އެމެރިކާއާއި އިރާނާ ދެމެދު ބަދަލުކުރަމުންދާ ހަމަލާތަކާއި ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާއަށާއި ރަތްކަނޑަށް ދެމުންދާ ހަމަލާތައް ވަރުގަދަވުމާ ގުޅިގެން، ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގު ބަރެލްއެއް 100 ޑޮލަރަށްވުރެ މައްޗަށް އުފުލިއްޖެއެވެ. ބުދަ ދުވަހު ތެލުގެ އަގަށް އައި މި ބޮޑު އަރައިގަތުމާއެކު، ދުނިޔޭގެ ހިއްސާގެ ބާޒާރުތަކަށްވެސް ވަނީ ބޮޑު ގުޑުމެއް އަރައިފައެވެ. ބާޒާރުގެ މައުލޫމާތުތައް ދައްކާ ގޮތުން ދުނިޔޭގެ ބެންޗްމާކް ބްރެންޓް ކުރޫޑުގެ އަގު 2.5 އިންސައްތަ އުފުލި، ބަރެލްއެއްގެ އަގު ވަނީ 100...
ނާޒިމާ އަލީ
ހޮރުމުޒް ކަނޑުއޮޅީގެ ބޭރުން އަތުލައިގަނެފައިވާ އެމެރިކާ އަސްކަރިއްޔާގެ އެންމެ ޒަމާނީ، އިންސާނަކު ނެތި ދުއްވާ ސަބްމެރިން ޑްރޯނުގެ ވީޑިއޯ ފުޓޭޖު އީރާނުން އާންމުކޮށްފިއެވެ. އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން އަންގާރަ ދުވަހު ބުނެފައިވަނީ މި އުޅަނދު އަތުލައިގަނެފައިވަނީ ހޮރުމުޒް ކަނޑުއޮޅީގެ މައި ދޮރާށި ކައިރިން ކަމަށެވެ. އީރާނުގެ ދައުލަތުގެ މީޑިއާއިން އާންމުކުރި ރިވޮލިއުޝަނަރީ ގާޑްސް ނޭވީގެ ބަޔާނެއްގައި ބުނެފައިވަނީ، އެމެރިކާ އަސްކަރިއްޔާގެ އެންމެ ޒަމާނީ އަދި އިންޓެލިޖެންޓް، އެންމެ ފަހުގެ ޓެކްނޮލޮޖީ ހަރު...
ނާޒިމާ އަލީ
ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު ފޯރިގަދަ ފުރަތަމަ މެޗުން، އިންޓަ މިލާންގެ ފަހަތުން ހެދި ބޮޑެތި ގޯސްތަކުގެ ފައިދާ ނަގައިގެން 2-1 އިން ރިއާލް މެޑްރިޑް މޮޅުވެއްޖެއެވެ. ސެންޓިއާގޯ ބެރްނަބެއޫގައި ކުޅުނު މި މެޗުގައި ރިއާލްއިން ލީޑު ނެގީ ކީލިއަން އެމްބާޕޭ އާއި ފެޑެ ވަލްވާޑޭ ޖެހި ލަނޑުތަކުންނެވެ. މިއީ ރިއާލްގެ ކޯޗުކަމާ އަލުން ހަވާލުވި ޖޯސެ މޮރީނިއޯގެ އިރުޝާދުގެ ދަށުން އެ ޓީމުން މި ސީޒަނުގެ ޗެމްޕިއަންސް ލީގު ފެށި މޮޅު ނަތީޖާއެކެވެ. މެޗުގެ […]
އަޙްމަދު ވަހީދު
ދިވެހިރާއްޖޭގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާއާ އެކު އޮތް ގުޅުން ބަދަހިކުރައްވަމުން ގެންދެވި ނަމަވެސް، ތިލަފުށީގެ ބިޔަ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު ޗައިނާގެ ކުންފުންޏަކަށް ދީފައިވާތީ ޗައިނާއާއެކު އޮތް ގުޅުން ކަނޑާނުލާކަން ހާމަވާކަމަށްބުނެ އިންޑިއާގެ ނޫހެއް ކަމަށްވާ “އިންޑިއާ ޓުޑޭ” އިން ފާޑު ކިޔައިފި އެވެ. އެ ނޫހުން “”ރާއްޖެއިން ބިޔަ މަޝްރޫޢުތައް ޗައިނާއަށް ދީފައި އިންޑިއާއަށް ދިނީ ހަމައެކަނި ދެއްކުންތެރި ބަސްތަކެއްތަ؟” މި ސުރުހީގެ ދަށުން ރިޕޯޓުކޮށްފައިވާ ގޮތުގައި ރާއްޖެއާއި އިންޑި...
އަލީ އާދިލް
ހޮރުމުޒް ކަނޑުއޮޅީގެ ބޭރުން އެމެރިކާގެ އަސްކަރީ ސަބްމެރިން ޑްރޯނެއް އަތުލައިގެންފައިވާ ކަމަށް އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން އަންގާރަ ދުވަހު ބުނެފިއެވެ. އީރާނުގެ ދައުލަތުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އަތުލައިގަތީ އެމެރިކާގެ ކެލިފޯނިއާގެ ދިފާއީ ކުންފުންޏެއް ކަމަށްވާ “އެންޑުރިލް” އިން އުފައްދާފައިވާ “ޑައިވް-އެލްޑީ” މޮޑެލްގެ އަޑިއަށްދާ އޮޓޯނޮމަސް އުޅަނދެކެވެ. އީރާނުގެ ދައުލަތުގެ މީޑިއާއިން އާންމުކުރި ރިވޮލިއުޝަނަރީ ގާޑްސް ނޭވީގެ ބަޔާނެއްގައި ބުނެފައިވަނީ، އެމެރިކާގެ “ޓެރަރިސްޓް” އަސްކަރ...
ނާޒިމާ އަލީ
އިންޑިއާގެ މަދްޔަ ޕްރަދޭޝްގެ ސާގަރު ޑިސްޓްރިކްޓުގައި ވިހަ ބަނގުރާތަކެއް ބޮވުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 15 އަށް އަރައި، 40 އަށްވުރެ ގިނަ މީހުންނަށް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ. ސާގަރުގެ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަނުރާގް ސުޖާނިޔާ ވިދާޅުވި ގޮތުގައި މި ހާދިސާގައި މަރުވި 15 މީހުންގެ ތެރޭގައި ބަނގުރާ ވިއްކުމުގެ ނެޓްވޯކުގައި ހިމެނޭ ތުހުމަތުކުރެވޭ މީހަކުވެސް ހިމެނެއެވެ. މި ހާދިސާއާ ގުޅިގެން އެކްސައިޒް ތިން އޮފިޝަލަކާއި ދެ ފުލުހަކު ވަނީ ސަސްޕެންޑްކޮށްފައެވެ. މި މައްސަލައިގައި [...
އަލީ އާދިލް
އިސްރާއީލުން ވެރިވެގަނެފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރި (ވެސްޓް ބޭންކް) ގެ ޣައިރުގާނޫނީ ޔަހޫދީ އާބާދީތަކުގައި އުފައްދާ މުދާ އެތެރެކުރުން މަނާކުރުމަށް، ޔޫރަޕުގެ ގިނަ ގައުމުތަކެއް ހިމެނޭ ގޮތަށް 12 ގައުމަކުން ގުޅިގެން ނިންމައިފިއެވެ. މި ނިންމުމުގައި ބައިވެރިވި ގައުމުތައް މި ބަޔާނުގައި ސޮއިކޮށްފައިވާ ގައުމުތަކުގެ ތެރޭގައި ހިމެނެނީ ފްރާންސް، އިނގިރޭސިވިލާތް، ކެނެޑާ، ޑެންމާކް، ސްޕެއިން، ފިންލެންޑް، އަޔަލެންޑް، އައިސްލެންޑް، ނޯވޭ، ޕޯލެންޑް، ޕޯޗުގަލް އަދި ސްވިޑަން އެވެ. ސެޕްޓެމްބަރު 8، 2026 ގައި މި...
ނާޒިމާ އަލީ
އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ޖަރީމާތަކާ ގުޅިގެން، އިސްރާއީލާ ދެކޮޅަށް ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް އިނގިރޭސިވިލާތުން ނިންމައިފިއެވެ. އިނގިރޭސިވިލާތުގެ ޚާރިޖީ ވަޒީރު އެޑް މިލިބޭންޑް، އިނގިރޭސި ގާނޫނުހަދާ މަޖިލީހުގެ ދަށުގެ (ހައުސް އޮފް ކޮމަންސް) ގައި ވާހަކަދައްކަވަމުން ވިދާޅުވީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހަނގުރާމައިގެ ޖަރީމާތަކާއި ނަސްލީ ސާފުކުރުމުގެ އަމަލުތައް ހިންގަމުންދާ ކަމަށެވެ. މިލިބޭންޑް ވ...
ނާޒިމާ އަލީ
ޔަމަންގެ ހޫތީ ޖަމާއަތުން ސައުދީ އަރަބިއްޔާގެ ތެލުގެ ސިނާއަތަށާއި އިގުތިސާދީ މުހިންމު ސަރަހައްދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތައް ދިވެހިރާއްޖެއިން ކުށްވެރިކޮށްފިއެވެ. މިކަން ހާމަކޮށް ދިވެހިރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، ހޫތީންގެ ހަމަލާތަކުގައި އާންމުންގެ މީހުން މަރުވެފައިވާތީ އެކަން ކުށްވެރިކޮށްފައެވެ. އަދި މިއަދު ދިން ހަމަލާތަކުގައި އެކަނިވެސް 73 މީހަކު ޒަހަމްވެފައިވާކަން އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. ސައުދީ އަރަބިއްޔާއިން ޔަމަނަށް ހަމަލާތައް އަލުން ދޭން...
އަލީ އާދިލް
ލުބުނާނުގެ ދެކުނުގެ ސަރަހައްދުތަކަށް އިޒްރޭލުން ދެމުންދާ ވަރުގަދަ ހަމަލާތަކެއްގައި ފާއިތުވި ތިން ދުވަހުގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިންނާއި މެޑިކަލް އޮފިޝަލުން ހިމެނޭހެން 27 މީހަކު ޝަހީދުވެ، 69 މީހަކު ޒަޚަމްވެއްޖެއެވެ. އިޒްރޭލުގެ ވައިގެ ހަމަލާތަކާއެކު ނަބަތިއްޔާ ސަރަހައްދާއި އަލީ އަލް-ޠާހިރު އުސްބިންތަކުގެ ވަށައިގެން ވަނީ “އަލިފާނުގެ ބުރެއް” އުފެދިފައި ކަމަށް އެ ސަރަހައްދުގެ އާންމުން ސިފަކޮށްފައިވެއެވެ. ލުބުނާނުގެ ހެލްތް މިނިސްޓްރީން ބުނި ގޮތުގައި، އަލީ އަލް-ޠާހިރު އުސްބިންތަކުގެ ކައިރީގައި...
ނާޒިމާ އަލީ
އިސްރާއީލުގެ ކުރީގެ ސިފައިންގެ މީހަކު ބައިވެރިކޮށްގެން ހިންގި އިޝްތިހާރު ކެމްޕޭނަކާ ގުޅިގެން އާންމުންގެ ނުރުހުން އަމާޒުވެ، އެ ކުންފުނީގެ އުފެއްދުންތައް ބޮއިކޮޓްކުރުމަށް ގޮވާލަން ފެށުމުން ޖަރުމަނުގެ މަޝްހޫރު ސްޕޯޓްސްވެއާ ކުންފުނި އެޑިޑާސްއިން ހޯމަ ދުވަހު މާފަށް އެދިއްޖެއެވެ. ބޭރުގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެޑިޑާސްއިން “ސިންގަލް ޝޫ” ހިދުމަތް އިޝްތިހާރުކުރުމަށް ބޭނުންކޮށްފައިވަނީ އިސްރާއީލުގެ ކުރީގެ ސިފައިންގެ މީހެއް ކަމަށްވާ ޝަލޭވް ބިޓޮން އެވެ. މިކަމާ ގުޅިގެން އެޑިޑާސްއިން ނ...
ނާޒިމާ އަލީ
2027 ވަނަ އަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވާ އެންމެހައި ހައްޖާޖީންނަށް ހައްޖު ވިސާ ދޫކުރެވޭނީ ސިއްހީ މެޑިކަލް ޗެކަޕެއް ހަދައި، ސިއްހީ ރައްކާތެރިކަމުގެ ކްލިއަރެންސް ސެޓްފިކެޓެއް ހޯދުމުން ކަމަށް ސައޫދީ އަރަބިއްޔާއިން ބުނެފިއެވެ. ސައޫދީ ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި މި ސެޓްފިކެޓް ދޫކުރުމުގެ މަރުހަލާތައް ކުރިއަށްދާނީ “ނުސުކް މަސާރު” ޕްލެޓްފޯމް މެދުވެރިކޮށެވެ. ސައޫދީގެ އިދާރާތަކުން ބުނި ގޮތުގައި، ގުނަވަންތައް ފެއިލްވުން ފަދަ ނުރައްކާތެރި އަދި ބޮޑެތި ބަލިތައް ތަހައްމަލުކުރަމުންދާ ފަރާތްތަކ...
އަލީ އާދިލް
އޮސްޓްރިއާގައި ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމާއެކު، ސުކޫލުތަކުގައި 14 އަހަރުން ދަށުގެ ކުދިން ބުރުގާ އެޅުން މަނާކުރާ ގާނޫނަށް އަމަލުކުރަން ފަށައިފިއެވެ. މި ގާނޫނުގެ ދަށުން އެ ގައުމުގެ ސަރުކާރު ސުކޫލުތަކާއި އަމިއްލަ ސުކޫލުތަކުގައި ވެސް ހިޖާބާއި ބުރުގާ އަޅައިގެން އުޅުން ވަނީ މަނާކޮށްފައެވެ. ކޮންސަވޭޓިވް ޕީޕަލްސް ޕާޓީ (އޯވީޕީ) އާއި ސޯޝަލް ޑިމޮކްރެޓްސް (އެސްޕީއޯ) އަދި ލިބަރަލް ނިއޯސް ގުޅިގެން އެކުލަވާލާފައިވާ ކޯލިޝަން ސަރުކާރުން ބުނެފައިވަނީ، މި ގާނޫނަކީ ޖެންޑާ ހަމަހަމަކަމަށް އިސްކަންދީ، ކުޑަކުދިނ...
އަލީ އާދިލް
މެކްސިކޯގެ މެދުތެރޭގައި އޮންނަ މެކްސިކޯ ސްޓޭޓްގެ ރަށެއްގައި ބޭއްވި ނަސޯރާ ދީނުގެ އީދެއްގެ ތެރެއިން ފައްޅިއެއްގެ ކައިރީގައި ރައްކާކޮށްފައި ހުރި ބަޑިބޭސްތަކެއް ގޮވައި ފާރެއް ވެއްޓި، 10 މީހުން މަރުވެ 64 މީހުން ޒަޚަމްވެއްޖެ ކަމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ބުނެފިއެވެ. މި ނުރައްކާތެރި ހާދިސާ ހިނގާފައިވަނީ މެކްސިކޯ ސިޓީގެ ހުޅަނގުއުތުރުން ގާތްގަނޑަކަށް 160 ކިލޯމީޓަރު ދުރުގައި އޮންނަ، 66،000 މީހުންގެ އާބާދީއެއް ދިރިއުޅޭ ސަރަހައްދެއްގައެވެ. ހޮނިހިރު ދުވަހުގެ ރޭ މި ގޮވުންތައް ގޮވާފައިވަނީ އެ […]
އިބްރާހިމް އަސްވާޤް
އެކި ސަބަބުތަކާ ހުރެ އެއް އަތް ނުވަތަ އެއް ފައި ނެތް މީހުންނަށް ވަކިން އެއް ބޫޓު ގަނެވޭ ގޮތަށް އެޑިޑާސްއިން ކުރިއަށްގެންދާ “ސިންގަލް ޝޫ ސާވިސް” އިޝްތިހާރު ކުރުމަށް އިސްރާއީލުގެ ކުރީގެ ސިފައިންގެ މީހަކު ބޭނުންކުރުމާ ގުޅިގެން، އެ ކުންފުނި ބޮއިކޮޓް ކުރުމަށް ގޮވާލާ އަޑުތައް އަނެއްކާވެސް ގަދަވެއްޖެއެވެ. އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުންނާއި ސޯޝަލް މީޑިއާ ބޭނުންކުރާ ގިނަ ބަޔަކު ދަނީ ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ގަތުލުއާންމުގެ ތެރެއިން އެތައް ހާސް ބައެއްގެ އަތްފައި […]
އަޙްމަދު ވަހީދު