ޙައްޖު މަހުގެ ފުރަތަމަ 10 ދުވަސް ހޭދަކުރަން ވީ ކިހިނެތް
އެތައް މުންކަރާތްތަކެއްގެ ތެރޭގައި އަޅުގަނޑުމެންގެ އިސްލާމީ މުޖުތަމަޢު ގެނބެމުން ގޮސް، ﷲގެ ޙަޟްރަތުން އަަޅުގަނޑުމެންގެ މައްޗަށް ކޯފާއެއް އަތުވެދާނެ ކަމުގެ ބިރު ހީވެފައި ވަނިކޮށް ﷲ ތަޢާލާ ވަނީ އަޅުގަނޑުމެންނަށް މަތިވެރިވެގެންވާ ހަދިޔާއެއް ދެއްވާފައެވެ. އެއީ އެއިލާހު ކަނޑައަޅުއްވާފައިވާ އަޅުކަމުގެ އެންމެ މަތިވެރި މޫސުމެވެ. އެއީ އުޅުން އިޞްލާޙު ކުރުމުމަށް އެއިލާހުގެ އަޅާއަށް ލިބޭ ރަނުގެ ފުރުސަތެކެވެ. އެއީ މި ދުނިޔެ މަތީގައި ﷲ ލައްވާފައިވާ އެންމެ މަތިވެރި ދުވަސްތަކެވެ. އާދެ ޙައްޖު މަހުގެ ފުރަތަމަ ދި...