އެމެރިކާގެ ކްލެއަރމޮންޓް ސަރަޙައްދުގައި ހުންނަ އިސްލާމީ މަރުކަޒަކަށް އަމާޒުކޮށް ދިން ނުރައްކާތެރި ބަޑީގެ ހަމަލާއެއްގައި ތިން މީހަކު މަރުވެފައިވާއިރު، މި ހަމަލާ ދިން ކަމަށް ތުހުމަތުކުރެވޭ ދެ ޒުވާނުން ވެސް ވަނީ ހަމަލާއަށްފަހު އަމިއްލައަށް މަރުވެފައި ތިއްބާ ފެނިފައެވެ. އެ ސިޓީގެ ފުލުހުންގެ ތަހުގީގުން ހާމަވެފައިވާ ގޮތުގައި، މި ހަމަލާއަކީ އިސްލާމްދީނާ ދެކޮޅު ނަފްރަތުގެ އަމަލެކެވެ. ޕީ.ޑީ.ޓީ ގަޑިން ހެނދުނު 11:43 ހާއިރު ދިން މި ހަމަލާގައި މަރުވެފައިވަނީ ސެކިއުރިޓީ ގާޑެއްގެ ގޮތުގައި މަސައްކަތްކުރި އަމީން...
ނާޒިމާ އަލީ
އެމެރިކާގެ ސެން ޑިއޭގޯގައި ހުންނަ އިސްލާމިކް ސެންޓަރަށް ދިން ނުރައްކާތެރި ހަމަލާ އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކިއަރ ސްޓާމަރ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފިއެވެ. މި ހަމަލާއާ ގުޅިގެން ބޮޑުވަޒީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިފަދަ އަނިޔާވެރި އަމަލުތަކަކީ ވަކި ކަމަކާ ނުގުޅި ހިނގާ ކަންކަމެއް ނޫން ކަމަށާއި، މިއީ މުޖުތަމައުގައި ބައިބައިވުމާއި މުސްލިމުންނާ ދެކޮޅުވެރިކަން އާންމުވުމުގެ ނަތީޖާ ކަމަށެވެ. “މިފަދަ އަނިޔާވެރިކަމަކީ ބަލައިގަނެވޭނެ ކަމެއް ނޫން. އަދި މީގެ ދެކޮޅަށް އަޅުގަނޑ...
ޔުމްނާ ޢަލީ
އެމެރިކާގެ ކެލިފޯނިއާ ސްޓޭޓްގެ ސެން ޑިއޭގޯގައި ހުންނަ އިސްލާމީ މަރުކަޒަކަށް ހޯމަ ދުވަހު ދިން ބަޑީގެ ހަމަލާއެއްގައި، ހަމަލާދިން ކަމަށް ތުހުމަތުކުރެވޭ ދެ މީހުން ހިމެނޭހެން ޖުމްލަ ފަސް މީހުން މަރުވެއްޖެ ކަމަށް އެ ސިޓީގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފިއެވެ. މި ހަމަލާ ދީފައިވަނީ ސެން ޑިއޭގޯގެ ކްލެއާމޮންޓް ސަރަހައްދުގެ އެކްސްޓްރޯމް އެވެނިއު ކައިރީގައި ހުންނަ އިސްލާމިކް ސެންޓަރުގައެވެ. ސެން ޑިއޭގޯގެ ޕޮލިސް ޗީފް ސްކޮޓް ވާލް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މި ހާދިސާގައި މަރުވި […]
ނާޒިމާ އަލީ
އެމެރިކާގެ އެކި ސްޓޭޓްތަކުގައި ހުންނަ ތެޔޮ އަޅާ ސްޓޭޝަންތަކުގެ ތެޔޮ ރައްކާކުރާ ޓޭންކުތަކުގެ މިންވަރު ބަލާ ސިސްޓަމްތަކަކަށް އީރާނުގެ ހެކަރުން ހަމަލާދީފައިވާ ކަމަށް އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ ސީއެންއެން އިން ހޮނިހިރު ދުވަހު ރިޕޯޓްކޮށްފިއެވެ. މި ހެކަރުން ބޭނުންކޮށްފައިވަނީ އިންޓަނެޓާ ގުޅާލާފައި ހުރި ނަމަވެސް، އެއްވެސް ޕާސްވޯޑަކުން ރައްކާތެރިކޮށްފައި ނުވާ “އޮޓޮމެޓިކް ޓޭންކް ގޭޖް” (އޭޓީޖީ) ސިސްޓަމްތަކުގެ ނާޒުކުކަމެވެ. މީގެ ސަބަބުން، ހެކަރުންނަށް އެ ސިސްޓަމްތަކުގެ ތެރެއަށް ވަދެގަތުމުގެ ފުރުސަތު...
ނާޒިމާ އަލީ
އިސްތިޢުމާރުކޮށްފައިވާ އިރުމަތީ ގުދުސްގައި ހުންނަ އަލްއަޤްޞާ މިސްކިތް ކައިރީގައި ހުރި ފަލަސްޠީނުގެ ބިންތަކާއި ޢިމާރާތްތައް އަތުލުމަށް އިސްރާއީލުން ނިންމި ނިންމުން ފަލަސްޠީނުގެ ފޮރިން މިނިސްޓްރީން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. މި ނިންމުމަކީ “ނަސްލު ނައްތާލުމުގެ” އަމަލެއްގެ ގޮތުގައި އެ މިނިސްޓްރީން ވަނީ ސިފަކޮށްފައެވެ. އާދީއްތަ ދުވަހު ނެރުނު ބަޔާނެއްގައި ފަލަސްޠީނުގެ ފޮރިން މިނިސްޓްރީން ބުނީ، ގުދުސްގެ ބާޒާރުމަތީ ސަރަޙައްދުގައި ހިމެނޭ ބާބުލް ސިލްސިލާ އަވަށުގެ ބިންތައް އަތުލުމަށް އިސްރާއީލ...
ނާޒިމާ އަލީ
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާދީއްތަ ދުވަހު ފޯނުން ގުޅައި، އީރާނާ ދެކޮޅަށް އަލުން ހަނގުރާމަ ފެށުމުގެ ފުރުސަތުތަކާ ބެހޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށް އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ. އިސްރާއީލުގެ ޗެނަލް 7 އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، 30 މިނެޓަށް ވުރެ ގިނަ އިރަށް ދެމިގެންދިޔަ މި ފޯނު ކޯލުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ “އީރާނުގައި އަލުން ހަނގުރާމަ ފެށުމުގެ ފުރުސަތު އޮތް މިންވަރާ” ބެހޭގޮތުންނެވެ. މި މަޝްވަރާތ...
ނާޒިމާ އަލީ
އީރާނުން އެމެރިކާއަށް އެއްވެސް ވަރަކަށް “އިތުބާރު ނުކުރާ” ކަމަށާއި، ނަމަވެސް އެމެރިކާއަކީ ސީރިއަސް ބައެއް ނަމަ މަޝްވަރާ ކުރުމުގެ ޝައުގުވެރިކަން އެބައޮތް ކަމަށް އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ވިދާޅުވެއްޖެއެވެ. ބްރިކްސްގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ނިއުދިއްލީއަށް ކުރެއްވި ދަތުރުފުޅުގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން އަރަގްޗީ ވިދާޅުވީ، އީރާނާއެކު ހަނގުރާމައިގައި އުޅޭ ގައުމުތައް ފިޔަވައި އެހެން ހުރިހާ އުޅަނދުފަހަރަކަށް ސްޓްރެއިޓް އޮފް ހޯމޫޒް ހުރަސ...
ނާޒިމާ އަލީ
އެމެރިކާއާއި އީރާނާ ދެމެދު ކުރިއަށްދާ މަޝްވަރާތަކުގައި ދާއިމީ ސުލްހައަކަށް ދެ ގައުމުން ހުށަހަޅާފައިވާ ރަސްމީ ޝަރުތުތަކުގެ ތަފްސީލް އީރާނުގެ ފާރްސް ނިއުސް އޭޖެންސީން އާންމުކޮށްފިއެވެ. މި ރިޕޯޓުގައިވާ ގޮތުން، ދެ ގައުމުގެ މެދުގައި އޮތް ނުތަނަވަސްކަން ހައްލުކުރުމަށް ދެ ފަރާތުން ވެސް ވަނީ ހަރުކަށި ޝަރުތުތަކެއް ކުރިމަތިކުރުވާފައެވެ. އެމެރިކާގެ މައިގަނޑު ހުށަހެޅުންތައް އެމެރިކާގެ ފަރާތުން ހުށަހަޅާފައިވާ މައިގަނޑު ކަންތައްތަކުގެ ތެރޭގައި، ހަނގުރާމައިގެ ގެއްލުމުގެ ބަދަލު ނުދިނުމާއި، އީރާނުގެ އަތުގައި ހުރ...
ނާޒިމާ އަލީ
ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ބަރަކާ ނިއުކްލިއަރ ޕަވަރ ޕްލާންޓަށް އާދީއްތަ ދުވަހު އަމާޒުކޮށް ދިން ޑްރޯން ހަމަލާއެއްގެ ސަބަބުން، އެ ސަރަހައްދުގައި އޮތް ނުތަނަވަސްކަން އިތުރުވެ، އީރާނު ހަނގުރާމައިގެ މެދުކެނޑުމަށް ބޮޑު ލޮޅުމެއް އަރައިފިއެވެ. މި ހަމަލާ އަމާޒުވެފައިވަނީ ޕްލާންޓުގެ ބޭރު ފަރާތުގައި ހުރި އިލެކްޓްރިކަލް ޖަނަރޭޓަރަކަށެވެ. މީގެ ސަބަބުން އެތަނުގައި އަލިފާން ރޯވި ނަމަވެސް، އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށާއި، ނިއުކްލިއަރ ރޭޑިއޭޝަން ބޭރުވުން ފަދަ ނުރައްކާތެރި ހާދިސާ...
ނާޒިމާ އަލީ
އިންޑިއާގެ އަންދްރަ ޕްރަދޭޝްގެ އާބާދީ އިތުރުކުރުމަށް ބާރުއެޅުމުގެ ގޮތުން، އެ ސްޓޭޓްގެ ސަރުކާރުން ޚާއްޞަ ފައިސާގެ އިނާމުތަކެއް ދިނުމަށް ނިންމައިފިއެވެ. އަންދްރަ ޕްރަދޭޝްގެ ޗީފް މިނިސްޓަރު އެން. ޗަންދްރަބާބޫ ނައިޑޫ އިޢުލާން ކުރެއްވި ގޮތުގައި، ތިންވަނަ ދަރިއަކު ލިބޭ އާއިލާތަކަށް 30،000 ރުޕީސް އަދި ހަތަރުވަނަ ދަރިއަކު ލިބޭ އާއިލާތަކަށް 40،000 ރުޕީސް ސަރުކާރުން ދޭނެއެވެ. މި ނިންމެވުން އިޢުލާން ކުރެއްވީ ސްރީކަކުލަމް ޑިސްޓްރިކްޓްގެ ނަރުސަންނަޕެޓާގައި ބޭއްވި ‘ސްވަރުނަ އަންދްރަ، ސްވަޗް އަންދްރަ’ ސާފުތާހި...
ނާޒިމާ އަލީ
އިޒްރޭލުގެ އަސްކަރިއްޔާއިން ޣައްޒާގެ ރިމާލް އަވަށުގެ މީހުން ދިރިއުޅޭ އިމާރާތަކަށް ރޭ ދިން ވަރުގަދަ ވައިގެ ހަމަލާއެއްގައި، ހަމާސްގެ އަސްކަރީ ގޮފިކަމަށްވާ އަލް-ގައްސާމް ބްރިގޭޑްސްގެ ޖެނެރަލް ކޮމާންޑަރު އިއްޒުއްދީން އަލް-ހައްދާދު (އަބޫ ސުހައިބު) ޝަހީދުކޮށްލައިފިއެވެ. 2026 މެއި 15 ވީ ހުކުރު ދުވަހުގެ ރޭ ދިން މި ހަމަލާގައި، ކޮމާންޑަރު އަލް-ހައްދާދުގެ އިތުރުން އޭނާގެ އަނބިކަނބަލުންނާއި ދަރިފުޅު ވެސް ވަނީ ޝަހީދުވެފައެވެ. ޣައްޒާގެ ސިއްހީ އިދާރާތަކުން ބުނާ ގޮތުގައި މި ހަމަލާގައި ޖުމްލަ 7 މީހުން ޝަހީދުވެފަ...
ނާޒިމާ އަލީ
އަންނަ ހަފުތާގެ ކުރީކޮޅު އިރާނުގެ މުހިންމު މަރުކަޒުތަކަށް އަމާޒުކޮށް ވަރުގަދަ އަސްކަރީ ޙަމަލާތަކެއް ދިނުމަށް އެމެރިކާއާއި އިސްރާއީލުގެ އަސްކަރިއްޔާއިން ތައްޔާރުވަމުންދާކަމަށް ލީކުވި ޖާސޫސީ މައުލޫމާތާއި ހަވާލާދީ ބައިނަލްއަގްވާމީ ބައެއް މީޑިއާތަލުން ރިޕޯޓްކޮށްފިއެވެ. މިކަމާ ގުޅޭ ތަފްސީލީ މަޢުލޫމާތުތައް އެންމެ ފުރަތަމަ “ނިއުޔޯކް ޓައިމްސް” އިން ރިޕޯޓްކޮށްފައިވާއިރު، ”ސީ.އެން.އެން”، “ޓައިމްސް އޮފް އިސްރާއީލް” އަދި “ޓައިމްސް އޮފް އިންޑިއާ” ފަދަ ބައިނަލްއަޤުވާމީ މީޑިއާތަކުން ވަނީ މި ޖާސޫސީ މަޢުލޫމާތުތަ...
ނާޒިމާ އަލީ
އީރާނަކީ ހޯރްމުޒް ކަނޑުއޮޅީގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގައި ތާރީޚީ ގޮތުން އިސް ދައުރެއް އަދާކުރަމުން އަންނަ ގައުމެއް ކަމަށާއި، ކުރިއަށް އޮތް ތަނުގައި ވެސް އެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރާނެ ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ ވިދާޅުވެއްޖެއެވެ. އަރާގްޗީ މިހެން ވިދާޅުވީ އިންޑިއާގެ ޚާރިޖީ ވަޒީރު ސުބްރަމާނިއަމް ޖައިޝަންކަރާއެކު ބޭއްވެވި މުހިންމު މަޝްވަރާތަކަށްފަހުގައެވެ. މި ބައްދަލުވުމަކީ ވަރަށް ބިނާކުރުވަނިވި އަދި ނަތީޖާ ނެރެވޭ ބައްދަލުވުމެއްގެ ގޮތުގައި އޭނާ ސިފަކުރެ...
ނާޒިމާ އަލީ
އިޒްރޭލުން ގާޒާގައި ހިންގަމުންދާ ލާއިންސާނީ ހަނގުރާމައާއި ގަތުލުއާންމާ ދެކޮޅަށް އިހުތިޖާޖު ކުރުމުގެ ގޮތުން، މިއަހަރު ބާއްވާ ޔޫރޯވިޜަން ލަވަ މުބާރާތް ބޮއިކޮޓް ކުރުމަށް ސްޕެއިން އިން ނިންމައިފިއެވެ. ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ހުކުރު ދުވަހު ވިދާޅުވީ، މި ނިންމުމާއެކު ސްޕެއިން އޮތީ “ތާރީޚުގެ ރަނގަޅު ފަރާތުގައި” ކަމަށެވެ. އޮސްޓްރިއާގެ ވިއެންނާގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ފައިނަލްގެ ކުރިން، އެކްސް މެދުވެރިކޮށް ދެއްވި ވީޑިއޯ މެސެޖެއްގައި ސަންޗޭޒް ވިދާޅުވީ، ޣައިރު ގާނޫނީ ހަނގުރ...
ނާޒިމާ އަލީ
ހަންޓާ ވައިރަސް ޖެހިފައިވާ މީހުން ބަލިން ފަސޭހަވި ނަމަވެސް، އެ ބަލި ފަތުރުާ ވައިރަސް ފިރިހެނުންގެ ސްޕާމްގައި ހަ އަހަރު ދުވަހުގެ މުއްދަތަށް ހުރެދާނެ ކަމަށާއި، މީގެ ސަބަބުން ޖިންސީ ގުޅުމުގެ ޒަރީއާއިން ބަލި ފެތުރުމުގެ ނުރައްކާ އޮތް ކަމަށް ދިރާސާއަކުން ދައްކައިފިއެވެ. ސްވިޒަލޭންޑުގެ ސަރުކާރުގެ މުއައްސަސާއެއް ކަމަށްވާ “ސްޕީޒް ލެބޯޓްރީ” އިން ކުރި މި ދިރާސާ، ސައިންޓިފިކް ޖާނަލްއެއް ކަމަށްވާ “ވައިރަސަސް” ގައި ވަނީ ޝާއިޢުކޮށްފައެވެ. މި ދިރާސާގައި ބަލާފައިވަނީ މީގެ ހަ އަހަރު ކުރިން […]
ނާޒިމާ އަލީ