ޑީކޭއެންވައިގެ އުފެއްދުމެއްކަމަގައިވާ "ގޯލްޑަން ޑިލިޝަސް" އަކީ ސެންޓަށް ލޯބިކުރައްވާ ކޮންމެ ބޭފުޅަކުވެސް ގެންގުޅެން ބޭނުންވާނެފަދަ މީރުވަސް ދުވާ ސެންޓެކެވެ. މިއީ މިހާތަނަށް ދުނިޔޭގައި ވިއްކި އެންމެ އަގުބޮޑު ސެންޓެވެ.
އެއްމިލިއަންޑޮލަރަށް ވިއްކާ މިހިތްގައިމު ސެންޓުފުޅީއަކީ ލިމިޓެޑް އެޑިޝަން ސެންޓުފުޅިއެކެވެ. މިފުޅިއަށް އިތުރު ފުރިހަމަކަމެއް ގެންނަން ފުޅީ ތައްޔާރުކޮށްފައިވަނީ 14 ކެރެޓުގެ ހުދުރަނާއި އާންމުކޮށް ގެންގުޅޭ ރަނުގެ 14 ކެރެޓް ރަނުންނެވެ.
ފުޅީގެ ބޭރުގައި ނިއުޔޯކްސިޓީގެ މަލަމަތި ދައްކުވައިދޭ އިމާރާތްތަކެއް ތަފާތު ސްޓޯންތަކުން ފަރުމާކޮށް ހަރުކޮށްފައިހުރެއެވެ. މިފުޅީގެ ބޭރުގައި ޖުމްލަ 2900 އަގުހުރި ސްޓޯން ބޭނުންކޮށްފައިވެއެވެ. އެއީ 183 ސަފަޔާ ،2700 ހުދު ޑައިމަންޑް އަދި 4 ރޯސް ކަޓް ޑައިމަންޑެވެ.މީގެ އިތުރުން ފުޅީގެ ބޭރުގައ ސްރީލަންކާގައި އުފައްދާފައިވާ 7.18 ކެރެޓް އޯވަލް ކަބޯޗޮން ސަފާޔާއަކާއި، ބްރެޒިލްގަ އުފައްދާފައިވާ 1.6 ކެރެޓުގެ ޕަރައިބާ ޓޯމަލައިން އަކާއި، 3.07 ކެރެޓްގެ އޯވަލް ކަޓް ރޫބީއަކާއި، އޮސްޓްރޭލިއާގައި އުފައްދާފައިވާ 15 ވިވިޑް ކަޓް ޕިންކް ޑައިމަންޑާއި، 4.03 ކެރެޓްގެ ޕިއަރ ޝޭޕް ރޯސް ކަޓް ޖަވާހިރަކާއި 2.43 ކެރެޓްގެ ވިވިޑް ޔެލޯ ކެނަރީ ޖަވާހިރެއް ހަރުކޮށްފައިވެއެވެ.

މިސެންޓުފުޅި ޑީޒައިކޮށް ތައްޔާރުކޮށްފައިވަނީ މަޝްޙޫރު ގަހަނާ ޑިޒައިނަރ މާރޓިން ކަޓްޒް އެވެ. އޭނާ މިފުޅި ތައްޔާރުކޮށްފައިވަނީ 1500 (62 ދުވަސް) ގަޑިއިރުންނެވެ. މިސެންޓު އުފައްދާފައިވަނީ އާފަލު، ވައިޓްމަސްކް އަދި ސެންޑަލްވުޑް ބޭނުންކޮށްގެންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!