ތިބާގެ ފައިތިލައިން ތިބާގެ ސިއްޙަތާއިމެދު ބުނެދޭ 3 ކަމެއް!
ތިބާގެ ފައިތިލައަކީ ތިބާއަށް ދިމާވެދާނެ ސިއްޙީ މައްސަލަތައް ލަފާކުރުމަށް ޑޮކްޓަރުން ބޭނުންކުރާ ވަރަށް މުހިއްމު ގުނަވަނެކެވެ. ނަމަވެސް ތިބާގެ ފައިތިލައިން ތިބާގެ ސިއްޙަތާމެދު ބުނެދޭ ބައެއް ކަންތައްތައް އެނގޭކަށް ކޮންމެހެން މޮޅު ޑޮކްޓަރަކަށް ވާކަށް ނުޖެހެއެވެ. ތިބާއަށް ފަރުވާތެރިކަމާއިއެކު ފައިތިލައިން ފެންނަ ބަލީގެ ނިޝާތަކަށް އަހުލުވެރި ވެވިދާނެ އެވެ. ތިރީގައި މިފާހަގަކުރާ ނިޝާންތައް ނުވަތަ އަލާމާތްތައް ތިބާގެ ފައިތިލައިން ފެންނަނަމަ، ޑޮކްޓަރެއްގެ ލަފާ ލަސްނުކޮށް ހޯއްދަވާށެވެ. ފައިގެ ހަންގަނޑު ހި...