ލަންކާގެ ލޯ ކޮލެޖުން ނަމަލް އަށް ފުރުސަތު ދިނީ އުސޫލުން ބޭރުންކަމުގެ ތުހުމަތު
ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ދަރިކަލުން ނަމަލް ރާޖަޕަކްސަ، ސްރީލަންކާގައި ގާނޫނީ ރޮނގުން މަތީ ތަޢުލީމް އުނގެނިވަޑައިގަތުމަށް އެ ގައުމުގެ ލޯ ކޮލެޖުގެ ކޯހުން ޖާގަ ދެއްވީ ގަވާއިދުތަކާ ޚިލާފަށް ކަމަށް، “ދި އެގްޒެމިނާ” ކުރި ތަހުގީގެއްގައި ބުނެފިއެވެ. “ދި އެގްޒެމިނާ” ނޫހުން ހާމަކޮށްފައިވާ ގޮތުން، ނަމަލް ރާޖަޕަކްސަ 2009 ވަނަ އަހަރު ލޯ ކޮލެޖަށް ވަނުމަށް އެދި ހުށަހެޅުއްވި، ލިޔުމަކީ އެ ވަގުތު ސައްހަކަން ލިބިގެންވާ ލިޔުމެއްނޫނެވެ. އެ ކޯހަށް ވަނުމަށް ނަމަލް ވަނީ […]