ޗައިނާއިން ތާލިބާނުންނަށް ޓެރިފް-ފްރީ ވިޔަފާރީގެ ފުރުޞަތު ހުޅުވާލައިފި
ޗައިނާއިން އަފްޣާނިސްތާނުގެ ޠާލިބާން ސަރުކާރަށް ޓެރިފް-ފްރީ ވިޔަފާރީގެ ފުރުޞަތު ހުޅުވާލައިފިއެވެ. މިގޮތުން ޗައިނާގެ ބޮޑެތި އިމާރާތްކުރުމުގެ، ހަކަތައިގެ އަދި ކަސްޓަމަރުންނާ ގުޅުންހުރި ދާއިރާތަކަށް ޠާލިބާނަށް ޓެރިފް-ފްރީކޮށް ވަދެވޭނެއެވެ. މިއީ ވަސީލަތްތަކުން މުއްސަނދި ނަމަވެސް ޑިޕްލޮމެޓިކް ގޮތުން އެކަހެރިވެފައިވާ ޠާލިބާން ސަރުކާރުން އެމީހުންގެ މާކެޓް ފުޅާކުރުމަށް އެދިފައިވާ އެދުމަކަށް ޗައިނާއިން ދީފައިވާ ޖަވާބެކެވެ. 2021 ވަނަ އަހަރު ޠާލިބާނުން އަފްޣާނިސްތާނުގެ ވެރިކަން ހިފީއްސުރެ ޗައިނާއިން ވަނީ އ...