ކުޅުދުއްފުށި ސިޓީގައި ކުރިއަށް ގެންދިޔަ 6 ވަނަ ންޓަނޭޝަނަލް ޓީޗާސް ކޮންފަރެންސް މިއަދު ނިންމާލައިފިއެވެ.

24 ޑިސެންބަރު 2022 އިން 25 ޑިސެންބަރު 2022 އަށް ކުޅުދުއްފުށި ސިޓީގައި ބޭއްވި މި ކޮންފަރެންސްގައި ތަފާތު ދާއިރާތަކުން ކޮށްފައިވާ ޢިލްމީ 43 ދިރާސާ ކަރުދާސް ހުށަހަޅާފައިވާކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

Ad
rt

މި އަހަރުގެ ކޮންފަރެންސްގައި ރާއްޖެއާއި ރާއްޖޭން ބޭރުން 220 އަށްވުރެ ގިނަ މުދައްރިސުންނާއި، ޢިލްމީ، މަތީ ފަންތީގެ ބޭފުޅުން ވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ.

މި ކޮންފަރެންސްގައި ބައިވެރިވި ރާއްޖެއިން ބޭރުގެ ޤައުމުތަކުގެ ތެރޭގައި ބަންގްލަދޭޝް، އިންޑިއާ، މެލޭޝިއާ އާއި ތުރުކީވިލާތް ހިމެނެއެވެ.

މި ކޮންފަރެންސްގައި ތަފާތު ދާއިރާތަކުން ކޮށްފައިވާ ޢިލްމީ 43 ދިރާސާ ކަރުދާސް ހުށަހެޅުމުގެ އިތުރުން 4 ވަރކްޝޮޕް ކުރިއަށް ގެންދިޔައެވެ. އަދި ތަޢުލީމީ ދާއިރާއަށް ވަރަށް މުހިއްމު ދެ ޕެނަލް ޑިސްކަޝަން ވެސް ކުރިއަށް ގެންދިޔައެވެ.

މި ކޮންފަރެންސް އަކީ ކޮންމެ ދެ އަހަރުން އެއް އަހަރު ބާއްވަމުން އަންނަ ސިލްސިލާ ކޮންފަރެންސްއެކެވެ. އެންމެ ފަހުން މި ކޮންފަރެންސް ބާއްވާފައި ވަނީ 2019 ވަނަ އަހަރު، އައްޑޫ ސިޓީގައެވެ.