ކަށްވަޅުގައި ތިބާގެ އެކުވެރިއަކަށް ގެންދާނީ ކާކު؟
7 ބިލިއަނަށް ވުރެ ގިނަ މީހުން އުޅެމުންދާ މިދުނިޔޭގެ ޙަޔާތް އެކަނިވެރިއޭ ބުނެ ދަޢުވާކުރަމުން ޙަޔާތުގެ ބައިވެރިއެއް ހޯދުމަށް ރެއާއި ދުވާލު އެއްބަޔަކު މަސައްކަތްކުރަނީއެވެ. ނޫނީ ލޯބިވެރީން ހޯދަނީއެވެ. މިކަމުގައި މިބައިމީހުން ކެއުމެއް ބުއިމެއް ނިދުމެއް އަރާމެއް ނެތި ވަޤުތުތައް ހޭދަކުރަނީއެވެ. ފޯނުކުރަނީއެވެ. ޗެޓްކުރަނީއެވެ. ނުވިތާކަށް ކޮންމެ ދުވަހަކު އެ ކުއްޖާ ލިބޭތޯ، އެކުއްޖާގެ މޫނު ފެނޭތޯ، އެ ގެ ވަށައިގެން ދިހަ ބާރަ ފަހަރު [ޠަވާފް] ވެސް ކުރަނީއެވެ. އަނެއް ބަޔަކު އެ ފަދަ ބުރަ […]