މައި ޚަބަރަށް ދިޔުމަށް

ބައިނަލްއަގުވާމީ

3,697 ޝާއިޢުކުރެވިފައިވާ ލިޔުން

ބައިނަލްއަގުވާމީ - 31 ވަނަ ޞަފްޙާ

ނިއުކްލިއާ އެއްބަސްވުން ކުރިއަށް ގެންދާނީ ސައުދީން އިޒްރޭލު ބަލައިގަތުމުން: ޓްރަމްޕް

ނިއުކްލިއާ އެއްބަސްވުން ކުރިއަށް ގެންދާނީ ސައުދީން އިޒްރޭލު ބަލައިގަތުމުން: ޓްރަމްޕް

އެމެރިކާގެ އެހީތެރިކަމާއެކު ސައުދީ އަރަބިއްޔާގައި މަދަނީ ނިއުކްލިއާ ހަކަތަ އުފެއްދުމަށް ވެފައިވާ އެއްބަސްވުން ކުރިއަށް ގެންދެވޭނީ، އެ ގައުމުން އިޒްރޭލު ދައުލަތް ބަލައިގަނެ ‘އަބްރަހަމް އެކޯޑްސް’ ގައި ބައިވެރިވުމުން ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ‘ޓްރުތް ސޯޝަލް’ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި އެއްބަސްވުމުގެ ދަށުން ނިއުކްލިއާ މާއްދާތައް މުއްސަނދި ކުރުމުގެ ފުރުސަތު ނޯންނާނެ ކަމަށާއި، މިއީ ހަމައެކަނި އަސްކަރީ ނޫން ބޭނުންތަކަށް ހާއްސަ އެއ...

ނާޒިމާ އަލީ
ފޯޅަވަހި ހިމެނޭހެން އިނގިރޭސިވިލާތުގެ ބޭސްތައް އެމެރިކާ އަށް ނުދިނުމަށް އީރާނުން އިންޒާރުދީފި

ފޯޅަވަހި ހިމެނޭހެން އިނގިރޭސިވިލާތުގެ ބޭސްތައް އެމެރިކާ އަށް ނުދިނުމަށް އީރާނުން އިންޒާރުދީފި

އީރާނަށް ހަމަލާދިނުމަށް އެމެރިކާގެ ބޮންއަޅާ ބޯޓުތަކަށް އިނގިރޭސިވިލާތުގެ ބޭސްތައް ބޭނުންކުރުމުގެ ހުއްދަ ނުދިނުމަށް އަންގައި އިރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން އިނގިރޭސިވިލާތަށް ވަރުގަދަ އިންޒާރެއް ދީފިއެވެ. އީރާނުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި އިންޒާރަކީ އިރާނާ ދެކޮޅަށް ހަމަލާދިނުމަށް އެމެރިކާގެ ބޮންއަޅާ ބޯޓުތަކަށް އިނގިރޭސިވިލާތުގެ އަސްކަރީ މަރުކަޒުތައް ބޭނުންކުރުމުގެ ފުރުސަތު ނުދިނުމަށް ގޮވާލައި ދީފައިވާ އިންޒާރެކެވެ. އައިއާރުޖީސީން ނެރުނ...

ނާޒިމާ އަލީ
ސައުދީ އާއި އެމެރިކާއިން ނިއުކްލިއާ ހަކަތައިގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

ސައުދީ އާއި އެމެރިކާއިން ނިއުކްލިއާ ހަކަތައިގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

ސައުދީ އަރަބިއްޔާގެ މަދަނީ ނިއުކްލިއާ ހަކަތައިގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށްޓަކައި، އެ ޤައުމާއި އެމެރިކާއާ ދެމެދު އެއްބަސްވުމެއްގައި ބުދަ ދުވަހު ސޮއިކޮށްފިއެވެ. ސައޫދީ ދައުލަތުގެ މީޑިއާއިން ސިފަކޮށްފައިވާގޮތުގައި މިއީ ސައުދީ އަރަބިއްޔާގައި އަމާންކަމާއެކު ނިއުކްލިއާ ހަކަތަ އުފެއްދުމުގެ ދިގު މުއްދަތުގެ މަޝްރޫޢުތަކަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު އެކުލަވައިލުމަށް ވެވުނު މުހިންމު ތާރީޚީ އެއްބަސްވުމެކެވެ. މި އެއްބަސްވުމުގައި ސައުދީ އަރަބިއްޔާގެ ފަރާތުން ސޮއިކުރެއްވީ އެނާޖީ މިނިސްޓަރު ޕްރިންސް އަބ...

ނާޒިމާ އަލީ
އެމެރިކާގެ ހަމަލާތައް ހުއްޓާނުލާހާ ހިނދަކު ހޯރްމޫޒް ކަނޑުއޮޅި ނުހުޅުވާނަން: އީރާން

އެމެރިކާގެ ހަމަލާތައް ހުއްޓާނުލާހާ ހިނދަކު ހޯރްމޫޒް ކަނޑުއޮޅި ނުހުޅުވާނަން: އީރާން

އެމެރިކާ އާއި އީރާނާ ދެމެދު އުފެދިފައިވާ އަސްކަރީ ނުތަނަވަސްކަން އިންތިހާއަށް އިތުރުވެ، ދުނިޔޭގެ އިގްތިސާދީ މުހިންމު ރާސްތާއެއް ކަމަށްވާ ހޯރްމޫޒް ކަނޑުއޮޅީގެ ސަލާމަތީ މަސްރަހު ގޯސްވެފައިވާއިރު، އެމެރިކާއިން ދެމުންދާ ހަމަލާތައް ހުއްޓާނުލާހާ ހިނދަކު އެ ކަނޑުއޮޅި އާންމު ހާލަތަށް ނުގެންނާނެ ކަމަށް އީރާނުން ބުނެފިއެވެ. އުމްރާނީ ވަސީލަތްތަކަށް ހަމަލާދިނުމުގެ އިންޒާރުމި ކުރިމަތިލުންތައް އިތުރަށް ހޫނުވެގެން ދިޔައީ، އީރާނުގެ މިސައިލް ނުވަތަ ޑްރޯން ހަމަލާއަކުން އެމެރިކާގެ އަސްކަރީ ނުވަތަ ވިޔަފާރި އުޅަނދަކ...

ނާޒިމާ އަލީ
ޓްރަމްޕް ބޭނުން ވަނީ އދ.ގެ ވެރިއަކަށް ފީފާގެ ރައީސް އިންފަންޓީނޯ އައްޔަންކުރަން

ޓްރަމްޕް ބޭނުން ވަނީ އދ.ގެ ވެރިއަކަށް ފީފާގެ ރައީސް އިންފަންޓީނޯ އައްޔަންކުރަން

އެކުވެރި ދައުލަތްތަކުގެ (އދ. – ޔޫއެން) ދެން އަންނަ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އައްޔަންކުރަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބޭނުންފުޅުވާ ކަމަށް ނިއުޔޯކް ޕޯސްޓުން ރިޕޯޓްކޮށްފިއެވެ. އަންގާރަ ދުވަހު ނިއުޔޯކް ޕޯސްޓުން މިކަން ހާމަކޮށްފައިވަނީ ރައީސް ޓްރަމްޕާ ގާތް ގުޅުމެއް އޮންނަ މަސްދަރަކާ ހަވާލާދީއެވެ. އެ ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިންފަންޓީނޯއަކީ މުޅި ދުނިޔޭގެ އިހުތިރާމް ލިބިފައިވާ، އަދި މީހުން އެއްބައިވަންތަ ކުރުވުމުގެ ހާއްސަ ގާބިލުކަމެއް ލިބިފައ...

ނާޒިމާ އަލީ
ރަސްގެފާނު ޗާލްސް ޔޫރަޕްގެ ފުރަތަމަ 'އީކޯ-މިސްކިތް' ބައްލަވާލައްވައި ވަރަށް ބޮޑަށް ތައުރީފުކުރައްވައިފި

ރަސްގެފާނު ޗާލްސް ޔޫރަޕްގެ ފުރަތަމަ 'އީކޯ-މިސްކިތް' ބައްލަވާލައްވައި ވަރަށް ބޮޑަށް ތައުރީފުކުރައްވައިފި

އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް، ޔޫރަޕްގައި ބިނާކުރި ތިމާވެއްޓާ ރައްޓެހި ފުރަތަމަ މިސްކިތް ކަމަށްވާ “ކޭމްބްރިޖް ސެންޓްރަލް މޮސްކް” އަށް ޒިޔާރަތްކުރައްވައި، އެ މިސްކިތުގެ ފަރުމާއަށާއި އެތަން ބިނާކުރުމުގައި ބަހައްޓާފައިވާ ފަރުވާތެރިކަމަށް ވަރަށް ބޮޑަށް ތައުރީފުކުރައްވައިފިއެވެ. މިދިޔަ ހޯމަ ދުވަހު ކޭމްބްރިޖް ސެންޓްރަލް މޮސްކަށް ކުރެއްވި ޒިޔާރަތުގައި، ރަސްގެފާނަށް ވަނީ އެ މިސްކިތަކީ ތިމާވެއްޓާ ރައްޓެހި ގޮތަކަށް ބިނާކޮށްފައިވާ ތަނެއްކަން ހާމަކޮށްދޭ މުހިންމު މައުލޫމާތުތައް އަރުވާފައެވެ. މި ޒިޔާރަތ...

ނާޒިމާ އަލީ
އީރާނުން އެމެރިކާގެ މިސައިލަކާއި ޑްރޯނެއް ވައްޓާލައިފި، އެމެރިކާ އިތުރު ސިފައިންގެ މީހަކު މަރުވެއްޖެ

އީރާނުން އެމެރިކާގެ މިސައިލަކާއި ޑްރޯނެއް ވައްޓާލައިފި، އެމެރިކާ އިތުރު ސިފައިންގެ މީހަކު މަރުވެއްޖެ

އީރާނުގެ ވައިގެ ދިފާއީ ބާރުތަކުން އެމެރިކާގެ ކްރޫޒް މިސައިލަކާއި ޑްރޯނެއް ވައްޓާލާފައިވާ ކަމަށް އެގައުމުން ބުނެފިއެވެ. މެދުއިރުމަތީގެ މަސްރަހު އިތުރަށް ނުތަނަވަސްވެފައިވާއިރު، އިރާގުގައި ހުރި އެމެރިކާ ސިފައިންގެ މީހަކު ވެސް ވަނީ މަރުވެފައެވެ. އީރާނުގެ އަސްކަރީ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެގައުމުގެ ހުޅަނގުގެ ވައިގެ ސަރަހައްދަށް ވަތް އެމެރިކާގެ ކްރޫޒް މިސައިލެއް އީރާނުގެ އިންޓެގްރޭޓެޑް ޑިފެންސް ނެޓްވޯކުން ވަނީ ދެނެގަނެ، ވައިގެ ތެރޭގައި ގޮއްވާލާފައެވެ. އީރާނުން ބުނާ ގޮތުގައި މި މިސައިލް...

ނާޒިމާ އަލީ
ރައީސް މުޢިއްޒު އިނގިރޭސި އައު ބޮޑުވަޒީރަށް ތަހުނިޔާ ފޮނުއްވައިފި

ރައީސް މުޢިއްޒު އިނގިރޭސި އައު ބޮޑުވަޒީރަށް ތަހުނިޔާ ފޮނުއްވައިފި

ޔުނައިޓެޑް ކިންގްޑަމް އޮފް ގްރޭޓް ބްރިޓަން އެންޑް ނޮދަރން އަޔަރލެންޑް (އިނގިރޭސިވިލާތު) ގެ ބޮޑުވަޒީރުކަމުގެ މަޤާމާ އަލަށް ހަވާލުވެވަޑައިގެންނެވި، އެންޑްރޫ ބަރނަމަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ. ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަހުނިޔާގެ ސިޓީފުޅުގައި، އިނގިރޭސިވިލާތުގެ އައު ބޮޑުވަޒީރު އެންޑްރޫ ބަރނަމާ މަތިކުރެވުނު އައު މަސްއޫލިއްޔަތުތައް އަދާކުރުމުގައި ފުރިހަމަ ކާމިޔާބީއަށް އެދިވަޑައިގެންފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅ...

ޔުމްނާ ޢަލީ
ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި އިނގިރޭސިވިލާތުގެ 7 ވަނަ ބޮޑުވަޒީރުގެ ގޮތުގައި ބާންހަމް

ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި އިނގިރޭސިވިލާތުގެ 7 ވަނަ ބޮޑުވަޒީރުގެ ގޮތުގައި ބާންހަމް

އިނގިރޭސިވިލާތުގެ 59 ވަނަ ބޮޑުވަޒީރުގެ ގޮތުގައި އެންޑީ ބާންހަމް ރަސްމީކޮށް މަގާމާ ހަވާލުވެވަޑައިގެންފިއެވެ. ބާންހަމް މި މަގާމާ ހަވާލުވެވަޑައިގަތީ ކުރިން އެ މަގާމުގައި ހުންނެވި ކިއަރ ސްޓާމަރ އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ބަކިންހަމް ޕެލަސްގައި ބޭއްވުނު ސަގާފީ “ކިސިންގ އޮފް ހޭންޑްސް” ރަސްމިއްޔާތުގައި، ސަރުކާރެއް އެކުލަވާލުމަށް ރަސްގެފާނު ޗާލްސް ތިންވަނަ ދެއްވި ދައުވަތު ބާންހަމް ވަނީ ގަބޫލުފުޅު ކުރައްވާފައެވެ. މިއީ ވޭތުވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަމުގެ މަގާމާ...

ނާޒިމާ އަލީ
އިންޑިއާގެ "ކުރަފި" ހަރަކާތުގެ ބައިވެރިންނާ ދެކޮޅަށް ފުލުހުން މުގުރާއި ކަރުނަގޭސް ބޭނުންކޮށްފި

އިންޑިއާގެ "ކުރަފި" ހަރަކާތުގެ ބައިވެރިންނާ ދެކޮޅަށް ފުލުހުން މުގުރާއި ކަރުނަގޭސް ބޭނުންކޮށްފި

އިންޑިއާގެ ޒުވާނުން އިސްނަގައިގެން ކުރިއަށްގެންދާ “ކޮކްރޯޗް ޖަންތާ ޕާޓީ” (ސީ.ޖޭ.ޕީ-ކުރަފި ޕާޓީ)ގެ ސަޕޯޓަރުން އެ ގައުމުގެ ޕާލަމެންޓާ ދިމާލަށް ހިނގާލުމެއް ބާއްވަން އުޅުމުން، ފުލުހުން ހުރަސްއަޅައި ކަރުނަގޭހާއި މުގުރު ބޭނުންކޮށްފިއެވެ. މި ހާދިސާ ހިނގާފައިވަނީ އިންޑިއާގެ ޕާލަމެންޓުގެ މޫސުމީ ދައުރު ފެށުނު ދުވަހު، ޖަންތަރު މަންތަރު ސަރަހައްދުގައެވެ. ހާހަކަށްވުރެ ގިނަ ޒުވާނުން ބައިވެރިވި މި މުޒާހަރާގެ ބައިވެރިން ސަލާމަތީ ފިޔަވަޅުތައް ފޫއަޅުވާލައި ކުރިއަށްދާން މަސައްކަތް ކުރުމުން ފުލުހުން ވަނީ ބާރުގެ ބޭނ...

ނާޒިމާ އަލީ
ސްޕޭނުން ދުނިޔޭގެ ޝަރަފްވެރި ތަށި ދެވަނަ ފަހަރަށް އުފުލާލައިފި

ސްޕޭނުން ދުނިޔޭގެ ޝަރަފްވެރި ތަށި ދެވަނަ ފަހަރަށް އުފުލާލައިފި

މުޅި ދުނިޔެ އާސޯޚްކޮށްލި ފޯރިގަދަ ފައިނަލް މެޗުގައި، އާޖެންޓީނާ ބަލިކޮށް ސްޕޭނުން ދުނިޔޭގެ ފުޓްބޯޅަ ތަށި (ވޯލްޑް ކަޕް) ދެވަނަ ފަހަރަށް އުފުލާލައިފިއެވެ. އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ކުރިއަށްދިޔަ މި މުބާރާތުގެ ފައިނަލް މެޗު ސްޕޭނުން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ. ފައިނަލް މެޗަށްފަހު އޮތް އިނާމް ދިނުމުގެ ރަސްމިއްޔާތުގައި ސްޕޭނަށް ތައްޓާއި މެޑަލް ހަވާލުކޮށްދެއްވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕެވެ. ފައިނަލް ބައްލަވާލަން ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ވެސް ވަޑައިގެންނެވިއެވެ....

އަޙްމަދު ވަހީދު
ނަތަންޔާހޫ އަށް އާޖެންޓީނާގެ ޖޯޒީއެއް ހަދިޔާކޮށް އާޖެންޓީނާ ރައީސްގެ އޯޑިއޯ މެސެޖެއް

ނަތަންޔާހޫ އަށް އާޖެންޓީނާގެ ޖޯޒީއެއް ހަދިޔާކޮށް އާޖެންޓީނާ ރައީސްގެ އޯޑިއޯ މެސެޖެއް

ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން (އައި.ސީ.ސީ) ހޯދަން އަމުރުނެރެފައިވާ ހަނގުރާމައިގެ ކުށްވެރިއެއްގެ ކަމަށްވާ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަށް، އާޖެންޓީނާގެ ގައުމީ ފުޓްބޯޅަ ޓީމުގެ ޖޯޒީއަކާއި ބޯޅައެއް ހަދިޔާކޮށް، އެ ގައުމުގެ ރައީސް ހާވިއަރ މިލެއިގެ ހާއްސަ އޯޑިއޯ މެސެޖެއް އަރުވައިފިއެވެ. އިސްރާއީލްގެ ބޮޑު ވަޒީރުގެ އޮފީހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ނަތަންޔާހޫ ވަނީ އާޖެންޓީނާއިން އިސްރާއީލަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ރެބައި ޝިމޮން އެކްސެލް ވަހްނިޝްއާ ގުދުސްގައި ހ...

ނާޒިމާ އަލީ
އީރާނުގެ ހަމަލާތަކެއްގައި އެމެރިކާގެ ދެ ސިފައިން މަރުވެ، އެކަކު ގެއްލިއްޖެ

އީރާނުގެ ހަމަލާތަކެއްގައި އެމެރިކާގެ ދެ ސިފައިން މަރުވެ، އެކަކު ގެއްލިއްޖެ

އުރުދުންގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒަކަށް އީރާނުން ސީދާ އަމާޒުކޮށް ދިން ވަރުގަދަ ހަމަލާތަކެއްގައި އެމެރިކާގެ ދެ ސިފައިން މަރުވެ، އެކަކު ގެއްލިފައިވާ ކަމަށް އެމެރިކާގެ އަސްކަރިއްޔާއިން ހޮނިހިރު ދުވަހު އިއުލާންކޮށްފިއެވެ. އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ބުނިގޮތުގައި ހުކުރު ދުވަހު ޑްރޯން އާއި މިސައިލް ބޭނުންކޮށްގެން އީރާނުން ދިން މި ހަމަލާގައި އިތުރު ހަތަރު ސިފައިން ޒަޚަމްވެގެން ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. މި ހަމަލާގައި މަރުވި މީހުންގެ ވަނަވަރު އަދި ހާމަކޮށްފައެ...

ނާޒިމާ އަލީ
ވަށައިގެން ކިނބޫ ބައިތިއްބާ ގޮތައް ފަަލަސްތީނު މީހުން ލުމަށް ޖަލެއް އެޅުމުގެ މަސައްކަތް ޖައްބާރު އިސްރާއީލުން ފަށައިފި

ވަށައިގެން ކިނބޫ ބައިތިއްބާ ގޮތައް ފަަލަސްތީނު މީހުން ލުމަށް ޖަލެއް އެޅުމުގެ މަސައްކަތް ޖައްބާރު އިސްރާއީލުން ފަށައިފި

ފަލަސްތީނުގެ މީހުން ރަހީނުކޮށް ބަންދުކޮށްފައި ބައިތިއްބަން އިސްރާއީލުން އަޅާ ޖަލެއްގެ ވަށައިގެން ކިނބޫ އަޅާފައިވާ ފެންގަނޑުތައް ހެދުމަށް އިސްރާއީލުގެ ހަރުކަށި ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރު ބެން-ގްވީރު ހުށަހެޅި ހުށަހެޅުމަށް ގާނޫނީ ބާރުވެރިކަން ދިނުމަށް އެ ގައުމުގެ އެންވަޔަރަންމަންޓް ޕްރޮޓެކްޝަން މިނިސްޓަރު އިދިތު ސިލްމަން ނިންމައިފިއެވެ. މިދިޔަ 2025 ވަނ އަހަރުގެ ޑިސެމްބަރު މަހު އިސްރާއީލުގެ ޖައްބާރު ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރު ބެން-ގްވީރު ހުށަހެޅި މި މަޝްރޫއު މީގެ ކުރިން ހުއ...

ނާޒިމާ އަލީ
އެމެރިކާއާއި އީރާނުގެ ހަމަލާތައް ވަރުގަދަވެ، ބްރިޖްތަކަށާއި ފެން އުފައްދާ ކާރުޚާނާއަކަށް އަމާޒުވެއްޖެ

އެމެރިކާއާއި އީރާނުގެ ހަމަލާތައް ވަރުގަދަވެ، ބްރިޖްތަކަށާއި ފެން އުފައްދާ ކާރުޚާނާއަކަށް އަމާޒުވެއްޖެ

ހޯރްމޫޒް ކަނޑުއޮޅީގެ ކޮންޓްރޯލް ހޯދުމަށް އެމެރިކާއާއި އީރާނާ ދެމެދު ކުރިއަށްދާ ކުރިމަތިލުންތައް ވަރުގަދަވެ، ހުކުރު ދުވަހު ދެގައުމުން ވަނީ މެދުއިރުމަތީގެ އެކި ސަރަހައްދުތަކުގައި ހުރި އުމްރާނީ ވަސީލަތްތަކަށާއި އަސްކަރީ އަމާޒުތަކަށް ދޭ ހަމަލާތައް އިތުރުކޮށްފައެވެ. ދުނިޔޭގެ ހަކަތައިގެ ސަޕްލައިއަށް މުހިންމު މި ކަނޑުއޮޅީގެ މައްޗަށް އީރާނުން ބާރުފޯރުވާ މިންވަރު ކުޑަކުރުމަށް ބާރުއެޅުމުގެ ގޮތުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވާފައިވާ އިންޒާރުތަކާ އެއްގޮތަށް، އެމެރިކާގެ އަސްކަރިއްޔާއިން ވަނީ އީ...

ނާޒިމާ އަލީ