ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީ ކާމިޔާބުވެއްޖެނަމަ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނުގެ ރަނިން މޭޓަކަށް ހަމަޖައްސަވާނީ އައްޑުއަށް ނިސްބަތްވާ ބޭފުޅެއް ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ. ރިޔާސީ ކެމްޕެއިނުގައި ބައެއް އަތޮޅުތަކަށް ދަތުރުކުރެއްވުމަށްފަހު ނަޝީދު މިއަދު މާލޭގައި ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ. އެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލެއްގެ ޖަވާބު ދެ...
ޔުމްނާ ޢަލީ
ށ. ނޫމަރާ ކައުންސިލުން، އެރަށު ގޭބިސީތަކުން ކުނި އުކާލުމުގެ ހިދުމަތް ފަށައިފި އެވެ. މި ހިދުމަތް ފަށާފައިވަނީ މި ހިނގާ ޖެނުއަރީ މަހުގެ 7 ވަނަ ދުވަހު އެވެ. މި ހިދުމަތާއި ގުޅޭގޮތުން އެރަށު ކައުންސިލުގެ ރައީސް އަލީ ރަބީއު ‘ތިލަދުން’ އަށް ވިދާޅުވީ މިހައިތަނަށް ވެސް އެރަށުގައި ރަނގަޅު ފެންވަރަކަށް ހެދިފައިވާ ކުނިކޮއްޓެއް ނެތް ކަމަށެވެ. އެ މަސައްކަތް ސަރުކާރުން ކުރައްވަމުން ގެންދެވިނަމަވެސް ހުރިހާ ބާވަތެއްގެ ކުނި އެއްތަނަކަށް އަޅަމުން ގެންދިއުމުގެ ސަބަބުން ރައްކާތެރި ގޮތުގައި […]
މުޙައްމަދު އަފްރާޙް
ޢަލްމާނީ ފިކުރު ނުވަތަ ސެކިއުލާ ފިކުރަކީ އިންސާނީ ޙަޔާތުގެ އެކިއެކި ދާއިރާތަކުން ދީން ދުރުކޮށް އެކަހެރި ކުރާން ގޮވައިލާ ފިކުރެވެ. ސިޔާސީ، އިޖުތިމާޢީ، ތަޢުލީމީ، އިޤްތިސާދީ، އަޚްލާޤީ މި ހުރިހައި ދާއިރާއަކުން ވެސް ދީން އެއްފަރާތްކޮށްލުމަށް ވަކާލާތު ކުރާ ފިކުރެކެވެ. އެއަށްފަހު އިންސާނީ ޙަޔާތުގެ މިހުރިހާ ދާއިރާތަކަކަށް ވެސް މާއްދީ ވިސްނުމާއި ޚިޔާލާއި ފިކުރުގެ މައްޗަށް ކަންކަން ތަރުތީބުކޮށް އެތުރުމަށް ގޮވައިލާ ފިކުރެކެވެ. ނަމަވެސް، އިސްލާމްދީނާ މެދު ވިސްނާލާއިރު، އިސްލާމްދީނަކީ ޝާމިލު ކާމިލު ދީނެކެވެ....
ޝެއިޚް ޝަފީއު އަބްދުﷲ
ގއ. ވިލިނގިލީ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ތިންވަނަ ފިޔަވަހީގެގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރިވެއްޖެއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ މި މަޝްރޫއުގެ މަސައްކަތް ފެށުމަށް 3 ޖެނުއަރީ 2023 ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކޮށްފައިވާ ކަމަށެވެ. މި މަޝްރޫއުގެ ދަށުން، 59,536.80 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ހާބަ ބޭސިން ފުންކުރުމާއި، 275 މީޓަރުގެ ބޭރުތޮށި ލުމާއި، 613 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރިއަ...
އަޙްމަދު ވަހީދު
ކ. ގުޅީގައި އޮޑިދޯނި ފަހަރަށް ފެނުގެ ހިދުމަތް ދޭން ސްޓެލްކޯއިން ފަށައިފިއެވެ. ސްޓެލްކޯއިން ބުނީ ގުޅީގައި އެ ހިދުމަތް ފެށީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ. މި ހިދުމަތް ފެށުމުގެ ގޮތުން ގުޅީގައި ރަޖިސްޓްރީކޮށްފައިވާ ކޮންމެ ދޯންޏަކަށް އެއް ޓަނުގެ ފެން ހިލޭ ދިނުމަށް ނިންމާފައިވާ ކަމަށް ސްޓެލްކޯއިން ބުންޏެވެ. ސްޓެލްކޯއިން އޮޑި ދޯނިފަހަރަށް ފެން ވިއްކަމުން ގެންދާނީ ތިން ބޭންޑަކަށް ބަހާލައިގެންނެވެ. އެގޮތުން ބޭންޑް “އޭ” އަށް 10 ރުފިޔާ، ބޭންޑް “ބީީ” އަށް 12.50 […]
އަޙްމަދު ވަހީދު
11 ކިލޯގެ މަސްތުވާތަކެއްޗާއެކު 4 މީހުން ހައްޔަރު ކޮށްފި އެވެ. މިކަން ހާމަކުރައްވާފައިވަނީ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރައްވާފައިވާ ޓްވީޓެއްގަ އެވެ. އެ ޓްވީޓުގައި ވިދާޅުވެފައިވަނީ މި މީހުން ހައްޔަރު ކުރީ މާލެއާއި ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. އަދި އެ އޮޕަރޭޝަން ހިންގާފައިވަނީ އިއްޔެ ކަމަށެވެ. އެގޮތުން މި އޮޕަރޭޝަންގައި ހުޅުމާލޭގެ 4 ތަނަކާއި މާލޭގެ ތަނެއް ބަލައި، ފާސްކޮށް، 11.26 ކިލޯގެ ކެނަބިސް އަތުލައިގަނެވުނުކަމަށް ކަމަށް ސީޕީ ވިދާޅުވި އެވެ. މި […]
މުޙައްމަދު އަފްރާޙް
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ޖީއޭ ޕާކިންގައި ތާރު އެޅުމުގެ މަޝްރޫއުގެ 46 އިންސައްތަ މަސައްކަތް ނިންމާލައިފިއެވެ. މި މަޝްރޫއު ކުރިއަށްގެންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިންނެވެ. މި މަޝްރޫއުގެ ދަށުން، 776 މީޓަރުގެ ވަގުތީ ފެންސެއް ޖެހުމާއި، 55،818 އަކަ މީޓަރުގެ ސަރަހައްދެއްގެ ޓޮޕްސޮއިލް ނެގުމާއި، 8372.70 އަކަ މީޓަރުގެ ސަރަހައްދަކަށް ވެލި އަޅައި ލެވެލް ކުރުން ހިމެނެއެވެ. މީގެ އިތުރުން، 55،818 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ސަބްބޭސް ތައްޔ...
އަޙްމަދު ވަހީދު
ދެ ހަފްތާގެ ޗުއްޓީއަށް ފަހު، ދެވަނަ ޓާމުގެ ކިޔެވުން ފަށައިފި އެވެ. ދެވަނަ ޓާމުގެ ކިޔެވުން މިއަދު ފަށާފައިވާއިރު، ރާއްޖޭގައި މީގެ ކުރިން އަމަލުކުރަމުން އައި އެކެޑެމިކް ކަލަންޑަރަށް މިހާރުވަނީ ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން 2022 ވަނަ އަހަރުގެ ދިރާސީ އާ އަހަރު ފަށާފައި ވަނީ އެ އަހަރުގެ އޮގަސްޓް 7 ގަ އެވެ. އެ ޓާމްގެ ކިޔެވުން ކުރިއަށް ގެންދިޔައީ ޑިސެމްބަރު 24 ވަނަ ދުވަހާ ހަމައަށެވެ. އަދި ދެވަނަ ޓާމްގެ ކިޔެވުން މިއަދު ފެށިއިރު، މި […]
މުޙައްމަދު އަފްރާޙް
ބަދަލު ހިފުމުގެ ގޮތުން އިންޑިއާ އެމްބަސީގައި ހުޅުޖަހަން ގޮވާލިކަމަށް ބުނާ މައްސަލައެއްގައި ހައްޔަރުކޮށްފައިވާ އިދިކޮޅު އެކްޓިވިސްޓް، އައްބާސް އާދިލް ރިޒާގެ ބަންދަށް އަނެއްކާ ވެސް 7 ދުވަސް ޖަހައިފި އެވެ. އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށްފައި މިވަނީ މި ޖެނުއަރީ މަހުގެ އެއްވަނަ ދުވަހު ޖަހާފައިވާ 7 ދުވަހުގެ މުއްދަތު ހަމަވުމުން، އޭނާގެ ބަންދުގެ މުއްދަތު ހަމަވުމުން ބަންދާއިމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ގެންދިއުމުން ނެވެ. އޭނާގެ ނަމުގައި ހިންގަމުން އަންނަ ޓްވިޓަރ އެކައުންޓަކުން، ކުރި […]
މުޙައްމަދު އަފްރާޙް
އިޓާލިއަން ލީގުގައި ޔުވެންޓަސް އެންމެ ފަހުން ކުޅުނު އަށް މެޗު ވެސް ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ ދެވަނައަށް ޖެހިލައިފިއެވެ. ރޭ އަމިއްލަ ދަނޑުގައި ޔުވެންޓަސް ނުކުމެފައި ވަނީ އުދިނޭޒީއާއި ދެކޮޅަށެވެ. މި މެޗު 1-0 ގެ ނަތީޖާއިން ޔުވެންޓަސް ވަނީ ކާމިޔާބު ކޮށްފައެވެ. މެޗު ފަށައިގެން ފުރަތަމަ ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައި ވަނީ އުދިނޭޒީންނެވެ. އެ ޓީމްގެ ވެލަސް ބޮލުން ފޮނުވާލި ހަމަލާ ޔުވެންޓަސްގެ ކީޕަރު ވަނީ މަތަކޮށްފައެވެ. އުދިނޭޒީގެ އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމަކުން […]
އިބްރާހިމް ޚަލީލް
މާލެ ސިޓީ ކައުންސިލުން ބަލަހައްޓާ އާބާތުރަ ފިލުވަމުންގެންދާ މިސްކިތްތައް މަރާމާތު ކުރުމަށް 9 މިލިއަނަށްވުރެ ގިނަ ރުފިޔާ ބޭނުންވާ ކަމަށް އެ ކައުންސިލުން ވިދާޅުވެއްޖެއެވެ. މާލެ ސިޓީ ކައުންސިލުން ވަނީ، މާލޭގެ މިސްކިތްތައް މަރާމާތު ކުރުމަށް ފަންޑު ހޯދުމަށް ޓެލެތޯން މިދިޔަ ހަފުތާ ބަންދުގައި ޓެލެތޯނެއް ފަށާފައެވެ. “ޗާލު މިސްކިތް” ފަންޑުނަމުގައި ކުރިއަށް ގެންދާ މި ހަރަކާތަށް ފުރަތަމަ ދެ ދުވަހުން 7،44،713.90 ރުފިޔާ ވަނީ ލިބިފައެވެ. މި ހަރަކާތާއި ގުޅިގެން ބައެއް ފަރާތްތަކުން ފާޑުކިޔާތީ ސިޓީ […]
ޔުމްނާ ޢަލީ
ކުރީގެ އަދަދާއިގުޅޭ، ” ޝާމިން އޭނާއާއި ރައްޓެހިވެގެން އުޅޭކަމެއް ނޫނީ ނޫޅޭ ކަމެއްވެސް އަހަންނަކަަށް ނޭނގެ! އަހަރެން ދެރަވީ އަހަންނަށް އޮޅުވާލީމަ! ހިލޭ އަންހެނެއްގެ ހިތުގައި ޝާމިންއާއިމެދު އެހާ ބޮޑު ޝައުޤުވެރިކަމެއް އުފެދިގެން އެދަރަޖައަށް ދާންޖެހުނީމަ! އަދި ޝެރީން އަހަންނާ ބައްދަލް ވުމުންވެސް އޭނާގެ އެއްވެސް ވާހަކައެއް އަހަރެންގާތު ނުބުނެ! އެންމެ ފަހުން އެ ރަތްމާބޮނޑީގެ އަސްލުވެސް މި އެނގުނީތާ! އެދުވަހު ކަންތައްވީގޮތެއްވެސް އަސްލު ނޭނގެ! ” ތުރުތުރުއަޅާ އަޑަކުން މުނާ ވާހަަކަ ދައްކަމުންދިޔައެވެ. އ...
ސަލާމާ ޢަބްދުލް ޢަލީމް
ސްޕެނިޝް ލަލީގާގައި މިރޭ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑާއި ވިޔަރެއާލް ބައްދަލުކުރި މެޗު ވިޔަރެއާލުން ކާމިޔާބު ކޮށްފިއެވެ. މިރޭ ވިޔަރެއާލްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއިން ރެއާލްގެ މައްޗަށް ކުރި ހޯދައިގެންނެވެ. ރެއާލް އަތުން ވިޔަރެއާލް މިރޭ މޮޅުވިއިރު، މިއީ 2018 ވަނަ އަހަރުގެ ޖަނަވަރީ މަހަށް ފަހު ރެއާލް އަތުން އެ ޓީމަށް މޮޅުވެވުނު ފުރަތަމަ ފަހަރެވެ. އެ މުއްދަތުގައި މި ދެ […]
އިބްރާހިމް ޚަލީލް
ދައުރުވަނީ މިއަދު މާފުށީ ޖަލުގައި ހިނގި މާރާމާރީއާއި ގުޅުން ހުރި ފޮޓޯއެއް ނޫންކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ވިދާޅުވެއްޖެއެވެ. މިއަދު މާފުށީ ޖަލުގެ ގޮޅިއެއްގައި ދެ ގައިދީން މެދުގައި މާރާމާރީއެއް ވަނީ ހިނގާފައިވާއިރު، އެކަން ހުއްޓުވީ އެމްސީއެސްގެ އޮފިސަރުންނެވެ. އެމްސީއެސް އިން ވިދާޅުވީ، އެ މާރާމާރީ ހުއްޓުވައި، އަނިޔާވި ގައިދީ މާލެ ގެނެސް އައިޖީއެމްއެޗްއިން ފަރުވާ ދިނުމަށްފަހު، ޑޮކްޓަރުގެ ލަފާގެ މަތިން ޑިސްޗާޖްކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ. ‘’މި މާރާމާރީއާ ގު...
ޔުމްނާ ޢަލީ
ގައުމެއްގެ ވެރިއަކު ކުއްލިކުއްލިއަކަށް މާބޮޑަށް ރިއެކްޓް ކުރުމަކީ އެހާ ގަދަކަމެއްނޫންކަމަށާއި، އެކަމުން ނުކުންނަ ނަތީޖާ ވެސް އެހާ ސަޅި ނޫންކަމަށް ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ވިދާޅުވެއްޖެއެވެ. ހިސާން މިހެން ވިދާޅުވީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގައި ވާދަކުރަށްވާ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ކެމްޕޭން ޖަލްސާގައި މިރޭ ނ. ވެލިދޫގައި ވާހަކަ ދައްކަވަމުންނެވެ. މި ޖަލްސާގައި ވާހަކަ ދައްކަވަމުން ހިސާން ވިދާޅުވީ، އެމްޑީޕީގެ މެންބަ...
ޔުމްނާ ޢަލީ
މުސްލިމު ދައުލަތެއްގައި، މިސްކިތްތައް މަރާމާތު ކުރަން ފައިސާ ނެތުމަކީ ބޮޑުވެގެންވާ ލަދެއްްކަމުގައި، މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް، އަދި ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) ވިދާޅުވެއްޖެއެވެ. ނާޒިމް މިފަދައިން ވިދާޅުވީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ. ނާޒިމް މިފަދައިން ވިދާޅުވެފައިވަނީ، މާލޭގެ މިސްކިތްތައް މަރާމާތުކުރަން ބޭނުންވާ ފަންޑް ހޯދަން މާލެ ސިޓީ ކައުންސިލުން އިއްޔެ މާލޭގައި ފެށި “ޗާލު މިސްކިތް” ފަންޑް ރެއިޒިން ހަރަކާތަށް ފަށާފައިވަނިކޮންނެވެ. ނާޒިމް...
އަލީ އާދިލް
މިއަހަރު އޮންނަ ރިޔާސީ އިންތިޚާބު އެއްބުރުން ކާމިޔާބު ކުރައްވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވީ، އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގައި ވާދަކުރަށްވާ ކެންޑިޑޭޓެއްގެ ގޮތުން، ނ. ވެލިދޫގައި މިރޭ ކުރިއަށްދިޔަ އެމަނިކުފާނުގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ގިނަ އަދަދެއްގެ ސަޕޯޓަރުން ބައިވެރިވި މި ޖަލްސާގައި ވާހަކަފުޅު ފައް...
ޔުމްނާ ޢަލީ
މާފުށީ ޖަލުގައި ގައިދީންތަކެއްގެ މެދުގައި މާރާމާރީއެއް ހިނގައިފިއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މާފުށީ ޖަލުގައި ގައިދީންތަކެއްގެ މެދުގައި މާރާމާރީއެއް ހިނގައިގެން އެ އިދާރާއަށް މިއަދު ހަވީރު ރިޕޯޓުކޮށްފައިވާ ކަމަށެވެ. މި މާރާމާރީގައި ގައިދީއެއްގެ އަނގަމަތި ފަޅައިގެން ދިޔުފިޔަވާ އިތުރު ބޮޑު އަނިޔާއެއް ލިބިފައިނުވާކަމަށް ފުލުހުންނަށް މައުލޫމާތު ލިބިފައިވާ ކަމަށް އެ އިދާރާއިން ވިދާޅުވެފަވެއެވެ. ”މާރާމާރީގައި ތޫނުއެއް ބޭނުންކުރިކަން އަދި މިހާތަނަށް އެނގިފައެއްނުވޭ” ފުލުހުން ވިދާޅުވިއެވެ. ފުލުހ...
ޔުމްނާ ޢަލީ