ކ. ކަނޑުއޮތްގިރި ބަނދަރު ހެދުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެ ކުންފުނިން ބުނީ މި މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ކޮންކްރީޓް ގަލާއި ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އާ ނެރުގެ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 46 އިންސައްތަ ނިމިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

Ad
rt

މި މަޝްރޫއުގެ ދަށުން 10،00 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއ10,000ި ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި 125 މީޓަރުގެ އެއްގަމުތޮށި ލުމާއި 265 މީޓަރުގެ ބޭރުތޮށިލުމާއި ރިވެޓްމަންޓް ޖެހުމާއި ހާބަރު ޕޭވްމަންޓް ހެދުމާއި ބަނދަރު ބައްތި އާއި ނަރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރާނެއެވެ.

މިއީ 36.13 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އެމްޓީސީސީއާ މި މަޝްރޫއުގެ މަސައްކަތް ހަވާލުކުރީ މިއަހަރުގެ މެއި މަހުގެ 18 ވަނަ ދުވަހުއެވެ.