ޕާކިސްތާނުގެ ހުޅަނގު އުތުރު ސަރަހައްދުގައި ހުންނަ މިސްކިތަކަށް ދިން ބޮމުގެ ހަމަލާއަކާއި އެއަށްފަހު ހިނގި ބަޑީގެ ކުރިމަތިލުންތަކެއްގައި ފަސް ފުލުހުން ހިމެނޭހެން މަދުވެގެން 16 މީހުން މަރުވެ، 56 އަށް ވުރެ ގިނަ މީހުން ޒަޚަމްވެއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ އަފްޣާނިސްތާނުގެ ބޯޑަރު ކައިރީގައި އޮންނަ ޚައިބަރ ޕަޚްތުންޚުވާ ޕްރޮވިންސުގެ ކޮހާތުގައި ހުންނަ ފުލުހުންގެ މައި މަރުކަޒުގެ މިސްކިތަކަށެވެ. އެ ސަރަހައްދަށް މީހުން ހުކުރު ނަމާދަށް ޖަމާވަމުން ދިޔަ ވަގުތު، ގޮވާތަކެތި އަޅާފައިވާ ކާރެއް ވަނީ މިސްކިތުގެ...
ޔުމްނާ ޢަލީ
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވެރިކަމުން ދުރުކުރަންދެން ހޮރުމުޒް ކަނޑުއޮޅި އެއްކޮށް އަލުން ނުހުޅުވާނެ ކަމަށް އީރާނުގެ އޮފިޝަލުން ހާމަކޮށްފިއެވެ. މިކަން ހާމަކުރެއްވި ބޭފުޅުންގެ ތެރޭގައި އެ ގައުމުގެ ސީނިއާ ޕޮލިޓިކަލް އެޑްވައިޒަރު މުޙައްމަދު ބާގިރު ޒުލްޤަދްރު ހިމެނިވަޑައިގަންނަވައެވެ. އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އާ ގުޅުންހުރި އިސް ފަރާތްތަކުން ހާމަކުރި ގޮތުގައި، ވޮޝިންޓަނާއި ތެލް އަވީވްގެ ވެރިކަމަށް ބަދަލުތަކެއް...
ނާޒިމާ އަލީ
އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ތަންފީޒުކުރާ މިންވަރު ބެލުމަށް އދ. އިން ކަނޑައަޅާފައިވާ މިނިވަން މޮނިޓަރިން ޕެނަލްގެ މުއްދަތު އިތުރުކުރުމަށް އެމެރިކާއިން އދ. ގެ ސެކިއުރިޓީ ކައުންސިލަށް ހުށަހެޅި ގަރާރު ރަޝިއާ އާއި ޗައިނާއިން ވީޓޯކޮށް ބާތިލްކޮށްފިއެވެ. ބުރާސްފަތި ދުވަހު ސެކިއުރިޓީ ކައުންސިލްގައި ނެގި މި ވޯޓުގައި، މޮނިޓަރިން މުއްދަތު އިތުރުކުރުމަށް 11 ގައުމަކުން ތާއީދުކޮށް ވޯޓު ދީފައިވެއެވެ. ނަމަވެސް، ކައުންސިލްގެ ދާއިމީ ދެ މެންބަރުން ކަމަށްވާ ރަޝިއާ އާއި ޗައިނާއިން ގަރާރާ ދެކޮ...
ނާޒިމާ އަލީ
ބައްޝާރު އަލް އަސަދުގެ ރެޖީމުގެ އަނިޔާވެރިކަމާއި ފާރަވެރިކަމުން ސަލާމަތްކުރުމުގެ ގޮތުން ސީރިއާގެ ގެއެއްގެ ތެރޭގައި ހެދި ކޮންކްރީޓް ފާރެއްގެ އެތެރޭގައި ފޮރުވި ސައްތޭކަ އަށްވުރެ ގިނަ ފޮތްތަކާއި މުހިންމު ލިޔެކިޔުންތައް ނަގައިފިއެވެ. މި ތާރީޚީ އަދި އަސަރުގަދަ މަންޒަރުން ފެނިގެންދިޔައީ އަބޫ ބިލާލް ނަމަކަށް ކިޔާ އުމުރުން ދުވަސްވީ ސީރިއާގެ ރައްޔިތަކު، ކުވެއިތުގައި 15 އަހަރު ހޭދަކުރުމަށްފަހު އެނބުރި ޤައުމަށް އައިސް، މި އަހަރުގެ އޯގަސްޓް މަހު އެ މީހާގެ އަމިއްލަ ގޭގެ ފާރު ބޮޑު މަރުތޭލަކުން […]
އިބްރާހިމް އަސްވާޤް
އިސްރާއީލާއި މޮރޮކޯއާ ދެމެދު އޮތް ސިޔާސީ ގުޅުން ފުރިހަމަ އެމްބަސީގެ ފެންވަރަށް މަތީ ދަރަޖައަކަށް ބަދަލުކޮށް، ސަފީރުން ބަދަލުކުރުމަށާއި، މި އަހަރު ނިމުމުގެ ކުރިން ދެ ގައުމުގެ ދެމެދުގައި ސީދާ ވައިގެ ދަތުރުފަތުރުތައް އަލުން ފެށުމަށް އެ ދެ ގައުމުން އެއްބަސްވެއްޖެއެވެ. މި އެއްބަސްވުމަށް އައިސްފައިވަނީ އެމެރިކާގެ ނިއުޔޯކްގައި ބޭއްވި ހާއްސަ ބައްދަލުވުމެއްގައެވެ. މިއީ އެމެރިކާއާއި މޮރޮކޯ އަދި އިސްރާއީލުގެ މެދުގައި އުފެދިފައިވާ ތިންފަރާތް އެކުވި ގުޅުމަށް ހަ އަހަރު ފުރެން ކައިރިވެފައިވަނިކޮށް އެޅި މުހިންމ...
ނާޒިމާ އަލީ
އިސްރާއީލަށް 2.8 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކުމުގެ އާ އެއްބަސްވުމެއްގެ ދަށުން، ނުރައްކާތެރި ބަރު 40،000 ބޮން ފޮނުވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ރާވަމުންދާކަމަށް ރިޕޯޓްތައް ބުނެފިއެވެ. މީގެ ދެ އަހަރު ކުރިން ބައިޑަންގެ ސަރުކާރުން ފޮނުވުން ހުއްޓުވި 2،000 ޕައުންޑުގެ މި ބޮންތަކަކީ ޣައްޒާގައި ގިނަ އަދަދެއްގެ އާންމުން މަރުވެދާނެ ކަމުގެ ބިރު ބޮޑުވުމުން ހިފެހެއްޓި ހަތިޔާރުތަކެއްކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ. އެއްބަސްވުން އަދި ނިމުމަކަށް ނާންނާތީ ނަން ހާމަނުކުރުމަށް ޝަރުތުކޮ...
ނާޒިމާ އަލީ
އަންނަ ހަފުތާގައި އެމެރިކާގެ ނިއުޔޯކުގައި ބޭއްވުމަށް ހަމަޖެހިފައިވާ އދ.ގެ އާންމު މަޖިލީހުގެ އަހަރީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް އެދިވަޑައިގަތުމުން، އެމެރިކާއިން އެންޓްރީ ވިސާ ނުދޭން ނިންމާ ފަލަސްތީނުގެ އަޑު އުފުލުމަށް ހުރަސްއަޅައިފިއެވެ. ބޭރުގެ މީޑިއާތަކަށް މައުލޫމާތުދީފައިވާ ފަލަސްތީނުގެ ދެ މަސްދަރަކުން ކަށަވަރުކޮށްދީފައިވާ ގޮތުގައި، މިއީ ވިދިވިދިގެން ދެވަނަ އަހަރު އައްބާސަށް އެމެރިކާއިން ވިސާ ނުދިން ފަހަރެވެ. އެމެރިކާއިން ފަލަސްތީނުގެ މަސްއޫލު...
ނާޒިމާ އަލީ
މުސްލިމުންގެ އެންމެ މުގައްދަސް ބިން ކަމަށްވާ މައްކާއަށް އަމާޒުކޮށް ހޫތީ ޖަމާއަތުން ދޭން އުޅުނު ޑްރޯން ހަމަލާ އިސްލާމީ ދުނިޔެއާއި އެކި ޖަމްއިއްޔާތަކުން ކުށްވެރިކޮށްފިއެވެ. މައްކާގެ މުގައްދަސް ސަރަހައްދުގެ ވައިގެ ސަރަހައްދަށް ވަނުމުގެ ކުރިން ސައޫދީގެ ރޯޔަލް އެއާ ޑިފެންސް ފޯސަސްއިން ވަނީ އެ އުޅަނދު ދެނެގަނެ، މައްކާގެ ދެކުނުން އެ ޑްރޯން ވައްޓާލާފައެވެ. މި ހަމަލާއާ ގުޅިގެން އިސްލާމީ ގައުމުތަކާއި ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުން ވަނީ ބޮޑު ނުރުހުމެއް ފާޅުކޮށްފައެވެ. މިހަމަލާ ކުއްވެރިކުރަށްވާ ރާއްޖޭގެ...
ނާޒިމާ އަލީ
ސަޢޫދީ ޢަރަބިއްޔާއިން އިސްނަގައިގެން އުފައްދާފައިވާ “މަލްޓިނޭޝަނަލް މެރިޓައިމް ޑިފެންސް ކޯލިޝަން” ގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ. މި ކޯލިޝަނުގައި ރާއްޖެއިން ބައިވެރިވުމަށްޓަކައި، އެކަމުގެ ޗާޓަރުގައި ސޮއިކުރުމުގެ ޚާއްޞަ ރަސްމިއްޔާތެއް މިއަދު ވަނީ ބަންޑާރަކޮށީގައި ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ފަރާތުން “މަލްޓިނޭޝަނަލް މެރިޓައިމް ޑިފެންސް ކޯލިޝަން” ގެ ޗާޓަރުގައި ސޮއިކުރެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ. މި ކޯލިޝަނަކީ ބައިނަލްއަޤްވާމީ ޤާ...
އިބްރާހިމް އަސްވާޤް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ކޮންގްރެސްގެ ހުއްދައެއް ނެތި އީރާނާ ދެކޮޅަށް ކުރިއަށް ގެންދަވާ އަސްކަރީ ހަރަކާތްތައް ހުއްޓުވައި އީރާން ހަނގުރާމަ ނިމުމަކަށް ގެނައުމަށް، އެމެރިކާގެ ގާނޫނުހަދާ މަޖިލީހުގެ ތިރިގެ، ހައުސް އޮފް ރިޕްރެޒެންޓެޓިވްސްއިން ތިންވަނަ ފަހަރަށް ފާސްކޮށްފިއެވެ. އަންގާރަ ދުވަހުގެ ރޭ ނެގި މި ވޯޓުގައި، ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީގެ ހަތް މެންބަރަކު ވެސް ވަނީ އިދިކޮޅު ޑިމޮކްރެޓުންނާއެކު ހަނގުރާމަ ހުއްޓާލުމަށް ތާއީދުކުރައްވައި ވޯޓު ދެއްވާފައެވެ. ޖުމްލަ 220 ވޯޓު 204 ވޯޓުން ފާސްކުރ...
އަޙްމަދު ވަހީދު
އިސްރާއީލުން ހިންގާ އަސްކަރީ އުދުވާންތަކަށް އެހީތެރިކަން ފޯރުކޮށްދޭ ނުވަތަ އެ ގައުމުގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށް ބޭނުންކުރާ އެއްވެސް މުދަލެއް މެލޭޝިއާ މަގުން އުފުލުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ދާތޯ ސެރީ އަންވަރު އިބްރާހީމް ވިދާޅުވެއްޖެއެވެ. ބޮޑުވަޒީރު އަންވަރު މީސްމީޑިއާ މަންސަ އެކްސް (X) ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކުށެއްނެތް އާންމުންގެ ފުރާނައަށް ނުރައްކާވާ ފަދަ އަސްކަރީ އުދުވާންތަކަށް އެހީތެރިވުމަށް މެލޭޝިއާގެ ސަރަހައްދު ބޭނުންކުރުން ހުއްޓުވުމުގައި...
އަލީ އާދިލް
މައްކާގެ މާތް ބިމުގެ މަތިން ދަތުރުކުރުން މަނާކޮށްފައިވާ ސަރަހައްދަށް ވަނުމުގެ ކުރިން، މައްކާގެ ދެކުނުން ހޫތީން ފޮނުވާލި ޑްރޯނެއް ސައޫދީ އެއާ ޑިފެންސުން އަންގާރަ ދުވަހުގެ ހަވީރު ވައްޓާލައިފިއެވެ. ސައޫދީ ދައުލަތުގެ މީޑިއާއިން ބުނިގޮތުގައި މި ހަމަލާ ނާކާމިޔާބުކޮށްލާފައިވާ ކަން ހާމަކޮށްފައިވަނީ ޔަމަނުގެ ގާނޫނީ ސަރުކާރަށް އެހީތެރިވާ ކޯލިޝަނުންނެވެ. ކޯލިޝަންގެ ތަރުޖަމާނު މޭޖަރ ޖެނެރަލް ތުރުކީ އަލްމާލިކީ ވިދާޅުވީ، ސައޫދީ ރޯޔަލް އެއާ ޑިފެންސް ފޯސަސްއިން މި ޑްރޯން ވައްޓާލާފައިވަނީ ސެޕްޓެމްބަރު 15 ވީ އަން...
ނާޒިމާ އަލީ
ސައޫދީ އަރަބިއްޔާގެ މައްކާ، ތާއިފް، ޖިއްދާ އަދި އެ ސަރަހައްދުތަކުގެ ވަށައިގެންވާ ހިސާބުތަކަށް ކުރިމަތިވެދާނެ ކަމަށް ބެލެވުނު ނުރައްކާތެރި ހާލަތު ފާއިތުވެ ގޮސްފައިވާ ކަމަށް ސައޫދީގެ ނޭޝަނަލް އާލީ ވޯނިންގ ޕްލެޓްފޯމުން އިއުލާނުކޮށްފިއެވެ. ސައޫދީގެ ޖެނެރަލް ޑައިރެކްޓަރޭޓް އޮފް ސިވިލް ޑިފެންސުން ނޭޝަނަލް އާލީ ވޯނިންގ ޕްލެޓްފޯމް މެދުވެރިކޮށް ހާމަކުރި ގޮތުގައި، މި ސަރަހައްދުތަކަށް ކުރިމަތިވި ނުރައްކާ މިހާރު ވަނީ ފާއިތުވެފައެވެ. އަދި އާންމު ރައްޔިތުންނަށް އެމީހުންގެ އާންމު ދިރިއުޅުމުގެ ކަންކަމައިގެން ކު...
ނާޒިމާ އަލީ
މާޒީގައި ހިނގައިދިޔަ ކަންކަން އެއްފަރާތްކޮށް، ދެ ގައުމު ގުޅިގެން އާ މުސްތަގުބަލެއް ބިނާކުރުމަށް އީރާނާއި ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) އިން އެއްބަސްވެއްޖެއެވެ. މި އެއްބަސްވުމަށް އާދެވިފައިވަނީ އިންޑިއާގެ ނިއުދިއްލީގައި ކުރިއަށްދިޔަ ބްރިކްސް ސަމިޓުގެ ހަވާސާގައި، އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން އަދި އަބޫދާބީގެ ވަލީއަހުދު ޝެއިޚް ޚާލިދު ބިން މުހައްމަދު ބިން ޒައިދު އަލް ނަހްޔާން ބޭއްވެވި ބައްދަލުވުމުގައެވެ. ދެ ގައުމުގެ ދެމެދުގައި ބޭއްވުނު މި ބައްދަލުވުމުގައި ސަރަހައްދީ ހަމަނުޖެހުންތައް...
ޔުމްނާ ޢަލީ
އަޔަލޭންޑުގެ ރައްޔިތުން ހަނގުރާމައާއި ނަސްލުނައްތާލުން އެއީ އާންމު ކަމެއްގެ ގޮތުގައި ބަލައިގަތުމާ ދެކޮޅު ހަދާކަން، އެ ގައުމުގެ ރައީސް ކެތުރީން ކޮނޯލީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ދަންނަވައިފިއެވެ. ރައީސް ކޮނޯލީ މިހެން ދެއްނެވީ ޓްރަމްޕް އައިރަލޭންޑަށް ކުރައްވަމުންދާ ދެ ދުވަހުގެ ދަތުރުފުޅުގެ ތެރެއިން ހޮނިހިރު ދުވަހު ދެ ބޭފުޅުން ބޭއްވެވި ބައްދަލުކުރެއްވުމަށްފަހު ނެރުއްވި ބަޔާނެއްގައެވެ. އައިރަލޭންޑުގެ ރިޔާސީ ގަޑުވަރު “އާރަސް އަން އުއަޚްތަރާން” ގައި ޓްރަމްޕާއެކު ބޭއްވެވި ބައްދަލުކުރެއްވުމަށ...
ނާޒިމާ އަލީ