ގަތުލުއާންމު ހުއްޓުވުމަށް މަސައްކަތްކޮށްދިނުމަށް އަރަބި ލީޑަރުންނަށް ޣައްޒާގެ އިލްތިމާސެއް
ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ގަތުލުއާންމު ހުއްޓުވުމަށް މަސައްކަތް ކޮށްދިނުމަށް އަރަބި ލީޑަރުންނަށް ޣައްޒާއިން ގޮވާލައިފިއެވެ. ޣައްޒާ ސަރުކާރުން ހޮނިހިރު ދުވަހު ބަޣްދާދުގައި ބޭއްވޭ އަރަބި ލީގުގެ ސަމިޓުގައި ބައިވެރިވާ އަރަބި ލީޑަރުންނަށް ގޮވާލީ އިސްރާއީލުން ޣައްޒާގެ މައްޗަށް އަޅާފައިވާ ހިޞާރު ނިމުމަކަށް ގެނައުމަށާއި، ފަލަސްތީނުގެ މި ސަރަހައްދުގެ މައްޗަށް ދެމުންދާ ހަމަލާތައް ހުއްޓުވުމަށް އަމަލީ ގޮތުން އަވަސް ފިޔަވަޅުތަކެއް އެޅުމަށެވެ. ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން ނެރުނު ބަޔާނެއްގައި...