މެދުއިރުމަތީގައި އިތުރުވަމުންދާ ހަނގުރާމައިގެ ސަބަބުން، 2026 ވަނަ އަހަރާ ހަމައަށް އިތުރު 45 މިލިއަން މީހުން ކާބޯތަކެތީގެ ނުރައްކަލަށް ހުށަހެޅިދާނެ ކަމަށް ވޯލްޑް ފުޑް ޕްރޮގްރާމް (ޑަބްލިއު.އެފް.ޕީ) އިން އަންގާރަ ދުވަހު އިންޒާރު ދީފިއެވެ.

ތަކެތީގެ އަގުތައް އުފުލުމާއެކު، ދުނިޔޭގެ ބަނޑުހައިހޫނުކަން ރެކޯޑް މިންވަރަކަށް މަތިވެ، އިތުރު އެތައް މިލިއަން ބަޔަކު ނުރައްކަލަށް ހުށަހެޅިދާނެ ކަމަށް އެ އިދާރާއިން ބުނެއެވެ.

Ad
rt

ޑަބްލިއު.އެފް.ޕީގެ އާ ދިރާސާއަކުން ދައްކާގޮތުގައި، މިއަހަރުގެ މެދުތެރެއާ ހަމައަށް ހަމަނުޖެހުންތައް ދެމިއޮވެ، ތެލުގެ އަގު ފީފާއަކަށް 100 ޑޮލަރަށްވުރެ މަތީގައި ހުރެއްޖެނަމަ، ގާތްގަނޑަކަށް އިތުރު 45 މިލިއަން މީހުން ކާބޯތަކެތީގެ ކުއްލި ނާމާންކަމުގެ ތެރެއަށް ވެއްޓިދާނެއެވެ. މިއީ މިހާރުވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކާބޯތަކެތީގެ ދަތިކަން ތަހައްމަލު ކުރަމުންދާ 318 މިލިއަން މީހުންގެ އިތުރުން އިތުރުވާނެ އަދަދެކެވެ.

ޖެނީވާގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޑަބްލިއު.އެފް.ޕީގެ ޑެޕިއުޓީ އެގްޒެކެޓިވް ޑައިރެކްޓަރު ކާލް ސްކާއު ވިދާޅުވީ، މީގެ ސަބަބުން ދުނިޔޭގެ ބަނޑުހައިހޫނުކަމުގެ މިންވަރު މިހާތަނަށް ރެކޯޑް ނުކުރެވޭހާ މަތީ ދަރަޖައަކަށް ދާނެ، މިއީ ވަރަށް ބިރުވެރި ކުރިމަގެއް ކަމަށެވެ. ހަކަތައާއި ގަސްކާނާގެ ބާޒާރަށް އަންނަ ބުރޫތަކުގެ ސަބަބުން މިހާރުވެސް ކާބޯތަކެތީގެ އަގުތައް އުފުލެމުންދާއިރު، މީގެ އަސަރު އެންމެ ބޮޑަށް ކުރާނީ ތަކެތި އިމްޕޯޓް ކުރުމަށް ބަރޯސާވާ ސަރަހައްދުތަކަށެވެ.

ހަކަތައާއި ކާބޯތަކެތީގެ ގުޅުން

މި ހާލަތަކީ 2022 ވަނަ އަހަރު ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ކުރިމަތިވި ދުނިޔޭގެ ކާބޯތަކެތީގެ ކާރިސާއާ އެއްފަދަ ހާލަތަކަށް ވެދާނެ ކަމަށް ޑަބްލިއު.އެފް.ޕީން ބުނެއެވެ. ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ގޮވާން އުފައްދާ ސަރަހައްދަށް ބުރޫ އެރިއިރު، މިހާރުގެ ކާރިސާ އަމާޒުވެފައިވަނީ ހަކަތައިގެ މައި މަރުކަޒަކަށެވެ. ނަމަވެސް، ހަކަތައާއި ކާބޯތަކެތީގެ ނިޒާމާ ދެމެދު އޮންނަ ގާތް ގުޅުމުގެ ސަބަބުން، އެތައް މިލިއަން އާއިލާއަކަށް އަސާސީ ކާބޯތަކެތި ގަތުމުގެ ތަނަވަސްކަން ގެއްލިގެން ހިނގައިދާނެ ކަމަށް ސްކާއު ފާހަގަކުރެއްވިއެވެ.

ސްޓްރެއިޓް އޮފް ހޯމޫޒް މެދުވެރިކޮށް ދުނިޔޭގެ ގަސްކާނާގެ ސަޕްލައިގެ ގާތްގަނޑަކަށް 25 އިންސައްތަ ދަތުރުކުރާއިރު، މި މަގުން ތަކެތި އުފުލާ މިންވަރު މިހާރު ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. ގަސްކާނާ ލިބުން ދަތިވުމުގެ ސަބަބުން ދަނޑުވެރިން ކުރަންޖެހޭ ހަރަދު ބޮޑުވެ، ގޮވާން ލިބޭ މިންވަރު ދަށްވެ، އުފެއްދުމުގެ ހަރަދު ބޮޑުވުމުގެ ސަބަބުން އަންނަ އަހަރު ކާބޯތަކެތީގެ އަގުތައް އިތުރަށް އުފުލޭނެ ކަމަށް ބެލެވެއެވެ.

ޑަބްލިއު.އެފް.ޕީން ހާމަކުރި ގޮތުގައި، އިމްޕޯޓަށް ބަރޯސާވާ މިންވަރު ބޮޑުވުމުގެ ސަބަބުން ސަބް-ސަހާރަން އެފްރިކާ އާއި އޭޝިއާގެ ގައުމުތަކަށް އޮތް ނުރައްކާ އެންމެ ބޮޑެވެ. ލަފާކުރެވޭ ގޮތުގައި ހުޅަނގު އަދި މެދުތެރޭ އެފްރިކާގައި ކާބޯތަކެތީގެ ނާމާންކަން އޮތް މީހުންގެ އަދަދު 2 އިންސައްތަ، އިރުމަތީ އަދި ދެކުނު އެފްރިކާގައި 17 އިންސައްތަ، އަދި އޭޝިއާ ސަރަހައްދުގައި 24 އިންސައްތައަށް އިތުރުވެގެންދާނެއެވެ.

ޑަބްލިއު.އެފް.ޕީން ބުނާ ގޮތުގައި، އިމްޕޯޓަށް ބަރޯސާވާ މިންވަރު ބޮޑުވުމުގެ ސަބަބުން ސަބް-ސަހާރަން އެފްރިކާ އާއި އޭޝިއާގެ ގައުމުތަކަށް އޮތް ނުރައްކާ އެންމެ ބޮޑެވެ.

ލަފާކުރެވޭ ގޮތުގައި ހުޅަނގު އަދި މެދުތެރޭ އެފްރިކާގައި ކާބޯތަކެތީގެ ނުރައްކާ އޮތް މީހުންގެ އަދަދު 2 އިންސައްތަ، އިރުމަތީ އަދި ދެކުނު އެފްރިކާގައި 17 އިންސައްތަ، އަދި އޭޝިއާ ސަރަހައްދުގައި 24 އިންސައްތަ އިތުރުވާނެއެވެ.

ގޮދަނުގެ 80 އިންސައްތަ އިމްޕޯޓްކުރާ ސޫދާނާއި، ހަނަފަސްކަމުގެ އަސަރުކޮށްފައިވާ ސޯމާލިއާއަކީ ނުރައްކާ ބޮޑު ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމުތަކެވެ. އެ ގައުމުތަކުގައި އަސާސީ މުދަލުގެ އަގުތައް ވަރަށް ބޮޑަށް އުފުލެމުންދާ ކަމުގެ ރިޕޯޓްތައް ލިބެމުންދެއެވެ.

"މި ހަމަނުޖެހުންތައް ކުރިއަށްދާނަމަ، މުޅި ދުނިޔެއަށް މީގެ ލޮޅުން އަރާނެ،" ސްކާއު ވިދާޅުވިއެވެ. އަދި މީގެ އެންމެ ބޮޑު ތަކުލީފެއް އުފުލަން ޖެހޭނީ ނިކަމެތި އާއިލާތަކުން ކަމަށް އޭނާ އިންޒާރު ދެއްވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، މި ކާރިސާ ކުރިމަތިވެފައިވަނީ ފަންޑު ލިބުމުގައި ބޮޑެތި ދަތިތަކެއް ހުރި ވަގުތެއްގައި ކަމަށާއި، މީގެ ސަބަބުން އެހީތެރިކަން ފޯރުކޮށްދިނުމަށް ޑަބްލިއު.އެފް.ޕީއަށް ހުރަސްތަކެއް އެބަހުރި ކަމަށެވެ. އިތުރު އެހީތެރިކަން ނުލިބިއްޖެނަމަ، މިހާރުވެސް ނާޒުކު ހާލަތެއްގައި ތިބި އެތައް މިލިއަން ބަޔަކަށް މިއީ ބޮޑު ކާރިސާއަކަށް ވެދާނެ" ކަމަށް އޭނާ ވިދާޅުވިއެވެ.