ހދ. ނޮޅިވަރަމްގައި މަރާލާފައި އޮތް ކަމަށް ޝައްކުކުރެވޭ އެރަށު ނިޝާމާ މުޙައްމަދުގެ ޕޯސްޓްމޯޓަމް ހެދުމަށް ނިންމާފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

ނޮޅިވަރަމް، ހިތައްގިނިވާގޭ، އުމުރުން 28 އަހަރުގެ ނިޝާމާގެ ހަށިގަނޑު މިހާރު ވަނީ ކުޅުދުއްފުށީ ސިޓީއަށް ގެންގޮސްފައެވެ. އަދި އޭނާގެ ހަށިގަނޑު މާލެ ގެނައުމަށް ކުރަންޖެހޭ ކަންކަން ކުރަމުން އަންނަކަމަށް ފުލުހުން ވިދާޅުވެއެވެ.

Ad
rt

މި މައްސަލައާއިގުޅިގެން ފުލުހުން ވަނީ އދ. ފެންފުށީ، ރޯސްވިލާ، އަބޫބަކުރު ފައިސަލް (އ32) ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައެވެ.

''މި މައްސަލަ ފުލުހުން ދަނީ ތަހްގީގު ކުރަމުން، އަދި ނިޝާމާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ތަހްގީގު ޓީމުން ވަނީ ނިންމާފައި'' ފުލުހުން ވިދާޅުވިއެވެ.

ނޮޅިވަރަމްގައި މަރާލާފައި އޮތް ކަމަށް ޝައްކުކުރެވޭ މީހަކު ފެނިއްޖެ

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ހދ. ނޮޅިވަރަމްގައި މީހަކު މަރާލައިގެން އުޅޭކަމަށް ބުނެ އެ އިދާރާއަށް ރިޕޯޓުކޮށްފައި ވަނީ މިއަދު 12:30 ގައި ކަމަށެވެ.

''މި މައުލޫމާތު ލިބުމާއެކު ފުލުހުން ސީނަށް އެޓެންޑްވެ، ހޭނެތިފައި އޮތް މީހަކު ފުލުހުންގެ އެހީތެރިކަމާއެކު އެރަށު ސިއްހީ މަރުކަޒަށް ގެންގޮސްފައިވޭ، އެމީހާ އެރަށު ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށް ޑޮކްޓަރުން މައުލޫމާތު ދެއްވާފައިވޭ'' ފުލުހުން ވިދާޅުވިއެވެ.