ޓްރަމްޕް ކުށްވެރިވި ނަމަވެސް އަދަބެއް ނުދިން
އޮރިޔާން ފިލްމްކުޅޭ އަންހެނެއްކަމަށްވާ ސްޓޯމީ ޑޭނިއަލްސްއަށް ފައިސާ ދިން މައްސަލައިގައި އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މައްޗަށް ކުރި ވިޔަފާރި ފްރޯޑްގެ 34 ދަޢުވާއިން ކުށްވެރިވެފައިވާ އިއްޔެ އެމެރިކާގެ ކޯޓުން ނިންމައިފިއެވެ. 2016 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ތެރޭގައި ޓްރަޕް ކުރި މި ޢަމަލު ސާބިތުވަކަމަށް ނިންމިނަމަވެސް އޭނާގެ މައްޗަށް އެއްވެސް އަދަބެއް ނުދޭން ވަނީ ނިންމާފައެވެ. މިގޮތުން ފަނޑިޔާރު ޖުއާން މާޗަން އިއްވި ޙުކުމުގައި، ޖަލު އަދަބެއް ނުވަތަ ޖޫރިމަނާއެއް ނުވަތަ ޕްރޮބ...