އިންޑިއާގެ އުތުރުގެ ސްޓޭޓެއް ކަމަށްވާ ހިމާޗަލް ޕްރަދޭޝްގައި ބުރާސްފަތި ދުވަހު ހިނގި ބިންގަނޑު ކަނޑައިގެން ދިއުމުގެ އާ ހާދިސާއެއްގައި ގެއްލުނު 191 އަށްވުރެ ގިނަ މީހުން ހޯދުމުގެ މަސައްކަތް ރެސްކިއު ޓީމްތަކުން ދަނީ ކުރަމުންނެވެ.

އެމީހުން ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް ހިމާޗަލް ޕްރަދޭޝް ސްޓޭޓްގައި ބުރާސްފަތި ދުވަހުގެ ފަތިހު ހިނގި އެންމެ ފަހުގެ ހާދިސާގައި ވެސް އިތުރު 50 އަށް ވުރެ ގިނަ މީހުން ގެއްލިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

Ad
rt

ހިމާޗަލް ޕްރަދޭޝްގެ ޗީފް މިނިސްޓަރު ސުކްވިންދަރު ސިންގް ސުކޫ އެކްސްގައި ލިޔުއްވާފައިވާ ގޮތުގައި ޝިމްލާގެ ރާމްޕޫރު ތަހުސިލް އާއި މަންޑީ ޑިސްޓްރިކްޓްގެ ޕަދަރް ތަހުސިލް އަދި ކުއްލޫގެ ނިރްމަންދު ވިލެޖްގައި ބޯކޮށް ވާރޭވެހި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން 50 އަށް ވުރެ ގިނަ މީހުން ގެއްލިފައިވެއެވެ.

އަދި ރިލީފް އެންޑް ރެސްކިއު ގެ މަސައްކަތްތައް އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށް ލޯކަލް އެޑްމިނިސްޓްރޭޝަނަށް އަންގާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަންގާރަ ދުވަހު އެ ސްޓޭޓްގެ ވަޔަނާޑް ޑިސްޓްރިކްޓަށް ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން 178 މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

އިންޑިއާގެ އަސްކަރިއްޔާ އާއި ވައިގެ އަސްކަރިއްޔާ އިން ވަނީ މީހުން ސަލާމަތްކުރުމުގެ އޮޕަރޭޝަންގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ފޮނުވައިފައެވެ.