އޮބާމާ ބްލޫސްކައިއާ ގުޅިވަޑައިގެންފި
އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ ބްލޫސްކައި ޕްލެޓްފޯމްގައި ރަސްމީ އެކައުންޓެއް ހުޅުއްވައި އެޕްލެޓްފޯމާ ގުޅިވަޑައިގެންފިއެވެ. އޮބާމާ ބްލޫސްކައި އާއި ގުޅިވަޑައިގެންފައި މިވަނީ އެމެރިކާގެ ގިނަ ސިޔާސީވެރިން X (ކުރީގެ ޓްވިޓާ) އިން ދުރުވަމުން އަންނަ ދަނޑިވަޅެއްގައެވެ. ބްލޫސްކައިގެ ބާނީ ރޯސް ވަންގް ވަނީ އޮބާމާގެ އެކައުންޓް ޞައްޙަކަން ޔަގީންކޮށްދެއްވާފައެވެ. މި ޕްލެޓްފޯމްގައި ފުރަތަމަ ޕޯސްޓްތަކުގައި، އޮބާމާ އޭނާގެ ރިޔާސަތުގައި ފާސްކުރެވުނު އެފޯޑަބަލް ކެއަރ އެކްޓްގެ 15 ވަނަ އަހަރީދުވަސް ފާހަގަކުރައ...