މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު Over the country އަށް (16:00 އިން 22:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ބައިނަލްއަގުވާމީ

3,705 ޝާއިޢުކުރެވިފައިވާ ލިޔުން

ބައިނަލްއަގުވާމީ - 165 ވަނަ ޞަފްޙާ

ފައިނަލުގައި ސްޕެއިން އާއި ފްރާންސް

ފައިނަލުގައި ސްޕެއިން އާއި ފްރާންސް

އޮލިމްޕިކް ފުޓްބޯޅަ މުބާރާތުގެ ފައިނަލުން ސްޕެއިން އާއި ފްރާންސް ޖާގަ ހޯދައިފިއެވެ. މުބާރާތުގެ ސެމީ ފައިނަލް މެޗުތައް ރޭ ކުޅެފައިވާއިރު ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ބައްދަލުކޮށްފައި ވަނީ ސްޕެއިން އާއި މޮރޮކޯއެވެ. މި މެޗު 2-1 ގެ ނަތީޖާއިން ކާމިޔާބުކޮށް ސްޕެއިން ވަނީ ފައިނަލުން ޖާގަ ހޯދާފައެވެ. ރޭ މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ މޮރޮކޯއިންނެވެ. މި ލަނޑު 35 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީން ކާމިޔާބު ކޮށްދިނީ ރަހީމީއެވެ. ސްޕެއިނުން ނަތީޖާ ހަމަހަމަ […]

އިބްރާހިމް ޚަލީލް
ދުނިޔޭގެ ސްޓޮކް މާކެޓް ވެއްޓުނީ ކީއްވެ؟ ޒިންމާވާންޖެހެނީ ކޮންބަޔެއް؟

ދުނިޔޭގެ ސްޓޮކް މާކެޓް ވެއްޓުނީ ކީއްވެ؟ ޒިންމާވާންޖެހެނީ ކޮންބަޔެއް؟

ދުނިޔޭގެ ސްޓޮކް މާކެޓް ވެއްޓުމަށް މައިގަނޑު ގޮތެއްގައި ޒިންމާވާންޖެހެނީ ސިޔާސީ ގޮތުން ދަރަނި ނުބެލެހެއްޓުމާއި، ސިޔާސީ ބޭނުމަށް ޙަޤީޤަތް އޮޅުވާލުމާއި، އޭގެ ސަބަބުން އުފެދުނު އިންފްލޭޝަންކަމަށް ތަޖުރިބާކާރު މާލީ ދިރާސާވެރިއެއް ކަމަށްވާ ޕޯލް ގޮންޗަރޮފް ވަނީ ބުނެފައެވެ. ގޮންޗަރޮފް ބުނިގޮތުގައި ޖީ7 ގައުމުތަކުގެ އިޤްތިޞާދުތައް ދަށަށް ދިއުމާއެކު އެމެރިކާ، ޔޫރަޕިއަން ޔޫނިއަން އަދި ޖަޕާނުގެ އިޤްތިޞާދުތައް ރަނގަޅު ނޫންކަން ފާހަގަކޮށްފައިވެއެވެ. އެމެރިކާގެ މެނުފެކްޗަރިންގ ސެކްޓަރ ވިދިވިދިގެން 4 މަސް ދުވަހު...

އަޙްމަދު ދާއޫދު
ބަންގްލަދޭޝްގެ ރައްޔިތުން ރިޔާސީ ގަނޑުވަރު ދޮށުގައި، ހަސީނާ އިސްތިއުފާދެއްވައި ފިއްލަވައިފި

ބަންގްލަދޭޝްގެ ރައްޔިތުން ރިޔާސީ ގަނޑުވަރު ދޮށުގައި، ހަސީނާ އިސްތިއުފާދެއްވައި ފިއްލަވައިފި

ބަންގްލާދޭޝްގައި ސަރުކާރާ ދެކޮޅަށް އެ ޤައުމުގައި ކުރަމުންދާ މުޒާހަރާގެ ބައިވެރިން ބޮޑުވަޒީރު ޝައިޚް ހަސީނާގެ ގަނޑުވަރު ކައިރިއަށް ޖަމާވެފައި ވަނިކޮށް، ބޮޑު ވަޒީރު ޝެއިޚް ހަސީނާ އިސްތިއުފާ ދެއްވާ ފިއްލަވާފައިވާ ކަމަށް ބައިނަލްއަގްވާމީ ނޫސްތަކުން ބުނެފިއެވެ. އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ހަސީނާ ދިރިއުޅުއްވާ ގަނޑުވަރުކައިރިއަށް އޭނާ އާއި ދެކޮޅަށް އަޑުއުފާ އެ ޤައުމުގެ އެތައްހާސް ރައްޔިތުންނެއް ޖަމާވުމުން ހަސީނާ ވަނީ އަސްކަރީ ހެލިކޮޕްޓަރެއްގައި ފިއްލަވާފައެވެ. ސެއިޚް ހަސީނާއަށް ވާގިދޭ ސަރު...

ޔުމްނާ ޢަލީ
އިންޑިއާއިން ރަޝިޔާއާއެކު ވިޔަފާރި ފުޅާކުރުމަށް ބޮޑު ބަނދަރެއް އަޅަނީ

އިންޑިއާއިން ރަޝިޔާއާއެކު ވިޔަފާރި ފުޅާކުރުމަށް ބޮޑު ބަނދަރެއް އަޅަނީ

އިންޑިއާއިން ރަޝިޔާއާއެކު ވިޔަފާރި އިތުރަށް ފުޅާކުރުމަށް ހުޅަނގު ސަރަޙައްދުގައި ބޮޑު ބަނދަރެއް އަޅަން ނިންމައިފިއެވެ. މި ބަނދަރު އެޅުމުގެ މަޤްޞަދަކީ ރަޝިޔާއާއެކު ކުރެވޭ ވިޔަފާރި އިތުރުކުރުމެވެ. މި ބަނދަރު 2030 ވަނަ އަހަރާ ހަމައަށް ބޭނުންކުރެވޭ ހާލަތަށް ގެނެވޭނެ ކަމަށް ބެލެވެއެވެ. މަހާރާޝްޓްރާގެ ވަދަވާން ސަރަޙައްދުގައި އެޅުމަށް ނިންމާފައި މި ބަނދަރު އެޅުމުން އިންޓަނޭޝަނަލް ނޯތު-ސައުތު ޓްރާންސްޕޯޓޭޝަން ކޮރިޑޯ އަދި އިންޑިއާ-މިޑްލް އީސްޓް ޔޫރަޕް އިކޮނޮމިކް ކޮރިޑޯ މެދުވެރިކޮށް ކުރެވޭ ވިޔަފާރި އިތުރުވ...

އަޙްމަދު ދާއޫދު
ބަންގްލަދޭޝްގައި ކުރިއަށްދާ މުޒާހަރާތަކުގައި އިއްޔެ އެކަނި ވެސް 90 މަރު

ބަންގްލަދޭޝްގައި ކުރިއަށްދާ މުޒާހަރާތަކުގައި އިއްޔެ އެކަނި ވެސް 90 މަރު

ބަންގްލަދޭޝްގައި ސަރުކާރާ ދެކޮޅަށް ކުރިއަށްދާ ސަރުކާރާ ދެކޮޅު މުޒާހަރާތަކުގައި އިއްޔެ (އާދީއްތަ ދުވަހު) އެކަނިވެސް މަދުވެގެން 90 މީހުން މަރުވެއްޖެއެވެ. މި މުޒާހަރާތަކުގައި ފުލުހުންނާއި މުޒާހަރާކުރާ ފަރާތްތަކާ ދެމެދު ހިނގި ވަރުގަދަ ހަމަނުޖެހުންތަކެއްގައި މި މީހުން މަރުވުމުގެ އިތުރުން އެތައްބަޔަކަށްވަނީ އަނިޔާވެފައެވެ. މި ހަމަނުޖެހުންތައް ފެށިފައިވަނީ ސަރުކާރުގެ ވަޒީފާތަކުގައި ކޯޓާ ނިޒާމު ނައްތާލުމަށް އެދި ދަރިވަރުން ފެށި މުޒާހަރާތަކަކާ ގުޅިގެންނެވެ. ނަމަވެސް މިހާރު މި މުޒާހަރާތައް ބަދަލުވެފައިވަނ...

އަޙްމަދު ދާއޫދު
ފަލަސްތީނަށް ތާއީދުކުރާ ޕޯސްޓްތަކަށް ހުރަސްއަޅާތީ ތުރުކީން އިންސްޓަގްރާމް ބްލޮކްކޮށްފި

ފަލަސްތީނަށް ތާއީދުކުރާ ޕޯސްޓްތަކަށް ހުރަސްއަޅާތީ ތުރުކީން އިންސްޓަގްރާމް ބްލޮކްކޮށްފި

ހަމާސްގެ ލީޑަރު އިސްމާއީލް ހަނިއްޔާ އާއި ފަލަސްތީނަށް ތާއީދުކުރާ ޕޯސްޓްތަކަށް ހުރަސްއަޅާތީ ތުރުކީން އިންސްޓަގްރާމް ބްލޮކްކޮށްފިއެވެ. ތުރުކީގެ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީސް އޮތޯރިޓީ (ޓީކޭއެމް) އިން އިއްޔެއިން ފެށިގެން އިންސްޓަގްރާމަށް ނުވަދެވޭގޮތަށް ބްލޮކްކޮށްފައިވާއިރު، މިގޮތަށް ބްލޮކްކުރީ ހަނިއްޔާ އާއި ފަލަސްތީނަށް ތާއީދުކުރާ ޕޯސްޓްތަކަށް އިންސްޓަގްރާމުން ހުރަސްއަޅާތީ ކަމަށް ރިޕޯޓްތައް ބުނެއެވެ. ތުރުކީން އެޅި މި ފިޔަވަޅާ ގުޅިގެން ފަލަސްތީނަށް ތާއީދުކުރާ އެކްޓިވިސްޓުން ވަނީ ޓިކ...

އަޙްމަދު ދާއޫދު
ގޭމް އިންފޯމަރ މަޖައްލާ 33 އަހަރަށްފަހު ބަންދުކޮށްފި

ގޭމް އިންފޯމަރ މަޖައްލާ 33 އަހަރަށްފަހު ބަންދުކޮށްފި

ދުނިޔޭގެ އެންމެ މަޝްހޫރު ގޭމިންގ މަޖައްލާތަކުގެ ތެރެއިން އެއް މަޖައްލާ ކަމުގައިވާ ގޭމް އިންފޯމަރ 33 އަހަރަށްފަހު ބަންދުކޮށްފިއެވެ. މި މަޖައްލާގެ މައި ކުންފުނި ކަމުގައިވާ ގޭމްސްޓޮޕްއިން މިއަދު ވަނީ މި މަޖައްލާ ބަންދުކުރުމަށް ނިންމާފައެވެ. މަޖައްލާގެ ވެބްސައިޓާއި އާކައިވްސް ވެސް ވަނީ ނަގާފައެވެ. މިހާރު އެ ވެބްސައިޓަށް ވަދެވޭއިރު ފެންނަނީ މަޖައްލާގެ ކިޔުންތެރިންނަށް ޝުކުރު އަދާކޮށްފައިވާ ފަހު ބަޔާނެވެ. “33 އަހަރު ވަންދެން ގޭމިންގ ދުނިޔޭގެ އެންމެ ފަހުގެ ޚަބަރުތަކާއި، ރިވިއުތަކާއި، މަޢުލޫމާތު ގެނެސްދ...

އަޙްމަދު ދާއޫދު
ލުބުނާނުގައި ތިބި އެމެރިކާގެ ރައްޔިތުން ވަގުތުން ފޭބުމަށް އަންގައިފި

ލުބުނާނުގައި ތިބި އެމެރިކާގެ ރައްޔިތުން ވަގުތުން ފޭބުމަށް އަންގައިފި

ލުބުނާނުގައި ތިބި އެމެރިކާގެ ރައްޔިތުން ވަގުތުން ފޭބުމަށް އެމެރިކާއިން އަންގައިފިއެވެ. ބެއިރޫތުގައި ހުންނަ އެމެރިކާގެ އެމްބަސީން ލުބުނާނުގައި ތިބި އެމެރިކާގެ ރައްޔިތުންނަށް އެންގީ “ލިބެން ހުރި ކޮންމެ ޓިކެޓަކުން” އެ ގައުމުން ވީ އެންމެ އަވަހަކަށް ފުރައިގެން ދިއުމަށެވެ. މެދުއިރުމަތީގެ ސަރަހައްދުގައި އޮތް ހަލަބޮލިކަން އިތުރުވަމުން ދިއުމާ ގުޅިގެން މި އިންޒާރު ދީފައިވަނީ ބުރާސްފަތި ދުވަހުއެވެ. މި އިންޒާރު ދީފައިވަނީ އިނގިރޭސިވިލާތުގެ ފޮރިން ސެކްރެޓަރީ ޑޭވިޑް ލެމީ ވެސް މިފަދަ އިންޒާރެއް އެގައުމުގެ ރައް...

އަޙްމަދު ދާއޫދު
އިސްރާއީލުގެ ޑްރޯން ހަމަލާއެއްގައި ފަލަސްތީނު 9 މީހުން ޝަހީދުވެއްޖެ

އިސްރާއީލުގެ ޑްރޯން ހަމަލާއެއްގައި ފަލަސްތީނު 9 މީހުން ޝަހީދުވެއްޖެ

ހުޅަނގު އައްސޭރީގެ އުތުރުގައި ދިން އިސްރާއީލުގެ ޑްރޯން ހަމަލާއެއްގައި ފަލަސްތީނު 9 މީހުން ޝަހީދުވެއްޖެއެވެ. މި ހަމަލާ އަމާޒުކޮށްފައިވަނީ ދެ އުޅަނދަކަށެވެ. ފަލަސްތީނުގެ ރަސްމީ ނޫސް އޭޖެންސީ ވަފާއިން ބުނެފައިވާ ގޮތުގައި ބަލްއާ އާއި އިކްތަބާ ސަރަހައްދުގެ މެދުތެރޭގެ މަގެއްގެމަތީގައި ދުއްވަމުންދިޔަ އުޅަނދަކަށް އަމާޒުކޮށް ދިން ހަމަލާއެއްގައި 4 މީހުން ޝަހީދުވިއެވެ. އަދި އޭގެ ކުރިން ޒައިތާ-އައްތިލް އަވަށުގެ މަގެއްގެ މަތީގައި ދުއްވަމުންދިޔަ އުޅަނދަކަށް ދިން ހަމަލާއެއްގައި ވެސް 5 މީހުން ޝަހީދުވިއެވެ. މި ހ...

އަޙްމަދު ދާއޫދު
އިނގިރޭސިވިލާތުގައި ދިރިއުޅޭ އަދި ދަތުރުކުރާ ދިވެހިން ސަމާލުވުމަށް އެދެފި

އިނގިރޭސިވިލާތުގައި ދިރިއުޅޭ އަދި ދަތުރުކުރާ ދިވެހިން ސަމާލުވުމަށް އެދެފި

އިނގިރޭސިވިލާތުގައި ދިރިއުޅޭ އަދި އެ ގައުމަށް ދަތުރުކުރާ ދިވެހިން ސަމާލުވުމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން އެދެފި އެވެ. އެމިނސިްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިނގިރޭސިވިލާތުގެ ހުޅަނގު އުތުރުގައި ހިމެނޭ ސައުތްޕޯޓުގައި ހިނގި ކުޑަކުދިންގެ ޑާންސް އަދި ޔޯގާ ކްލާހަކަށް ވަޅިން ހަމަލާދިނުމުގެ ހިތާމަވެރި ހާދިސާގައި 3 ކުޑަކުދިން ނިޔާވުމާ ގުޅިގެންނެވެ. މި ހާދިސާއާ ގުޅިގެން މުސްލިމުންނާ ދެކޮޅަށް މިހާރު ހިންގަމުންދާ ސިލްސިލާ މުޒާހަރާތަކާއި ހަރަކާތްތައް، އިނގިރޭސިވިލާތުގައި ހުންނަ ދިވެ...

އަލީ އާދިލް
ޕާކިސްތާނުގައި އަނެއްކާވެސް ވީޕީއެން ބޭނުންކުރުން މަނާކުރަން ނިންމައިފި

ޕާކިސްތާނުގައި އަނެއްކާވެސް ވީޕީއެން ބޭނުންކުރުން މަނާކުރަން ނިންމައިފި

ޕާކިސްތާނުގައި އަނެއްކާވެސް ވީޕީއެން ބޭނުންކުރުން މަނާކުރަން ނިންމައިފިއެވެ. ޕާކިސްތާނުގެ ޓެލެކޮމިއުނިކޭޝަން އޮތޯރިޓީ (ޕީޓީއޭ)ގެ ޗެއަރމަން، ރިޓަޔަރޑް މޭޖަރ ޖެނެރަލް ހަފީޒުއްރަހްމާން ވަނީ 2 އޯގަސްޓު 2024 ގައި އެ ގައުމުގައި ވީޕީއެން ބޭނުންކުރުން ރެގިއުލޭޓްކުރުމަށް ރާވަމުންދާކަން ހާމަކުރައްވާފައެވެ. މި ރޭވުމުގެ ދަށުން، ހަމައެކަނި ޕީޓީއޭއިން ކަނޑައަޅާ މިންގަނޑުތަކަށް ފެތޭ ވީޕީއެން ޕްރޮވައިޑަރުތަކަށް ހުއްދަ ދިނުމަށްފަހު، އެހެން ޕްރޮވައިޑަރުތައް ބްލޮކްކުރުމަށް ވަނީ ނިންމާފައެވެ. މި ނިންމުމަކީ، 2024 ވަ...

އަޙްމަދު ދާއޫދު
އަލްޖަޒީރާގެ ދެ ނޫސްވެރިޔަކު އިސްރާއީލުން ޣައްޒާގައި މަރާލައިފި

އަލްޖަޒީރާގެ ދެ ނޫސްވެރިޔަކު އިސްރާއީލުން ޣައްޒާގައި މަރާލައިފި

އަލްޖަޒީރާގެ ދެ ނޫސްވެރިޔަކު އިސްރާއީލުން ޣައްޒާގައި މަރާލައިފިއެވެ. ޣައްޒާގައި އަލްޖަޒީރާގެ ނޫސްވެރިޔަކާއި ކެމެރާމަނަކު މަރާލުމާ ގުޅިގެން، ނޫސްވެރިން ރައްކާތެރިކުރުމަށް ޖެރޫސަލަމްގައި ހުންނަ ބްރިޓާނިއާގެ ކޮންސިއުލޭޓުން ވަނީ އެކަން ކުށްވެރިކޮށް ކަންބޮޑުވުން ފާޅުކޮށްފައެވެ. އިޒްރޭލުން މަރާލި ދެ ނޫސްވެރިންނަކީ އަލްޖަޒީރާގެ އިސްމާޢީލް އަލް-ޣޫލްއާއި އޭނާގެ އެކުވެރި ކެމެރާމަން ރާމީ އަލް-ރިފީއެވެ. ކޮންސިއުލޭޓުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މިދިޔަ ހަފްތާގައި ޣައްޒާގައި އިތުރު ދެ ނޫ...

އަޙްމަދު ދާއޫދު
އަޤްޞާ މިސްކިތުގެ އިމާމު ހައްޔަރުކުރުމުން ކަންބޮޑުވުން ފާޅުކޮށްފި

އަޤްޞާ މިސްކިތުގެ އިމާމު ހައްޔަރުކުރުމުން ކަންބޮޑުވުން ފާޅުކޮށްފި

އަލް-އަޤްޞާ މިސްކިތުގެ އިމާމު ހައްޔަރުކުރުމުން ހަމާސް އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އަލް-އަޤްޞާ މިސްކިތުގެ އިމާމު ޢިކްރިމާ ސަބްރީ އިސްރާއީލުން ހައްޔަރުކުރީ އިއްޔެގެ ހުކުރު ޚުޠުބާގައި ހަމާސްގެ އިސްވެރިޔާ އިސްމާޢީލް ހަނިއްޔާއަށް ހަމްދު ކިޔުމާ ގުޅިގެންނެވެ. ހަމާސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިމާމު ޢިކްރިމާ ހައްޔަރުކޮށް ތަޙުޤީޤުކުރުމަކީ އަޅުގަނޑުމެންގެ ދީނީ އިސްވެރިންނާ ދެކޮޅަށް ސީދާ ދުޝްމަނުކަން ފާޅުކުރުމެއް ކަމަށެވެ. އަދި މިއީ ޤުދުސްއިން ޢަރަބި ވަންތަކަން ފުހެލުމާއި އަލް-އަޤްޞާ މިސްކ...

އަޙްމަދު ދާއޫދު
ފޭކް އޮންލައިން ފިހާރަތަކެއް އިސްތިހާރުކޮށް ކްރެޑިޓް ކާޑުގެ މައުލޫމާތު ވަގަށް ނަގަނީ

ފޭކް އޮންލައިން ފިހާރަތަކެއް އިސްތިހާރުކޮށް ކްރެޑިޓް ކާޑުގެ މައުލޫމާތު ވަގަށް ނަގަނީ

ފޭކް އޮންލައިން ފިހާރަތަކެއް ފޭސްބުކްގައި އިޝްތިހާރުކޮށް އެތަންތަނުން ތަކެތި ގަންނަން މަސައްކަތްކުރާ ގިނަބައެއްގެ ކްރެޑިޓް ކާޑުގެ މައުލޫމާތުތައް ވަގަށް ނަގަމުންދާކަން ހާމަވެއްޖެއެވެ. އޮންލައިން ސްޓޯރުތަކެއްގެ ގޮތުގައި އޮޅުވާލައިގެން ހިންގާ ވެބްސައިޓްތަކުގެ ނެޓްވޯކެއް ފެނިފައިވާއިރު، އެ ފޭކް ފިހާރަތައް ހިންގަނީ ޔޫޒަރުންގެ ކޭޝްކާޑުގެ މައުލޫމާތު ވަގަށް ނެގުމުގެ މަޤްޞަދުގައި ވަރަށް ދުރާލައި ރާވައިގެންނެވެ.  އެގޮތަށް އޮޅުވާލައިގެން ހިންގާ ވެބްސައިޓްތަކުގެ ނެޓްވޯކެއް ޓެކް ޓީމަކުން ވަނީ ހާމަކޮށްފައެވެ....

އަޙްމަދު ދާއޫދު
ކެރެލާގައި ބިންގަނޑު ކަނޑައިގެންގޮސް ގެއްލުނު 190 އަށްވުރެ ގިނަ މީހުން ހޯދަނީ

ކެރެލާގައި ބިންގަނޑު ކަނޑައިގެންގޮސް ގެއްލުނު 190 އަށްވުރެ ގިނަ މީހުން ހޯދަނީ

އިންޑިއާގެ އުތުރުގެ ސްޓޭޓެއް ކަމަށްވާ ހިމާޗަލް ޕްރަދޭޝްގައި ބުރާސްފަތި ދުވަހު ހިނގި ބިންގަނޑު ކަނޑައިގެން ދިއުމުގެ އާ ހާދިސާއެއްގައި ގެއްލުނު 191 އަށްވުރެ ގިނަ މީހުން ހޯދުމުގެ މަސައްކަތް ރެސްކިއު ޓީމްތަކުން ދަނީ ކުރަމުންނެވެ. އެމީހުން ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް ހިމާޗަލް ޕްރަދޭޝް ސްޓޭޓްގައި ބުރާސްފަތި ދުވަހުގެ ފަތިހު ހިނގި އެންމެ ފަހުގެ ހާދިސާގައި ވެސް އިތުރު 50 އަށް ވުރެ ގިނަ މީހުން ގެއްލިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ހިމާޗަލް ޕްރަދޭޝްގެ ޗީފް މިނިސްޓަރު ސުކްވިންދަރު […]

އަޙްމަދު ދާއޫދު