އެމެރިކާގެ ލުއިޒިއާނާ ސްޓޭޓްގައި ހިމެނޭ ބޮޑު ސިޓީއެއްކަމުގައިވާ ނިއު އޯލިއަންސް ޖަލުން، (ލުއިޒިއާނާގެ އޯލިއަންސް ޕެރިޝް ޖަސްޓިސް ސެންޓަރުން) 11 ގައިދީން ފިލައިފިއެވެ. މިމީހުން ޖަލުގައި ނެތްކަން ޖަލު އޮފިޝަލުންނަށް އެނގުނީ ހުކުރު ދުވަހު ހެނދުނު 8:30 ގައި ކުރެވުނު ރޫޓިން ހެޑްކައުންޓެއްގައެވެ.

ފިލި ގައިދީންގެ ތެރެއިން މިހާތަނަށް އަތުލައިގަނެވިފައިވަނީ އެންމެ ގައިދީއެކެވެ. އަނެއް 10 ގައިދީން ވަނީ ފިލައިގެން ގޮސްފައެވެ.

Ad
rt

ފިލި ގައިދީންގެ ތެރޭގައި މަރުގެ ދަޢުވާ އުފުލިފައިވާ މީހުން ހިމެނެއެވެ. އެހެން ގައިދީންގެ ތެރޭގައި ހަތިޔާރު ގެންގުޅުމުގެ ކުށާއި، ވައްކަމުގެ ކުށް، އަދި ގޭގެއަށް ވަދެ ފޭރެން އުޅުނު ކަމުގެ ކުށުގެ ދަޢުވާ އުފުލިފައިވާ މީހުން ހިމެނެއެވެ.

ބައެއް ރިޕޯޓްތައް ބުނާގޮތުގައި ، ގައިދީން ފިލީ ޖަލުގެ ތެރޭގައި ހުންނަ ފާޚާނާގެ ދަށުން ވަޅެއް ކޮނެގެންނެވެ. ސެކިއުރިޓީ ތަޖުރިބާކާރެއް ކަމަށްވާ މައިކް ކާން ބުނާގޮތުން، މިފަދަ ފިލުމަކީ ރޭވިގެން ކުރެވުނު ކަމެއް ކަމަށާއި، މިކަން ކުރުމަށް ވަގުތު ނަގާނެކަމަށް ބުނެފައިވެއެވެ.

ފިލި ގައިދީންނަކީ ނުރައްކާތެރި ބަޔަކަށް ވުމާއެކު، އާންމު ރައްޔިތުންނަށް އެމީހުންނާ ކައިރިނުވުމަށާއި، ފެނިއްޖެނަމަ ވަގުތުން 911 އަށް ގުޅުމަށް އޮފިޝަލުން އިލްތިމާސްކޮށްފައިވެއެވެ. ޝެރިފް ޑިޕާޓްމަންޓުން މިހާރު ދަނީ ގައިދީން ފިލި ގޮތް ތަޙުޤީޤުކުރަމުންނެވެ.