އިސްރާއީލުން ދިން ހަމަލާތަކެއްގައި ޣައްޒާއިން އިތުރު 11 މަރު
އިސްރާއީލުން ޣައްޒާއަށް ދިން ވައިގެ ހަމަލާތަކެއްގައި ޣައްޒާއިން އިތުރު 11 ރައްޔިތުން ޝަހީދުކޮށްލައިފިއެވެ. މި ހަމަލާތައް އަމާޒުކޮށްފައިވަނީ ޣައްޒާގެ އެކި ސަރަހައްދުތަކަށެވެ. މީގެ އިތުރުން، އިސްރާއީލު ސިފައިން ވަނީ ޣައްޒާގެ އުތުރު ސަރަހައްދުގައި ހުރި ރިހެބިލިޓޭޝަން އިމާރާތްތަކެއް ވެސް ވައްޓާލާފައެވެ. މަންޒަރުދުށް މީހުން ބުނާގޮތުގައި މި ހަމަލާތައް އަމާޒުކޮށްފައިވަނީ ގޭގެއަށާއި، އާންމުން އެއްވެފައިވާ ތަންތަނަށާއި، އަދި ހިޖުރަކޮށްފައިވާ ޢާއިލާތައް ދިރިއުޅެމުންދާ ޓެންޓުތަކަށެވެ. މީގެ އިތުރުން އިސްރާއ...