ހަދި ޙަސަން ރަސްގެފާނުންގެ ދާންމަތީވަޅުކޮޅު
ދާންމަތީވަޅުކޮޅަކީ، އިހުގައި މާލޭގައި ހުރި މިރާއްޖޭގެ ރަސްކަމުގެ ކޮއިލު، ބޮޑުގަނޑުވަރުގެ ތެރޭގައި ހުރި ހިރިގަލު ވަޅުކޮޅެކެވެ. މާ މޮޅު، މާ ދުވަސްވީ އާސާރީ ވަޅުކޮޅެކެވެ. ބުރާރަ ވާހަކައިގައި ކިޔާ ގޮތުގައި މިވަޅުކޮޅު ބެހެއްޓުނީ، ހަދި ޙަސަން ރަސްގެފާނަށް ޖެހިވަޑައިގަތް ބިރުވެރި، ވޭނީ އާލާސްކަންފުޅުގެ ސަބަބުން، ރަސްގެފާނުންގެ ގައިކޮޅުން ދިލަކޮޅުނަގަން ފެށީމާ ދާންމަތީވެޔޮކޮޅަށް ފެން އެޅުމަށެވެ. މިއާލާސްކަންފުޅާ ބެހޭ ގޮތުން މިންވަރެއް މިމަޒުމޫނުގައި ހިމަނާލައިފައި ވާނެއެވެ. ރާދަވަޅީގައި ވާގޮތުގައި މިރަސ...