ޕާކިސްތާނާއެކު ހަނގުރާމަ އޮތީ ވަގުތީ މަޑުޖައްސާލުމެއްގައި: މޯދީ
ޕާކިސްތާނާ ދެކޮޅަށް އިންޑިއާގެ ސިފައިން ދެމުންދިޔަ ހަމަލާތައް މަޑުޖައްސާލާފައި އޮތީ ހަމައެކަނި ވަގުތީ ގޮތުން ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވެއްޖެއެވެ. މިއީ ނިޔުކްލިއަރ ހަތިޔާރު އޮތް ދެ ޤައުމުގެ މެދުގައި ފަސްވަނަ ބޮޑު ހަނގުރާމައަކަށް މަގުފަހިވެދާނެ ކަމަށް ބެލެވުނު ގަދަ ހަނގުރާމައިގެ ޙާލަތަކަށްފަހު ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަށްފަހު ޤައުމާ މުޚާޠަބުކޮށް ދެއްކެވި ފުރަތަމަ ވާހަކަފުޅެވެ. ބުދަ ދުވަހު ނިއުދިއްލީގައި ވާހަކަފުޅު ދައްކަވަމުން، ބޮޑުވަޒީރު މޯދީ ވިދާޅުވީ، “ޓެރަރިޒަ...