ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އިއްޔެ ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ބަލައި ނުގަންނަކަމަށް ހުޅުމާލޭ ދާއިރާގެ ކައުންސިލަރު އަދި އިދިކޮޅު ކޯލިޝަންގައި ހިމެނޭ ދެވަނަ ޕާޓީ ޕީއެންސީގެ ނައިބު ރައީސް އިބްރާޙީމް ޝުޖާޢު ވިދާޅުވެއްޖެއެވެ. ވ. އާރަށް މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލި ރިޝްވަތުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން އިއްޔެ […]
ޔުމްނާ ޢަލީ
ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަން ކުރަން ގޮވައިލާ އިދިކޮޅުން ވެރިރަށް މާލޭގައި މުޒާހަރާ ފަށައިފިއެވެ. ވ. އާރަށް މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލި ރިޝްވަތުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވާކަމަށް މިއަދު ކްރިމިނަލް ކޯޓުން ވަނީ ޙުކުމް ކޮށްފައެވެ. އެ މައްސަލާގައި މިއަދު ޔާމީންގެ މައްޗަށް އިއްވީ 11 އަހަރުގެ ޖަލު ހުކުމަކާ އެކު ފަސް މިލިއަން […]
ޔުމްނާ ޢަލީ
ކުޅުދުއްފުށި ސިޓީގައި ކުރިއަށް ގެންދިޔަ 6 ވަނަ ންޓަނޭޝަނަލް ޓީޗާސް ކޮންފަރެންސް މިއަދު ނިންމާލައިފިއެވެ. 24 ޑިސެންބަރު 2022 އިން 25 ޑިސެންބަރު 2022 އަށް ކުޅުދުއްފުށި ސިޓީގައި ބޭއްވި މި ކޮންފަރެންސްގައި ތަފާތު ދާއިރާތަކުން ކޮށްފައިވާ ޢިލްމީ 43 ދިރާސާ ކަރުދާސް ހުށަހަޅާފައިވާކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. މި އަހަރުގެ ކޮންފަރެންސްގައި ރާއްޖެއާއި ރާއްޖޭން ބޭރުން 220 އަށްވުރެ ގިނަ މުދައްރިސުންނާއި، ޢިލްމީ، މަތީ ފަންތީގެ ބޭފުޅުން ވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ. މި ކޮންފަރެނ...
ޔުމްނާ ޢަލީ
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލްޤައްޔޫމްގެ މައްޗަށް މިއަދު އިއްވި ޙުކުމަކީ ސިޔާސީ ހުކުމެއްކަމަށާއި، އެންމެ ފަހުވަގުތާއިހަމައަށް ޔާމީން ސަލާމަތްކުރުމުގެ މަސައްކަތުގައި ދެމި ހުންނަވާނެ ކަމަށް، އިދިކޮޅު ޕީޖީ ލީޑަރު، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ. ވ. އާރަށް މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލި ރިޝްވަތުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވާކަމަށް މިއަދު ކްރިމިނަލް ކޯޓުން ވަނީ ޙުކުމް ކޮށްފައެވެ. އެ މައްސަލާގައި މިއަދު ޔާމީންގެ މައްޗަށް އި...
ޔުމްނާ ޢަލީ
ޖަލުތަކުގެ ޖާގައިގެ މައްސަލަ ހައްލު ކުރުމަށް ކުރެވެންދާ މަސައްކަތުގެ ތެެރެއިން ޖަލުތަކަށް 220 ޖާގަ އިތުރުކުރެވި، 130 ޖާގަ އިތުރުކުރުމުގެ މަސައްކަތް ދަނީ ކުރިއަށް ކަމަށް މިނިސްޓަރ އޮފް ހޯމް އެފެއަރޒް އައްޝެއިޚް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ. މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ ޚިދުމަތާ އަލަށް ގުޅުނު އޮފިސަރުންނަށް ހިންގި ”ސެޓްފިކެޓް 3 އިން ކަސްޓޯޑިއަލް މެނޭޖްމަންޓް އެންޑް ސެކިއުރިޓީ” ޕްރޮގްރާމް ގެ 8 ވަނަ ބެޗްގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އިމްރާން...
ޔުމްނާ ޢަލީ
ކުރީގެ ރައީސް އަބްދުﷲ ޔާމީން 11 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. ވ. އާރަށް މައްސަލާގައި ޔާމީންގެ މައްޗަށް ރިޝްވަތުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާއެއް ސާބިތުވުމުން ކޯޓުން އިއްވީ 11 އަހަރުގެ ޖަލު ހުކުމަކާ އެކު ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާގެ ހުކުމެކެވެ. ޖޫރިމަނާ ފައިސާ މިއަދުން ފެށިގެން ހަ މަސް ތެރޭގައި ދައުލަތަށް ދައްކަން ވެސް އެންގި އެވެ. ޔާމީނަށް ރިޝްވަތު ދިންކަން ސާބިތުވުުން މަޖިލީހުގެ ފެލިދޫ ދާއިރާގެ […]
ހުސައިން ހަބީބް
ދިވެހި ފަންނުވެރި އުފެއްދުންތައް ފުރަތަމަ ފަހަރަށް ޖަޕާންގެ މާކެޓަށް ތައާރަފްކޮށް ވިއްކަން ފަށައިފިއެވެ. ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީބީސީ)އިން ބުނީ، ދިވެހި އުފެއްދުންތައް ޕްރޮމޯޓްކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުގައި ތައާރަފް ކުރުމަށް އިކޮނޮމިކް މިނިސްޓްރީގެ އިސްނެންގެވުމާއެކު އެ ކޯޕަރޭޝަނުން ކުރަމުން ގެންދާ މަސައްކަތުގެ ތެރެއިން އެ ކޯޕަރޭޝަނުން ތައާރަފް ކޮށްފައިވާ ”އޮތެންޓިކް މޯލްޑިވްސް” ބްރޭންޑް ދަށުން ވިއްކާ ދިވެހި ފަންނުވެރި އުފެއްދުންތައް ޖަޕާން މާކެޓަށް ތައާރަފްކޮށްފައިވާ ކަމަށެވެ. މި އެފ...
ޔުމްނާ ޢަލީ
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގައި ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ މުވައްޒަފުންގެ އަގު ވަޒަންކުރުމަށް ”އެމް.އޭ.ސީ.އެލް ސަރވިސް ރިކޮގްނިޝަން” އެވޯޑު ދީފި އެވެ. އެގޮތުން އެ ކުންފުންޏަށް 20 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވަފައިވާ 41 މުވައްޒަފުންނާއި 25 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ 68 މުވައްޒަފުންގެ އަގު ވަޒަންކޮށްފައި ވެއެވެ. އަދި 30 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ 16 މުވައްޒަފަކާއި 35 އަހަރަށް […]
މުޙައްމަދު އަފްރާޙް
ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންދާ ހދ. ނެއްލައިދޫ، ވެރޯނާ / މުހައްމަދު ހަސަން އަށް އެހީވުމަށް ހާއްސަ ދުވުމެއް ބޭއްވުމަށް އެރަށު ނެރު ޖަމިއްޔާ އިން ތައްޔާރުވެއްޖެ އެވެ. އެޖަމިއްޔާގެ ރައީސް ހާމިދު ރަޝީދު “ތިލަދުން” އަށް ވިދާޅުވީ މި ދުވުން އޮންނާނީ އަންނަ ޖެނުއަރީ މަހުގެ 6 ވަނަ ދުވަހު ނެއްލައިދޫގައި ކަމަށެވެ. އަދި އެ ދުވުމަށް އެރަށުން ހާއްސަ ސަރަހައްދެއް ކަނޑައަޅާފައިވާ ކަމަށާއި ދުވުން ފަށާނީ އެ ދުވަހުގެ ހަވީރު 4 ޖަހާއިރު ކަމަށެވެ. […]
މުޙައްމަދު އަފްރާޙް
ދިވެހި ފުލުހުންގެ ހިދުމަތުން ތަހުގީގުކުރަމުންދާ މައްސަލައަކާ ގުޅިގެން ފުލުހުންގެ ހައްޔަރުގައި ހުރި އިދިކޮޅު އެކްޓިވިސްޓް، އައްބާސް އާދިލް ރިޒާގެ ބަންދަށް ފަސް ދުވަސް ޖަހައިފިއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އައްބާސް އާދިލް ރިޒާގެ ބަންދަށް ފަސް ދުވަސް ކޯޓުން ދީފައިވާ ކަމަށެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އައްބާސް އާދިލް ރިޒާ މިއަދު ހައްޔަރު ކޮށްފައިވާކަމަށް ފުލުހުން ވިދާޅުވީ މިއަދު ހެނދުނުއެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ އޭނާގ...
ޔުމްނާ ޢަލީ
މި ސަރުކާރުން ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ކޮށްދިނުމަށް އިސްކަންދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ. ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އާރު.ޑީ.ސީ) އަށް 3 އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރުމަށް ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ މި ސަރުކާރުން އަބަދުވެސް ރައްޔިތުން ބޭނުންވާނެ ކަންކަން ވަރަށް ގާތުން ބަލާނެ ކަމަށެވެ. އާރް.ޑީ.ސީ އާއި ސަރުކާރުގެ ކުންފުނި ތަކާއި އަދި އަމިއްލަ ބައެއް ކުންފުނިތަކުން މި ސަރުކާރުގެ ސިޔާސަތު...
މުޙައްމަދު އަފްރާޙް
ކުރީގެ ރައީސް އަދި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ރިޝްވަތާއި މަނީ ލޯންޑްރިންގެ ދައުވާ ސާބިތު ވެއްޖެ އެވެ. ޔާމީންގެ މައްޗަށް ދައުލަތުން ކުރައްވާފައިވަނީ އެމަނިކުފާނު ރާއްޖޭގެ ރައީސްކަމުގެ މަގާމުގައި ހުންނެވި އިރު، އެމްއެމްޕީއާރްސީ މެދުވެރިކޮށް ރިސޯޓެއް ތަރައްގީ ކުރުމަށް ވ. އާރަށް ކުއްޔަށް ދީގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލުކޮށް، އެ ފައިސާ ލޯންޑާ ކުރި ކަމަށެވެ. ޔާމީންގެ އިތުރުން މަޖިލީހުގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައ...
މުޙައްމަދު އަފްރާޙް
ހދ. ނޭކުރެންދޫ ކައުންސިލްއިން އިންތިޒާމް ކޮށްގެން ކުރިޔަށް ގެންދާ ބީސާދަ ސްޕޯޓްސް ފެސްޓިވަލް ގެ ދެވަނަދުވަހު ކުޅުނު ހޭންޑްބޯލް މެޗް މަކުނުދޫ ޓީމް ކާމިޔާބުކޮށް ފައިނަލްއާއި ފިޔަވަޅަކާ ގާތަށް ޖެހިލައިފިއެވެ. މަކުނުދޫ ޓީމް މި މެޗު ކާމިޔާބު ކުރީ ކަސަބް އާއި ބައްދަލުކޮށް 11-8 ގެ ނަތީޖާއިންނެވެ. މި ނަތީޖާއާއި އެކު ކަސަބަށް ވަނީ ފައިނަލަށް ދިއުމަށް އަމިއްލަބާރު ގެއްލިފައެވެ. އާދީއްތަ ދުވަހު ފެލްކަންސް އަދި އެންއެޗްސީ ބައްދަލުކުރާ މެޗުން އެން އެޗްސީއަށް މޮޅު ނުވެވިއްޖެނަމަ ކަސަބް […]
އަލީ ރިޔާޟް
މާޔޫސްވި އެތައް އާއިލާއަކަށް އާރްޑީސީން އުންމީދު ގެނެސްދިން ކަމަށާއި، އެ ކުންފުނިން މިއަދުވީ 13 ސަތޭކައަށްވުރެ ގިނަ އާއިލާއަށް ހިނިތުވުން ގެނެސްދީފައި ކަމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލި މަނިކު (މޫކޭ) ވިދާޅުވެއްޖެ އެވެ. އޭނާ މިހެން ވިދާޅުވީ އާރްޑީސީގެ 3 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނެވެ. އޭނާ ވިދާޅުވީ ކުންފުނީގެ މުވައްޒަފުންނާއި ދޭތެރޭގައި ތަފާތު ނަޒަރަކުން ދެކެން ބޭނުންވާ މީހުންނަށް އެ […]
މުޙައްމަދު އަފްރާޙް
އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހްމަދު ރިޔާޒް ޓްރާންސްޕޯޓު މިނިސްޓްރީއަށް އަދި ޓްރާންސްޕޯޓު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރގެ މަގާމުގައި ހުންނެވި ޝިމާޒު އަލީ ޔޫތް މިނިސްޓްރީއަށް ބަދަލުކުރައްވައިފި އެވެ. ރައީސް އޮފީހުގެ ތަރުޖަމާން މިޢުވާން މުހައްމަދު ‘ތިލަދުން’ އަށް ވިދާޅުވީ އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ރިޔާޒު ޓްރާންސްޕޯޓު މިނިސްޓްރީއަށް އަދި ޓްރާންސްޕޯޓު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީ ޔޫތް މިނިސްޓްރީއަށް ބަދަލު ކުރައްވާފައިވާ ކަމަށެވެ. އެހެންނަމަވ...
މުޙައްމަދު އަފްރާޙް
ކުރީގެ ޢަދަދާއިގުޅޭ، ޝާމިން ފޯންނަގާ ގަޑިބަލާލަމުން ބުންްޏެވެ. ޝެރީންވެސް މަގުގެ ދެކޮޅު ބަލާލީ ދުރުންވެސް ދުއްވާއެއްޗެއް ފެނޭތޯއެވެ. އެމީހުންނަށް ތިބެވުނު މަގުގެ އެއްފަޅީގައިހުރީ ބޯ ގަސްތަކެވެ. އަނެއް ފަރާތުގައި ބައެއް ފިހާރަތަކާއި ގަރާޖުތައް ހުއްޓެވެ. ނަމަވެސް ގިނަތަންތަން އެވަގުތު ބަންދުކޮށްފައި ހުރުމުން މީހުންވެސް އުޅޭލެއް ފުދޭވަރަކަށް މަދެވެ. ކުއްލިއަކަށް ވައިބާރުވެ ގުގުރަންފަށައިފިއެވެ. އޭރު ޖެހެމުންދާ ގަދަ ވަޔާއެކު ހީވަނީ ދެންމެ ދެންމެ ވާރޭ ވެހެންފަށާފާނެހެންނެވެ. ގަރާޖެއްގެ އަސްކަނިދަށުގަ...
ސަލާމާ ޢަބްދުލް ޢަލީމް
ދުނިޔެވީ ނަޒަރަކުން ބަލާއިރު ވެސް ކޮންމެކޮންމެ ސަގާފަތަކީ ދިރުވާން ޖެހޭ އެއްޗެއް ނޫނެވެ. ސަގާފަތެއް ބަޔަކު މީހުންގެ ތެރެއިން އިންދިރާސްވެ ނެތޭނީ، ތަފާތު ސަބަބުތަކާ ހުރެއެވެ. މި ސަބަބުތަކުގެ ތެރޭގައި، އެ ސަގާފަތަކަށް ޢަމަލުކުރާން ޖެހޭ ބޭނުން ނެތި ދިއުމާއި، އެ ސަގާފަތެއް އެހެން ސަގާފަތަކަށް ބަދަލުވެ ދިއުމާއި، އެ ސަގާފަތަކީ ރަނގަޅު ސަގާފަތެއް ނޫންކަމުގައި ދެކިގެން އެ މުޖުތަމަޢަކުން އެ ސަގާފަތެއް ދޫކޮށްލުން ހިމެނެއެވެ. މީގެ އިތުރުން ވެސް ސަގާފަތްތައް ނެތި އިންދިރާސްވާ ވަރަށް ގިނަ […]
ޝެއިޚް ޝަފީއު އަބްދުﷲ
ދިވެހި ފުލުހުންގެ ހިދުމަތުން ތަހުގީގުކުރަމުންދާ މައްސަލައަކާ ގުޅިގެން އައްބާސް އާދިލް ރިޒާ ހައްޔަރުކޮށްފި އެވެ. އެކަން ފުލުހުން ހާމަކުރެއްވީ އެ އިދާރާ އިން ނޫސްވެރިންނަށް މައުލޫމާތު ފޯރުކޮށްދޭ ވަޓްސްއެޕް ގްރޫޕުގަ އެވެ. “ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އައްބާސް އާދިލް ރިޒާ މިއަދު ވަނީ ހައްޔަރު ކޮށްފައި.” ވަޓްސްއެޕް ގްރޫޕުގައި ފުލުހުންގެ ސްޕޯކްސް ޕާރސަން ވިދާޅުވި އެވެ. އޭނާ ހައްޔަރުކޮށްފައި މިވަނީ، އޭނާގެ ނަމުގައި ހިންގަމުން އަންނަ ޓްވި...
މުޙައްމަދު އަފްރާޙް