ދިވެހި ރާއްޖޭގެ ފިރިހެން ފުޓްސަލްގެ މިވަގުތު ރަސްގެފާނު، ހދ. ނައިވާދޫގައި އަންހެން ފުޓްސަލް ކުޅުންތެރިން އުފެއްދުމުގެ މަޤްޞަދުގައި އެ ރަށު ކައުންސިލުން އިންތިޒާމުކުރި "ނައިވާދޫ ކައުންސިލް ފުޓްސަލް ފެސްޓް 2026" ފޯރިއާއެކު ފަށައިފިއެވެ.

މި މުބާރާތް ފެށުމުގެ ގޮތުން ކުޅުނު ފުރަތަމަ މެޗުގައި ވާދަކޮށް ޓީމް ކަނބުރުން ވަނީ ބޮޑު މޮޅެއް ހޯދާފައެވެ.

Ad
rt

މުބާރާތް ހުޅުވި މި މެޗުގައި ބައްދަލުކުރީ ޓީމް ރަބްޔީ އާއި ޓީމް ކަނބުރެވެ. މި މެޗުގައި ދެ ޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު، ޓީމް ކަނބުރުން މެޗު ކާމިޔާބުކުރީ 7-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

މި މެޗުގައި މޮޅު ކުޅުމެއް ދައްކައި މެޗުގެ "ކުއީން އޮފް ދަ މެޗު" ގެ މަޤާމު ހޯދާފައިވަނީ ޓީމް ކަނބުރުގެ ޖާރޒީ ނަންބަރު 13، އައިޝަތު ރުއާ ބިންތި ސިރްހާނެވެ.

ނައިވާދޫ ކައުންސިލުން މަޢުލޫމާތު ދިން ގޮތުގައި، ޖުމްލަ 3 ޓީމު ވާދަކުރާ މި މުބާރާތް ކުރިއަށްދާނީ ލީގު އުޞޫލުންނެވެ. އަދި ލީގު ބުރުގެ ކުޅުން ނިމޭއިރު އެއްވަނަ އަދި ދެވަނަ ހޯދާ ދެ ޓީމަށް މުބާރާތުގެ ފައިނަލުން ޖާގަ ލިބޭނެއެވެ.

ފުޓްސަލް އަންހެން ޑިވިޜަނަށް ޚާއްޞަކޮށްގެން ކުރިއަށްގެންދާ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް ކައުންސިލުން ހުށަހަޅާފައިވަނީ 8،000 ރުފިޔާގެ ފައިސާގެ އިނާމާއި ޓްރޮފީ އަދި މެޑައްޔެވެ. އަދި ދެވަނައަށްދާ ރަނަރއަޕް ޓީމަށް 4،000 ރުފިޔާގެ ފައިސާގެ އިނާމާއި ޓްރޮފީގެ އިތުރުން މެޑަލް ދިނުމަށް ވަނީ ކަނޑައަޅާފައެވެ.

މި މުބާރާތުގެ ފޯރިގަދަ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ 14 ނޮވެމްބަރު 2026 ވާ ހޮނިހިރު ދުވަހުގެ ރޭ 8:30 ގައެވެ.