އެމެރިކާއިން ސީރިއާ އަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިދެނީ
ސީރިއާ އަށް އަމާޒުކޮށްގެން އަޅާފައިވާ އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރެއިން ބައެއް ލުއިކުރުމަށް އެމެރިކާ ސަރުކާރުން ހޯމަ ދުވަހު ނިންމައިފިއެވެ. އެމެރިކާގެ ޓްރެޜަރީ ޑިޕާޓްމަންޓްގެ އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލް (އޯފެކް) އިން މި ނިންމުން ނިންމާފައިވަނީ 6 މަސް ދުވަހުގެ މުއްދަތަށެވެ. މި ނިންމުމާއެކު އެކި އެހީ ޖަމިއްޔާ ތަކާއި ކުންފުނިތަކަށް ކުރިން ވަކިވަކި މުއާމަލާތްތަކަށް ހުއްދަ ހޯދުމަކާ ނުލައި ސީރިއާއަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދެވޭނެއެވެ. މީގެ ތެރޭގައި ކަރަންޓާއި، ފެނާއި، ނަރ...