އެމެރިކާއިން އީރާނުގެ ކަރަންޓު އުފައްދާ އިންފްރާސްޓްރަކްޗާއަށް ހަމަލާދީފިނަމަ، ބާބުލް މަންދަބު ކަނޑުއޮޅި ބަންދުކުރުމަށް ތައްޔާރުވުމަށް އީރާނުން ޔަމަނުގެ ހޫޘީންނަށް އަންގާފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ. ދުނިޔޭގެ ވިޔަފާރީގެ 12 އިންސައްތަ ހިއްސާކުރާ މި މުހިންމު މަގު ބަންދުކުރުމަކީ ދުނިޔޭގެ އިގްތިސާދަށް އިއާދަނުކުރެވޭ ފަދަ ބޮޑު ގެއްލުމެއް ލިބިދާނެ ކަމެއް ކަމަށް މާހިރުން އިންޒާރުދެއެވެ. މި މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، ހުރުމުޒު ކަނޑުއޮޅިއާއި ބާބުލް މަންދަބު އެއްފަހަރާ ބަންދުވެއ...
ނާޒިމާ އަލީ
މެދުއިރުމަތީގެ ސަރަޙައްދުން އެމެރިކާގެ ސިފައިން ފޭބުމަށް ދެކޮޅު ހަދާނަމަ، މި ސަރަޙައްދުން އެންމެ ތެޔޮ ތިއްކެއް ނުވަތަ ގޭސް ފޮދެއް ވެސް ބޭރުވިޔަ ނުދޭނެ ކަމަށް ބުނެ އީރާނުން ވަރުގަދަ އިންޒާރެއް ދީފިއެވެ. އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ސަރަޙައްދުގެ ހަކަތައިގެ ވަސީލަތްތަކަކީ އެންމެންނަށް ބޭނުންކުރެވޭނެ އެއްޗަކަށް ވާންޖެހޭނެ ކަމަށެވެ. އަދި އެމެރިކާގެ އަސްކަރީ މަނަވަރުތަކާއި ސިފައިން ސަރަޙައްދުގައި ތިބޭނަމަ، “އެންމެންނަށް ނުލި...
ނާޒިމާ އަލީ
ސައުދީ އަރަބިއްޔާއިން 47.2 މިލިއަން އެމެރިކާ ޑޮލަރު ޑްރޯން، ޓައިވާނުން ގަނެފިއެވެ. ޓައިވާނުގެ މިނިސްޓްރީ އޮފް ފައިނޭންސްއިން އެންމެ ފަހުން އާންމުކުރި ވިޔަފާރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ޖޫން 2026 ގައި ސައުދީ އަރަބިއްޔާއިން ވަނީ 47.2 މިލިއަން އެމެރިކާ ޑޮލަރު (1.52 ބިލިއަން ނިއު ޓައިވާން ޑޮލަރު) ގެ ޑްރޯން ޓައިވާނުން ގަނެފައެވެ. މިއީ ޓައިވާނުގެ ޑްރޯން އުފައްދާ ސިނާއަތުގައި މިހާތަނަށް ރެކޯޑު ކުރެވުނު އެންމެ ބޮޑު މުއާމަލާތެވެ. މި މުއާމަލާތަކީ ޖޫން 2023 ގައި […]
އަޙްމަދު ވަހީދު
ގަލްފުގެ ސަރަހައްދީ މަސްލަހަތު ނުހަނު ބޮޑަށް ގޯސްވެފައިވާ މިދަނޑިވަޅުގައި، އެމެރިކާގެ އަސްކަރިއްޔާއަށް އެއްވެސް ބާވަތެއްގެ އެއްބާރުލުމެއް ނުވަތަ ލޮޖިސްޓިކް އެހީތެރިކަމެއް ފޯރުކޮށްދޭ ގައުމުތަކަކީ އީރާނާ ދެކޮޅަށް ހަނގުރާމަ އިއުލާނުކުރާ ގައުމުތަކެއްގެ ގޮތުގައި ބަލާނެ ކަމަށް ބުނެ އީރާނުން ވަރުގަދަ އިންޒާރެއް ދީފިއެވެ. އީރާނުގެ އަސްކަރިއްޔާގެ ޚާތަމުލް އަންބިޔާ ސެންޓްރަލް ހެޑްކުއާޓާާސްގެ ތަރުޖަމާނު ކާނަލް އިބްރާހީމް ޒުލްފަގާރީ މިއަދު ވިދާޅުވީ، ސަރަހައްދީ ގައުމުތަކުގެ ވެރިންނަށް ދޭ އިންޒާރަކީ އެމެރިކާގ...
އަޙްމަދު ވަހީދު
ސައުދީ އަރަބިއްޔާ އިސްވެ އޮންނަ ކޯލިޝަން ފައުޖުތަކުން މިއަދު ޔަމަނުގެ ހޫޘީންގެ ކޮންޓްރޯލްގެ ދަށުގައިވާ ސަންޢާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފިއެވެ. މިއާއެކު 2022 ވަނަ އަހަރުން ފެށިގެން ދެ ފަރާތުގެ ދެމެދުގައި އޮތް ހަނގުރާމަ ހުއްޓާލުމުގެ ނުވަތަ މަސްލަހަތު ހިފެހެއްޓުމުގެ މަރުހަލާ މިވަނީ ރަސްމީކޮށް ނިމުމަކަށް އައިސްފައެވެ. ސައޫދީ ކޯލިޝަނުން ދިން މި ހަމަލާތައް އަމާޒުކޮށްފައިވަނީ ސަންޢާ އެއާޕޯޓުގެ ސަރަހައްދުގައި ހުރި ހޫޘީންގެ އަސްކަރީ މަރުކަޒުތަކަށެވެ. ރިޕޯޓްތައް ބުނާގޮތުގައ...
ނާޒިމާ އަލީ
އެމެރިކާއާއި އީރާނާ ދެމެދު އޮތް މަސްރަހު ނުތަނަވަސްވެ، ދެގައުމުގެ ދެމެދުގައި މިދިޔަ ޖޫން މަހުގެ 15 ވަނަ ދުވަހު ގާއިމުކުރި ސުލްހައިގެ އެއްބަސްވުން މުގުރާލައި، އެމެރިކާއިން އީރާނުގެ އެކި ސަރަހައްދުތަކަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފިއެވެ. ހޯމަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ދިން މި ހަމަލާތަކަކީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސީދާ އަމުރަށް ދީފައިވާ ހަމަލާތަކެކެވެ. މި ހަމަލާތަކުގައި އީރާނުގެ ހޫޒެސްތާން ޕްރޮވިންސްގެ މަހްޝަހްރު ކައުންޓީގައި ހުންނަ، ދަނޑ...
ނާޒިމާ އަލީ
ވިލިމާލޭގައި ދެ ގްރޫޕެއްގެ މެދުގައި ހިނގި މާރާމާރީއެއްގައި ހަތަރު މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ ވިލިމާލޭ ކަނދޮޅުމާގޯޅި ތެރޭގައެވެ. ފުލުހުންގެ އިދާރާއިން ހާމަކުރި ގޮތުގައި، މި މާރާމާރީގެ ރިޕޯޓް ލިބިފައިވަނީ 2026 ޖުލައި 10 ވަނަ ދުވަހުގެ މެންދުރުފަހު 15:12 އެހައިކަންހާއިރުއެވެ. މި ހާދިސާގައި އަނިޔާވި ހަތަރު މީހުންނަށްވެސް މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. މި މާރާމާރީގައި އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސްފައިވަނީ 18 އަހަރު، 22 އަހަ...
ޔުމްނާ ޢަލީ
ކޮލަމްބިއާގެ ރައީސް ގުސްތާވޯ ޕެޓްރޯގެ ހަގު ދަރިކަނބަލުން އެންޓޮނެއްލާ ޕެޓްރޯ، އޭނާގެ ހައިސްކޫލް ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ފަލަސްތީނުގެ ދިދަ އުފުއްލަވައި، ފަލަސްތީނުގެ ރައްޔިތުންނާ މެދު އޮތް ތާއީދު ހާމަކުރައްވައިފިއެވެ. ބޮގޮޓާގެ ފްރެންޗް ހައިސްކޫލް އިން ދަސްވެނިވި އެންޓޮނެއްލާ، ފަލަސްތީނުގެ ދިދަ ހިއްޕަވައިގެން ސްޓޭޖްމަތީގައި ހުންނަވާ މަންޒަރު ފެންނަ ވީޑިއޯތަކާއި ފޮޓޯތައް މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް އާންމުވެފައެވެ. މި ހަރަކާތް ހިނގާފައިވަނީ މި ޖުލައި މަހުގެ 6 އާއި 7 އާ ދެމެދު...
ނާޒިމާ އަލީ
އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ އުދުވާނާއި ނަސްލުނައްތާލުމުގެ ހަނގުރާމައިގެ ބިރުވެރިކަމުން ސަލާމަތްވެ، ބްރެޒިލަށް ހިޖުރަކުރި އުމުރުން 15 އަހަރުގެ ފަލަސްތީނުގެ ދަރިވަރު، ތާލާ މުޙައްމަދު އަވަދު ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ. ތާލާ ވަނީ ބްރެޒިލްގެ ސައޮ ޕައުލޯ ސްޓޭޓުގެ ސަރުކާރު ސުކޫލުތަކަށް އަމާޒުކޮށްގެން ބޭއްވި މެތަމެޓިކްސް އޮލިމްޕިއާޑް (އޯއެމްއޭއެސްޕީ 2026) ގެ ދެވަނަ މަރުހަލާގައި ރަން މެޑަލް ހާސިލުކޮށްފައެވެ. ޣައްޒާގައި ތަހައްމަލުކުރި ހަނގުރާމައިގެ ހިތްދަތި ދުވަސްތަކަށްފަހު ބްރެޒިލ...
ނާޒިމާ އަލީ
ފަލަސްތީނުގެ ހިފާފައިވާ ބިންތަކުގައި އިޒްރޭލުން ހަދާފައިވާ އާބާދުވުންތަކުން އުފައްދާ މުދާ އަޔަލޭންޑަށް އެތެރެކުރުން މަނާކުރާ ބިލެއް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން އިއްޔެ ފާސްކޮށްފިއެވެ. މިއީ އިޒްރޭލާ ދެކޮޅަށް ވިލާތުގެ ގައުމަކުން މިހާތަނަށް އެޅި ވިޔަފާރީގެ އެންމެ ވަރުގަދަ ފިޔަވަޅެވެ. އަންގާރަ ދުވަހު ފާސްކުރި މި ގާނޫނުގެ ދަށުން، ބައިނަލްއަގުވާމީ ގޮތުން ގަބޫލުކުރާ އިޒްރޭލުގެ ބޯޑަރުން ބޭރުގައި ހަދާފައިވާ އާބާދުވުންތަކުން އުފައްދާ ދަނޑުވެރިކަމުގެ ބާވަތްތަކާއި، އިމާރާތްކުރުމަށް ބޭނުންކުރާ ސާމާނާއި...
ނާޒިމާ އަލީ
ގަލްފް ސަރަހައްދުގައި އުފެދިފައިވާ އަސްކަރީ ނުތަނަވަސްކަން އިންތިހާއަށް އިތުރުވެ، އެމެރިކާއިން އީރާނުގެ އެކި ސަރަހައްދުތަކަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކުގެ ރައްދުގައި އީރާނުން ވަނީ ބަހްރޭނާއި ކުވެއިތުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ބެލިސްޓިކް މިސައިލާއި ޑްރޯން ހަމަލާތަކެއް ފޮނުވާލާފައެވެ. މި ކުރިމަތިލުންތަކާއެކު ދެގައުމުގެ ދެމެދުގައި އޮތް ވަގުތީ ސުލްހައިގެ އެއްބަސްވުން މިހާރު ވަނީ ނިމުމަކަށް އައިސްފައެވެ. އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް...
ނާޒިމާ އަލީ
އިއްޔެ އަކީ މިޞްރުގެ ފުޓްބޯޅަ ތާރީޚުގައި އެ ޤައުމުން ކުޅޭނެ އެންމެ މުހިންމު އެއް މެޗު އޮތް ދުވަހެވެ. ޣައްޒާ ސިޓީގައި ހުންނަ މިޞްރުގެ ކޮމިޓީގެ ޑައިރެކްޓަރު މުޙައްމަދު ފަވާޒް އަލް-ވަހީދީ ދިޔައީ ޣައްޒާގައި ހާލުގައި ޖެހިފައިވާ އާއިލާތަކަށް ކުޑަވަގުތުކޮޅަކަށް ނަމަވެސް ހިތްހަމަޖެހުމެއް ހޯދައިދިނުމުގެ މަޤްޞަދުގައި، ބޮޑު ސްކްރީންތައް ބަހައްޓައި، އެންމެން އެކުވެގެން މެޗު ބަލާލެވޭނެ އިންތިޒާމުތައް ހަމަޖައްސަމުންނެވެ. ނަމަވެސް އެ މެޗު ބަލާލުމުގެ ނަސީބެއް އޭނާއަކަށް ނުލިބުނެވެ. މެޗު ފެށުމުގެ ކުރިން، އިސްރާއ...
ނާޒިމާ އަލީ
އީރާނުގެ އަމުރަށް ބޯނުލަނބައި ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރި ތިން އުޅަނދަކަށް އީރާނުން ފިޔަވަޅު އެޅިކަމަށްބުނެ، އެމެރިކާ ސިފައިން ބުދަ ދުވަހުގެ ފަތިހު އީރާނަށް ވަރުގަދަ ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން އީރާނުން ވަނީ ބަޙްރައިނާއި ކުވެއިތުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ހަމަލާދީފައެވެ. އެމެރިކާ އިން ދިން ހަމަލާތަކުގެ މަތިއޮމާންކުރުމުގެ ގޮތުން އެ ގައުމުގެ ސެންޓްރަލް ކޮމާންޑުން ބުނިވެފައިވަނީ، އީރާނަށް ހަމަލާދޭން ޖެހުނީ ބައިނަލްއަގުވާމީ ކަނޑުގެ ސ...
ނާޒިމާ އަލީ
ޗައިނާގެ އިރުމަތީ ނަންޖިން ސިޓީގެ އިގްތިސާދީ ތަރައްގީއާ ބެހޭ ކުރީގެ އިސް އޮފިޝަލެއް ކަމަށްވާ ޔަންގް ޔޫލިން، 325 މިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ރިޝްވަތުގެ ގޮތުގައި ނެގިކަން ސާބިތުވެ، އޭނާ މަރަން ޗައިނާގެ ކޯޓަކުން ހުކުމްކޮށްފިއެވެ. ޗައިނާގެ ފަހުގެ ތާރީޚެއްގައި ކޮރަޕްޝަންގެ މައްސަލައެއްގައި އިއްވި އެންމެ ހަރުކަށި އެއް ހުކުމް އިއްވާފައިވަނީ ޖިއާންގްސޫ ޕްރޮވިންސްގެ ޗަންގްޒޫ އިންޓަރމީޑިއަޓް ޕީޕަލްސް ކޯޓުންނެވެ. ކޯޓުން ހާމަކުރި ތަފްސީލުތަކުގައިވާ ގޮތުން، ޔަންގް ވަނީ 2.21 ބިލިއަން ޔުއާން (ގާތްގަނޑަކ...
ނާޒިމާ އަލީ
ފަލަސްތީނުގެ ބިންތަކަށް އިސްރާއީލުން ވެރިވެގަނެގެން އުޅޭ އުޅުން ނިމުމަކަށް ނުގެނެސް، އެ ގައުމާއެކު އާންމު ހާލަތުގެ ގުޅުމެއް ގާއިމު ނުކުރެވޭނެ ކަމަށް މިސްރުގެ ރައީސް އަބްދުލް ފައްތާހް އަލް ސީސީ ވިދާޅުވެއްޖެއެވެ. މިސްރުގެ ރައީސް ދެއްވި ތަގުރީރެއްގައި ވިދާޅުވީ، އިސްތިއުމާރު ނިމުމަކަށް ގެނެސް، އަނިޔާވެރިކަމާއި އުދުވާން ހުއްޓުވައި، ހައްގުވެރިންނަށް އެމީހުންގެ ހައްގުތައް އަނބުރާ ހޯދައިދީގެން މެނުވީ ދެމިއޮންނަ ސުލްހައެއް ނުވަތަ ހަގީގީ ހަމަޖެހުމެއް ގާއިމު ނުކުރެވޭނެ ކަމަށެވެ. “އިންސާފުވެރި ސުލްހައަކާ ނު...
ނާޒިމާ އަލީ