މައި ޚަބަރަށް ދިޔުމަށް

ބައިނަލްއަގުވާމީ

3,699 ޝާއިޢުކުރެވިފައިވާ ލިޔުން

ބައިނަލްއަގުވާމީ - 43 ވަނަ ޞަފްޙާ

އިސްރާއީލުގެ ޖައްބާރު މިނިސްޓަރު ބެން-ގަވީރު އަނެއްކާވެސް އަޤްޞާ މިސްކިތުގެ ހުރުމަތް ކަނޑައިފި

އިސްރާއީލުގެ ޖައްބާރު މިނިސްޓަރު ބެން-ގަވީރު އަނެއްކާވެސް އަޤްޞާ މިސްކިތުގެ ހުރުމަތް ކަނޑައިފި

އިސްރާއީލުގެ ޖައްބާރު ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރު ބެން-ގަވީރު، އިސްތިޢުމާރުކޮށްފައިވާ އިރުމަތީ ގުދުސްގެ ބާބުލް އަސްބާޠު ސަރަހައްދުގައި ހުންނަ އަލް-އަޤްޞާ މިސްކިތުގެ ގޯތިތެރެއަށް ބުރާސްފަތި ދުވަހު ވަދެގަނެ އެ މިސްކިތުގެ ހުރުމަތް އަނެއްކާވެސް ކަނޑައިފިއެވެ. މީގެ ކުރީންވެސް އެކި ފަހަރުމަތިން އަގްސާ މިސްކިތުގެ ހުރުމަތް ކަނޑާފައިވާ އިންސާނިއްޔަތުކަމެއްނެތް ބެން-ގަވީރު، މި ހަރަކާތް ހިންގާފައިވަނީ ޔަހޫދީ ނޭޝަނަލިސްޓުން ‘ޖެރޫސަލަމް ޑޭ’ ފާހަގަކުރުމަށް ގުދުސްގެ މަގުތަކުގައި ހިނގާލުން ބާއްވަމުނ...

ނާޒިމާ އަލީ
ޣައްޒާގެ ދެބެއިން އިމާރާތްތަކުގެ ކުނިބުނިން ގައު އުފައްދައިގެން ތިމާވެށީގެ އެވޯޑެއް ހޯދައިފި

ޣައްޒާގެ ދެބެއިން އިމާރާތްތަކުގެ ކުނިބުނިން ގައު އުފައްދައިގެން ތިމާވެށީގެ އެވޯޑެއް ހޯދައިފި

ޣައްޒާގައި އިސްރާއީލުން ދެމުންދާ ލާއިންސާނީ ހަމަލާތަކުގައި ސުންނާފަތިވެފައިވާ އިމާރާތްތަކުގެ ގައު ކުނޑި ބޭނުންކޮށްގެން، އަލުން ބޭނުންކުރެވޭނެ ގައު އުފެއްދި ޣައްޒާގެ ދެބެއިންނަށް ބައިނަލްއަގުވާމީ ތިމާވެށީގެ ދާއިރާގެ ޝަރަފުވެރި އެވޯޑެއް ލިބިއްޖެއެވެ. ޒުވާނުންނަށް އަމާޒުކޮށްގެން ދޭ “އާތު ޕްރައިޒް” ގެ މެދުއިރުމަތީ ސަރަހައްދުގެ ވަނަ ހޯދާފައިވަނީ އުމުރުން 17 އަހަރުގެ ތާލާ މޫސާ އާއި 15 އަހަރުގެ ފަރަހް މޫސާއެވެ. އިސްރާއީލުގެ ހަމަލާތަކުގައި ގެދޮރު ގެއްލި، މިހާރު ފޭލިގެއެއްގައި ދިރިއުޅެމުންދާ މި ދެބެއިން...

ނާޒިމާ އަލީ
ނަތަންޔާހޫ ސިއްރުން ޔޫއޭއީއަށް ގޮސް އެގައުމުގެ ރައީސާ ބައްދަލުކުރި: ރިޕޯޓު

ނަތަންޔާހޫ ސިއްރުން ޔޫއޭއީއަށް ގޮސް އެގައުމުގެ ރައީސާ ބައްދަލުކުރި: ރިޕޯޓު

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ސިއްރު ދަތުރެއްކޮށް އެ ގައުމުގެ ރައީސްއާ ބައްދަލުކޮށްފައިވާކަމަށް އިޒްރޭލުގެ ބޮޑުވަޒީރުގެ އޮފީހުން ބުނެފިއެވެ. ބުދަ ދުވަހު ބޮޑުވަޒީރުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އީރާނާއެކު ހަނގުރާމަ ހިނގަމުންދިޔަ ދަނޑިވަޅެއްގައި ނަތަންޔާހޫ ޔޫއޭއީއަށް ގޮސް އެ ގައުމުގެ ރައީސް ޝައިޚް މުޙައްމަދު ބިން ޒައިދު އާލް ނަހްޔާންއާ ބައްދަލުކޮށްފައިވާ ކަމަށެވެ. މިއީ މި ދެ މީހުން ބައްދަލުކުރިކަން ރަސްމީ އިދާރާއަކުން ކަށަވަ...

ނާޒިމާ އަލީ
އީރާން ހަނގުރާމައަށް އެމެރިކާއިން ކުރި ހޭދަ 29 ބިލިއަން ޑޮލަރަށްވުރެ އިތުރު

އީރާން ހަނގުރާމައަށް އެމެރިކާއިން ކުރި ހޭދަ 29 ބިލިއަން ޑޮލަރަށްވުރެ އިތުރު

އީރާނާ ދެކޮޅަށް ކުރި ހަނގުރާމައިގައި އެމެރިކާ ސަރުކާރުން ކުރި ހޭދަ 29 ބިލިއަން ޑޮލަރާ ގާތްކުރާ ކަމަށް ޕެންޓަގަނުން ހާމަކޮށްފިއެވެ. ނަމަވެސް އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި އެހެން ވަސީލަތްތަކަށް ލިބުނު ގެއްލުން ހިމަނައިފިނަމަ މި އަދަދު މިއަށްވުރެ މާ ބޮޑުވާނެކަން ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. ކެޕިޓަލް ހިލްގައި ބޭއްވި ބަޖެޓް ކޮމިޓީގެ އަޑުއެހުމެއްގައި ހާމަކުރި މި އަދަދަކީ، މީގެ ދެ ހަފުތާ ކުރިން ޕެންޓަގަނުން އަންދާޒާކުރި އަދަދަށްވުރެ 4 ބިލިއަން ޑޮލަރު އިތުރު އަދަދެކެވެ. 2027 ވަނަ […]

ނާޒިމާ އަލީ
އީރާނާއި ދެކޮޅު ހަނގުރާމާގައި ސައުދީން އީރާނަށް ސިއްރު އަސްކަރީ ހަމަލާތަކެއްދިން: ރިޕޯޓު

އީރާނާއި ދެކޮޅު ހަނގުރާމާގައި ސައުދީން އީރާނަށް ސިއްރު އަސްކަރީ ހަމަލާތަކެއްދިން: ރިޕޯޓު

އީރާނާއި ދެކޮޅަށް އެމެރިކާ އާއި އިސްރާއީލުން ފެބްރުއަރީ 28 ގައި ފެށި ހަނގުރާމާގައި ދުޝްމަނުންނަށް ވާގިވެރިވާ ކޮންމެ ގައުމަކީ އަމާޒެއްކަމަށް އީރާނުން ކަނޑައެޅި އުސޫލުގެ ދަށުން އެމެރިކާގެ ބޭސްތަކާއި ސިފައިން ތިބި ސަރަހައްދީ ގައުމުތަކަށް ދިން ހަމަލާތަކުގެ ތެރެއިން ސައުދީ އަރަބިއްޔާއަށް އަމާޒުވި ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން އެ ގައުމުން އީރާނަށް ސިއްރު އަސްކަރީ ހަމަލާތަކެއް ދީފައިވާ ކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ. ހުޅަނގުގެ އިސް ދެ އޮފިޝަލަކާއި އީރާނުގެ ދެ އޮފިޝަލަކާ ހަވާ...

ނާޒިމާ އަލީ
ޗައިނާގެ އެޖެންޓެއްގެ ގޮތުގައި މަސައްކަތްކުރި ކަމަށް އިއުތިރާފުވެ ކެލިފޯނިއާގެ މޭޔަރަކު އިސްތިއުފާ ދެއްވައިފި

ޗައިނާގެ އެޖެންޓެއްގެ ގޮތުގައި މަސައްކަތްކުރި ކަމަށް އިއުތިރާފުވެ ކެލިފޯނިއާގެ މޭޔަރަކު އިސްތިއުފާ ދެއްވައިފި

އެމެރިކާގެ ކެލިފޯނިއާގެ އަރްކޭޑިއާ ސިޓީގެ މޭޔަރު އައިލީން ވަންގް، ޗައިނާ ސަރުކާރުގެ ޣައިރު ގާނޫނީ އެޖެންޓެއްގެ ގޮތުގައި މަސައްކަތް ކުރި ކަމަށް އިއުތިރާފުވެ، މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. ފެޑެރަލް ޕްރޮސެކިއުޓަރުން ހާމަކުރި ގޮތުގައި، އުމުރުން 58 އަހަރުގެ ވަންގް ވަނީ އެމެރިކާގެ ގާނޫނާ ހިލާފަށް ބޭރު ގައުމެއްގެ އެޖެންޓެއްގެ ގޮތުގައި ހަރަކާތްތެރިވި ކަމުގެ ދައުވާއަށް އިއުތިރާފުވުމަށް އެއްބަސްވެފައެވެ. އެފް.ބީ.އައިގެ ޑައިރެކްޓަރު ކޭޝް ޕަޓޭލް ވިދާޅުވި ގޮތުގައި، ވަންގް ވަނީ 2020 އިން 2022 އާ ދެމެދު...

ނާޒިމާ އަލީ
''ޓްރަމްޕް ފޯނު''ގެ ނަމުގައި ހިންގި ބޮޑު އޮޅުވާލުމެއްގައި 59 މިލިއަން ޑޮލަރު އަތުލައިފި

''ޓްރަމްޕް ފޯނު''ގެ ނަމުގައި ހިންގި ބޮޑު އޮޅުވާލުމެއްގައި 59 މިލިއަން ޑޮލަރު އަތުލައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ނަން ބޭނުންކޮށްގެން އުފައްދާނެ ކަމަށް ބުނި “ޓްރަމްޕް ފޯނު” ގެ ނަމުގައި ހިންގި ބޮޑު އޮޅުވާލުމެއްގައި، އޭނާގެ ސަޕޯޓަރުންގެ އަތުން 59 މިލިއަން އެމެރިކާ ޑޮލަރު އަތުލާފައިވާ ކަމަށް ބޮޑެތި ތުހުމަތުތަކެއް ފެންމަތިވެއްޖެއެވެ. “ޓްރަމްޕް މޮބައިލް ޓީ1” (Trump Mobile T1) ގެ ނަމުން ނަންދީފައިވާ މި ފޯނަކީ، 2025 ވަނަ އަހަރުގެ ޖޫން މަހު ޑޮނަލްޑް ޓްރަމްޕް ޖޫނިއާ އަދި އެރިކް ޓްރަމްޕް އިސްވެ ތިއްބަވައި އިޢުލާން ކުރެއްވި އުފެއްދުމެކެވެ. […]

ނާޒިމާ އަލީ
އަޅުކަންކުރާ ތަންތަނާއި ސްކޫލްތައް ކައިރީގައި ހުރި ރާވިއްކާ ފިހާރަތައް ބަންދުކުރަން ޓެމިލް ނާޑޫގެ ސީއެމްގެ އަމުރެއް

އަޅުކަންކުރާ ތަންތަނާއި ސްކޫލްތައް ކައިރީގައި ހުރި ރާވިއްކާ ފިހާރަތައް ބަންދުކުރަން ޓެމިލް ނާޑޫގެ ސީއެމްގެ އަމުރެއް

އިންޑިއާގެ ޓެމިލް ނާޑޫގެ އައު ޗީފް މިނިސްޓަރު ސީ. ޖޯސެފް ވިޖޭ (ތަލަޕަތީ ވިޖޭ)، އޭނާގެ ސަރުކާރުން ހިންގާ 717 ރާވިއްކާ ފިހާރައެއް (ޓަސްމެކް އައުޓްލެޓް) ބަންދުކުރުމަށް މިއަދު އަމުރުކުރައްވައިފިއެވެ. މިއީ މިދިޔަ މެއި 10 ވަނަ ދުވަހު މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ވިޖޭ ނެރުއްވި ފުރަތަމަ ބޮޑު ސިޔާސީ ނިންމެވުމެވެ. މިއަދު، 12 މެއި 2026 ގައި ނެރުއްވި މި އެގްޒެކެޓިވް އަމުރުގެ ދަށުން ބަންދުކުރަން ނިންމާފައިވަނީ އަޅުކަންކުރާ ތަންތަނާއި، ތައުލީމީ މަރުކަޒުތަކާއި، އަދި ބަސް ހުއްޓިތަކާ […]

ނާޒިމާ އަލީ
ފެންގަނޑެއްގެ ކުލަ ބަދަލުކުރުމަށް ޓްރަމްޕް 6.9 މިލިއަން ޑޮލަރު ޚަރަދުކޮށްފި

ފެންގަނޑެއްގެ ކުލަ ބަދަލުކުރުމަށް ޓްރަމްޕް 6.9 މިލިއަން ޑޮލަރު ޚަރަދުކޮށްފި

އެމެރިކާގެ ވެރިރަށް ވޮޝިންގޓަންގައި ހުންނަ އެންމެ ތާރީޚީ އަދި މަޝްހޫރު އެއް ބިނާ ކަމަށްވާ ލިންކަން މެމޯރިއަލްގެ ކުރިމަތީގައި އޮންނަ “ރިފްލެކްޓިންގ ޕޫލް” ނުވަތަ ފެންގަނޑުގެ ކުލަ ބަދަލުކުރުމަށް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ކުރި ޚަރަދުތަކާއި އެ މަސައްކަތް ހަވާލުކުރި ގޮތާ މެދު ސިޔާސީ ގޮތުން ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވެއްޖެއެވެ. މި މަޝްރޫޢަކީ އެމެރިކާއަށް 250 އަހަރު ފުރުމުގެ މުނާސަބަތަށް ތައްޔާރުވުމުގެ ގޮތުން، ޓްރަމްޕްގެ ސަރުކާރުން ވަރަށް އަވަސް ދުވެއްޔެއްގައި ކުރިއަށް ގެންދިޔަ މަރާމާތުގެ މަސައ...

ނާޒިމާ އަލީ
އިނގިރޭސި ބޮޑުވަޒީރުގެ އިސްތިއުފާއަށް ގިނަ އަދަދެއްގެ މަޖިލިސް މެންބަރުން ގޮވާލައްވައިފި

އިނގިރޭސި ބޮޑުވަޒީރުގެ އިސްތިއުފާއަށް ގިނަ އަދަދެއްގެ މަޖިލިސް މެންބަރުން ގޮވާލައްވައިފި

މިދިޔަ ހަފުތާގައި އިނގިރޭސިވިލާތުގައި ބޭއްވި އިންތިޚާބުތަކުން ލޭބަރ ޕާޓީއަށް ކުރިމަތިވި ބޮޑު ނާކާމިޔާބީއާ ގުޅިގެން، އެ ޤައުމުގެ ބޮޑުވަޒީރު ކީރް ސްޓާމަރ އިސްތިއުފާ ދެއްވުމަށް އެ ޕާޓީގެ 50 އަށްވުރެ ގިނަ މަޖިލިސް މެންބަރުން ގޮވާލައްވައިފިއެވެ. ހޯމަ ދުވަހު މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ބޮޑުވަޒީރު ކީރް ސްޓާމަރ މަގާމުން ވަކިވުމަށް އެދި ޕާޓީގެ ތެރެއިން ދަނީ ބޮޑެތި ފިއްތުންތަކެއް ކުރިމަތިވަމުންނެވެ. ނަމަވެސް، ހޯމަ ދުވަހުގެ ކުރީކޮޅު ދެއްވި ތަޤުރީރެއްގައި ސްޓާމަރ ވިދާޅުވީ، އޭނާ މަގާމުން ދޫކޮށްލު...

ނާޒިމާ އަލީ
ފިލިޕީންސްގެ ނައިބު ރައީސް ސާރާ ޑުޓާޓޭ ދެވަނަ ފަހަރަށް އިމްޕީޗް ކޮށްފި

ފިލިޕީންސްގެ ނައިބު ރައީސް ސާރާ ޑުޓާޓޭ ދެވަނަ ފަހަރަށް އިމްޕީޗް ކޮށްފި

ފިލިޕީންސްގެ ހައުސް އޮފް ރިޕްރެޒެންޓޭޓިވްސް އިން އެ ގައުމުގެ ނައިބު ރައީސް ސާރާ ޑުޓާޓޭ ދެވަނަ ފަހަރަށް އިމްޕީޗް ކުރުމަށް ފާސްކޮށްފިއެވެ. ހޯމަ ދުވަހު ބޭއްވި މި ވޯޓުގައި، ހާޒިރުވެ ތިއްބެވި 290 މެންބަރުންގެ ތެރެއިން 257 މެންބަރުން ވަނީ ޑުޓާޓޭ މަގާމުން ވަކިކުރުމަށް ތާއީދުކޮށް ވޯޓު ދެއްވާފައެވެ. މިއީ މައްސަލަ ސެނެޓަށް ފޮނުވުމަށް ބޭނުންވާ ތިންބައިކުޅަ އެއްބައިގެ ވޯޓަށްވުރެ މާ ބޮޑު އަޣުލަބިއްޔަތެކެވެ. ނައިބު ރައީސް ޑުޓާޓޭއާ ދެކޮޅަށް ހުށަހެޅިފައިވާ މައިގަނޑު ތުހުމަތުތަކުގެ ތެރޭގައި ދައުލަތުގެ […]

ނާޒިމާ އަލީ
ޣައްޒާ ގަތުލުއާންމާއި ގުޅޭ ޑޮކިއުމެންޓްރީ އަށް ބާފްޓާ އެވޯޑް، ބީބީސީއަށް ބޮޑު ފާޑުކިޔުމެއް

ޣައްޒާ ގަތުލުއާންމާއި ގުޅޭ ޑޮކިއުމެންޓްރީ އަށް ބާފްޓާ އެވޯޑް، ބީބީސީއަށް ބޮޑު ފާޑުކިޔުމެއް

ފަލަސްތީނުގެ ޣައްޒާގައި ޔަހޫދީ ސިފައިން ހިންގަމުންދާ ލޭއޮހޮރުވުމުގެ ތެރޭ ސިއްހީ ދާއިރާގެ މަސައްކަތްތެރިންނަށް ދެމުންދާ ހަމަލާތައް ތިލަކޮށްދޭ ޑޮކިއުމެންޓްރީ “ޣައްޒާ: ޑޮކްޓާޒް އަންޑާ އެޓޭކް” ވަނީ ބާފްޓާ ޓީވީ އެވޯޑްސްގެ ކަރަންޓް އެފެއާޒް ކެޓަގަރީ ކާމިޔާބުކޮށްފިއެވެ. ހޮނިހިރު ދުވަހު ލަންޑަންގެ ރޯޔަލް ފެސްޓިވަލް ހޯލްގައި ބޭއްވި ހަފްލާގައި ފިލްމަށް ލިބުނު ކާމިޔާބީ ފާހަގަކުރި ނަމަވެސް، ފިލްމު ހަދައިދިން ފަރާތްތަކުން ވަނީ ހަފްލާ ތެރޭ ހަރުކަށިކަމާ އެކު ބީބީސީ ކުށްވެރިކޮށް ވަރަށް ބޮޑަށް ފާޑުކިޔައި ވާހަކަ...

ނާޒިމާ އަލީ
އެމެރިކާގެ ހުށަހެޅުމަށް އީރާނުން ދިން ޖަވާބު މިފަހަރުވެސް ޓްރަމްޕަށް ކަމަކުނުދިޔަ

އެމެރިކާގެ ހުށަހެޅުމަށް އީރާނުން ދިން ޖަވާބު މިފަހަރުވެސް ޓްރަމްޕަށް ކަމަކުނުދިޔަ

އެމެރިކާ އާއި އިސްރާއީލުން އިސްވެ ފެބްރުއަރީ 28 ގައި އީރާނާއި ދެކޮޅަށް ފެށި ހަނގުރާމަ ހުއްޓާލުމަށް އެމެރިކާއިން އެންމެ ފަހުން ހުށަހެޅި ހުށަހެޅުމަށް އީރާނުން ދިން ޖަވާބު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާދީއްތަ ދުވަހު ގަބޫލުނުކުރައްވާނެކަމަށް ވިދާޅުވެއްޖެއެވެ. ރައީސް ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ ‘ޓްރޫތު ސޯޝަލް’ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އީރާނުގެ މަންދޫބުން ފޮނުވި ޖަވާބު ކިޔުއްވާފައިވާ ކަމަށާއި، އެ ޖަވާބު ކަމުނުދާ ކަމަށެވެ. “އީރާނުގެ މަންދޫބުން ކަމަށް ބުނާ ފަރާތްތަކ...

ނާޒިމާ އަލީ
ތަމަޅަ ސުޕަސްޓާރު ވިޖޭ އިންޑިއާގެ ޓެމިލް ނާޑޫގެ ޗީފް މިނިސްޓަރުކަމުގެ ހުވާކުރައްވައިފި

ތަމަޅަ ސުޕަސްޓާރު ވިޖޭ އިންޑިއާގެ ޓެމިލް ނާޑޫގެ ޗީފް މިނިސްޓަރުކަމުގެ ހުވާކުރައްވައިފި

އިންޑިއާގެ ތަމަޅަ ފިލްމީ ދާއިރާގެ މަޝްހޫރު ތަރި، ސީ. ޖޯސެފް ވިޖޭ (ތަލަޕަތީ ވިޖޭ) އިންޑިއާގެ ތަމަޅަނާޑޫ ސްޓޭޓްގެ އާ ޗީފް މިނިސްޓަރުކަމުގެ ހުވާ އިއްޔެ ކުރައްވައިފިއެވެ. ވިޖޭ މި މަގާމުގެ ހުވާ ކުރައްވާފައިވަނީ އިންތިޚާބަށްފަހު އެ ސްޓޭޓްގެ ސިޔާސީ މަސްރަހުގައި އުފެދުނު ނުތަނަވަސްކަމާއި ދެބަސްވުންތަކަށް ނިމުމެއް ގެނައުމަށްފަހުގައެވެ. އުމުރުން 51 އަހަރުގެ ވިޖޭ ދާދިފަހުން އުފެއްދި “ތަމަޅަގަ ހެޓްރީ ކަޒަގަމް” (ޓީވީކޭ) ޕާޓީން ވަނީ މިދިޔަ ހަފުތާގައި ބޭއްވި އިންތިޚާބުގައި 108 ގޮނޑި ކާމިޔާބުކޮށްފައެވެ. ޖުމްލަ...

ނާޒިމާ އަލީ
ފަލަސްތީނު އާއިލާއަކަށް ބިރުދައްކައި، އެ އާއިލާގެ ބައްޕަގެ މަހާނަކޮނެ ހަށިގަނޑު ނެގުމަށް މަޖުބޫރުކުރުވައިފި

ފަލަސްތީނު އާއިލާއަކަށް ބިރުދައްކައި، އެ އާއިލާގެ ބައްޕަގެ މަހާނަކޮނެ ހަށިގަނޑު ނެގުމަށް މަޖުބޫރުކުރުވައިފި

އިސްރާއީލުން ފޭރިގެންފައިވާ ހުޅަނގު އައްސޭރީގައި، އިސްރާއީލުގެ ހަރުކަށި ޔަހޫދީންތަކެއް ފަލަސްތީނުގެ އާއިލާއަކަށް ބިރުދައްކައި، އެ އާއިލާގެ ބައްޕަގެ ހަށިގަނޑު ވަޅުލާފައި އޮތް މަހާނައިން ނެގުމަށް މަޖުބޫރުކުރުވައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ ޖެނީން ކައިރީގައި އޮންނަ އަސާސާ އަވަށުގެ ގަބުރުސްތާނެއްގައެވެ. މިއީ ޖައްބާރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުން އަލުން އާބާދުކޮށްފައިވާ އިސްރާއީލުގެ ވަޒަންވެރިންގެ އާބާދީއަކާ ކައިރީގައި އޮންނަ ސަރަހައްދެކެވެ. އުމުރުން 80 އަހަރުގެ ހުސައިން އަސާސާ ނިޔާވީ މިދިޔ...

ނާޒިމާ އަލީ