އަންނައަހަރު ސަރުކާރު ބަންދުގެ ގޮތުގައި އިތުރު 3 ދުވަސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ހަމަޖައްސަވައި އެކަން އަންގަވައިފި އެވެ. ރައީސް އޮފީހުން ވިދާޅުވީ 2023 ވަނަ އަހަރުގެ ބަންދު ދުވަސްތަކުގެ ގޮތުގައި އިތުރު ދުވަސްތަކެއް ކަނޑައަޅުއްވާފައިވާ ކަމަށެވެ. މިކަން އިޢުލާނު ކުރައްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވި ދެންނެވުމެއް ގައެވެ. އެގޮތުން ބަންދުކުރައްވާފައިވާ ދުވަސްތަކަކީ 1- 25 ޖޫން 2023 (އާދިއްތަ) ދުވަހާއި 26 ޖޫން 2023 (ހޯމަ) އަދި 28 ސެޕްޓެންބަރު 2023 (...
މުޙައްމަދު އަފްރާޙް
ގާނޫނުގައި ހުއްދަކޮށްފައިވާ ލުއި އަދަބެއް މީހަކަށް ދިނުމުގެ މާނައަކީ އެ އަދަބު ތަންފީޒު ނުކުރުމެއް ނޫން ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ. އޭނާ ވިދާޅުވީ މިހާރު ބޭނުންކުރާ ގާނޫނަކީ 2014 ވަނަ އަހަރު ފާސްކުރައްވައި، 2015 ގައި އަމަލުކުރަން ފަށާފައިވާ، ޒަމާނާގުޅޭ ގާނޫނެއް ކަމަށެވެ. ކުރީގެ ގާނޫނު ކަމުނުގޮސްގެން ބަދަލުކުރީ، އެގާނޫނުގެ ދަށުން ހުރި އަދަބުތަކަކީ އެކަށީގެންވާ އަދަބުތަކެއްކަމަށް ނުވާތީއާއި، އެގާނޫނު ލިޔުނު ގޮތުގެ ތާރީހީ ހަގީގަތްތަކަށް މިހާރު ބަދަލުވެފައިވާތީ ކަ...
މުޙައްމަދު އަފްރާޙް
ސާކް ޗާޓަރގެ އަސާސްތައް ރާއްޖެއިން އަބަދުވެސް ދަމަހައްޓާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ “ސާކް ޗާޓަރ ޑޭ”ގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ މެސެޖުގަ އެވެ. އެ މެސެޖުގައި ވިދާޅުވެފައިވަނީ ސަރަހައްދީ އެއްބާރުލުމާއި އެކު ހުރިހާ ފަރާތްތަކަށް ސުލްހަ މަސަލަސް ކަމާއި ހަމަޖެހުން އޮންނާނޭ ގޮތަށް އަމަލުކުރުމުގެ މުހިއްމުކަން، ރާއްޖެއިން ފާހަގަކުރާ ކަމަށެވެ. މީގެ އިތުރުން ސާކް ޗާޓަރގެ އަސާސްތައް ރާއްޖެއިން އަބަދު ވެސް ދަމަހައްޓާނޭކަމ...
މުޙައްމަދު އަފްރާޙް
ހުރިހާ ފަރާތްތަކުން މުސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން އިލްތިމާސް ކުރައްވައިފި އެވެ. އެ އިދާރާ އިން ވިދާޅުވީ ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ދެކުނާއި މެދުރައްޖެތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ. މީގެ އިތުރުން އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 5 މޭލާ 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކުރައްވާފައިވާއިރު، މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ވައި ޖެހޭނެކަ...
މުޙައްމަދު އަފްރާޙް
ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢާއެކު އެ ސަރަހައްދަށް އޮތް ވިޔަފާރީގެ ފުރުސަތުތައް ފަހިވެ، ޑިމާންޑް އިތުރުވެފައިވާ ކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު ޑރ. ޢަބުދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ. ރާއްޖެ ޓީވީގެ ”ފަލަސުރުޚީ” ޕްރޮފްރާމްގައި ވާހަކަ ދައްކަވަމުން ވަޒީރު ރޭ ވިދާޅުވީ، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގެ މަސައްކަތް ފެށޭއިރަށް އެ ސަރަހައްދުގެ އިންވެސްޓްމަންޓްގެ ފުރުސަތުތައް ފަހިވެގެން ދާނެ ކަމަށެވެ. އަދި މިހާރު ވެސް ފުރުސަތުތައް ހުޅުވި ޑިމާންޑް އިތުރުވެފައިވާކަން ފާހަގ...
އަލީ އާދިލް
އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް (އެސްޑީއެފްސީ)ގެ ޑިރެކްޓަރުންގެ ބޯޑަށް ދެ މެންބަރުކު އައްޔަނުކޮށްފިއެވެ. ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވިދާޅުވިގޮތުގައި، އެސްޑީއެފްސީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަޤާމަށް އަޙްމަދު ސިރާޖް، (ވ. ސިނަމާލެ 2-04 4/ކ.މާލެ) އަދި މުޙައްމަދު މުޖާޙް މުނީރު (ގަރާޑީގެ/ގދ.ގައްދޫ) ވަނީ ޢައްޔަންކޮށްފައެވެ. މި ދެ ބޭފުޅުން އެ ބޯޑަށް އައްޔަނުކުރެއްވީ އިއްޔެއެވެ. މި ދެބޭފުޅުންވެސް އެސް.ޑީ.އެފް.ސީގެ ޑިރެކްޓ...
ޔުމްނާ ޢަލީ
ކުރީގެ ޢަދަދާއިގުޅޭ، ” މެސީގެ ފޭނެއްތަ؟” އެއްޗެއް ނުބުނެ އޮއްވާ އަނެއްކާވެސް ފައިހާގެ މެސެޖެއް ލިބުނެވެ. މެސެޖް ބަލާފައި ރިޕްލައި ނުކުރުމުން ވާހަކަ ދައްކަން ބޭނުން ނުވަނީއޭ ފައިހާއަށް ހީވެދާނެތީ ރީހާން ބޭނުންވީ ރިޕްލައި ކުރާށެވެ. ” ހެހެހެ” ލިޔާނެ އެއްޗެއް ނޭނގިގެން އޭނާ ހިނިގަނޑެއް ޖަހާލިކަން ހާމަކޮށްލިއެވެ. ” އަހަރެންގެ ފޮޓޯކޮޅު ފޮނުވާލަދޭންވީނު” ފައިހާގެ މެސެޖް އައިލެއް އަވަސްކަމުން އޭނާ އެހުރީ ހަމައެކަނި ރީހާން އާއި ވާހަކަ ދައްކަން ހުސްވެގެންކަން އޭނާއަށް އެނގުނެވެ. ” ފޮނުވާލަދޭނަން […]
ސަލާމާ ޢަބްދުލް ޢަލީމް
ށ. ފޯކައިދޫ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2022 ގައި ހިމެނޭ ފުޓްބޯޅަ މުބާރާތުގައި މިއަދު ކުޅުނު މެޗު ކާމިޔާބުކޮށް، ފައިނަލުގެ ފުރަތަމަ ޖާގަ ބްލަޑް ބްރަދާސް ހޯދައިފިއެވެ. މިއަދު ހަވީރު ފޯކައިދޫ ފުޓްބޯޅަ ދަނޑުގައި ބްލަޑް ބްރަދާސްއާއި ސްޕަރ ސްޓާ ބައްދަލު ކުރި މެޗު، ބްލަޑް ބްރަދާސް ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ބްލަޑް ބްރަދާސްގެ ޖޯޒީ ނަމްބަރު 7، މުޙައްމަދު ރިޝްވާންއެވެ. ބްލަޑް ބްރަދާސް […]
އިބްރާހިމް ޚަލީލް
މާލޭ ސިޓީ ކައުންސިލުން ކުނި ނެގުމުގެ މަސައްކަތް ކުރިއަށް ގެންދާނީ މާލޭގެ މަގުތަކާއި، ޕާކުތަކާއި، ފަޅާއި އަދި އާންމު ސަރަހައްދުތަކުން ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މޭޔަރު މުއިއްޒު މިހެން ވިދާޅުވީ، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާއެކު ސިޓީ ކައުންސިލުން ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު މިމަހުގެ 26 ގައި ހަމަވާއިރު، އެ އެއްބަސްވުން އާ ނުކުރަން މާލެ ސިޓީ ކައުންސިލުން ނިންމައި، މާލެ ސަރަހައްދުން ކުނި ނެގުން ސިޓީ ކައުންސިލުން ކުރިއަށް […]
އަލީ އާދިލް
ރައީސް އިބްރާހީމް މުޙައްމަދު ސާލިހުގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތުން ރާއްޖޭގެ ހާރިޖީ ވަޒީރު، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ (ނ.ޢ.ޢ.ވ) ޢަބްދުﷲ ޝާހިދު އެންގޯލާއަށް ރޭ ފުރާވަޑައިގެންފިއެވެ. ޝާހިދުގެ މި ދަތުރުފުޅަކީ، ރައީސް ސާލިހުގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތުން، އޯގަނައިޒޭޝަން އޮފް އެފްރިކަން، ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯ.އޭ.ސީ.ޕީ.އެސް) ގެ އެންމެ އިސްވެރިންގެ 10 ވަނަ ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ދަތުފުޅެއްކަމަށް ރައީސް އޮފީހުން ހާމަކުރައްވާފައިވެއެވެ...
ޔުމްނާ ޢަލީ
ކޭލަކުނު ތާރީޚީ ދިރާސާގެ ފުރަތަމަބައި ވާނީ ފައިބެއަހަރު ޑިސެންބަރު 9 ގައި ޝާއިޢުކުރެވިފައެވެ. އަދި މި ދިރާސާގެ މައްޗަށް އެކުލަވައިލެވުނު ތާރީޚީ ވީޑިއޯ ޑޮކިއުމެންޓްރީއެއް ވެސް ވާނީ އެދުވަހު ނެރެވިފައެވެ. ދިރާސާގެ މައުލޫއަކީ “ތާރީޚީ ދިރާސާ: ޢިބްރަތުގެ އިންޒާރަށް ދެ ގަރުނު – ކޭލަކުނާއި އެކޭލަކުނު ތަޅާލި ވިއްސާރަ (1)” މިއެވެ. ކޭލަކުނު ތަޅާލި ވަރުގަދަ ތޫފާނަށް 200 އަހަރާއި 1 އަހަރު މިއަދަށް ފުރޭ ހިނދު ތާރީޚަށްޓަކައި އެ ދިރާސާއާއި ޑޮކިއުމެންޓްރީ އަލުން ހުށަހަޅައިލަމެވެ. ތާރީޚީ […]
އަޙްމަދު ސާލިމް
މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. އެމްއެންޑީއެފުން ވިދާޅުވިގޮތުގައި، މި ހާދިސާ ހިނގާފައި ވަނީ މާލޭގެ ހެންވޭރު، ހިރިޔާ ނަމަކަށް ކިޔާ ގެއެއްގެ ތިން ވަނަ ފަންގިފިލާގައިއެވެ. އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ސިފައިން، އެތަނުގައި ރޯވި އަލިފާން ނިއްވާލާފައި ވަނީ މިރޭ 4:23 ހާއިރު ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފަށް ލިބިފައިވަނީ މިރޭ 3:57 ހާއިރު ކަމަށް ވެސް އެ އިދާރާއިން ވަނީ ވިދާޅުވެފައިއެވެ. ”މައުލޫމާތު ލިބިފައި ވަނީ މި […]
ޙުސައިން ޝަހުދީ
ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ “އެމްޓީސީސީ ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2022” ފުޓްބޯޅަ މުބާރާތުގައި ސޮސައިޓީ ފޯ ކުޅުދުއްފުށީ ޔޫތު (ސްކައި) އާއި ކުޅުދުއްފުށީ އެކުވެރިންގެ ދިރުން (ކެޑް) ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ސްކައިން ކާމިޔާބު ކޮށްފިއެވެ. މި މުބާރާތުގައި މިއަދު ހަވީރު ސްކައިއާއި ކެޑް ބައްދަލުކުރި މެޗު ސްކައިން ކާމިޔާބު ކޮށްފައި ވަނީ 8-0 ގެ ތަފާތު ބޮޑު ނަތީޖާއިންނެވެ. ސްކައީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފުގައި އެކަނި ވެސް […]
އިބްރާހިމް ޚަލީލް
ދިވެހި ފުލުހުންގެ ހިދުމަތުގެ ޑޯގް ސްކޮޑަށް އެންމެފަހުން ގެނައި ކުއްތާތައް އޮޕަރޭޝަންގައި ބޭނުން ކުރަން ފަށައިފި އެވެ. އެ އިދާރާ އިން ވިދާޅުވީ ޑޯގް ސްކޮޑަށް އެންމެ ފަހުން ގެނައި 10 ކުއްތާ ފުލުހުންގެ އޮޕަރޭޝަންތަކުގައި ބޭނުންކުރަން ފަށާފައިވާ ކަމަށާއި މިއީ ނުރައްކާތެރި ގޮވާތަކެތި ދެނެގަތުމަށް ހާއްސަކޮށްގެން އެމެރިކާގައި ތަމްރީނުކޮށްފައިވާ ކުއްތާތަކެއް ކަމަށެވެ. މި ކުއްތާތައް އޮޕަރޭޝަންތަކުގައި ބޭނުންކުރުމާއި ކުއްތާތައް ބެލެހެއްޓުމަށް އެމެރިކާގައި 10 ފުލުހުން ތަމްރީނުކޮށްފައިވާ ކަމަށާއި މި އަހަރުގެ...
މުޙައްމަދު އަފްރާޙް
ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އަބުރުފުޅަށް ގެއްލުން ލިބޭ ގޮތަށް ޓްވީޓު ކުރެއްވި، މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް) އާ ދެކޮޅަށް ހުށަހެޅުއްވި މައްސަލަ ސިވިލް ކޯޓުން ބަލައިގެންފި އެވެ. މި މައްސަލަ ސިވިލް ކޯޓުން ބަލައިގެންފައި ވަނީ އިއްޔެ އެވެ. މިއީ ކުރީގެ ރައީސް މައުމޫނުގެ ވެރިކަން ވައްޓާލުމަށް، 50 މީހަކު މަރާލައި އެ މީހުންގެ މަރުގެ މައްސަލަ މައުމޫނުގެ އިސްތަށިފުޅުގައި އަޅުވަން ނަޝީދު ރޭއްވެވި ކަމަށް ބުނެ، ޝަރީފް […]
މުޙައްމަދު އަފްރާޙް
ސަމަރުބްލޫ އިބްރާހީމް މަނިކު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމާ ގުޅިގެން، އެމަނިކުފާނުގެ ހަނދާނުގައި ދިވެހިރާއްޖޭގެ އަޑުގައި ހުޅުވާފައިވާ ތަޢުޒިޔާގެ ދަފްތަރުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ސޮއިކުރައްވައިފިއެވެ. ރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާގެ ތަރައްޤީއަށާއި ކުރިއެރުމަށް ވަރަށް އަގުހުރި ޚިދުމަތްތަކެއް ކުރެއްވި، ސަމަރުބްލޫ އިބްރާހީމް މަނިކު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވީ، އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއް ވުމަށްފަހު، ހުސްވި ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުގެ...
ޔުމްނާ ޢަލީ
ޕާކިސްތާނުން އިން ރާއްޖެ އައި އެ ގައުމުގެ ރައްޔިތެއްގެ އަތުން 21 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ. ކަސްޓަމްސްއިން މައުލޫމާތު ދެއްވިގޮތުގައި މިތަކެތި އަތުލައިގަނެފައިވަނީ ސެޕްޓެމްބަރު 18 ވަނަ ދުވަހު ވައިގެ މަގުން ރާއްޖެއައި ޕާކިސްތާންގެ ރައްޔިތަކާއި މެދު ޝައްކުކުރެވިގެން، އެފަސިންޖަރުގެ ލަގެޖް ބަލައިފާސްކުރުމުގެ ތެރޭގައި، ޝައްކު ކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން، އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައެވެ. އެމީހާއަކީ ޕާކިސްތާނަށް ނިސްބަތްވާ އުމުރުން 30 އަހަރުގެ މީހެކެވެ. އަތުލައިގަނެ...
ޔުމްނާ ޢަލީ
ށ. މިލަންދޫ ބަނދަރުގައި މިލަންދޫ ބަނދަރުގައި އެރަށް ރަމްޒުކޮށްދޭ ބިނާއެއް ފަރުމާކޮށްދޭނެ ފަރާތެއް ހޯދަން އިއުލާން ކޮށްފި އެވެ. ދިވެހި ސަރުކާރުގެ ގެޒެޓުގައި އެރަށު ކައުންސިލުން ކުރައްވާފައިވާ އިއުލާނެއްގައި ވަނީ އެރަށު ބަނދަރުގައި މިލަންދޫ ރަމްޒުވާގޮތަށް ބިނާއެއް ތައްޔާރުކުރަންބޭނުންވާތީ، މިބިނާ ފަރުމާކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވާ ކަމަށެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މި ހިނގާ ޑިސެމްބަރު 31 ވާ ހޮނިހިރު ދުވަހުގެ މެންދުރު 2 ޖެހުމުގެ ކުރިން އެ އިދާރާއަށް ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ވެސް ވަ...
މުޙައްމަދު އަފްރާޙް