ކޯވިޑް-19 އާ ގުޅުވައިގެން ފައިނޭންޝަލް ފްރޯޑް
ސްކީމްތަކެއް ކުރިއަށްދާކަމަށް ފުލުހުން ބުނެފިއެވެ.
އޮންލައިންކޮށް އެއްޗެއް ބައްލަވައިގަތުމުގެ ކުރިން ސަމާލުކަން
ދެއްވަންވީ ކަންތައްތައް ބަޔާންކޮށް ފުލުހުން މިއަދު ކުރި ޓުވީޓެއްގައި ވަނީ ސަމާލުކަން ދޭންވީ ކަންކަން ހިއްސާކޮށްފައެވެ. އެގޮތުން ސަމާލުކަން ދޭންވީ ކަންކަމުގެ ގޮތުގައި ފުލުހުން ބުނެފައިވާ ކަންކަން ހިއްސާކޮށްލާނަމެވެ.
- އޮންލައިންކޮށް ވިޔަފާރި ކުރައްވާއިރު ވިއްކާފަރާތަކީ ސައްޚަ ފަރާތެއްތޯ ބައްލަވައި ވެރިފައި ކުރެއްވުން
- އޮންލައިން ރިވިއުތައް ބައްލަވައި ނެގެޓިވް ރިވިއު ލިބޭ ވެބްސައިޓްތައް ބޭނުންފުޅު ނުކުރެއްވުން
- ކުންފުނީ ހުރީ ޤައުމު ނޫން އެހެން ޤައުމެއްގައި ހުރި ބޭންކް އެކައުންޓަކަށް ޓްރާންސެކްޝަން ހަދަން ބުނާނަމަ ޕޭމަންޓް ނުހައްދަވާ
- ފްރޯޑް ވިކްޓިމްއަކަށް ވެއްޖެކަމަށް ޤަބޫލުފުޅު ކުރެއްވޭނަމަ ވީއެންމެ އަވަހަކަށް ބޭންކަށް އެކަން އަންގަވާ އެ ޓްރާންސެކްޝަން ހުއްޓުވަން މަސައްކަތް ކުރެއްވުން
- މެޑިކަލް އިކުއިޕްމަންޓްތައް ފޯރުކޮށްދޭކަމަށް ބުނެ އީމެއިލްގެ ޗެމްޢިއްޔާއިން މީހުންގެ ޒާތީ މަޢުލޫމާތައް އެދޭނަމަ އެ އީ-މެއިލްތަކަށް އިޖާބަ ނުދެއްވުން
- ގޮތް ނޭނގޭ މީހުންނާއި އެކައުންޓްތަކުން ފޮނުވާފައި ހުންނަ ލިންކްތަކާއި އެޓޭޗްމަންޓްތައް ނުހުޅުވުން
މީގެ އިތުރުންވެސް ފުލުހުންވަނީ ޕޭޖްތަކުގެ އެހީގައި މަކަރުހަދަމުން ދާކަމަށް ބުނެ އެކަމަށް ސަމާލުކަން ދިނުނަށް ރައްޔިތުނަގެ ކިބައިން އެދިފައެވެ.
ކޯވިޑްގެ މިހިތާމަވެރި ހާލަތުގެ ބޭނުން ހިފާ ތަފާތު ނަންނަމުގައި ޕޭޖްތައް ހަދާ މަކަރާއި ހީލަތް ހަދާކަމަށް ފުލުހުންވަނީ ހާމަ ކޮށްފައެވެ.
ފުލުހުން ނެރުނު ބަޔާންގައި ވަނީ ޕޭޖްތައް މެދުވެރިކޮށް މަކަރާއި ހީލަތުން ފައިސާ ހޯދަމުން ކަމަށާއި ވީހާވެސް ރައްކާތެރިކަމާއި އެކު ފައިސާ މުއާމަލާތް ކުރުމަށް އެދޭކަމަށް ބުނެފައެވެ.
އަދި މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ ފުރުސަތު ހަނި ކުރުމުގެ ގޮތުން ސައްހަ ކަން ކަށަވަރު ނުކުރެވޭ ފަރާތްތަކަށް ދެއްވާ އޯޑަރުތަކަށް ތަކެތި ލިބުމުގެ ކުރިން ފައިސާގެ މުއާމަލާތްތައް ނުކުރުމަށް އެދޭކަމަށް ފުލުހުން ހާމަ ކުރެއެވެ. މިދުވަސްވަރަކީ އޮންލައިން ކޮން ތަކެތި ގަނެހަދާ ދުވަސްވަރެކެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!