އޮވެގެންނެވެ.

ދެވަނަ ހާފު ފަށައިގެން ފުރަތަމަ މިނެޓުގައި ޖަޕާނުން ކޮސްޓަރިކާ ކޮޅަށް ނުރައްކާ ކުރިއެވެ. އެގޮތުން ޖަޕާންގެ ޓީމުން ފުލުފުލުގައި ތިން ހަމަލާ ކޮސްޓަރީކާގެ ގޯލާ އަމާޒުކޮށް ފޮނުވާލިއެވެ. އެގޮތުން ޖަޕާނުގެ ހިޑެމަސާ މޮރީޓާ ފޮނުވާލި ހަމަލާ ކާލޯ ނަވަސް މަތަކުރިއިއުރު، ޓަކޫމާ އޮސާނޯ ފޮނުވާލި ހަމަލާވެސް ކާމިޔާބު ނުވިއެވެ. މީގެ އިތުރުން މިކީ ޔަމާނޭ ނަގައިދިން ހުރަހަކުން އަސާނޯ ބޮލުން ފޮނުވާލި ހަމަލާ ވެސް ނަވަސް ވަނީ ދިފާއު ކޮށްފައެވެ.

ޖަޕާނުން ޓީމު ކުރިއަށް ޖައްސައިގެން ކުޅެނިކޮށް އޭގެ ފައިދާ ނަގާ ކޮސްޓަރިކާ ޓީމުން ލަނޑު ޖެހީ މެޗުގެ 80 ވަނަ މިނެޓުގައެވެ. މި ލަނޑު ކޮސްޓަރިކާއަށް ކާމިޔާބު ކޮށްދިނީ ކެޝާ ފުލާއެވެ.

މި މޮޅާއެކު ކޮސްޓަރިކާ ޓީމު އޮތީ ތިން ޕޮއިންޓާއެކު ތާވަލުގެ ތިން ވަނައިގައެވެ. އެއްވަނާގައި ސްޕެއިން އޮތް އިރު، ދެވަނާގައި އޮތީ ޖަޕާނެއެވެ. މިއިން ކޮންމެ ޓީމަކަށް ވެސް ތިން ޕޮއިންޓް ލިބިފައިވާއިރު، ސްޕެއިންއާއި ޖަޕާނަށް ކުރި ލިބެނީ ފައިދާ ގޯލުންނެވެ.