ގަންނަން ލިބުނު ވަގުތު
މިއީ ހިތްދަތި ވަގުތެކެވެ. އެކަމަކު މި ވަގުތު ގަންނަން އަޅުގަނޑުމެންނަށް ވަގުތު ލިބިއްޖެއެވެ. މި ވަގުތު ގަންނަން ލިބުނު ރަނުގެ ފުރުސަތުގައި އެތައްކަމެއް ދިވެހި ޤައުމުންކޮށްފިއެވެ. މި ވަގުތަކީ އަންނާނެ ވަގުތެއްކަން އެނގިތިބެއެވެ. ތައްޔާރު ވެވެން އޮތް އެންމެ ރަނގަޅަކަށް ތައްޔާރުވެވިއްޖެއެވެ. ދެން އޮތީ މި ހާލަތާ ކުރިމަތިލުމެވެ. މާތްﷲގެ ވާގިފުޅާއެކު މި ހާލަތުން އަރައިގަތުމަށް މަސައްކަތް ކުޅައުމެވެ. މިންވަރުފުޅަށް ރުހުމެވެ. މާޔޫސްވެ ކަންބޮޑުވެ ހާސްވުމުގެ ބަދަލުގައި މާތް ﷲއަށް ވަކީލުކޮށް ސަބަބުތަކުގައި...