މާޒީގެ ތެރެއިން ތިލަދުންމަތީ ދަނޑުވެރިން (3)
ފިޔަފާޅިގެ އެޅުން: ފިޔަފާޅިގެ މިގެއަކީ ދަނޑުން ގޮވާން ކަނޑަން ފަށަންވާއިރަށް ދަނޑުމަތީ އަޅާ ގެއެކެވެ. މި ގެ އެޅުމުގައި ކޮންމެ މީހަކުވެސް ބަލާނީ އެމީހަކު ހެއްދި ގޮވާން ރަށައް ގެންދިއުމުގެ ކުރީން ރައްކާ ކުރެވޭ ވަރުގެ ގެ އެއްގެ ގޮތުގައެވެ. އެ ގޭގައި ހުންނާނީ އެކި ވަރު ވަރުގެ ފައްލަވަ ހަދާފައެވެ. އަދި ގޭގައި ދެމީހަކަށް ނިދޭނެ އިންތިޒާމް ހަމަޖެހިފައި ހުންނާނެއެވެ. އެ އީ ވަގުންގެ އަތް ދަށުންނާއި މީދަލުގެ ކިބައިން ހެއްދި ގޮވާން ކޮޅު ރައްކާ […]