މައި ޚަބަރަށް ދިޔުމަށް

ބައިނަލްއަގުވާމީ

3,697 ޝާއިޢުކުރެވިފައިވާ ލިޔުން

ބައިނަލްއަގުވާމީ - 19 ވަނަ ޞަފްޙާ

ހޮރުމުޒު ކަނޑުއޮޅީގެ ކޮންޓްރޯލް އީރާނަށް ދިނުމަށް އޮމާނާއެކު އެއްބަސްވެއްޖެ

ހޮރުމުޒު ކަނޑުއޮޅީގެ ކޮންޓްރޯލް އީރާނަށް ދިނުމަށް އޮމާނާއެކު އެއްބަސްވެއްޖެ

ހޮރުމުޒު ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށް ޚާއްޞަ އައު އުޞޫލުތަކަކާއި ދަތުރުކުރާނެ މަގުތައް ކަނޑައެޅުމާ ގުޅޭގޮތުން އީރާނާއި އޮމާނާ ދެމެދު އެއްބަސްވުމަކަށް އަތުވެއްޖެއެވެ. އީރާނުގެ ދައުލަތުގެ މީޑިއާތަކާއި ތަސްނީމް ނިއުސް އޭޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، ދެ ޤައުމުގެ ދެމެދުގައި ކުރެވުނު މަޝްވަރާތަކަށްފަހު މި އެއްބަސްވުން މިހާރު ވަނީ ނިމުމަކަށް އައިސްފައެވެ. މި އެއްބަސްވުމުގެ ދަށުން ކަނޑައަޅާފައިވާ އުޞޫލުތަކަށް ބަލާއިރު، ޕާޝިއަން ގަލްފަށް ވަންނަ އުޅަނދުފަހަރު ދަތުރުކުރާނެ މަގު މުޅިންވެސް އ...

ނާޒިމާ އަލީ
ލޯންޗު ބަނޑުންޖަހާލާ 2 މީހުން މަރުވި، 15 އަހަރުގެ ކުއްޖާ ސަލާމަތްވީ ކަނޑުވިތާ 2 ދުވަސް ފަހުން!

ލޯންޗު ބަނޑުންޖަހާލާ 2 މީހުން މަރުވި، 15 އަހަރުގެ ކުއްޖާ ސަލާމަތްވީ ކަނޑުވިތާ 2 ދުވަސް ފަހުން!

އެމެރިކާގެ އަލަސްކާގެ ބެރިންގް ކަނޑަށް ބަންޑުންޖަހާލި ލޯންޗެއްގައި ހިފަހައްޓައިގެން އޮއްވައި، 48 ގަޑިއިރު (ދެ ދުވަސް) ފަހުން 15 އަހަރުގެ ފިރިހެން ކުއްޖަކު ސަލާމަތްކޮށްފިއެވެ. މި ހާދިސާގައި އެ ކުއްޖާއާއެކު ދަތުރުކުރި އޭނާގެ ބޭބެއާއި ދެބެންގެ ދެދަރި ކުއްޖާ ވަނީ ކަނޑަށް ގެނބިގެން މަރުވެފައެވެ. ޑެރެކް ޕާކާ އަގްނާންގާގެ ނަމުން ނަން ދީފައިވާ މި ކުއްޖާ، އޭނާގެ ބޭބެއާއި ދެބެންގެ ދެދަރި ކުއްޖާއާއެކު މަހަށް ނުކުތީ ސެއިންޓް ލޯރެންސް އައިލެންޑްގައި އޮންނަ ސަވޫންގާ އަވަށުން ފުރައިގެން ހުކުރު […]

އަލީ އާދިލް
''މީ ކުޑަ މިންވަރެއް'': ހަމަލާތަކާއެކުވެސް އީރާނުން ބިމުއަޑީގައި މިސައިލް އުފެއްދުން އިތުރުކޮށްފި

''މީ ކުޑަ މިންވަރެއް'': ހަމަލާތަކާއެކުވެސް އީރާނުން ބިމުއަޑީގައި މިސައިލް އުފެއްދުން އިތުރުކޮށްފި

އީރާނުގެ ސިނާއީ މަރުކަޒުތަކަށް ހަމަލާތައް އަމާޒުވެފައިވީ ނަމަވެސް، އެ ގައުމުން ބިމުއަޑީގައި ބެލިސްޓިކް މިސައިލް އުފެއްދުމުގެ މަސައްކަތް އަލުން ފަށައި، އުފެއްދުންތެރިކަން އިތުރުކުރަން ފަށައިފިއެވެ. އެމެރިކާއާއި މެދުއެކުވެނިވި ގައުމުތަކުގެ މަސްއޫލުވެރިންނާ ހަވާލާދީ ވޯލް ސްޓްރީޓް ޖާނަލް (ޑަބްލިއުއެސްޖޭ) އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އީރާނުން ދަނީ ކުރިން ރައްކާކޮށްފައި ހުރި ބައިތަކާއި ރޯ މެޓީރިއަލް ބޭނުންކޮށްގެން ދިޔާ ފިއުލް އަދި ސޮލިޑް ފިއުލް ބޭނުންކުރާ ބެލިސްޓިކް މިސައިލް އެސެމްބަލް ކުރަމުންނެވެ...

ނާޒިމާ އަލީ
ނޯވޭގެ އަވަހާރަވި ރަސްގެފާނު ހަރަލްޑްގެ ދައްތާފުޅު ޕްރިންސެސް އަސްޓްރިޑް އަވަހާރަވެއްޖެ

ނޯވޭގެ އަވަހާރަވި ރަސްގެފާނު ހަރަލްޑްގެ ދައްތާފުޅު ޕްރިންސެސް އަސްޓްރިޑް އަވަހާރަވެއްޖެ

ނޯވޭގެ އަވަހާރަވި ރަސްގެފާނު ހަރަލްޑްގެ ދައްތާފުޅު، ޕްރިންސެސް އަސްޓްރިޑް އުމުރުފުޅުން 94 އަހަރުގައި އަވަހާރަވެއްޖެއެވެ. އެކަމަނާ އަވަހާރަވެފައިވަނީ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހު ކަމަށް ނޯވޭގެ ޝާހީ ގަނޑުވަރުން އާންމުކުރި ބަޔާނެއްގައި ވަނީ ކަށަވަރުކޮށްދީފައެވެ. ޝާހީ ގަނޑުވަރުން ނެރުނު ބަޔާނުގައި ރަސްގެފާނު ހާކޮން 8 ވަނަ ވިދާޅުވީ، ޕްރިންސެސް އަސްޓްރިޑްގެ ދިގު ހަޔާތްޕުޅުގައި އެކަމަނާ ވަނީ އޯގާތެރިކަމާއި ޒިންމާދާރުކަމާއެކު ނޯވޭގެ ޝާހީ އާއިލާ ތަމްސީލުކޮށްދެއްވާފައި ކަމަށެވެ. އުފަންވެވަޑައިގަތީ 1...

ޔުމްނާ ޢަލީ
ސައޫދީގެ އިރުމަތި-ހުޅަނގު ތެޔޮ ހޮޅިއަށް ދިން ހަމަލާތަކަކާ ގުޅިގެން އެ ހޮޅިން ތެޔޮ ފޮނުވުން މެދުކަނޑާލައިފި

ސައޫދީގެ އިރުމަތި-ހުޅަނގު ތެޔޮ ހޮޅިއަށް ދިން ހަމަލާތަކަކާ ގުޅިގެން އެ ހޮޅިން ތެޔޮ ފޮނުވުން މެދުކަނޑާލައިފި

ސައޫދީ އަރަބިއްޔާގެ ރިޔާޟް އަދި މަދީނާ ސަރަހައްދުން ދަތުރުކުރާ އެ ގައުމުގެ ސްޓްރެޓީޖިކް “އީސްޓް-ވެސްޓް” (އިރުމަތި-ހުޅަނގު) ތެޔޮ ހޮޅިއަށް ދިން އެކި ހަމަލާތަކަކާ ގުޅިގެން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ހޮޅިން ތެޔޮ ފޮނުވުން މެދުކަނޑާލައިފިއެވެ. މިކަން ހާމަކޮށްފައިވަނީ އެ ގައުމުގެ އެނާޖީ މިނިސްޓްރީން ހުކުރު ދުވަހުއެވެ. އެނާޖީ މިނިސްޓްރީގެ ރަސްމީ މަސްދަރަކާ ހަވާލާދީ ބުނެފައިވަނީ، މި ހަމަލާތައް ދީފައިވަނީ ބުރާސްފަތި ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. އަދި މި ހަމަލާތަކުގެ ސަބަބުން އެކި ވަރުގެ...

ނާޒިމާ އަލީ
ދެ މަސް ދުވަހުގެ ބަންދަށްފަހު ޔޫއޭއީގައި ތިބި އީރާނު މަސްވެރިން މިނިވަންވެއްޖެ

ދެ މަސް ދުވަހުގެ ބަންދަށްފަހު ޔޫއޭއީގައި ތިބި އީރާނު މަސްވެރިން މިނިވަންވެއްޖެ

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ކަމާބެހޭ އިދާރާތަކުން ހައްޔަރުކޮށްފައި ތިބި އީރާނުގެ 10 މަސްވެރިއަކު މިނިވަންކުރުމާ ގުޅިގެން، އެ މީހުން އެނބުރި ގައުމަށް ދިއުމަށް ދަތުރުފަށައިފިއެވެ. ދުބާއީގައި ހުންނަ އީރާނުގެ ކޮންސިއުލޭޓް ޖެނެރަލުން ވަނީ، ޔޫއޭއީގެ ބަންދުގައި ތިބި އެ ގައުމުގެ ފަޅުވެރިން ހުކުރު ދުވަހު މިނިވަންވެ، ގައުމަށް އެނބުރި ދިއުމަށް ދަތުރުފަށާފައިވާކަން ކަށަވަރުކޮށްދީފައެވެ. އީރާނުގެ ކޮންސިއުލޭޓުން ބުނި ގޮތުގައި، މިނިވަންވި މަސްވެރިން ޔޫއޭއީގެ ސަރަހައްދުން ނުކުމެ، ޕާޝިއަން ގަލްފު ހު...

ނާޒިމާ އަލީ
''އީރާނުން އެމެރިކާގެ ފިއްތުންތަކަށް ނުގުޑާ އަހަރުތަކަކަށް ހިފަހައްޓާނެ، ޓްރަމްޕްގެ ދައުރު ނިމޭއިރުވެސް ހަނގުރާމަ ނުނިންމާނެ''

''އީރާނުން އެމެރިކާގެ ފިއްތުންތަކަށް ނުގުޑާ އަހަރުތަކަކަށް ހިފަހައްޓާނެ، ޓްރަމްޕްގެ ދައުރު ނިމޭއިރުވެސް ހަނގުރާމަ ނުނިންމާނެ''

އެމެރިކާއިން ކުރިމަތިކުރަމުންދާ އަސްކަރީ ފިއްތުންތަކާއި އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތަކުގެ އިތުރުން ކަނޑުގެ ބަންދުތަކަށް ގުޑުމެއްނައިސް އީރާނުން އަހަރުތަކަކަށް ހިފަހައްޓައިފާނެ ކަމަށާއި، ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރިޔާސީ ދައުރު ނިމޭއިރުވެސް މި ހަނގުރާމަ ނުނިމި ދެމިގެންގޮސްދާނެ ކަމަށް ވައިޓް ހައުސްގެ އިސް މުޝީރުން އަންދާޒާކުރައްވާ ކަމަށް ވޯލް ސްޓްރީޓް ޖާނަލް (ޑަބްލިޔު.އެސް.އޭ) އިން ރިޕޯޓުކޮށްފިއެވެ. އެ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އީރާނާއެކު ކުރަމުންދާ ހަނގުރާމައާ ގުޅޭގޮތުން ޓްރަމްޕް އާނ...

ނާޒިމާ އަލީ
ހޫތީން ބާބުލް މަންދަބް ކަނޑުއޮޅި ސަރަހައްދުގެ ކޮންޓްރޯލް ހޯދައިފި

ހޫތީން ބާބުލް މަންދަބް ކަނޑުއޮޅި ސަރަހައްދުގެ ކޮންޓްރޯލް ހޯދައިފި

ޔަމަނުގެ ހޫތީ ހަނގުރާމަވެރިން ބާބުލް މަންދަބް ކަނޑުއޮޅި ކައިރީގައިވާ ސަރަހައްދުތަކާއި، ރަތްކަނޑުގެ އައްސޭރިފަށުގެ ބޮޑު ސަރަހައްދެއްގެ ކޮންޓްރޯލް ފުރިހަމައަށް ހޯދައިފިއެވެ. މިއާއެކު، ބައިނަލްއަޤްވާމީ ވިޔަފާރި އުޅަނދުފަހަރު ދަތުރުކުރާ މުހިންމު ކަނޑުގެ މަގުތަކަށް ބޮޑު ނުރައްކަލެއް ވަނީ ކުރިމަތިވެފައެވެ. އީރާނުގެ އައިއާރުޖީސީ ކޮމާންޑަރުންގެ އިރުޝާދުގެ ދަށުން ކުރިއަށް ގެންދިޔަ 18 ގަޑިއިރުގެ ވަރުގަދަ އަސްކަރީ އޮޕަރޭޝަނެއްގައި، ހޫތީ ބާރުތަކުން ވަނީ ތިހާމާ އައްސޭރިފަށުގެ ސަރަހައްދުގައި ސަރުކާރުގެ ކޮންޓް...

ނާޒިމާ އަލީ
ޔަމަން ހަނގުރާމައިގެ އަސަރު މުޅި ދުނިޔެއަށް؛ ކާބޯތަކެތީގެ އަގު އުފުލި ތަދުމަޑުކަމެއްގެ ބިރު

ޔަމަން ހަނގުރާމައިގެ އަސަރު މުޅި ދުނިޔެއަށް؛ ކާބޯތަކެތީގެ އަގު އުފުލި ތަދުމަޑުކަމެއްގެ ބިރު

ޔަމަނުގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން އެ ގައުމުގެ އެތެރޭގެ ހާލަތު އިތުރަށް ގޯސްވެ، މުޅި ދުނިޔޭގައި ކާބޯތަކެތީގެ އަގުތައް އުފުލި، ތަދުމަޑުކަމެއް ކުރިމަތިވެދާނެކަމުގެ އިންޒާރު އދ.ގެ ވާލްޑް ފުޑް ޕްރޯގްރާމް (ޑަބްލިއުއެފްޕީ) އިން ދީފިއެވެ. އެ އިދާރާއިން ބުނި ގޮތުގައި، މި ހަނގުރާމައިގެ ސަބަބުން ޔަމަނުގެ ދާޚިލީ މަޝްރަހު ސުންނާފަތިވުމުގެ އިތުރުން، މުޅި ދުނިޔޭގެ ކާބޯތަކެތި ފޯރުކޮށްދޭ ނިޒާމަށް ވެސް ބޮޑެތި ލޮޅުންތަކެއް ދަނީ އަރަމުންނެވެ. ޔަމަނުގެ އެތެރޭގެ ހާލަތަށް ބަލާއިރު، އެ ގައުމަކީ އާންމުކޮށް ބ...

ނާޒިމާ އަލީ
އަލްޖީރިއާއިން ޔޫއޭއީއާއެކު އޮތް ޚާރިޖީ ގުޅުން ކަނޑާލައި، ވައިގެ ސަރަހައްދު ބަންދުކޮށްފި

އަލްޖީރިއާއިން ޔޫއޭއީއާއެކު އޮތް ޚާރިޖީ ގުޅުން ކަނޑާލައި، ވައިގެ ސަރަހައްދު ބަންދުކޮށްފި

އަލްޖީރިއާގެ ދާޚިލީ ކަންކަމުގެ ތެރެއަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ވަދެ، އެ ގައުމުގެ ހަމަޖެހުން ނަގާލަން އަދާވާތްތެރި އަމަލުތަކެއް ހިންގާ ކަމަށް ތުހުމަތުކޮށް، ޔޫއޭއީއާއެކު އޮތް ދިޕްލޮމެޓިކް ގުޅުން އެ ޤައުމުން މުޅިން ކަނޑާލައިފިއެވެ. މީގެ އިތުރުން އަލްޖީރިއާގައި ހުންނަވާ ޔޫއޭއީގެ ސަފީރު 48 ގަޑިއިރުގެ ތެރޭގައި އެ ގައުމުން ފުރައިވަޑައިގަތުމަށް ވަނީ އަންގައިފައެވެ. އަލްޖީރިއާގެ ޚާރިޖީ ވުޒާރާއިން ސެޕްޓެމްބަރު 10، 2026 ގައި ނެރުނު ބަޔާނެއްގައި ބުނީ، ދެ ގައުމުގެ ދެމެދުގައި އޮތް […]

ނާޒިމާ އަލީ
ޓްރަމްޕްގެ އަރިސް މުވައްޒަފުންތަކަކަށް ހަދިޔާގެ ގޮތުގައި އެތައް ހާސް ޑޮލަރެއް ދިނުމުން ބޮޑު ބަހުސެއް

ޓްރަމްޕްގެ އަރިސް މުވައްޒަފުންތަކަކަށް ހަދިޔާގެ ގޮތުގައި އެތައް ހާސް ޑޮލަރެއް ދިނުމުން ބޮޑު ބަހުސެއް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ވައިޓް ހައުސްގެ އަރިސް އަންހެން މުވައްޒަފަކަށް ބޮޑެތި އަދަދުތަކުން ފައިސާގެ ހަދިޔާ ދެއްވުމާ ގުޅިގެން، ސަރުކާރުގެ މުވައްޒަފުންނަށް އިތުރު އިނާޔަތް ދިނުމާ ބެހޭ ފެޑެރަލް އަޚްލާގީ ގަވާއިދުތަކާ އޭނާ ޚިލާފުވެވަޑައިގެންފައިވާ ކަމާމެދު ބޮޑު ބަހުސެއް އުފެދިއްޖެއެވެ. ޓްރަމްޕް މި ފައިސާގެ ހަދިޔާތައް ދެއްވާފައިވަނީ ފާއިތުވި އަހަރުގެ ތެރޭގައެވެ. ވައިޓް ހައުސްގެ އެޑްމިނިސްޓްރޭޝަނުން މިދިޔަ ހަފުތާގައި އާންމުކުރި މާލީ ބަޔާންތަކުން ދައްކާ ގޮތުގައި، އެގްޒެކެޓިވް އެސިސްޓެންޓް ނ...

ނާޒިމާ އަލީ
ތެލުގެ އަގު 100 ޑޮލަރުގައި ދެމިއޮތުމުން އޭޝިއާގެ ހިއްސާގެ ބާޒާރުތައް ދަށަށް

ތެލުގެ އަގު 100 ޑޮލަރުގައި ދެމިއޮތުމުން އޭޝިއާގެ ހިއްސާގެ ބާޒާރުތައް ދަށަށް

ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 100 ޑޮލަރަށް ވުރެ މަތީގައި ޖެހިޖެހިގެން ދެވަނަ ދުވަހަށް ދެމިއޮތުމާ ގުޅިގެން، އޭޝިއާ ސަރަހައްދުގެ ހިއްސާގެ ބާޒާރުތައް ދަށަށް ގޮސްފިއެވެ. އެމެރިކާއާއި އީރާނާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ހަކަތައިގެ އަގުތައް އުފުލި، އިންފްލޭޝަން އިތުރުވެދާނެ ކަމުގެ ބިރު އިންވެސްޓަރުންގެ މެދުގައި އުފެދިފައިވާއިރު، ޖަޕާން، ދެކުނު ކޮރެއާ، އޮސްޓްރޭލިއާ، ޓައިވާން އަދި ހޮންގކޮންގުގެ ހިއްސާގެ ބާޒާރުތަކުން ވަނީ ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ދައްކައިފައެވ...

ނާޒިމާ އަލީ
އީރާނުން ދިން ހަމަލާގައި އެމެރިކާގެ ޖެޓްތަކަކަށް ބޮޑެތި ގެއްލުންތަކެއް

އީރާނުން ދިން ހަމަލާގައި އެމެރިކާގެ ޖެޓްތަކަކަށް ބޮޑެތި ގެއްލުންތަކެއް

ޖޯޑަންގެ އަލް އަޒްރަޤްގައި ހުންނަ މުވައްފަޤު ސަލްތީ އެއާ ބޭސްއަށް އީރާނުން ދިން ބެލިސްޓިކް މިސައިލް ހަމަލާތަކެއްގައި އެމެރިކާގެ އަސްކަރީ ޖެޓްތަކަކަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ. ސީބީއެސް ނިއުސްއިން މައުލޫމާތު ސީދާ އެނގޭ މަސްދަރުތަކާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހަމަލާ އީރާނުން ދީފައިވަނީ ބުދަ ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ. މި ހަމަލާގައި އެމެރިކާގެ “އޭ-10 ތަންޑަރބޯލްޓް” (ވާތްހޮގް) މަރުކާގެ ހަނގުރާމަމަތީ ޖެޓަކަށް ސީދާ ހަމަލާ އަމާޒުވެ، އޭގެ ފިޔަގަނޑެއް ނެއްޓި ބޮޑެތި ގެއްލުންތަކ...

ނާޒިމާ އަލީ
އީރާނުގެ އަސްކަރީ ބާރު ފުޅާކޮށް، ގަލްފް އޮފް އޮމާނާއި އަރަބި ކަނޑުގެ ސަލާމަތީ ކޮންޓްރޯލް ނަގައިފި

އީރާނުގެ އަސްކަރީ ބާރު ފުޅާކޮށް، ގަލްފް އޮފް އޮމާނާއި އަރަބި ކަނޑުގެ ސަލާމަތީ ކޮންޓްރޯލް ނަގައިފި

އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން ކަނޑުގެ ދަތުރުފަތުރު ކުރުން މަނާ ނުވަތަ ހާއްސަ ހުއްދައެއްގެ ދަށުން ކުރިއަށްގެންދަންޖެހޭ ސަރަހައްދު، ހޮރްމުޒް ކަނޑުއޮޅިން ބޭރަށް ޖައްސައި ގަލްފް އޮފް އޮމާނާއި އަރަބި ކަނޑުގެ ބައެއް ސަރަހައްދުތަކަށް ފުޅާކޮށްފިއެވެ. މިއީ އެ ސަރަހައްދުގެ ކަނޑުގެ ރައްކާތެރިކަން ބެލެހެއްޓުމުގެ ނަމުގައި އީރާނުން އެޅި ފިޔަވަޅެކެވެ. އަލަށް ކަނޑައެޅުނު މި ސަރަހައްދު ފެށިގެން އަންނަނީ އިރުދެކުނު އީރާނުގެ ޗަބަހާރު އައްސޭރިފަށުންނެވެ. އީރާނުގެ ކަމާބެހޭ އިދާރާ...

ނާޒިމާ އަލީ
ގަދައަށް ހުން އަންނަ އާ ވައިރަހެއް ޗައިނާއިން ފެނިއްޖެ

ގަދައަށް ހުން އަންނަ އާ ވައިރަހެއް ޗައިނާއިން ފެނިއްޖެ

ކުދި ސޫފި ނުވަތަ މަކުނު (ޓިކް)ގެ ޒަރީއާއިން ފެތުރޭ، އަދި އިންފްލުއެންޒާއާ އެއްގޮތް އަލާމާތްތަކެއް ފެންނަ އާ ވައިރަހެއް ޗައިނާގެ ސައިންސްވެރިން ހޯދައިފިއެވެ. ޗައިނާގެ ބީޖިންގްގައި ހުންނަ “ސްޓޭޓް ކީ ލެބޯރަޓަރީ އޮފް ޕެތޮޖެންސް އެންޑް ބަޔޯސެކިއުރިޓީ” ގެ ތަހުގީގު ކުރާ ޓީމުން ހޯދި މިއާ ވައިރަހަށް ދީފައިވާ ނަމަކީ “އޭޝިއަން ލޯންގްހޯންޑް ޓިކް ނައިރޯވައިރަސް” (އޭއެލްޓީއެންވީ) އެވެ. މި ހޯދުންތައް ވަނީ މަޝްހޫރު “ނިއު އިންގްލަންޑް ޖާނަލް އޮފް މެޑިސިން” ގައި ޝާއިއުކޮށްފައެވެ. އޭއެލްޓީއެންވީ ވައިރަސް […]

ނާޒިމާ އަލީ