އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނުގެ ޝަރުތުތަކަށް އަމަލުކުރުން ނޫން އިތުރު ގޮތެއް ނެތް ކަމަށާއި، އެނޫން ގޮތަކަށް އަމަލުކޮށްފިނަމަ ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާންޖެހޭނެ ކަމަށް ބުނެ އީރާނުން އިންޒާރު ދީފިއެވެ. މި އިންޒާރު ދީފައިވަނީ އީރާނުގެ ޑިފެންސް މިނިސްޓްރީގެ ތަރުޖަމާނު ބްރިގޭޑިއާ ޖެނެރަލް ރިޒާ ތަލާއީ-ނިކް، މެއި 23، 2026 ގައެވެ. ތަރުޖަމާނު ވިދާޅުވި ގޮތުގައި ރައީސް ޓްރަމްޕް މިހާރު ވަނީ ހަނގުރާމައިގެ “ޗަކަގަނޑެއްގައި” ބެދިފައެވެ. އަދި ތެހެރާނުން ހުށަހަޅާފައިވާ ޝަރުތުތަކަށް ބޯލެނބުން ނ...
ނާޒިމާ އަލީ
ވެސްޓް އެފްރިކާގެ ސެނެގާލްގެ ސިޔާސީ މަސްރަޙަށް ބޮޑު ލޮޅުމެއް އަރައި، އެގައުމުގެ ރައީސް ބަސީރޫ ދިއޯމާއީ ފަޔޭ، ބޮޑުވަޒީރު އުސްމާން ސޮންކޯ މަގާމުން ވަކިކުރައްވައި މުޅި ސަރުކާރު އުވާލައްވައިފިއެވެ. ދައުލަތުގެ ޓީވީ މެދުވެރިކޮށް ދަންވަރުގެ ވަގުތެއްގައި އިއްވި ރިޔާސީ ގަރާރަކާއެކު، ސެނެގާލްގެ އެންމެ ވަރުގަދަ ސިޔާސީ އިއްތިހާދަށް މިވަނީ ކުއްލި ނިމުމެއް އައިސްފައެވެ. މި ދެ ބޭފުޅުންނަކީ ކުރީގެ ސަރުކާރުގައި އެކުގައި ޖަލަށްލެވި، މިއަހަރުގެ މާރިޗު މަހު ބޭއްވި އިންތިޚާބުގެ 10 ދުވަސް ކުރިން މިނިވަންވެ، ޒުވާނުންގ...
ނާޒިމާ އަލީ
އެމެރިކާއާއި އީރާނާ ދެމެދު އޮތް ނާޒުކު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އުވާލައި، ދެ ގައުމުގެ ދެމެދުގައި ބޮޑު އަސްކަރީ ކުރިމަތިލުމަކަށް ދިއުމުގެ ބިރު ބޮޑުވެއްޖެއެވެ. ހުކުރު ދުވަހުގެ ރޭ އީރާނުގެ ސިވިލް އެވިއޭޝަން އޮތޯރިޓީން ވަނީ ކުއްލި ގޮތަކަށް އެ ގައުމުގެ ހުޅަނގު ފަރާތުގެ ވައިގެ ސަރަހައްދު ހޯމަ ދުވަހުގެ ނިޔަލަށް ހުރިހާ ވައިގެ ދަތުރުފަތުރަކަށް ބަންދުކޮށްފައެވެ. މި ނިންމުމާ އެކު، އީރާނާއި ވޮޝިންޓަނާ ދެމެދު ސުލްހަ ގާއިމުކުރުމަށް މަސައްކަތް ކުރަމުންދިޔަ ގަތަރުގެ މަތީ ފަންތީގެ ވަފުދެއް […]
ނާޒިމާ އަލީ
އެމެރިކާގެ ޑައިރެކްޓަރ އޮފް ނޭޝަނަލް އިންޓެލިޖެންސް ތުލްސީ ގަބާޑް އެކަމަނާގެ މަގާމުން އިސްތިއުފާ ދެއްވައިފި ކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ. މިއީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ކެބިނެޓުން ފަހަކަށް އައިސް ފެންނަމުންދާ މަތީ ފަންތީގެ އިސްތިއުފާތަކުގެ ސިލްސިލާގެ ތެރެއިން އެންމެ ފަހުން ފެނިގެންދިޔަ ބަދަލެވެ. މިއަދު، 22 މެއި 2026 ގައި އޯވަލް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި ގަބާޑް ވަނީ ރައީސް ޓްރަމްޕަށް އިސްތިއުފާގެ ސިޓީ އަރުވާފައެވެ. ފޮކްސް ނިއުސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި،...
ޔުމްނާ ޢަލީ
ވ. އަތޮޅުގެ ތިންވަނަ ކަނޑު ހޮހަޅައަށް ވަދެ އުޅެނިކޮށް އިޓަލީގެ ފަސް ޑައިވަރުން މަރުވި ހާދިސާއަކީ ހޮހަޅައިގެ ތެރޭގައި އުފެދުނު “ވެލީގެ ފާރެއްގެ ކުށްހީ” އެއްގެ ސަބަބުން، ހޮހަޅައިން ނުކުންނަން އުޅުމުގެ ތެރޭގައި އޮޅިގެން އެހެން ދިމާލަކަށް ދެވުމުން ދިމާވި ހާދިސާއެއް ކަމަށް ފިންލޭންޑުގެ ތަޖުރިބާކާރު ޑައިވަރުންގެ ޓީމަކުން ބުނެފިއެވެ. މި މަހުގެ 14 ވަނަ ދުވަހު ހިނގި މި ހާދިސާގައި މަރުވި ފަސް މީހުންގެ ތެރޭގައި ހިމެނެނީ މަޝްހޫރު މެރިން ބަޔޮލޮޖިސްޓް މޮނިކާ މޮންޓެފަލްކޯން އާއި […]
ނާޒިމާ އަލީ
މިހާރު ހިނގަމުންދާ ހަނގުރާމަ ފެށުނު ފަހުން، އެމެރިކާ ސިފައިން ބޭނުންކުރާ އެމް.ކިއު-9 (MQ-9) ރީޕަރ މަރުކާގެ 24 އަށްވުރެ ގިނަ ޑްރޯން އިރާނުން ހަލާކުކޮށްލާފައިވާ ކަމަށް ބްލޫމްބާގް ރިޕޯޓެއްގައި ބުނެފިއެވެ. ބުދަ ދުވަހު އާންމުކުރި މި ރިޕޯޓުގައިވާ ގޮތުން، މިއީ ގާތްގަނޑަކަށް 1 ބިލިއަން ޑޮލަރުގެ އަގުހުރި އާލާތްތަކެކެވެ. މި ގެއްލުމަކީ ހަނގުރާމައިގެ ކުރިން ޕެންޓަގަންގެ އިންވެންޓްރީގައި ހުރި މިފަދަ ޑްރޯންތަކުގެ ގާތްގަނޑަކަށް 20 އިންސައްތައެވެ. ޖެނެރަލް އެޓޮމިކްސް ކުންފުނިން އުފައްދާ ރީޕަރ ޑްރޯންތަކަކީ ޖާސޫސ...
ނާޒިމާ އަލީ
އެމެރިކާއާއި އިސްރާއީލުން ދިން ވަރުގަދަ ހަމަލާތަކުގައި އީރާނުގެ އަސްކަރިއްޔާއަށް ލިބުނު ގެއްލުންތައް، އެމެރިކާއިން އުންމީދު ކުރިވަރަށްވުރެ މާ އަވަހަށް އީރާނުން އިއާދަކުރަމުންދާކަމަށް އެމެރިކާގެ އިންޓެލިޖެންސް ރިޕޯޓުތަކުން ހާމަވެއްޖެއެވެ. އެމެރިކާގެ އިންޓެލިޖެންސް މައުލޫމާތުތަކަށް ރިޢާޔަތްކޮށް ސީއެންއެން އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެޕްރީލް މަހުގެ ކުރީކޮޅު ފެށުނު ހަ ހަފުތާގެ ސުލްހައިގެ މުއްދަތުގެ ތެރޭގައި އީރާނުން ވަނީ އެގައުމުގެ ޑްރޯން އުފެއްދުމުގެ މަސައްކަތް އަލުން ފަށާފައެވެ. މިއީ ހަމަލާތަ...
ނާޒިމާ އަލީ
ތުރުކީގެ އިދިކޮޅު މައި ޕާޓީ، ރިޕަބްލިކަން ޕީޕަލްސް ޕާޓީ (ސީއެޗްޕީ) ގެ މިހާރުގެ ލީޑަޝިޕް ސަސްޕެންޑްކޮށް، އެ ޕާޓީގެ ކުރީގެ ލީޑަރު ޕާޓީ އާއި ހަވާލުވުމަށް އަންކާރާގެ ކޯޓަކުން އަމުރުކޮށްފިއެވެ. މި ނިންމުމާ ގުޅިގެން ޕާޓީގެ އާންމު މެންބަރުންގެ މެދުގައި ބޮޑު ނުރުހުމެއް ވަނީ އުފެދިފައެވެ. އަންކާރާގެ ކޯޓުން ނެރުނު އަމުރުގައި ވަނީ ސީއެޗްޕީގެ މިހާރުގެ ޗެއާމަން އޮޒްގޫރް އޮޒެލް އާއި އޭނާގެ ޓީމު ވަގުތީ ގޮތުން މަގާމުން ދުރުކޮށް، އެ މަގާމަށް ކުރީގެ ލީޑަރު ކަމާލް […]
ނާޒިމާ އަލީ
ތައިލެންޑުގެ ވިސާ ސިޔާސަތަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް އެ ގައުމުގެ ސަރުކާރުން ނިންމައިފިއެވެ. 19 މެއި 2026 ގައި ބޭއްވި ކެބިނެޓް ބައްދަލުވުމެއްގައި ނިންމާފައިވާ މި ނިންމުމާއެކު، މިހާރު ގައުމުތަކަށް ދެމުންދާ 60 ދުވަހުގެ ވިސާ ފްރީ އުވާލައި، ގައުމުތައް ތަފާތު ކެޓަގަރީތަކަކަށް ބަހާލުމަށް ވަނީ ނިންމާފައެވެ. މި އިސްލާހުގެ ދަށުން އެންމެ ބޮޑު ބަދަލެއް އަންނާނީ މިހާރު 60 ދުވަހުގެ ވިސާ ފްރީ ލިބޭ 93 ގައުމަށެވެ. މީގެ ބަދަލުގައި 54 ގައުމަކަށް 30 ދުވަހުގެ […]
ނާޒިމާ އަލީ
އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގެ އިންސާނީ ހައްގުތަކުގެ ހާލަތު ބަލާ އދ.ގެ ހާއްސަ ރެޕަޓުއާ ފްރެންޗެސްކާ އަލްބަނީޒްއާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އެ ގައުމުން އުވާލައިފިއެވެ. މި ފިޔަވަޅުތައް އުވާލާފައި މިވަނީ، އެ ފިޔަވަޅުތަކުގެ ސަބަބުން އޭނާގެ ބަސްބުނުމުގެ މިނިވަންކަމަށް ހުރަސްއެޅޭ ކަމަށް އެމެރިކާގެ ފެޑަރަލް ފަނޑިޔާރަކު ކަނޑައެޅިތާ ހަފްތާއެއް ފަހުންނެވެ. އެމެރިކާގެ ޓްރެޜަރީ ޑިޕާޓްމަންޓުން ބުދަ ދުވަހު އާންމުކުރި އަޕްޑޭޓެއްގައި، ބައިނަލްއަގުވާމީ ޖިނާއީ ކޯޓ...
ނާޒިމާ އަލީ
އިރުމަތީ ގުދުސްގެ ޝައިޚް ޖައްރާގައި ހުންނަ އދ. ގެ ފަލަސްތީނު ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދޭ އެޖެންސީ (އަންރުވާ) ގެ ކޮމްޕައުންޑުގައި އިސްރާއީލުގެ އަސްކަރީ މަރުކަޒެއް ގާއިމުކުރުމަށް އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ނިންމި ނިންމުން އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފިއެވެ. މި ކޮމްޕައުންޑަކީ މިއަހަރުގެ ޖެނުއަރީ މަހު އިސްރާއީލުން އަތްގަދަކޮށްފައިވާ ތަނެކެވެ. އިސްރާއީލްގެ އަމަލު ކުށްވެރިކުރަށްވައި ސެކްރެޓަރީ ޖެނެރަލްގެ ތަރުޖަމާނު ނެރުއ...
ޔުމްނާ ޢަލީ
ގާޒާގެ ބަންދު އުވާލުމަށް ދަތުރުކުރި ފްލޮޓިލާގެ އެކްޓިވިސްޓުންތަކެއް ހައްޔަރުކޮށް، އެމީހުންގެ އަތްފައި ބަނދެ ބިންމަތީގައި ބައިތިއްބާފައި ތިއްބާ މަލާމާތްކުރާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް އިސްރާއީލުގެ ހަރުކަށި ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރު ބެން ގަވީރު އާންމުކުރުމާ ގުޅިގެން ބައިނަލްއަގުވާމީ މުޖުތަމައުގެ ބޮޑު ނުރުހުމެއް އިސްރާއީލަށް އަމާޒުވެއްޖެއެވެ. ބެން ގަވީރު އެކްސްގައި ހިއްސާކުރި މި ވީޑިއޯއިން ފެންނަނީ ގާޒާއަށް އެހީ ހިފައިގެން ދަތުރުކުރި އުޅަނދުތައް ހުއްޓުވައި، އަޝްދޫދު ބަނދަރުގައި...
ނާޒިމާ އަލީ
ޕާކިސްތާނުގައި މަގުބޫލުކަން ހޯދާފައިވާ އުމުރުން 17 އަހަރުގެ ޓިކްޓޮކް ތަރި ސަނާ ޔޫސުފް މަރާލި މައްސަލާގައި، އެކަން ކުރި މީހާގެ މައްޗަށް މަރުގެ އަދަބު އިއްވައިފިއެވެ. އިސްލާމްއާބާދު ކޯޓުން މި ހުކުމް އިއްވާފައިވަނީ އުމުރުން 23 އަހަރުގެ އުމަރު ހަޔާތުގެ މައްޗަށެވެ. މިދިޔަ އަހަރުގެ ޖޫން މަހު ހިނގި މި ހާދިސާގައި، އުމަރު ހަޔާތު ވަނީ ސަނާގެ ގެއަށް ވަދެ އޭނާގެ ގަޔަށް ބަޑިޖަހައި މަރާލާފައެވެ. ތަހުގީގުގައި އުމަރު ވަނީ އޭނާގެ ކުށަށް އިއުތިރާފުވެފައެވެ. އޭނާ ބުނި […]
ނާޒިމާ އަލީ
އެމެރިކާގެ ސެން ޑިއޭގޯގައި ހުންނަ އިސްލާމިކް ސެންޓަރަށް މިދިޔަ ހޯމަ ދުވަހު ދިން ބަޑީގެ ހަމަލާއެއްގައި، އެ ތަނުގެ ސެކިއުރިޓީ ބަލަހައްޓަން ހުރި އަމީން އަބްދުﷲ އާއި އިތުރު ދެ މީހަކު ޝަހީދުވެފައިވާއިރު، އަށް ކުދިންގެ ބައްޕައެއް ކަމަށްވާ އަމީން އަބްދުﷲ ދެއްކި ހިތްވަރުގަދަ ކަމުގެ ސަބަބުން، މި ހަމަލާގައި މަރުވި މީހުންގެ އަދަދު މިއަށްވުރެ އިތުރުވުން ހުއްޓުވުނު ކަމަށް ސެން ޑިއޭގޯގެ ފުލުހުން ވަނީ ބުނެފައެވެ. ސެން ޑިއޭގޯގެ ޕޮލިސް ޗީފް ސްކޮޓް ވޯލް ވިދާޅުވީ، […]
ނާޒިމާ އަލީ
ބައިނަލްއަގުވާމީ ޖިނާއީ ކޯޓު (އައިސީސީ) އިން އޭނާ ހައްޔަރުކުރުމުގެ ސިއްރު އަމުރެއް ނެރެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އިސްރާއީލުގެ ޖައްބާރު ފިނޭންސް މިނިސްޓަރު ބެޒަލެލް ސްމޮޓްރިޗް އަންގާރަ ދުވަހު ބުނެފިއެވެ. ސްމޮޓްރިޗް މިހެން ބުނީ ޔެޑިއޮތް އަހްރޮނޮތް ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. ސްމޮޓްރިޗް ބުނި ގޮތުގައި ހޭގްގައި ހުންނަ އެ ކޯޓުގެ ޕްރޮސެކިއުޓަރު އޭނާއާ ދެކޮޅަށް ސިއްރު ހައްޔަރު އަމުރެއް ނެރުމަށް އެދިފައިވާ ކަމުގެ މައުލޫމާތު އޭނާއަށް ވަނީ ލިބ...
ނާޒިމާ އަލީ