މަސްވެރިކަމުގެ ސިނާޢަތުގައި މިހާރުހުރި ބޮޑެތި މައްސަލަތައް އަންނަ 2023 ވަނަ އަހަރުގެ މެދަކާއި ހަމައަށް ހައްލުކުރެެވޭނެ ކަމުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. މިއަހަރުގެ މަސްވެރިންގެ ދުވަސް ރަސްމީކޮށް ސަރުކާރުން ފާހަގަ ކުރަމުން ގެންދާ ގދ. ފަރެސްމާތޮޑާގައި ކުރިއަށްދާ ކަންކަމުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޞާލިޙް މިހާރު އެރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ވަނީ ފަރެސްމާތޮޑާގެ މަސްވެރިންނާއި ބައްދަލު ކުރައްވާފައެވެ. މިއަދު ހަވީރު، ފަރެސްމާތޮޑާގައި...
ޔުމްނާ ޢަލީ
ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ވަން ލިޒިން، ނައިބު ރައީސް ފައިޞަލް ނަސީމް އާއި މިއަދު ބައްދަލު ކުރައްވައިފިއެވެ. މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށް ދިޔަ މި ބައްދަލުވުމުގައި ނައިބު ރައީސް އާއި، ޗައިނާ ސަފީރު ވަނީ ދެ ޤައުމުގެ ދެމެދު އޮންނަ ގާތް ގުޅުމާއި އަދި ދެ ޤައުމުން އިސްކަންދޭ މުހިންމު ދާއިރާތަކުން ކުރިމަގުގައި އިތުރަށް ގުޅުން ބަދަހިކުރެއްވުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައިކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ. މި ދެ ބޭފުޅުން މަސްވަރާ ކުރ...
ޔުމްނާ ޢަލީ
ރާއްޖޭގެ ހަލުވި ކުރިއެރުން ދެމެހެއްޓުމަށް ސްމާޓް އިންވެސްޓްމަންޓްތައް މުހިންމު ކަމަށް ވޯލްޑް ބޭންކް ވޯލްޑް ބޭންކުން ދެކުނު އޭޝިއާ ސަރަހައްދަށް ކަނޑައަޅުއްވާފައި ހުންނަވާ ނައިބު ރައީސް މާޓިން ރައިސާ ވިދާޅުވެއްޖެއެވެ. އޭނާ މިފަދައިން ވިދާޅުވީ ރާއްޖެއަށް ކުރެއްވި ހަތަރު ދުވަހުގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހުއެވެ. ޖުލައި 2022ގައި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ރާއްޖެއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި ރައިސާ ވަނީ ދަރަނި ބޮޑުވުމާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނުރައްކާތަކ...
އަޙްމަދު ވަހީދު
ކ. ކަނޑުއޮތްގިރި ބަނދަރު ހެދުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނީ މި މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ކޮންކްރީޓް ގަލާއި ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އާ ނެރުގެ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 46 އިންސައްތަ ނިމިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫއުގެ ދަށުން 10،00 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ […]
އަޙްމަދު ވަހީދު
ރާއްޖޭގައި އެޗްއައިވީ ޖެހޭ މީހުން މަދުނަމަވެސް، މި ބަލި ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް ބެލެވޭ ކަމަށް ހެލްތު މިނިސްޓަރ އަހްމަދު ނަސީމް ވިދާޅުވެއްޖެ އެވެ. ގއ. ވިލިނގިލީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނަސީމް ވިދާޅުވީ ރާއްޖޭގައި ކުރެވިފައިވާ ދިރާސާތަކުން ފެންނަން އެބަހުރި ކަމަށާއި އެޗް.އައި.ވީ އާއި ދާދި އެއްގޮތަށް ފެތުރޭ އެހެން ބަލިތައް ވެސް ރާއްޖެއިން ފެންނަމުންދާކަމަށް ވެސް ވިދާޅުވި އެވެ. މީގެ އިތުރުން ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކެކޭ އެއްފަދައިން ރާއްޖޭގައި ވެސް އެޗް.އައި.ވީ ހެ...
މުޙައްމަދު އަފްރާޙް
މާލެ ސަރަހައްދުން ގޯތި ދޫކުރުމުގައި މާލޭ މީހުން ކަމަށް ބަލާ މިންގަނޑު ބާތިލްކުރަން ހުށަހެޅި މައްސަލަ ހައި ކޯޓުން މިއަދު ބޭރުކޮށްލައިފި އެވެ. ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަހައްދުން ގޯތި ދޫކުރުމުގައި މާލޭ މީހުން ކަމަށް ބަލާނެ މިންގަނޑަކީ އެއްވެސް އިރަކު މާލެ ފިޔަވައި އެހެން ތަނެއްގައި ރަޖިސްޓްރީވެފައިނުވާ މީހުންނެވެ. މިހާރު ހަމަޖައްސާފައިވަނީ ކުރިން އެހެން ތަނެއްގައި ރަޖިސްޓަރީވެފައި އޮތަސް، އެ މީހެއްގެ މަންމަ ނުވަތަ ބައްޕައަކީ މާލޭ މީހެއް ކަމަށްވާ ނަމަ އަދި އެއީ […]
ހުސައިން ހަބީބް
ހދ. ހިރިމަރަދޫ މިސްކިތުގެ އަމަލީ މަސައްކަތް ފަށައިފި އެވެ. މި މަސައްކަތް ފެށުމުގެ ގޮތުން އެރަށުގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ވެސް ބާއްވާފަ އެވެ. މި ރަސްމިއްޔާތުގައި މިސްކިތުގެ ޢަމަލީ މަސައްކަތް ފަށްޓަވައިދެއްވީ އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ޢަލީ އާއި ހިރިމަރަދޫ ކައުންސިލްގެ ރައީސް މުޙައްމަދު ވަޙީދެވެ. އެއް އަހަރުގެ ތެރޭގައި ނިންމުމަށް މި މަސައްކަތް ހަވާލުކޮށްފައިވަނީ ވޭވްލެންތް ޕްރައިވެޓް ލިމިޓެޑާ އެވެ. އެ ކުންފުންޏާ ހަވާލުކުރީ 8,752,398.95 (އަށް މިލިއަން ހަތްލައްކަ ފަންސާސް ދެހާސް...
މުޙައްމަދު އަފްރާޙް
11 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީގޯނާ ކުރި މައްސަލައެއްގައި ތުހުމަތުވާ މީހަކު ހައްޔަރުކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ސައުތު ޕޮލިސް ރީޖަންގައި ހިމެނޭ ރަށެއްގައި 11 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް މި މަހުގެ 7 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. މި މައްސަލައިގެ ތުހުމަތުގައި އުމުރުން 41 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ މިމަހުގެ 8 ވަނަ ދުވަހު ހައްޔަރުކޮށްފައެވެ. އެމީހާ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިޔުމުން...
ޔުމްނާ ޢަލީ
ތ. އަތޮޅުގައި އަވައްޓެރި ފުލުހުންގެ ޚިދުމަތް ގާއިމުކޮށް އެ ޚިދުމަތް ފަށައިފިއެވެ. ލާމަރުކަޒީކޮށް ރައްޔިތުންނާ ގާތުން ފުލުހުންގެ ޚިދުމަތް ދިނުމަށް ފުލުހުންގެ ޚިދުމަތުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ތ. އަތޮޅުގައި އަވައްޓެރި ފުލުހުންގެ ޚިދުމަތް ގާއިމުކުރުމަށް ވޭމަންޑޫގައި ބޭއްވި ރަސްމިއްޔާތު އޮތީ މިދިޔަ ހުކުރު ދުވަހުގެ ރެއެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢިމްރާން ޢަބްދުﷲ އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފުއެވެ. އެ ރަސްމިއްޔާތުގައ...
ޔުމްނާ ޢަލީ
ދިވެހި ފުލުހުންގެ ހިދުމަތުން މިދިޔަ ނޮވެމްބަރު މަހު މާލެ ސަރަހައްދުގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އަތުލައިގަތް 13 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ޢަމުރުކޮށްފި އެވެ. ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ނިންމީ، މިމައްސަލާގައި ފުލުހުން ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު ހަމަވެ، މުއްދަތު ޖެހުމަށް ކޯޓަށް ގެންދިއުމުން ނެވެ. އެ މައްސަލައިގާ ޖުމުލް ހަ މީހުން ހައްޔަރުކޮށްފައިވާއިރު، ދެންތި...
މުޙައްމަދު އަފްރާޙް
ށ. ފޯކައިދޫ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2022 ގައި ހިމެނޭ ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި މަޑުފެހި ސްޕޯޓްސް ކުލަބް ބަލިކޮށް، މުބާރާތުގެ ޗެމްޕިއަންކަން ބްލަޑް ބްރަދާސް ހޯދައިފިއެވެ. އިއްޔެ ހަވީރު ފޯކައިދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު ފައިނަލް މެޗު ބްލަޑް ބްރަދާސް ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއާއަށް ހޮވިފައި ވަނީ ބްލަޑް ބްރަދާސްގެ ޖޯޒީ ނަމްބަރު 7، މުޙައްމަދު ރިޝްވާންއެވެ. ފައިނަލް މެޗު ނިމުމުން ވަނީ މުބާރާތުގެ […]
އިބްރާހިމް ޚަލީލް
ފ. ދަރަނބޫދު އާއި ފީއަލީގައި ޕޮލިސް ޕޯސްޓު ހުޅުވައިފިއެވެ. ފީއަލީ ޕޮލިސް ޕޯސްޓު ހުޅުވުމަށް އިއްޔެ އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި އެ ރަށު ޕޮލިސް ޕޯސްޓު ހުޅުވައިދެއްވީ މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢިމްރާން ޢަބްދުﷲ އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފުއެވެ. މީގެ އިތުރުން ދަރަނބޫދޫ ޕޮލިސް ޕޯސްޓު ހުޅުވުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އެ ރަށު ޕޮލިސް ޕޯސްޓު ހުޅުވައިދެއްވީ ވެސް މިނިސްޓަރު ޢިމްރާން އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް […]
ޔުމްނާ ޢަލީ
ނުކުޅުދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ ސްކީމެއް ޑާވިން ކެފޭއިން ތައާރަފުކޮށްފި އެވެ. މި ކެފޭ ވަނީ އެފަދަ ފަރާތްތަކަށް ފަސޭހައިން ވަދެ ނުކުމެ އުޅެވޭ ގޮތަށް ފަރުމާ ކޮށްފައެވެ. އަދި ފާހަނާތައް ވެސް ހުންނާނީ އެ ފަރާތްތަކަށް ފަސޭހައިން ބޭނުން ކުރެވޭނެ ގޮތަކަށް ފަރުމާކޮށްފަ އެވެ. ނުކުޅެދޭ މީހުންނަށް ދޫކުރާ ޕީޑަބްލިޔުޑީ ކާޑު އޮންނަ މީހުންނަށް، އެ މީހުން ހޯދާ ހިދުމަތްތަކުން، ފަސް ޕަސެންޓްގެ ޑިސްކައުންޓެއް މި ސްކީމުން ލިބޭއިރު، އެމީހުންގެ އާއިލާއާއި ރަހުމަތްތެރިންނަށް ވެސް، ކެފޭގައި ތިބެގެން […]
މުޙައްމަދު އަފްރާޙް
ކުރީގެ ޢަދަދާއި ގުޅޭ، ރޯން ބޭނުންނުވި ނަމަވެސް މުނާއަށް ހަމަ ރޮވެނީއެވެ.އެއާއިއެކު އޭނާގެ ބޮލަށް ފާޑެއްގެ އެނބުރުމެއްވެސް އަރަންފަށައިފިއެވެ. ތެދުވަން ބޭނުންވި ނަމަވެސް ބޮލަށް އެނބުރުން އަރާވަރުން ތެދުވާކަށް ނުކެރުނެވެ.މަޑުމަޑުން އެނދުގައި މުނާ އޮށޯތެވެ. އޭރު އާދަތާ ޚިލާފް އުނދަގޫތަކެއް އޭނާގެ މުޅި ހަށިގަނޑަށް ކުރަމުންދެއެވެ. ދަތުރުމަތީގައިވެސް ޝާމިން، މުނާއަށް އެތައް މެސެޖްތަކެއްކުރިއެވެ. އެހެނަސް އެއްވެސް މެސެޖަކަށް ރިޕްލައިއެއް ނާދެއެވެ. ނުތަނަވެސް ވެފައިވާ ހިތަކައިގެން އޭނާ ދެތިން ފަހަރު ގުޅ...
ސަލާމާ ޢަބްދުލް ޢަލީމް
މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ފަރެސްމާތޮޑާއަށް ފުރާވަޑައިގެންފި އެވެ. ރާއްޖޭގެ 42 ވަނަ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، އެރަށުގައި ކުރިޔަށް ގެންދާ ހަރަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވުމަށް އެމަނިކުފާނު ފުރާވަޑައިގެންނެވީ މިއަދު އެވެ. ރައީސްގެ މި ދަތުރުފުޅުގައި މިއަހަރު މަސްވެރިންގެ ދުވަހުގެ މުނާސަބަތާއި ގުޅިގެން އެރަށުގައި ކުރިޔަށްދާ އެކިއެކި ހަރަކާތްތައް ބައްލަވައިލައްވާނެ އެވެ. މިގޮތުން މަސްވެރިންގެ ދުވަހާއި ގުޅ...
މުޙައްމަދު އަފްރާޙް
ސާކަސްޕޮރާ ލީފް ސްޕޮޓަކީ ފަންގަސްއެއްގެ ސަބަބުން ފަތުގައާއި ގޮފިތަކުގައި އަދި ގަހުގައި އަޅާ ތަކެތީގަައި ލައްޖަހާ ބައްޔެކެވެ. މި ފަންގަސްގެ ތަފާތު ވައްތަރުތައް ހުރެއެވެ. މިރުސް ގަހަށް މިބަލި ޖެހިފައި ހުއްޓާ ރާއްޖެއިން ވަރަށް ގިނައިން ފެނެއެވެ. މިއީ ވަށްކޮށް ހުންނަ މުށި ކުލައިގެ ލައްތަކެކެވެ. ލައްޖެހުމުގެ ކުރިން ފަތުގެ މައި ނާރު މަތިން އުފުލިލާފައި ހުރެއެވެ. އަދި ހަމައެގޮތަށް ލައް ޖަހަން އުޅޭ ދިމާވެސް އުފުލިފައި ހުރެއެވެ. ލަކުގެ ވަށައިގެން ރީނދޫ ކުލައިގެ ބުރެއް ހުރެއެވެ. […]
ހުބާ ޕްލާންޓްސް
އުރީދޫ 5ޖީ އެއާފައިބަރ ކަނެކްޝަނަކާއެކު ރައުޓާއިން 50 އިންސައްތަ ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ. އުރީދޫން ބުނީ 5ޖީ އެއާފައިބަރ އާއެކު ލިބިގެންދާ ހައިސްޕީޑްގެ އިތުރުން އިންޓަނެޓާ ކަނެކްޓް ކުރުމުގައި ދިމާވާ ލަސްތައް ވެސް އެތައް ގުނައަކަށް ކުޑަވެގެންދާނެ ކަމަށެވެ. އަދި ދުރު ރަށްރަށާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަސޭހަކަމާއެކު 5ޖީ އެއާފައިބަރގެ ހިދުމަތް ދިނުމުގެ ގޮތުން 12 މަހުގެ ކޮންޓްރެކްޓަކާ އެކު ޑިވައިސް ޕްލޭން އެއްވެސް އުރީދޫ އިން ފޯރުކޮށްދޭނެ ކަމަށް އެކުންފުނިން […]
އަޙްމަދު ވަހީދު
ހދ. ނޮޅިވަރަމްގައި މަރާލާފައި އޮތް ކަމަށް ޝައްކުކުރެވޭ އެރަށު ނިޝާމާ މުޙައްމަދުގެ ޕޯސްޓްމޯޓަމް ހެދުމަށް ނިންމާފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ. ނޮޅިވަރަމް، ހިތައްގިނިވާގޭ، އުމުރުން 28 އަހަރުގެ ނިޝާމާގެ ހަށިގަނޑު މިހާރު ވަނީ ކުޅުދުއްފުށީ ސިޓީއަށް ގެންގޮސްފައެވެ. އަދި އޭނާގެ ހަށިގަނޑު މާލެ ގެނައުމަށް ކުރަންޖެހޭ ކަންކަން ކުރަމުން އަންނަކަމަށް ފުލުހުން ވިދާޅުވެއެވެ. މި މައްސަލައާއިގުޅިގެން ފުލުހުން ވަނީ އދ. ފެންފުށީ، ރޯސްވިލާ، އަބޫބަކުރު ފައިސަލް (އ32) ކޯޓު އަމުރެއްގެ ދަށުން ހައް...
ޔުމްނާ ޢަލީ