މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,456 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1183 ވަނަ ޞަފްޙާ

ސެމީން ޖާގަ ހޯދި އެފްރިކާގެ ފުރަތަމަ ޓީމުގެ ޝަރަފް މޮރޮކޯއަށް

ސެމީން ޖާގަ ހޯދި އެފްރިކާގެ ފުރަތަމަ ޓީމުގެ ޝަރަފް މޮރޮކޯއަށް

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި ޕޯޗުގަލްއާއި މޮރޮކޯ ބައްދަލުކުރި މެޗު ކާމިޔާބުކޮށް މުބާރާތުގެ ސެމީ ފައިނަލުން މޮރޮކޯ ޖާގަ ހޯދައިފިއެވެ. މިއީ އެފްރިކާގެ ގައުމެއް ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. މޮރޮކޯ ވެގެން ގޮސްފައި މިވަނީ ވޯލްޑް ކަޕްގެ ސެމީ ފައިނަލުން ޖާގަ ހޯދި އަރަބި ފުރަތަމަ ގައުމަށެވެ. މިރޭ ގަތަރުގެ ތުމާމާ ސްޓޭޑިއަމްގައި ކުޅުނު މެޗު މޮރޮކޯއިން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ. މުބާރާތުގެ […]

އިބްރާހިމް ޚަލީލް
ޒިގްޒެގުން ކެޑް ކޮޅަށް އެގާރަ ލަނޑު ޖަހައި، ދެވަނަ މެޗު ވެސް ކާމިޔާބު ކޮށްފި

ޒިގްޒެގުން ކެޑް ކޮޅަށް އެގާރަ ލަނޑު ޖަހައި، ދެވަނަ މެޗު ވެސް ކާމިޔާބު ކޮށްފި

ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ “އެމްޓީސީސީ ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2022” ފުޓްބޯޅަ މުބާރާތުގައި މިއަދު ޒިގްޒެގް ފޯ ޔޫތު ލިންކޭޖާއި ކުޅުދުއްފުށީ އެކުވެރިންގެ ދިރުން (ކެޑް) ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ޒިގްޒެގުން ކާމިޔާބު ކޮށްފިއެވެ. މިއަދު ހަވީރު ޒިގްޒެގާއި ކެޑް ބައްދަލުކުރި މެޗު، ޒިގްޒެގުން ކާމިޔާބު ކޮށްފައި ވަނީ 11-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މިއަދުގެ މެޗު ފަށައިގެން ފުރަތަމަ ތިރީސް މިނެޓްގައި ކެޑުން ވަނީ ޒިގްޒެގަށް ލަނޑެއް ޖެހިޔަ ނުދީ ހިފަހައްޓާފައެވެ....

އިބްރާހިމް ޚަލީލް
މީޑިއާ ކައުންސިލުގެ މެމްބަރުކަމަށް "ތިލަދުން"ގެ އަފްރާޙް!

މީޑިއާ ކައުންސިލުގެ މެމްބަރުކަމަށް "ތިލަދުން"ގެ އަފްރާޙް!

މޯލްޑިވްސް މީޑިއާ ކައުންސިލު (އެމްއެމްސީ) ގެ މެމްބަރު ކަމުގެ މަގާމަށް “ތިލަދުން” ގެ ނިއުސް ހެޑް މުހައްމަދު އަފްރާޙް އިންތިހާބު ވެއްޖެ އެވެ. އެމްއެމްސީ ގެ އައު ދައުރަށް މެމްބަރުން ހޮވުމަށް މިއަދު ބޭއްވި އިންތިހާބުގައި އޭނާއަށް ވަނީ 82 ވޯޓު ލިބިފަ އެވެ. ސޯޝަލް ސެންޓަރުގައި މިއަދު ހެނދުނު 10 ން 11 އަށް ކުރިއަށް ގެންދިޔަ މި އިންތިހާބުގައި އެ ކައުންސިލުގައި މީޑިއާތައް ތަމްސީލު ކުރައްވާ 7 މެންބަރުންނާއި އާންމުންގެ ތެރެއިން 6 މެންބަރުން […]

އަލީ އާދިލް
ކުޅުދުއްފުއްޓަށް ދަތުރުކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ދިޔަވެއްޖެ

ކުޅުދުއްފުއްޓަށް ދަތުރުކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ދިޔަވެއްޖެ

މާލެ ސިޓީ އިން ކުޅުދުއްފުށި ސިޓީ އަށް ދަތުރުކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަށް އަރައި ދިޔަވެއްޖެ އެވެ. އެމްއެންޑީއެފް އިން ވިދާޅުވީ، ދިޔަވެ އަޑިއަށް ގޮސްފައިވަނީ ކައްކާ ގޭހާއި ހިލަވެލި ހިފައިގެން ދަތުރުކުރި “އައިޝަމް” ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެއްކަމަށެވެ. “ހައިޝަމް” ދޯނި ދިޔަވެ އަޑިއަށް ގޮސްފައިވަނީ ށ. ބޮޑުޅައިމަންދޫ ކައިރިއަށެވެ. އެމްއެންޑީއެފްއަށް މި ހާދިސާގެ މައުލޫމާތު ލިބިފައިވަނީ، މިއަދު 11:13 ހާއިރު އެވެ. އެއާއިއެކު ނޮދަން އޭރިއާ ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންގެ ހާބަރ ކްރާފްޓް […...

މުޙައްމަދު އަފްރާޙް
ނޮޅިވަރަމްގައި މަރާލާފައި އޮތް ކަމަށް ޝައްކުކުރެވޭ މީހަކު ފެނިއްޖެ

ނޮޅިވަރަމްގައި މަރާލާފައި އޮތް ކަމަށް ޝައްކުކުރެވޭ މީހަކު ފެނިއްޖެ

ހދ. ނޮޅިވަރަމްގައި މަރާލާފައި އޮތް ކަމަށް ޝައްކުކުރެވޭ އަންހެނަކު ފެނިއްޖެއެވެ. ނޮޅިވަރަމް ކައުންސިލްގެ މީޑިއާ އޮފިޝަލް އަދި ކައުންސިލް މެންބަރު މުޙައްމަދު މުސްތަފާ ”ތިލަދުން” އަށް ވިދާޅުވީ އެރަށުގައި އެފަދަ ހާދިސާއެއް ހިނގައިގެން އުޅޭ ކަމަށެވެ. ”އެ އަންހެން މީހާ މިހާރު އޮތީ ސިއްހީ މަރުކަޒުގައި، އޭނާގެ ފުރާނަ ނެތްކަން ޔަޤީން، ފުލުހުން ދަނީ މައްސަލަ ތަޙްޤީޤް ކުރައްވަމުން” މުސްތަފާ ވިދާޅުވިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އަންހެން މީހާ މަރުވެފައި ވަނީ ފިރިމީހާގެ ޢަމަލުކަންކަމަށް ތުހުމަތު ކު...

ތިލަދުން
''އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހިފައިވަނީ، އިންސާނީ ޙައްޤުތަކަށް ހުރަސްއެޅޭ ގޮތަށް ހުރި ނުރަނގަޅު އާދަތައް ނައްތައިލުމަށް''

''އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހިފައިވަނީ، އިންސާނީ ޙައްޤުތަކަށް ހުރަސްއެޅޭ ގޮތަށް ހުރި ނުރަނގަޅު އާދަތައް ނައްތައިލުމަށް''

އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާއިރު، މިއަދު އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހިފައިވަނީ، އިންސާނީ ޙައްޤުތަކަށް ހުރަސްއެޅޭ ގޮތަށް އަޅުގަނޑުމެންގެ ތެރޭގައި ހުރި ނުރަނގަޅު އާދަތައް ނައްތައިލުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ބައިނަލްއަޤުވާމީ އިންސާނީ ޙައްޤުތަކުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ. ރައީސް ޞާލިޙް ވިދާޅުވީ، މި އަހަރުގެ އިންސާނީ ޙައްޤުތަކުގެ ދުވަހަށް، އދ. މަޖިލީހުން ކަނޑައަޅާފައިވާ ޝިޢާރު، “ކަރާމާ...

ޔުމްނާ ޢަލީ
މާޒީގައި ވެރިން ތިބީ އުތުރުގެ ރައްޔިތުންނަށް ހުރި ''ހުރިހާ އިގްތިސޯދީ ދޮރުތަކުގައި ޗޭނު ޖަހައިގެން'': ޔާސިރު

މާޒީގައި ވެރިން ތިބީ އުތުރުގެ ރައްޔިތުންނަށް ހުރި ''ހުރިހާ އިގްތިސޯދީ ދޮރުތަކުގައި ޗޭނު ޖަހައިގެން'': ޔާސިރު

ރާއްޖޭގެ މާޒީގައި ވެރިން ކަންތައް ކޮށްފައިވަނީ އުތުރުގެ ރައްޔިތުންނަށް ހުރި ހުރިހާ އިޤްތިޞޯދީ ދޮރުތަކުގައި ޗޭނު ޖަހައިގެން ތިބެކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބުދުއްލަތީފް ވިދާޅުވެއްޖެއެވެ. ޔާސިރު މިހެން ވިދާޅުވީ، ރާއްޖޭގެ މަސްވެރިންގެ ދުވަހުގެ ތަހުނިޔާ އެންމެހާ މަސްވެރި އާއިލާތަކަށް ފޮނުއްވަމުން މިއަދު ކުރެއްވި ޓްވީޓެއްގައެވެ. ޔާސިރު ވިދާޅުވީ، އުތުރުގެ މަސްވެރިކަން ކުރިނާރާ ވަނީ ބާނާ މަސްކޮޅު ވިއްކޭނެ މަގެއް ނުދެއްކުމުން ކަމަށެވެ. އަދި މާޒީގައި ވެރިން ކަންތައް ކޮށްފައިވަނީ...

ޔުމްނާ ޢަލީ
ސިޔާސީ ޕާޓީ ތަކުގެ މައިގަޑު މަސައްކަތަކީ ދައުލަތުގެ ތިޖޫރީގެ ތަޅުދަޑި ހޯދުން: އުމަރު

ސިޔާސީ ޕާޓީ ތަކުގެ މައިގަޑު މަސައްކަތަކީ ދައުލަތުގެ ތިޖޫރީގެ ތަޅުދަޑި ހޯދުން: އުމަރު

ރާއްޖޭގެ ސިޔާސީ ޕާޓީ ތަކުގެ މައިގަޑު މަސައްކަތަކީ ދައުލަތުގެ ތިޖޫރީގެ ތަޅުދަޑި ހޯދުން ކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ. އަންނަ ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމަށް ޢިއުލާން ކުރައްވައި، މިހާރު ކެމްޕެއިން ފައްޓަވާފައިވާ އުމަރު މިހެން ވިދާޅުވީ، އިއްޔެ ފާހަގަ ކުރި ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަހާއި ގުޅުވައިގެން ފޮނުއްވި މެސެޖެއްގައެވެ. އުމަރު ވިދާޅުވީ، ކޮރަޕްޝަން މިއަދު މިވަނީ ދައުލަތުގެ އެންމެ މަތިން ފެށިގެން އެންމެ ތިރިއަށް އަށަގަނެފައި ކަމަށެވެ. އަދި ސިޔާސީ...

ޔުމްނާ ޢަލީ
އެންމެ އިސް ސިޔާސަތަކީ، އަސާސީ ޚިދުމަތްތައް ދިނުމުގައި ރައްޔިތުންގެ މެދުގައި އެއްވެސް ތަފާތެއް ނުކުރުން: ރައީސް

އެންމެ އިސް ސިޔާސަތަކީ، އަސާސީ ޚިދުމަތްތައް ދިނުމުގައި ރައްޔިތުންގެ މެދުގައި އެއްވެސް ތަފާތެއް ނުކުރުން: ރައީސް

އިންސާނީ ޙައްޤުތަކުގެ ދާއިރާއިން ދިވެހި ދައުލަތުގެ އެންމެ އިސް ސިޔާސަތަކީ، އަސާސީ ޚިދުމަތްތައް ދިނުމުގައި ދިވެހި ރައްޔިތުންގެ މެދުގައި އެއްވެސް ތަފާތެއް ނުކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ބައިނަލްއަޤުވާމީ އިންސާނީ ޙައްޤުތަކުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ. ރައީސް ޞާލިޙް ވިދާޅުވީ، އިންސާނީ ޙައްޤުތަކުގެ އަސާސަކީ ހަމައެކަނި ޙައްޤުތަކެއް ލިބުމެއް ނޫން ކަމަށެވެ. އަދި އަސާސީ ކޮންމެ ޙައްޤަކާއެކު އުފުލަންޖެހޭ...

ޔުމްނާ ޢަލީ
އޯއޭސީޕީއެސް ގެ ފުރިހަމަ މެންބަރުކަން ރާއްޖެއަށް

އޯއޭސީޕީއެސް ގެ ފުރިހަމަ މެންބަރުކަން ރާއްޖެއަށް

އޯގަނައިޒޭޝަން އޮފް އެފްރިކަން ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯއޭސީޕީއެސް)ގެ ފުރިހަމަ މެމްބަރު ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ އިއްޔެ ހަމަޖެހިއްޖެއެވެ. އޯއޭސީޕީއެސްގެ ފުރިހަމަ މެންބަރުކަން ރާއްޖެއަށް ލިބުނީ އެ ޖަމިއްޔާގެ އެންމެ އިސްވެރިންގެ 10 ވަނަ ސަމިޓުގައި އެ ޖަމިއްޔާގެ ފުރިހަމަ މެމްބަރު ޤައުމަކަށް ދިވެހިރާއްޖެވުމަށް ހުށަހެޅި ހުށަހެޅުން ބަލައިގަތުމަށް މެންބަރު ޤައުމުތަކުން ތާއީދު ކުރުމުންނެވެ. އެންގޯލާގެ ލުއާންޑާގައި މި ޑިސެންބަރު މަހުގެ 6 އިން 9 އަށް ކުރިޔަށްދާ މި ސަމިޓްގައި އޯއޭސީޕީ...

ޔުމްނާ ޢަލީ
''ފެހި ފަހި މާޅޮސް ކައުންސިލް މަސްރޭސް'' ބާއްވައިފި

''ފެހި ފަހި މާޅޮސް ކައުންސިލް މަސްރޭސް'' ބާއްވައިފި

ބ. މާޅޮހު ކައުންސިލުން އިންތިޒާމު ކޮށްގެން ”ފެހި ފަހި މާޅޮސް ކައުންސިލް މަސްރޭސް 2022” ނަމުގައި މަސްރޭހެއް ބާއްވައިފިއެވެ. އެރަށު ކައުންސިލުން ‘ތިލަދުން’ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި މުބާރާތުގައި 11 ޓީމަކުން ބައިވެރިވި ކަމަށެވެ. އަދި އެއީ 82 ބައިވެރިން ކަމަށެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަށް ޗެމްޕިއަންކަން ހޯދީ ޓީމު ބަރަކޫޑާ އެވެ. އެޓީމަށް ވަނީ 2000 ރުފިޔާގެ އިނާމެއް ދީފަ އެވެ. އަދި އެންމެ ބަރު މަހެއް ބާނާފައިވަނީ ޓީމު އުތީމު […]

މުޙައްމަދު އަފްރާޙް
ޑިޖިޓަލް އައިޑީކާޑުން ރައްކާތެރިކަމާއެކު ޒާތީ މައުލޫމާތު ބޭނުން ކުރެވޭނެ: އެންސީއައިޓީ

ޑިޖިޓަލް އައިޑީކާޑުން ރައްކާތެރިކަމާއެކު ޒާތީ މައުލޫމާތު ބޭނުން ކުރެވޭނެ: އެންސީއައިޓީ

ޑިޖިޓަލް އައިޑެންޓިޓީ ކާޑުގެ އެންމެ މުހިންމު ބޭނުމަކީ ރައްކާތެރިކަމާއެކު އެމީހެއްގެ ޒާތީ މަޢުލޫމާތު ބޭނުންކުރެވޭނެ މަގު ފަހިކޮށްދިނުން ކަމަށް ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލިޖީ (އެންސީއައިޓީ) އިން ވިދާޅުވެއްޖެ އެވެ. ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން ސްޓޭޓް މިނިސްޓަރ މުހައްމަދު ޝަރީފް ވިދާޅުވީ ޑިޖިޓަލް އައިޑީ ކާޑާއި ލައިސަންސް ކާޑުފަދަ މައުލޫމާތުތައް އެޕްލިކޭޝަނުގައި ހިމަނާނީ، އެކަމުގެ ޒިންމާވާ މުއައްސަސާތަކުން ކަމަށެވެ. އަދި މިއިން އެއްވެސް މައުލޫމާތަކަށް އަމިއްލައަށް އެއްވެސް...

މުޙައްމަދު އަފްރާޙް
ޕެނަލްޓީގައި ކުރި ހޯދައި އާޖެންޓީނާ ސެމީއަށް

ޕެނަލްޓީގައި ކުރި ހޯދައި އާޖެންޓީނާ ސެމީއަށް

ގަތަރުގައި މިހާރު ކުރިޔަށްދާ ފީފާ ވޯލްޑްކަޕްގެ ކުއާޓާފައިނަލްގައި ކުޅުނު މެޗުން ބުރެޒިލް ބަލިވިއިރު އާޖެންޓީނާ މެޗު ކާމިޔާބުކޮށް ސެމީފައިނަލްގެ ޖާގައެއް ކަށަވަރު ކޮށްފިއެވެ. މިރޭ ކުޅުނު ކުއާޓާ ފައިނަލް މެޗުގައި އާޖެންޓީނާ ނެދަލެންޑްސް މައްޗަށް ކުރިހޯދީވެސް ޕެނަލްޓީ ޖަހައިގެންނެވެ. 90 މިނެޓް ނިމުނީ 2-2 ގެ ނަތީޖާއިންނެވެ. އިތުރު ވަގުތުގެ ގޮތުގައި ކުޅުނު 15 މިނެޓުގެ ދެހާފުގައި އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. މެސީގެ ހިތްގައިމު ޕާހަކުން ފުރަތަމަ ގޯލު އާޖެންޓީނާއަށް ކާމިޔާބު ކ...

އަލީ ރިޔާޟް
އޯއޭސީޕީއެސް އިން ރާއްޖެއަށް ދެމުންދާ އެއްބާރުލުމަށް ޝާހިދުގެ ޝުކުރު

އޯއޭސީޕީއެސް އިން ރާއްޖެއަށް ދެމުންދާ އެއްބާރުލުމަށް ޝާހިދުގެ ޝުކުރު

އޯގަނައިޒޭޝަން އޮފް އެފްރިކަން، ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯ.އޭ.ސީ.ޕީ.އެސް) އިން ރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެއްބާރުލުމަށް ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ޝުކުރު ދަންނަވައިފި އެވެ. އެންގޯލާގެ ލުއާންޑާގައި ކުރިއަށްދާ އޯ.އޭ.ސީ.ޕީ.އެސް. ގެ އެންމެ އިސްވެރިންގެ 10 ވަނަ ސަމިޓުގައި ބައިވެރިވެ ވަޑައިގެން ދެއްވި ގައުމީ ބަޔާނުގައި އެމަނިކުފާނު ވިދާޅުވީ ޖިއޮގްރަފީގެ ގޮތުން ދުރުގައި އޮތް ނަމަވެސް ރާއްޖެ އާއި އޯ.އޭ.ސީ.ޕީ.އެސް. ގެ މެންބަރު އެހެން ގައުމުތައް އަބަދު ވެސް ގުޅިފައިވަނީ އެއް...

މުޙައްމަދު އަފްރާޙް
ޕެނަލްޓީގައި ބްރެޒިލް މައްޗަށް ކުރި ހޯދައި ކްރޮއޭޝިއާ ސެމީއަށް

ޕެނަލްޓީގައި ބްރެޒިލް މައްޗަށް ކުރި ހޯދައި ކްރޮއޭޝިއާ ސެމީއަށް

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި ބްރެޒިލް ބަލިކޮށް ކްރޮއޭޝިއާ، މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ. މިރޭ ގަތަރުގެ އެޑިއުކޭޝަން ސިޓީ ސްޓޭޑިއަމްގައި ކުޅުނު މެޗު ފުރިހަމަ ވަގުތު ހަމަވެއް އިތުރު ވަގުތު ދެ ހާފް ކުޅެ ނިމުން އިރު ވެސް ދެ ދެ ޓީމް އޮތީ 1-1 ގެ ނަތީޖާއިން އެއްވަރު ވެފައެވެ. ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ކްރޮއޭޝިއާ ބްރެޒިލްގެ މައްޗަށް ކުރި ހޯދީ 4-2 ގެ ނަތީޖާއިންނެވެ. މުޅި […]

އިބްރާހިމް ޚަލީލް
އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުގެ ނައިބު ރައީސެއްގެ މަގާމަށް ޑރ. އާސިމް

އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުގެ ނައިބު ރައީސެއްގެ މަގާމަށް ޑރ. އާސިމް

އެކުވެރި ދައުލަތްތައް (އދ) ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުގެ ނައިބް ރައީސެއްގެ މަގާމަށް ޑރ. އަހުމަދު އާސިމް އިންތިހާބުކޮށްފި އެވެ. ޑރ. އާސިމަކީ ޖެނީވާގައި ހުންނަ އދ. ގެ މަރުކަޒުތަކަށް، ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބެވެ. އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން ވަނީ އަންނަ އަހަރަށް އެ ކައުންސިލުން އިންތިހާބުކޮށްފައިވާ ހަތަރު ނައިބު ރައީސުންގެ ތެރޭގައި ޑރ. އާސިމް ހިމެނިވަޑައިގަންނަވާކަން ހާމަކުރައްވާފައެވެ. އެކައުންސިލުން ބުނެފައިވާ ގޮތުގައި އެ ކައުންސިލްގެ ރ...

ޔުމްނާ ޢަލީ
ކޮރަލްސްއަށް ސްކައި އަތުން ހަނި މޮޅެއް

ކޮރަލްސްއަށް ސްކައި އަތުން ހަނި މޮޅެއް

ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ “އެމްޓީސީސީ ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2022” ފުޓްބޯޅަ މުބާރާތުގައި މިއަދު ކުލަބް ކޮރަލްސްއާއި ސްކައި ބައްދަލުކުރި މެޗު، ކޮރަލްސްއިން ކާމިޔާބު ކޮށްފިއެވެ. މި މުބާރާތުގައި މިއަދު ހަވީރު ކުލަބް ކޮރަލްސްއާއި ސްކައި ބައްދަލުކުރި މެޗު، ކޮރަލްސްއިން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ. މިއަދުގެ މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ކޮރަލްސްއަށް، މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަ މިނެޓަށް ވެފައި ވަނިކޮށް ކާމިޔާބު ކޮށްދީފައި ވަނީ އެ ޓީމ...

އިބްރާހިމް ޚަލީލް
މަސްވެރިންގެ ފޯރަމް ފަށައިފި

މަސްވެރިންގެ ފޯރަމް ފަށައިފި

‏42 ވަަނަ މަސްވެރިންގެ ދުވަހާއި ގުޅުވައިގެން ސަރުކާރުން ކުރިއަށް ގެންދާ މަސްވެރިންގެ ފޯރަމް ފަށައިފިއެވެ. އެ ފޯރަމް މިއަދު ފަށާފައި ވަނީ، މިއަހަރު ރާއްޖޭގެ މަސްވެރިންގެ ދުވަސް ރަސްމީކޮށް ސަރުކާރުން ފާހަގަކުރަން ނިންމާފައިވާ ގދ. ފަރެސްމާތޮޑާގައިއެވެ. މަސްވެރިކަމާއިބެހޭ ވުޒާރާއިން މިއަދު ވިދާޅުވީ، 42 ވަަނަ މަސްވެރިންގެ ދުވަހުގެ އިޙްތިފާލުތަކުގެ ތެެރެއިން ހިމެނޭ މަސްވެރިންގެ ފޯރަމް މިއަދު ފަށާފައިވާ ކަމަށެވެ. މި ފޯރަމްގައި ރާއްޖެގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވާ މަސްވެރިންނާއި، މި ސިނާޢަތުގައ...

ޔުމްނާ ޢަލީ