ކޮލަމްބިއާގެ ރައީސް ގުސްތާވޯ ޕެޓްރޯގެ ހަގު ދަރިކަނބަލުން އެންޓޮނެއްލާ ޕެޓްރޯ، އޭނާގެ ހައިސްކޫލް ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ފަލަސްތީނުގެ ދިދަ އުފުއްލަވައި، ފަލަސްތީނުގެ ރައްޔިތުންނާ މެދު އޮތް ތާއީދު ހާމަކުރައްވައިފިއެވެ.
ބޮގޮޓާގެ ފްރެންޗް ހައިސްކޫލް އިން ދަސްވެނިވި އެންޓޮނެއްލާ، ފަލަސްތީނުގެ ދިދަ ހިއްޕަވައިގެން ސްޓޭޖްމަތީގައި ހުންނަވާ މަންޒަރު ފެންނަ ވީޑިއޯތަކާއި ފޮޓޯތައް މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް އާންމުވެފައެވެ. މި ހަރަކާތް ހިނގާފައިވަނީ މި ޖުލައި މަހުގެ 6 އާއި 7 އާ ދެމެދުގައެވެ. ފާހަގަކޮށްލެވޭ ގޮތުގައި، މި ދަސްވެނިވުމުގެ ހަފުލާ ބާއްވާފައިވަނީ ބޮގޮޓާގައި ހުންނަ 'އިޒްރޭލީ ކްލަބް' ގައެވެ.
މި ރަސްމިއްޔާތުގައި ރައީސް ގުސްތާވޯ ޕެޓްރޯ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ރަސްމިއްޔާތަށްފަހު އެމަނިކުފާނުގެ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޕެޓްރޯ ވަނީ ބައްޕައެއްގެ ހައިސިއްޔަތުންނާއި ގައުމުގެ ރައީސްގެ ހައިސިއްޔަތުން ކުރެވުނު އިހުސާސްތައް ހިއްސާކުރައްވާފައެވެ.
El prom de las y los estudiantes que ya dejan el liceo francés se hizo en el club israelí y yo estuve allí, por mi enfermedad gástrica tome poco pero reflexioné mucho, como todos los padres, pero yo era un padre y presidente de la república aún, y me sentía como ante un abismo a… pic.twitter.com/cNVzoNZlZH
— Gustavo Petro (@petrogustavo) July 6, 2026
އޭނާ ވިދާޅުވެފައި ވަނީ ދަރިކަނބަލުންގެ އަމިއްލަ މިނިވަން ރޫހެއްގައި ކުރިއަށްދާތަން ފެނުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި އަންހެނުންނަށް މިނިވަންކަމާއި އިޖުތިމާއީ ކުރިއެރުން ހޯދައިދިނުމަކީ ޒަމާނީ ލީޑަޝިޕެއްގެ މުހިންމު ޒިންމާއެއް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"ދިރިއުޅުމަށާއި މިނިވަންކަމަށްޓަކައި އަބަދުވެސް،" ދަރިކަނބަލުންނަށް ނިސްބަތްކުރައްވައި ރައީސް ޕެޓްރޯ ލިޔުއްވާފައިވެއެވެ.
The Colombian president’s daughter held up the Palestinian flag at her graduation. pic.twitter.com/SDoxJiQhgB
— The Saviour (@TheSaviour) July 9, 2026
ރައީސް ޕެޓްރޯގެ ދައުރު 2026 އޮގަސްޓް 7 ގައި ނިމުމަކަށް އަންނައިރު، އޭނާގެ ސަރުކާރަކީ ފަލަސްތީނުގެ ހައްގުގައި ބައިނަލްއަގުވާމީ މައިދާނުގައި ވަރަށް ބޮޑަށް އަޑުއުފުލަމުންދާ ސަރުކާރެކެވެ.
އެންޓޮނެއްލާގެ މި އަމަލަކީ އޭނާގެ ބައްޕަގެ ސިޔާސީ ފިކުރާ އެއްގޮތަށް، އިޒްރޭލުން ފަލަސްތީނުގައި ހިންގާ އުދުވާނާ ދެކޮޅަށް ފާޅުކުރި ވަރުގަދަ ޝުއޫރެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ.
މި ހާދިސާ އާ ގުޅިގެން ރޮޔާ ނިއުސް އާއި އަލް-ޖަރްމަގު ފަދަ ބައިނަލްއަގުވާމީ މީޑިއާތަކުގައި ވަނީ ފުޅާދާއިރާއެއްގައި ރިޕޯޓްކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!