ހަނިއްޔާ އަވަހާރަކޮށްލީ އޭނާ ހުންނެވި ގެސްޓް ހައުސްގައި ބޮމެއް ގޮއްވާލައިގެން: ރިޕޯޓް
ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ، ހަމާސް ޖަމާއަތުގެ ސިޔާސީ ގޮފީގެ ވެރިޔާ އިސްމާއީލް ހަނިއްޔާ އިސްރާއީލްގެ ހަމަލާއެއްގައި ޝަހީދުކޮށްލައިފާ ވާއިރު، އޭނާ ޝަހީދުކޮށްލީ އޭނާ އީރާނަށް ވަޑައިގަންނަވާއިރު އާންމުކޮށް ހުންނަވާ ގެސްޓްހައުސްގައި ދެ މަހެއްހާ ދުވަސް ކުރިން ހަރުކުރި ބޮމެއް ގޮއްވާލައިގެން ކަމަށް މީޑިާ ރިޕޯޓެއްގައި ބުނެފިއެވެ. ސީއެންއެންއިން ކަމާ ގުޅުންހުރި މަސްދަރަކާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި މިދިޔަ ބުދަ ދުވަހު ބޮން ގޮއްވާލީ ހަނިއްޔާ ގެސްޓްހައުސްއަށް ވަޑައިގެން، ކޮޓަރިއަށް ވ...