މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ

ބައިނަލްއަގުވާމީ

3,711 ޝާއިޢުކުރެވިފައިވާ ލިޔުން

ބައިނަލްއަގުވާމީ - 105 ވަނަ ޞަފްޙާ

ޕާކިސްތާނާއި ޗައިނާއިން ވިޔަފާރީގެ ގުޅުންތައް ދެމެހެއްޓުމަށް އެއްބަސްވެއްޖެ

ޕާކިސްތާނާއި ޗައިނާއިން ވިޔަފާރީގެ ގުޅުންތައް ދެމެހެއްޓުމަށް އެއްބަސްވެއްޖެ

ޕާކިސްތާނާއި ޗައިނާއާ ދެމެދު ވިޔަފާރީގެ ގުޅުން ބަދަހިކޮށް، މުވާސަލާތީ ގުޅުން ތައް ދެމެހެއްޓުމަށް އެއްބަސްވެއްޖެއެވެ. ޕާކިސްތާނުން ބުދަ ދުވަހު ބުނެފައިވަނީ، އިންޑިއާއާއެކު ހިނގި ނުރައްކާތެރި ހަނގުރާމައެއް ނިމުނުތާ ދުވަސްކޮޅެއް ފަހުން، ޗައިނާއާއެކު ވިޔަފާރިއާއި އިންވެސްޓްމަންޓް އިތުރުކުރުމަށް އެއްބަސްވެފައިވާ ކަމަށެވެ. މި ހަނގުރާމައާ ގުޅިގެން ޗައިނާއިން ވަނީ ދެ ޤައުމުގެ މައްސަލަތައް ވާހަކަދައްކައިގެން ހައްލުކުރުމަށް ގޮވާލާފައެވެ. ދެ ޤައުމުގެ ދެބަސްވުންތައް ފެށުނީ އޭޕްރީލް 22 ވަނަ ދުވަހު އިންޑިއާގެ...

އަޙްމަދު ދާއޫދު
ގުއަންޓަނާމޯ ބޭ ޖަލުގައި ކޮންމެ ގައިދީއަކަށް ދުވާލަކަށް 100،000 ޑޮލަރު ޚަރަދުވޭ

ގުއަންޓަނާމޯ ބޭ ޖަލުގައި ކޮންމެ ގައިދީއަކަށް ދުވާލަކަށް 100،000 ޑޮލަރު ޚަރަދުވޭ

ގުއަންޓަނާމޯ ބޭ ޖަލުގައި ބަންދުކުރެވޭ ހިޖުރަވެރިންނަށް ދުވާލަކަށް 100،000 ޑޮލަރު ޚަރަދުވާކަމަށް އެމެރިކާގެ ސެނެޓަރެއް ބުނެފިއެވެ. އެމެރިކާގެ ސެނެޓަރ ގެރީ ޕީޓަރސް ބުނީ މިއީ ޓްރަމްޕް ސަރުކާރުގެ ފައިސާ އިސްރާފުކުރުމުގެ ބޮޑު މިސާލެއް ކަމަށެވެ. ސެނެޓް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ގަވަރމެންޓަލް އެފެއާޒް ކޮމިޓީގެ އިސް ޑިމޮކްރެޓް މެންބަރު ޕީޓަރސް، އަންގާރަ ދުވަހު ބޭއްވުނު އަޑުއެހުމެއްގައި ހޯމްލޭންޑް ސެކިއުރިޓީ ސެކްރެޓަރީ ކްރިސްޓީ ނޯއެމްއާ ސުވާލުކުރެއްވިއެވެ. އެމެރިކާގެ އިމިގްރޭޝަން ބަންދު މަރުކަޒުތަކުގަ...

އަޙްމަދު ދާއޫދު
ޕާކިސްތާނުގެ އާމީ ޗީފް ޖެނެރަލް މުނީރު، އަސްކަރީ އެންމެ މަތީ ރޭންކް ފީލްޑް މާޝަލްގެ މަޤާމަށް

ޕާކިސްތާނުގެ އާމީ ޗީފް ޖެނެރަލް މުނީރު، އަސްކަރީ އެންމެ މަތީ ރޭންކް ފީލްޑް މާޝަލްގެ މަޤާމަށް

ޕާކިސްތާނުގެ އާމީ ޗީފް ޖެނެރަލް އާސިމް މުނީރު ފީލްޑް މާޝަލްގެ މަޤާމަށް ކުރިއެރުން ދިނުމަށް ނިންމައިފިއެވެ. މިއީ ގާތްގަނޑަކަށް 60 އަހަރު ފަހުން ޕާކިސްތާނުގެ ޖެނެރަލެއް މި މަޤާމަށް ކުރިއެރުން ދެވުނު ފުރަތަމަ ފަހަރެވެ. ޕާކިސްތާނުގެ ފީލްޑް މާޝަލްގެ މަޤާމަކީ އަސްކަރީ އެންމެ މަތީ ރޭންކެވެ. އަންގާރަ ދުވަހު ބޭއްވުނު ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފްގެ ރިޔާސަތުގެ ދަށުން މި ނިންމުން ފާސްކޮށްފައިވާއިރު، މި ނިންމުން ނިންމާފައިވަނީ އިންޑިއާއާއެކު ފާއިތުވި 30 އަހަރުގެ […...

އަޙްމަދު ދާއޫދު
ޣައްޒާގައި ގަޑިއެއްހާއިރުތެރޭ 38 އަށްވުރެ ގިނަމީހުން ޝަހީދުކޮށްލައިފި

ޣައްޒާގައި ގަޑިއެއްހާއިރުތެރޭ 38 އަށްވުރެ ގިނަމީހުން ޝަހީދުކޮށްލައިފި

ޣައްޒާގައި އިސްރާއީލުން ދިން ހަމަލާތަކުގައި އެއް ގަޑިއިރުގެ ތެރޭގައި މަދުވެގެން 38 މީހުން ޝަހީދުވެއްޖެ ކަމަށް ފަލަސްތީނުގެ މެޑިކަލް އޮފިޝަލުން ބުނެފިއެވެ. މި ހަމަލާތައް ދީފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައެވެ. ހަމާސްގެ ބެލުމުގެ ދަށުގައިވާ ސިވިލް ޑިފެންސް އޭޖެންސީން ބުނާ ގޮތުގައި އިސްރާއީލުގެ ހަނގުރާމަ މަތިންދާބޯޓުތަކުން ހަމަލާ ދީފައިވަނީ ޣައްޒާ ސިޓީގެ އިރުމަތީ ސަރަހައްދުގައި ހުރި ސްކޫލަކާއި، މެދު ޣައްޒާގެ ނުސެއިރާތު ރެފިއުޖީ ކޭމްޕުގައި ހުރި ބޭނުން ނުކުރާ ތެޔޮ ސްޓޭޝަނެއްގައި ހިމާޔަތަށް އެދިފައިވާ...

އަޙްމަދު ދާއޫދު
އިސްރާއީލުން ޣާޒާގައި ހިންގާ ޖަރީމާތަކާއި ގުޅިގެން އިނގިރޭސިވިލާތުން ފިޔަވަޅު އަޅަން ފަށައިފި

އިސްރާއީލުން ޣާޒާގައި ހިންގާ ޖަރީމާތަކާއި ގުޅިގެން އިނގިރޭސިވިލާތުން ފިޔަވަޅު އަޅަން ފަށައިފި

އިނގިރޭސިވިލާތުން، އިސްރާއީލާއެކު ވިޔަފާރީގެ އެއްބަސްވުމަކަށް ވާހަކަ ދެއްކުން ހުއްޓާލައި، އެ ޤައުމުގެ ސަފީރު ހާޒިރުކޮށް، އަދި ހުޅަނގު އައްސޭރީގައި ދިރިއުޅޭ ޔަހޫދީ ވަޒަންވެރިންނާ ދެކޮޅަށް އިތުރު ފިޔަވަޅުތަކެއް އަޅައިފިއެވެ. މި ފިޔަވަޅުތައް އެޅީ އިނގިރޭސި ފޮރިން ސެކްރެޓަރީ ޑޭވިޑް ލެމީ ގާޒާގައި ހިންގާ ހަނގުރާމަވެރި ޢަމަލުތައް “އަޚްލާޤީ ގޮތުން ޖާއިޒުނުވާ” ކަމެއްގެ ގޮތުގައި ސިފަކުރުމަށްފަހުގައެވެ. މި ފިޔަވަޅުތައް އަޅާފައިވަނީ، އިސްރާއީލުން ހަފްތާ ބަންދުގައި އާ ހަނގުރާމަވެރި ޢަމަލުތަކެއް ފެށުމާ ގުޅިގެ...

ޔުމްނާ ޢަލީ
އިސްރާއީލުގެ ޢަމަލުތަކާމެދު ހިމޭނަކުން ނުތިބޭނަން: ފްރާންސް، ޔޫކޭ އަދި ކެނެޑާ

އިސްރާއީލުގެ ޢަމަލުތަކާމެދު ހިމޭނަކުން ނުތިބޭނަން: ފްރާންސް، ޔޫކޭ އަދި ކެނެޑާ

އިސްރާއީލުން ޣައްޒާގައި ހިންގާ އަނިޔާވެރި ޢަމަލުތައް އިންތިހާއަށް ގޮސްފައިވާއިރު، އިސްރާއީލުގެ ޢަމަލުތަކާއި ގުޅިގެން އެ ޢަމަލުތައް ވަރަަށް ބޮޑަށް ކުށްވެރިކޮށް، އިސްރާއީލުގެ ޢަމަލުތަކާމެދު ހިމޭނުން ނުތިބޭނެކަމަށާއި، ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް ހުޅަނގުގެ ތިން ޤައުމަކުން ބުނެފިއެވެ. މިގޮތުން ފަރަންސޭސި ވިލާތާއި، އިނގިރޭސި ވިލާތް އަދި ކެނެޑާގެ ލީޑަރުން ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ޣައްޒާގައި އާއި ހުޅަނގު އައްސޭރީ އިސްރާއީލްގެ ހަނގުރާމަ ފުޅާކުރުމާމެދު އެ ޤައުމުތައް ވަރަށްބޮޑަށް...

ޔުމްނާ ޢަލީ
ޕާކިސްތާނުގައި ކާރު ބޮމެއް ގޮއްވާލައި ހަތަރު މަރު

ޕާކިސްތާނުގައި ކާރު ބޮމެއް ގޮއްވާލައި ހަތަރު މަރު

ޕާކިސްތާނުގެ ހަމަނުޖެހުން އޮތް ސަރަހައްދެއްގައި ދިން ކާރު ބޮމްގެ ހަމަލާއެއްގައި 4 މީހުން މަރުވެ، 20 މީހުން ޒަޚަމްވެއްޖެއެވެ. މި ހަމަލާ ދީފައިވަނީ ބަލޫޗިސްތާން ޕްރޮވިންސްގެ ޤިއްލާ އަބްދުﷲ ސިޓީގައި ހުރި މާރުކޭޓެއްގެ ކައިރީގައެވެ. އޮފިޝަލުން ވިދާޅުވި ގޮތުގައި މި ހަމަލާ ދީފައިވަނީ އާދީއްތަ ދުވަހުގެ ރޭގައެވެ. މި ހަމަލާގައި ގިނަ ފިހާރަތަކަކަށް ގެއްލުން ލިބި، ޕެރަމިލިޓަރީ ބާރުތައް ތިބޭ އިމާރާތެއްގެ ބޭރު ފާރަށްވެސް ވެއްޓިފައިވެއެވެ. މި ހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން ނަގާފައެއް ނުވެއެވެ. […]

އަޙްމަދު ދާއޫދު
ޓްރަމްޕް-ޕުޓިން މަޝްވަރާ: ރަޝިޔާ-ޔުކްރެއިން ހަނގުރާމަ ނިމުމަކަށް އަންނަނީ

ޓްރަމްޕް-ޕުޓިން މަޝްވަރާ: ރަޝިޔާ-ޔުކްރެއިން ހަނގުރާމަ ނިމުމަކަށް އަންނަނީ

ރަޝިޔާ-ޔުކްރެއިން ހަނގުރާމަ ވަރަށް އަވަހަށް ނިމުމަކަށް އަންނާނެކަމަށް އަނެއްކާވެސް ޓްރަމްޕް ތަކުރާރުކޮށް ވިދާޅުވެއްޖެއެވެ. ރަޝިޔާގެ ރައީސް ވްލަޑިމިރް ޕުޓިންއާއެކު ބޭއްވި ދެ ގަޑިއިރުގެ ފޯނު ކޯލަށްފަހު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވަނީ ރަޝިޔާ އަދި ޔުކްރެއިން ވަގުތުން ހަނގުރާމަ ހުއްޓުވުމަށް މަޝްވަރާތައް ފަށާނެ ކަމަށާއި މި މަޝްވަރާތަކުގެ މަޤްޞަދަކީ ހަނގުރާމަ ނިމުމަކަށް ގެނައުން ކަމަށެވެ. ޓްރަމްޕްގެ އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓްރުތުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގަ...

އަޙްމަދު ދާއޫދު
ފަލަސްތީނުގެ 1000 މީހުން ހައްޖަށް ގެންދިއުމަށް ސައޫދީ ރަސްގެފާނު އަންގަވައިފި

ފަލަސްތީނުގެ 1000 މީހުން ހައްޖަށް ގެންދިއުމަށް ސައޫދީ ރަސްގެފާނު އަންގަވައިފި

ފަލަސްތީނުގެ ހާލުގައި ޖެހިފައިވާ އާއިލާތަކުން 1000 މީހުން ހައްޖަށް ގެންދިއުމަށް ސައޫދީ ރަސްގެފާނު އަންގަވައިފިއެވެ. ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސައޫދު ވަނީ ފަލަސްތީނުގެ ޝަހީދުންގެ އާއިލާތަކާއި، ބަންދުގައި ތިބި މީހުންގެ އާއިލާތަކާއި، ޒަޚަމްވެފައިވާ މީހުންގެ އާއިލާތަކުން 1000 މީހުން މިއަހަރުގެ ހައްޖަށް ގެންދިއުމަށް އަންގަވާފައެވެ. މި ހުރިހާ ޚަރަދެއް ކުރައްވާނީ ރަސްގެފާނުގެ އަމިއްލަ ފުޅު މިލްކިއްޔާތުންނެވެ. މިއީ ރަސްގެފާނުގެ މެހުމާނުންގެ ޕްރޮގްރާމުގެ ދަށުން ކުރި...

އަޙްމަދު ދާއޫދު
އެމެރިކާގެ އެމްބަސީން ބުނަނީ ފަލަސްތީނު މީހުން ލީބިއާއަށް ބަދަލުކުރާ ވާހަކައަކީ ދޮގެއްކަމަށް

އެމެރިކާގެ އެމްބަސީން ބުނަނީ ފަލަސްތީނު މީހުން ލީބިއާއަށް ބަދަލުކުރާ ވާހަކައަކީ ދޮގެއްކަމަށް

ޣައްޒާގައި ދިރިއުޅޭ ފަލަސްތީނު މީހުން ލީބިއާއަށް ބަދަލުކުރުމުގެ މަސައްކަތް އެމެރިކާ ސަރުކާރުން ކުރަމުންދާ ކަމަށް ބުނެ ނެރެފައިވާ ރިޕޯޓެއް، ލީބިއާގައި ހުންނަ އެމެރިކާގެ އެމްބަސީން އާދީއްތަ ދުވަހު ދޮގުކޮށްފިއެވެ. އެމެރިކާގެ ނިއުސް ޗެނަލް އެން.ބީ.ސީ އިން ބުރާސްފަތި ދުވަހު ރިޕޯޓުކޮށްފައިވަނީ، ޣައްޒާގައި ދިރިއުޅޭ އެއް މިލިއަނަށްވުރެ ގިނަ ފަލަސްތީނު މީހުން ލީބިއާއަށް ދާއިމީކޮށް ބަދަލުކުރުމުގެ ޕްލޭނެއްގެ މައްޗަށް ޓްރަމްޕް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށެވެ. މި މައުލޫމާތު އެ ނިއުސް ޗެނަލަށް ލިބިފަ...

އަޙްމަދު ދާއޫދު
އިންޑިއާގައި ދިން ބޮޑު ތިން ހަމަލާގެ އަޑީގައިހުރިކަމަށް ބެލެވޭ މީހާ މަރާލައިފި

އިންޑިއާގައި ދިން ބޮޑު ތިން ހަމަލާގެ އަޑީގައިހުރިކަމަށް ބެލެވޭ މީހާ މަރާލައިފި

އިންޑިއާގައި މި ފަހަކުން ހިންގި ބޮޑެތި ޓެރަރިސްޓް ހަމަލާތަކުގެ މައިގަނޑު ރޭވުންތެރިއެއް ކަމަށް ބެލެވޭ ލަޝްކަރެ ޠައްޔިބާ (އެލްއީޓީ) ގެ އިސް މެންބަރެއް ކަމަށްވާ ސައިފުﷲ ޚާލިދު ޕާކިސްތާނުގެ ސިންދު ސޫބާގައި، މަރާލައިފިއެވެ. އިންޑިއާ ޓުޑޭ ޓީވީއަށް މަޢުލޫމާތު ދިން ފަރާތްތަކުން ބުނި ގޮތުގައި އޭނާ މަރާލީ ކޮންބައެއްކަން ނޭންގޭ ގްރޫޕަކުން ދިން ހަމަލާއަކުންނެވެ. ޚާލިދަކީ އިންޑިއާގައި ހިންގި ތިން ބޮޑު ހަމަލާގެ މައިގަނޑު ރޭވުންތެރިއެކެވެ. އެއީ 2005 ވަނަ އަހަރު ބެންގަލޫރުގައި ހިންގި އިންޑިއަން ސައިންސް […]

އަޙްމަދު ދާއޫދު
އިސްރާއީލް ސިފައިން ޣައްޒާގައި ފުޅާ ދާއިރާއެއްގައި އެއްގަމު ހަނގުރާމަ ފަށައިފި

އިސްރާއީލް ސިފައިން ޣައްޒާގައި ފުޅާ ދާއިރާއެއްގައި އެއްގަމު ހަނގުރާމަ ފަށައިފި

އިސްރާއީލް ސިފައިން ޣައްޒާގައި ފުޅާ ދާއިރާއެއްގައި އެއްގަމު ހަނގުރާމަ ފަށައިފިކަމަށް އިސްރާއީލުން ބުނެފިއެވެ. އާދީއްތަ ދުވަހު އިސްރާއީލް ސިފައިން ވަނީ ހަނގުރާމައިގެ ހަލަބޮލިކަން އޮތް ޣައްޒާގައި “ފުޅާ ދާއިރާއެއްގައި އެއްގަމު ހަނގުރާމައެއް” ފަށާފައިކަން އިސްރާއީލް ސިފައިންގެ ފަރާތުން ވަނީ އިއުލާން ކޮށްފައެވެ. “ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި، އައިޑީއެފްގެ ދެކުނު ކޮމާންޑްގެ ދާއިމީ އަދި ރިޒާވް ބާރުތަކުން ވަނީ އޮޕަރޭޝަން ގިޑިއަންސް ޗެރިއަޓްސްގެ ދަށުން ޣައްޒާގެ އުތުރާއި ދެކުނުގައި ފުޅާ ދާއިރާއެއްގައ...

އަޙްމަދު ދާއޫދު
ބައިޑަން އަށް "ޕްރޮސްޓޭޓް ކެންސަރު" ޖެހިއްޖެ

ބައިޑަން އަށް "ޕްރޮސްޓޭޓް ކެންސަރު" ޖެހިއްޖެ

އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑަންއަށް ކެންސަރުގެ ނުރައްކާތެރި ބާވަތެއް ކަމުގައިވާ “ޕްރޮސްޓޭޓް ކެންސަރު” ޖެހިފައިވާކަން އޭނާގެ އޮފީހުން އާދީއްތަ ދުވަހު ހާމަކޮށްފިއެވެ. މި ބަލި އޭނާގެ ކަށިތަކަށް ފެތުރިފައިވާ ކަމަށްވެސް ބުނެފައިވެއެވެ. ނަމަވެސް މިއީ ފަރުވާކުރެވިދާނެ ބައްޔެއް ކަމަށް ޑޮކްޓަރުން ލަފާދީފައިވާ ކަމަށް އެ އޮފީހުން މައުލޫމާތު ދީފައިވެއެވެ. 82 އަހަރުގެ ބައިޑަންގެ ޕްރޮސްޓޭޓްގައި ކުޑަ ގޮށެއް ހުއްޓައި ފެނުނު ކަމަށާއި، އިތުރަށް ބަލަންޖެހޭ ކަމަށް ޑޮކްޓަރުން ބުނެފައިވާތީ، ފާއިތުވި ހަފްތާގައި އ...

އަޙްމަދު ދާއޫދު
ޕާކިސްތާނަށް ޖާސޫސް ކޮށްދޭކަމުގެ ތުހުމަތުގައި ޔޫޓިއުބަރަކު ހައްޔަރުކޮށްފި

ޕާކިސްތާނަށް ޖާސޫސް ކޮށްދޭކަމުގެ ތުހުމަތުގައި ޔޫޓިއުބަރަކު ހައްޔަރުކޮށްފި

ހަރުޔާނާގެ ޔޫޓިއުބަރަކު ޕާކިސްތާނަށް ޖާސޫސް ކުރުމުގެ ތުހުމަތުގައި އިންޑިއާގައި ހައްޔަރުކޮށްފިއެވެ. ހަރުޔާނާގެ ދަތުރުވެރި ވްލޮގަރެއް ކަމަށްވާ ޖިޔޯތީ މަލްހޯތްރާ، ޕާކިސްތާނަށް ޖާސޫސީ ކުރުމުގެ ތުހުމަތުގައި އިންޑިއާ ފުލުހުން ހައްޔަރުކޮށްފައިވާއިރު، މި އަހަރުގެ ކުރީކޮޅު ޕާކިސްތާނަށް ދަތުރުކޮށް، އެ ދަތުރުގެ ވީޑިއޯތައް ޔޫޓިއުބްގައި ޝާއިޢުކޮށްފައިވާ ޖިޔޯތީ މަލްހޯތްރާ އަކީ ޔޫޓިއުބާއި އިންސްޓަގްރާމްގައި ގިނަ ބަޔަކު ފޮލޯކުރާ މަޝްހޫރު ވްލޮގަރެކެވެ. “ޓްރެވަލް ވިތް ޖޯ” ނަމުގައި ހިންގާ ޖިޔޯތީގެ ޔޫޓިއުބް ޗެނަލްގ...

އަޙްމަދު ދާއޫދު
ސައޫދީގެ އާމްދަނީގެ 50 އިންސައްތަ ދެން ހިއްސާކުރާނީ ތެޔޮ ނޫން ވަސީލަތްތައް: ޓްރަމްޕް

ސައޫދީގެ އާމްދަނީގެ 50 އިންސައްތަ ދެން ހިއްސާކުރާނީ ތެޔޮ ނޫން ވަސީލަތްތައް: ޓްރަމްޕް

ސައޫދީ އަރަބިއްޔާގެ މުސްތަގުބަލުގައި ލިބޭ އާމްދަނީގެ 50 އިންސައްތަ ހިއްސާކުރާނީ ތެޔޮ ނޫން ވަސީލަތްތައް ކަމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވަނީ އަންނަ އަހަރުތަކުގައި ސައުދީ އަރަބިއްޔާގެ އާމްދަނީގެ 50 އިންސައްތަ އަންނާނީ ތެލުން ނޫން އެހެން ވަސީލަތްތަކުން ކަމަށެވެ. މިހެން އޭނާ ވިދާޅުވެފައިވަނީ ފޮކްސް ނިއުސްއަށް ދެއްވި ޓެލެވިޜަން އިންޓަވިއުއެއްގައި، ސައުދީ އަރަބިއްޔާއާއި އެހެން ދެ ގަލްފު ޤައުމަކަށް ފަހުން ކުރެއްވި ދަތުރުފުޅާ...

އަޙްމަދު ދާއޫދު