ސްޕެއިންގެ ބޮޑުވަޒީރުގެ ނަޒަރުގައި އީރާނުން މި ހަނގުރާމަ ކާމިޔާބު ކުރަމުންދާ ސަބަބުތައް
އެމެރިކާ އާއި އިސްރާއީލް ގުޅިގެން ހުޅަނގާއި އަރަބި ބައެއް ގައުމުތަކުގެ އެހީތެރިކަމާއެކު އީރާނާއި ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމަ އީރާނުން ކާމިޔާބު ކުރަމުންދާ ސަބަބު ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ކިޔައިދެއްވައިފިއެވެ. 25 މާރިޗު 2026 ގައި އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ސަންޗޭޒް ވިދާޅުވީ، މިހާރު ކުރިމަތިލާން ޖެހިފައިވަނީ 2003 ވަނަ އަހަރުގެ އިރާގު ހަނގުރާމައަށްވުރެ މާ ނުރައްކާތެރި ހާލަތަކާ ކަމަށެވެ. އީރާނުގެ ދިފާއީ ވަރުގަދަކަން ބޮޑުވަޒީރު ސަންޗޭޒް ފާހަގަކުރެއ...