މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު Over the country އަށް (16:00 އިން 22:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ބައިނަލްއަގުވާމީ

3,702 ޝާއިޢުކުރެވިފައިވާ ލިޔުން

ބައިނަލްއަގުވާމީ - 70 ވަނަ ޞަފްޙާ

އިސްރާއީލުގެ އެންމެ އިސް ޑިޕްލޮމޭޓް ދެކުނު އެފްރިކާއިން ބޭރުވުމަށް އެ ގައުމުން އަމުރުކޮށްފި

އިސްރާއީލުގެ އެންމެ އިސް ޑިޕްލޮމޭޓް ދެކުނު އެފްރިކާއިން ބޭރުވުމަށް އެ ގައުމުން އަމުރުކޮށްފި

ދެކުނު އެފްރިކާގައި ހުންނަވާ އިސްރާއީލުގެ އެންމެ އިސް ޑިޕްލޮމޭޓް، އެރިއަލް ސައިޑްމަން އަކީ އެ ގައުމަށް ބަލައިނުގަނެވޭނެ މީހެއް ނުވަތަ “ޕާސޯނާ ނޮން ގްރާޓާ” އެއްގެ ގޮތުގައި ކަނޑައަޅައި، 72 ގަޑިއިރުގެ ތެރޭގައި ގައުމުން ބޭރުވުމަށް ދެކުނު އެފްރިކާ ސަރުކާރުން އަމުރުކޮށްފިއެވެ. މި ނިންމުން ނިންމާފައިވަނީ 30 ޖެނުއަރީ 2026 ވާ ހުކުރު ދުވަހުއެވެ. ދެކުނު އެފްރިކާގެ ޑިޕާޓްމަންޓް އޮފް އިންޓަނޭޝަނަލް ރިލޭޝަންސް އެންޑް ކޯޕަރޭޝަން (ޑީއައިއާރުއޯސީ) އިން ހާމަކުރި ގޮތުގައި، މި ފިޔަވަޅު އަޅަން ޖެހުނީ […]

ނާޒިމާ އަލީ
އިސްލާމީ ސަލާމުން ވާހަކަފަށައި ގާޑިއޯލާ ޣައްޒާގެ ކުޑަކުދިންގެ ހައްގުގައި ވާހަކަދައްކައިފި

އިސްލާމީ ސަލާމުން ވާހަކަފަށައި ގާޑިއޯލާ ޣައްޒާގެ ކުޑަކުދިންގެ ހައްގުގައި ވާހަކަދައްކައިފި

ބާސެލޯނާގެ މަޝްހޫރު ‘ޕަލާއު ޑި ލަ މިއުޒިކާ ކަޓަލާނާ’ ގައި ބޭއްވި ”އެކްޓް އެކްސް ފަލަސްތީނު” ޗެރިޓީ އިވެންޓެއްގައި މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބައިވެރިވެ، ޣައްޒާގެ ކުޑަކުދިންގެ ހައްގުގައި ވަރުގަދަ މެސެޖެއް ދީފިއެވެ. ފަލަސްތީނުގެ ރަމްޒެއް ކަމަށްވާ ކަފިއްޔާއެއް އަޅައިގެން ހުރެ ސްޓޭޖަށް އެރި ގާޑިއޯލާ، އޭނާގެ ވާހަކަ ފަށާފައިވަނީ އިސްލާމީ ސަލާމުންނެވެ. އިންސާނީ އެހީތެރިކަމަށް ފަންޑު އެއްކުރުން މި ހަރަކާތަކީ ފަލަސްތީނުގެ އާންމު އިޖުތިމާއީ އަދި އިންސާނީ އެހީގެ މަޝްރޫއުތަކަށް ފައިސާ އެއްކުރުމަށް...

ޔުމްނާ ޢަލީ
ޓްރަމްޕް ހީކުރާގޮތެއްނުވާނެ، އޭނާ އެ އުޅެނީ ހުވަފެނެއްގައި: އީރާން

ޓްރަމްޕް ހީކުރާގޮތެއްނުވާނެ، އޭނާ އެ އުޅެނީ ހުވަފެނެއްގައި: އީރާން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އުޅުއްވަނީ ހުވަފެނެއްގެ ތެރޭގައި ކަމަށާއި ހަނގުރާމައެއް ފަށައިފިނަމަ އޭގެ ނިމުން ކަނޑައަޅާނީ އީރާނުން ކަމަށް ޓްރަމްޕް އީރާނާ ދެކޮޅަށް ދެއްވަމުން ގެންދަވާ އިންޒާރުތަކަށް ރައްދު ދެމުން، އީރާނުން ބުނެފިއެވެ. 2026 ވަނަ އަހަރުގެ ޖެނުއަރީ މަހު ދެ ގައުމުގެ ދެމެދުގައި ނުތަނަވަސްކަން އިންތިހާއަށް ގޮސްފައިވާ މި ދަނޑިވަޅުގައި އީރާނުން މިފަދަ އިންޒާރެއް ދީފައިވަނީ ޕާޝިއަން ގަލްފަށް އެމެރިކާގެ ބިޔަ އަސްކަރީ ފްލީޓެއް ފޮނުވާލުމާ ގުޅިގެންނެވެ. އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަ...

ނާޒިމާ އަލީ
ކެނެޑާގައި މުސްލިމުންނާމެދު ނަފުރަތު އުފައްދައި ތަފާތުކުރުމަށް ޖާގައެއް ނެތް: ބޮޑުވަޒީރު

ކެނެޑާގައި މުސްލިމުންނާމެދު ނަފުރަތު އުފައްދައި ތަފާތުކުރުމަށް ޖާގައެއް ނެތް: ބޮޑުވަޒީރު

ކެނެޑާގައި އިސްލާމޯފޯބިއާއަށް ނުވަތަ މުސްލިމުންނާ މެދު އޮންނަ ނަފްރަތާއި ތަފާތުކުރުންތަކަށް އެއްވެސް ޖާގައެއް ނެތްކަމަށް އެ ގައުމުގެ ބޮޑުވަޒީރު މާކް ކާނީ ވިދާޅުވެއްޖެއެވެ. ބޮޑުވަޒީރު މިހެން ވިދާޅުވީ މީގެ ނުވަ އަހަރު ކުރިން ކިއުބެކް ސިޓީގެ މިސްކިތަކަށް ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާގެ ހަނދާންތައް އާކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. މީގެ ނުވަ އަހަރު ކުރިން، 29 ޖެނުއަރީ 2017 ގައި ކިއުބެކް ސިޓީގެ އިސްލާމިކް ކަލްޗަރަލް ސެންޓަރަށް ދިން ބިރުވެރި ބަޑީގެ ހަމަލާގައި ކެނެޑާގެ ހަ […]

ނާޒިމާ އަލީ
ޔޫއޭއީގެ ސެކިއުރިޓީ އެޑްވައިޒަރު ސައުދީ އަށް ޒިޔާރަތްކުރުމަށް ދެކޮޅުހެދި ކަމަށް ބުނާ ވާހަކަތައް ދޮގުކޮށްފި

ޔޫއޭއީގެ ސެކިއުރިޓީ އެޑްވައިޒަރު ސައުދީ އަށް ޒިޔާރަތްކުރުމަށް ދެކޮޅުހެދި ކަމަށް ބުނާ ވާހަކަތައް ދޮގުކޮށްފި

އަބޫދާބީގެ ނައިބު ވެރިޔާ އަދި ޔޫއޭއީގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޝައިޚް ތަހުނޫން ބިން ޒައިދު އަލް ނަހްޔާން ބަލައިގަތުމަށް ރިޔާޟުން ދެކޮޅުހެދި ކަމަށް ބުނެ ފެތުރެމުންދާ ރިޕޯޓްތައް ސައުދީ އަރަބިއްޔާގެ މިނިސްޓަރ އޮފް މީޑިއާ ސަލްމާން އަލް ދޯސަރީ ކަނޑައެޅިގެން ދޮގުކުރައްވައިފިއެވެ.   އެކްސް ޕްލެޓްފޯމުގައި ކުރެއްވި ޕޯސްޓެއްގައި އަލް ދޯސަރީ ވިދާޅުވީ ޝައިޚް ތަހުނޫން ކުރައްވަން އުޅުއްވި ޒިޔާރަތަކަށް ސައުދީން ދެކޮޅުހެދި ކަމަށް ބުނާ ރިޕޯޓްތަކަކީ “ކަނޑައެޅިގެން ދޮގު” ވާހަކަތަކެއް ކަމަށެވެ. “ޝައިޚް ތަހ...

ނާޒިމާ އަލީ
"ޕީސް ކައުންސިލް" ހަމައެކަނި ޣައްޒާއަށް ހާއްސަކުރުމަށާއި ފަލަސްތީނަށް ރަސްމީ ގޮނޑިއެއް ދިނުމަށް ބްރެޒިލުން ޝަރުތުކޮށްފި

"ޕީސް ކައުންސިލް" ހަމައެކަނި ޣައްޒާއަށް ހާއްސަކުރުމަށާއި ފަލަސްތީނަށް ރަސްމީ ގޮނޑިއެއް ދިނުމަށް ބްރެޒިލުން ޝަރުތުކޮށްފި

އެމެރިކާއިން ހުށަހަޅާފައިވާ އާ “ޕީސް ކައުންސިލް” ގައި ބްރެޒިލުން ބައިވެރިވުމަށްޓަކައި، އެ ގައުމުގެ ރައީސް ލުއިޒް އިނާސިއޯ ލޫލާ ދަ ސިލްވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ދެ ޝަރުތެއް ހުށަހަޅުއްވައިފިއެވެ. މި ޝަރުތުތަކުގެ ތެރޭގައި ކައުންސިލްގެ ދައުރު ހަމައެކަނި ޣައްޒާގެ މައްސަލައަށް ހާއްސަކުރުމާއި، ފަލަސްތީނަށް އދ. ގެ ސަލާމަތީ މަޖިލީހުން ރަސްމީ ގޮނޑިއެއް ދިނުން ހިމެނެއެވެ. ބްރެޒިލްގެ ރިޔާސީ ގަޑުވަރުން އާންމުކުރި ބަޔާނެއްގައިވާ ގޮތުން، މި ޝަރުތުތައް ހުށަހަޅުއްވާފައިވަނީ ރައީސް ލޫލާ އާއި ރައީސް...

ނާޒިމާ އަލީ
ކޮލަމްބިއާގެ މަތިންދާބޯޓެއް ވެއްޓި މަޖިލީހުގެ މެންބަރަކާއެކު ދަތުރުކުރި އެންމެން މަރުވެއްޖެ

ކޮލަމްބިއާގެ މަތިންދާބޯޓެއް ވެއްޓި މަޖިލީހުގެ މެންބަރަކާއެކު ދަތުރުކުރި އެންމެން މަރުވެއްޖެ

ކޮލަމްބިއާގެ މަތިންދާބޯޓެއް ވެއްޓި، އެ ބޯޓުގައި ދަތުރުކުރި އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރަކާއެކު 15 މީހުން މަރުވެއްޖެއެވެ. ކޮލަމްބިއާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރަކު ހިމެނޭހެން 15 މީހުންނާއެކު ދަތުރުކުރި މި ބޯޓު، ބުދަ ދުވަހު ވެއްޓުނީ ކޮލަމްބިއާ އާއި ވެނެޒުއޭލާ ގުޅޭ ބޯޑަރު ކައިރިއަށެވެ. މި ހާދިސާގައި ބޯޓުން ދަތުރުކުރި ހުރިހާ ފަސިންޖަރުންނާއި ފަޅުވެރިން މަރުވެފައިވާ ކަމަށް ކޮލަމްބިއާގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނެފައިވެއެވެ. ކޮލަމްބިއާގެ ދައުލަތުގެ އެއާލައިން “ސަޓޭނާ” އިން އޮޕަ...

ނާޒިމާ އަލީ
މަހާރާޝްތުރާގެ ޑެޕިއުޓީ ޗީފް މިނިސްޓަރާއި އިތުރު ބަޔަކު ދަތުރުކުރި ބޯޓު ވެއްޓި އެންމެން މަރުވެއްޖެ

މަހާރާޝްތުރާގެ ޑެޕިއުޓީ ޗީފް މިނިސްޓަރާއި އިތުރު ބަޔަކު ދަތުރުކުރި ބޯޓު ވެއްޓި އެންމެން މަރުވެއްޖެ

އިންޑިއާގެ މަހާރާޝްތުރާގެ ޑެޕިއުޓީ ޗީފް މިނިސްޓަރު އަޖިތު ޕަވާރާއި އިތުރު ފަސް މީހަކު ދަތުރުކުރި ބޯޓެއް ބުދަ ދުވަހުގެ ހެނދުނު ޕޫނޭ ޑިސްޓްރިކްޓަށް ވެއްޓި، އެ އެންމެން މަރުވެއްޖެއެވެ. އޮފިޝަލުންނާއި ހަވާލާދީ އިންޑިއާގެ މީޑިއާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ދޭ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ވީ.އެސް.އާރު އިން އޮޕަރޭޓްކުރާ ލިއަރޖެޓް 45 (ރެޖިސްޓްރޭޝަން VT-SSK) މަރުކާގެ ބޯޓެއް ޕޫނޭގެ ބާރާމަތީ ސަރަހައްދަށް ޖައްސަން އުޅުމުގެ ތެރޭގައެވެ. މި ހާދިސާ ހިނގިއިރު، އެ ބޯޓުގައި އަޖިތު ޕަވާރާއެކު އިތުރު […]

ނާޒިމާ އަލީ
ޑޮލަރުގެ އަގު ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ނުވެއްޓޭ މިންވަރަށް ދަށަށް، ޓްރަމްޕް އިސްކުރެއްވީ ބޮޑާކަން

ޑޮލަރުގެ އަގު ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ނުވެއްޓޭ މިންވަރަށް ދަށަށް، ޓްރަމްޕް އިސްކުރެއްވީ ބޮޑާކަން

އަންގާރަ ދުވަހު ދުނިޔޭގެ މުހިންމު ފައިސާތަކާ އަޅާބަލާއިރު އެމެރިކާ ޑޮލަރުގެ އަގު ވަނީ ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ނުވެއްޓޭ މިންވަރަށް ދަށަށް ގޮސްފައިކަމަށް ރިޕޯޓުތައް ބުނެފިއެވެ. ޑޮލަރުގެ އަގު މާ ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށް ދެކެވަޑައިގަންނަވަންތޯ ސުވާލުކުރުމުން، ޑޮލަރުގެ އަގު ހުރީ “ވަރަށް ރަނގަޅަށް” ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވުމާ ގުޅިގެން، ޑޮލަރުގެ އަގު އިތުރަށް ބަލިކަށިވިކަމަށް ވެސް ރިޕޯޓްތައް ވަނީ ބުނެފައެވެ. ޑޮލަރުގެ އަގު ދަށަށް ދިއުމާ ގުޅޭގޮތުން ވިޔަފާރިވެރިނ...

ނާޒިމާ އަލީ
ފަރަންސޭސިވިލާތުގެ 15 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރާ ބިލެއް ފާސްކޮށްފި

ފަރަންސޭސިވިލާތުގެ 15 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރާ ބިލެއް ފާސްކޮށްފި

ފަރަންސޭސިވިލާތުގެ 15 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރާ ބިލެއް އެގައުމުގެ މަޖިލީހުން ފާސްކޮށްފިއެވެ. އޮންލައިންކޮށް ގަނާކުރުމާއި ނަފްސާނީ ދުޅަހެޔޮކަމަށް ހުރި ނުރައްކާތަކާ މެދު ކަންބޮޑުވުން އިތުރުވަމުންދާ ދަނޑިވަޅެއްގައި، ފަރަންސޭސި ޕާލަމެންޓުގެ ތިރިގެއިން ވަނީ 15 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރުމަށް ތާއީދުކޮށް ވޯޓު ދީފައެވެ. ހޯމަ ދުވަހުގެ ރޭ ބޭއްވި ނޭޝަނަލް އެސެމްބްލީގެ ޖަލްސާގައި މި ބިލު ފާސްކުރީ 130 މެންބަރުންގެ ވޯޓުންނެވެ. މި ބިލާ ދެކޮޅަށް ވޯ...

ނާޒިމާ އަލީ
އީރާނަށް ހަމަލާދިނުމަށް ޔޫއޭއީގެ ވައިގެ ސަރަހައްދާއި ބިން ބޭނުންކުރުމުގެ ހުއްދަ ނުދޭނެ ކަމުގެ ޔަގީކަން ދީފި

އީރާނަށް ހަމަލާދިނުމަށް ޔޫއޭއީގެ ވައިގެ ސަރަހައްދާއި ބިން ބޭނުންކުރުމުގެ ހުއްދަ ނުދޭނެ ކަމުގެ ޔަގީކަން ދީފި

އީރާނާ ދެކޮޅަށް ހިންގާ އެއްވެސް “ޢަދާވާތްތެރި އަސްކަރީ ހަރަކާތެއްގައި” ޔޫއޭއީގެ ވައިގެ ސަރަހައްދު، ބިން ނުވަތަ ކަނޑުގެ ސަރަހައްދު ބޭނުންކުރުމުގެ ހުއްދަ ނުދޭނެކަމުގެ ޔަގީންކަން އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އިން ހޯމަ ދުވަހު އަލުން ދީފިއެވެ. ޔޫއޭއީގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އީރާނާ ދެކޮޅަށް ދޭ އެއްވެސް ހަމަލާއަކަށް ލޮޖިސްޓިކް އެހީތެރިކަން ފޯރުކޮށްނުދިނުމަށްވެސް އެގައުމުން އިލްތިޒާމްވާ ކަމަށެވެ. އެ މިނިސްޓްރީން ބުނި ގޮތުގައި ޔޫއޭއީން ގަބޫލުކުރަނީ މަޝްވަރާ ކުރުމާއި،...

ނާޒިމާ އަލީ
އިސްލާމީ ޤައުމުތަކާއެކު މަސައްކަތްކުރުމަށް ތައްޔާރު: ޗައިނާ

އިސްލާމީ ޤައުމުތަކާއެކު މަސައްކަތްކުރުމަށް ތައްޔާރު: ޗައިނާ

ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ޙައްޤުތަކާއި މަޞްލަޙަތުތައް ހިމާޔަތްކުރުމަށްޓަކައި އިސްލާމީ ޤައުމުތަކާއެކު މަސައްކަތްކުރުމަށް ތައްޔާރަށް އޮތްކަމަށް ޗައިނާއިން ބުނެފިއެވެ. މި ބަޔާނަކީ 26 ޖެނުއަރީ 2026 ގައި ބީޖިންގްގައި ބޭއްވުނު މަތީ ފަންތީގެ ޚާރިޖީ މަޝްވަރާތަކަކަށްފަހު ނެރެފައިވާ ބަޔާނެކެވެ. ޗައިނާގެ ޚާރިޖީ ވަޒީރު ވަންގް ޔީ ވަނީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ސެކްރެޓަރީ ޖެނެރަލް ހިސެއިން ބްރަހީމް ތާހާއާ ބައްދަލުކުރައްވާފައެވެ. 57 މެންބަރު ޤައުމު ހިމެނޭ މި ޖަމުޢިއްޔާއަކ...

ނާޒިމާ އަލީ
ކޮލްކަޓާ ކައިރިން ނިޕާ ވައިރަސް ފެނި، އިންޑިއާ ހައި އެލާޓަށް

ކޮލްކަޓާ ކައިރިން ނިޕާ ވައިރަސް ފެނި، އިންޑިއާ ހައި އެލާޓަށް

އިންޑިއާގެ ވެސްޓް ބެންގޯލް ސްޓޭޓްގެ ވެރިރަށް ކޮލްކަޓާ ކައިރިން ނުރައްކާތެރި ނިޕާ ވައިރަސް ޖެހިފައިވާ ފަސް މީހަކު ފެނުމާ ގުޅިގެން، އެ ސަރަހައްދުގެ ސިއްހީ އިދާރާތައް ހައި އެލާޓަށް ގެނެސްފިއެވެ. މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ ކުއްލި ފިޔަވަޅުތަކެއް އަޅަމުންނެވެ. މި ބަލި އެންމެ ފުރަތަމަ ފެނިފައިވަނީ ބަރަސާތުގެ ޕްރައިވެޓް ހޮސްޕިޓަލެއްގައި މަސައްކަތް ކުރަމުންދިޔަ ދެ ނަރުހެއްގެ ހަށިގަނޑުންނެވެ. އޭގެ ފަހުން، އިތުރު ޑޮކްޓަރަކާއި ނަރުހެއްގެ އިތުރުން ސިއްހީ އެހީ...

އަލީ އާދިލް
ޗައިނާގެ އަސްކަރިއްޔާގެ އެންމެ ތަޖުރިބާކާރު އެއް ޖެނެރަލް މަގާމުން ވަކިކޮށްފި

ޗައިނާގެ އަސްކަރިއްޔާގެ އެންމެ ތަޖުރިބާކާރު އެއް ޖެނެރަލް މަގާމުން ވަކިކޮށްފި

ޗައިނާގެ ރައީސް ޝީ ޖިންޕިންގް އެގައުމުގެ އެންމެ އިސް އަސްކަރީ ވެރިންގެ ތެރޭގައި ހިމެނޭ ޖެނެރަލަކު މަގާމުން ވަކިކުރައްވައިފިއެވެ. މިއީ ޕީޕަލްސް ލިބަރޭޝަން އާމީ (ޕީއެލްއޭ) ގެ ލީޑަރޝިޕަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ހިންގާ ފުޅާ ހަރަކާތުގެ ތެރެއިން ނިންމެވި ނިންމެވުމެކެވެ. މިކަމުގެ ސަބަބުން ބެއިޖިންގްގެ އަސްކަރީ ތައްޔާރީތަކާ މެދު، ހާއްސަކޮށް ތައިވާނާ ގުޅޭގޮތުން، އާ ސުވާލުތަކެއް ވަނީ އުފެދިފައެވެ. ޗައިނާގެ ބާރުގަދަ ސެންޓްރަލް މިލިޓަރީ ކޮމިޝަން (ސީއެމްސީ) ގެ ވައިސް ޗެއާމަން އަދި އެގައުމުގެ އަސްކަރި...

ނާޒިމާ އަލީ
މި ގައުމަށް ދޭ ކޮންމެ ހަމަލާއެއް ބަލާނީ ފުރިހަމަ ހަނގުރާމައެއްގެ ގޮތުގައި، ވަރުގަދަ ރައްދު ދޭނަން: އީރާން

މި ގައުމަށް ދޭ ކޮންމެ ހަމަލާއެއް ބަލާނީ ފުރިހަމަ ހަނގުރާމައެއްގެ ގޮތުގައި، ވަރުގަދަ ރައްދު ދޭނަން: އީރާން

އީރާނުގެ ސަރަހައްދަށް ދެވޭ ކޮންމެ ބާވަތެއްގެ ހަމަލާއަކީ ވެސް އެ ގައުމާ ދެކޮޅަށް ކުރެވޭ “ފުރިހަމަ ހަނގުރާމައެއް” ކަމުގައި ބަލާނެ ކަމަށާއި، އެފަދަ ކަމަކަށް އެންމެ ހަރުކަށި އިބާރާތުން ރައްދު ދޭނެ ކަމުގެ އިންޒާރު އީރާނުގެ އިސް އޮފިޝަލަކު ދެއްވައިފިއެވެ. މި އިންޒާރު ދެއްވާފައިވަނީ ކުރިއަށް އޮތް ދުވަސްތަކުގައި އެމެރިކާގެ އަސްކަރީ މަތިންދާބޯޓު އުފުލާ މަނަވަރުތަކާއި އިތުރު އަސްކަރީ ވަސީލަތްތައް މެދުއިރުމައްޗަށް އައުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ. ނަން ހާމަނުކުރުމަށް އެދި ވާހަކަދައްކަވަމުން ބައި...

ނާޒިމާ އަލީ