އުފާވެރިކަމަކީ އިންސާނީ ފިޠުރަތުގެ ބައެކެވެ. އެއީ އިންސާނަކަށްވީތީ ކޮންމެ މީހެއްގެ ހައްގެކެވެ. ބައެއްމީހުން ދެކޭގޮތުގައި އުފާވެރިކަން ތިމާޔަށް ލިބެނީ އެހެންމީހުންގެ ފުށުންނެވެ. އަނެއްބަޔަކު ދެކޭގޮތުގައި އުފާވެރިކަމަކީ މީހާ އަމިއްލަޔަށް ލިބިގަންނަ އިހްސާސެކެވެ. އަޅުގަޑު ގަބޫލު ކުރަނީ ފަހުގޮތެވެ. އުފަލާއި ހިތްހަމަޖެހުމަކީ އިންސާނާ އަމިއްލަޔަށް އެމީހާގެ ސިކުނޑީގައި އުފައްދާ އިހްސާސްތަކެކެވެ. މިކަމުގައި ކާމިޔާބު ލިބެނީ އުފަލާއި ހިތްހަމަޖެހުން ލިބިގަތުމަށް ތިމާގެ ނަފްސު ހާނުވާ ތަރުބިއްޔަތު ކޮށްގެންނެ...
މުޙައްމަދު ޝިހާބް
އިސްލާމްދީނަށް ފުރައްސާރަކޮށްގެން މީހެއްގެ މައްޗަށް ރާއްޖޭގައި ފުރަތަމަ ފަހަރަށް މިއަދު ކޯޓަކުން އަދަބު ކަނޑައެޅީ އެވެ. އޭނާގެ މައްޗަށް ސާބިތުވި ދެ ކުށަށް އިއްވީ އެންމެ ހަތަރު މަހުގެ ޖަލު ހުކުމެކެވެ. ބަންދުގައި ހަ މަސް ހޭދަކޮށްފައިވާތީ އޭނާ މިއަދު މިނިވަންވާނެ އެވެ. ގދ. ތިނަދޫއަށް ނިސްބަތްވާ މުހައްމަދު ރުސްތުމް މުޖްތަބާ ފާޅުގައި މާތްﷲ އާއި ކީރިތި ރަސޫލަށް ފުރައްސާރަކޮށް ސޯޝަލް މީޑިއާގައި ދެއްކި ވާހަކަތަކާ ގުޅިގެން އޭނާގެ މައްޗަށް އިއްވި އެ ހުކުމާ ގުޅިގެން ގިނަ […]
ޙުސައިން ޘަޤީފް
ފުރަތަމަ ފަހަރަށް މަންމައަކަށް ވުމަކީ، އުފަލުން ފޮޅޭ ވަގުތަކަށްވީނަމަވެސް ހަމަ އެހާމެ ބިރުވެރި ކަމަކަށްވެސް ވެދާނެކަމެކެވެ. 9 މަސް ދުވަހު، ދަރިފުޅު އަމިއްލަ ހަށިގަނޑުގައި ރައްކާތެރިކަމުގައި ބެލެހެއްޓީ އެކޮއިގެ ސިއްޙަތާއި ދުޅަހެޔޮކަން ސިކުނޑީގެ ފަހަތުގައި އަބަދުމެ އޮންނަޙާލުއެވެ. ނަމަވެސް، ވިހެއުމަށްފަހު ދަރިފުޅު އަތަށް ލިބިގެންދާ ވަޤުތަކީ ހުވަފެނީ ދުނިޔެއިން ދުނިޔެއަށް ރުޖޫޢަވާން މަޖުބޫރުކުރާ ހިނދުކޮޅެކެވެ. މި ތުއްތު ދަރިފުޅުގެ ހުރިހާ ޒިންމާއެއް ބޮލުގައި އެޅިގެން މިދަނީ، އެކަށްޗެއްވެސް ނޭގުނަސް...
އަންޖުމް އިސްމާޢީލް މުޙައްމަދް
އެއްޒަމާނެއްގައި އުޅުނު ވަރަށް މޮޅު ވަޑިއެކެވެ. މުޅި އުމުރު ވަޑާން ކުރުމުގައި އޭނަ ހޭދަކުރިއެވެ. މިގޮތުގައި ދިގު މުއްދަތެއް ފާއިތު ވުމަށް ފަހު، ޤުދުރަތީ ޤާނޫނުގައި އޮންނަ ގޮތުން މާވަޑިޔާއަށް ވެސް މުސްކުޅި ޢުމުރުގެ ހަރުފަތްތަކަށް އަރާން ޖެހުނެވެ. މުސްކުޅިކަމާ އެކު، މަސައްކަތުގައި ލިބިހުރި ތޫނުފިލިކަމުގެ މައްޗަށް ލޯބޯ ކޮށިވުމުގެ އުނިކަން މަތި ވެގެން ދިޔުމުން، މަސައްކަތާ ދުރަށް ގޮސް، ޙަޔާތުގައި ބާކީ އޮތް ދުވަސްތައް އަނބިދަރިންނާ އެކު ހޭދަކުރަން އޭނަ ނިންމިއެވެ. މަސައްކަތް ހުއްޓައިލުމަށް ނިންމުމަށް...
ޝެއިޚް ޝަފީއު އަބްދުﷲ
ލޮނުމެދަކީ އާންމުގޮތެއްގައިވެސް ބަދިގެތެރެއިން ފެންނަ، ކެއުމުގެ ވައްތަރުތަކަށް ތަފާތު އިތުރު ރަހައެއް ގެނުވައިދޭ ބާވަތެކެވެ. އެތަކެއް ފައިދާއެއް ލިބިގެންދިޔުމުގެ ސަބަބުން ލޮނުމެދުގެ ތެޔޮ ގުޅައަކީވެސް މީހުން ބޭނުންކުރަމުން އަންނަ އެއްޗެއްކަން ފާހަގަކޮށްލެވެއެވެ. ނަމަވެސް، ލޮނުމެދާއި ގުޅޭ އެކިއެކި އަޑުތަކާއި ވާހަކަތަކާއި ލިޔުންތަށް ކިޔާލުމުންވެސް ލޮނުމެދުގެ ފަތާއި ގުޅޭގޮތުން އަޑުއިވި ފެނުނީ ދެތިންބަހެކެވެ. އަޅުގަނޑަށް ލޮނުމެދުގެ ފަތާއި މެދު ޝައުގުވެރިވީ އެއްދުވަހެއްގައި ގެޔަށް ގަނެވުނު ލޮނުމެދެއްގ...
އަންޖުމް އިސްމާޢީލް މުޙައްމަދް
މިސުވާލަކީ ވަރަށް ގިނަ މުލްޙިދުން (އެތީސްޓުން) އުފައްދާ ސުވާލެކެވެ. އަދި މިޒަމާނުގެ ލާދީނީ (ސެކިއުލަރ) އޮއިވަރުތަކުގައި ޖެހިފައިވާ މީހުންވެސް މިސުވާލު އުފައްދައެވެ. އަދި މިފަދަ ލާދީނީ މީހުން އުފައްދާ ޝުބުހަ ތަކުގެ ސަބަބުން ރަނގަޅަށް އުޅޭ، ދީނަށް ލޯބި ކުރާ ﷲ އަށް އީމާންވާ ބައެއް މުސްލިމުންގެ ހިތުގައި ވެސް ޝައިޠާނާ މިސުވާލުގެ އޮށް އިންދައި، މީހާ ދީނާ މެދު ޝައްކު ކުރުވުމަށް މަސައްކަތް ކުރެއެވެ. އެހެނަސް ޙަޤީޤަތުގައި ހުޅުވާލެވިފައިވާ ސިކުނޑިއަކުން ވިސްނައި ފިކުރު ކޮށްފި މީހަކަށް […]
ޝެއިޚް މުޠީޢު އިސްމާޢީލް މުޙައްމަދު
މާބަނޑުވުމަކީ ފެންނަފެނުމަށް ވަރަށް ފަސޭހަ ކަމެއްކަމަށް ހީވެފައިވީ ނަމަވެސް އެއީ އެކިއެކި ތަފާތު އެތަށް ކަމަކަށް ބަރޯސާވާކަމެކެވެ. މިއީ އަޅުގަނޑުމެންގެ ތެރެއިން އެތައްބަޔަކަށް އެތަކެއް ގޮންޖެހުމަކާއި ކުރިމަތިލާންޖެހޭ އެތަކެއް ތަކުލީފުތަކެއްވެސް ތަހަންމަލުކުރަންޖެހޭ ކަމަކަށް މިވަނީ ވެފައެވެ. އާދެ، ބައެއް އަންހެނުންނަށް މާބަޑުވުން ﷲގެ ރަޙްމަތުން ފަސޭހަކަމަކަށްވެފައިވާއިރު، އަނެއްބައި އަންހެނުންނަށް އުނދަގޫކަމަކަށް ވަނީ ކީއްވެބާއެވެ؟ އިންސާނާގެ ހަށިގަނޑުގެ ސައިންސްތަކުން ދައްކާގޮތުގައި، މާބަނޑުވުމަ...
އަންޖުމް އިސްމާޢީލް މުޙައްމަދް
މާތް ﷲ ލޫޠުގެފާނުގެ ޤައުމުގެ މީހުންނަށް ގަދަފަދަ އަޒާބެއް ފޮނުއްވައި އެބައިމީހުން އެކީއެކަށް ހަލާކުކުރެއްވީ، އެބައިމީހުން އެކަލޭގެފާނަށް ނުކިޔަމަންތެރިވެ، ނުބައިކަން ބޮޑު ފާޙިޝް ޢަމަލެއް ކަމަށްވާ އެއްޖިންސުން ގުޅުން ހިންގުމަކީ އާންމު ކަމެއް ކަމަށް ހެދުމުގެ ސަބަބުންނެވެ. މިއީ ކުޑަކުޑަ ކަމެއް ނޫނެވެ. މިއީ ވަރަށް ބޮޑު، އަދި އެހާމެ ނުރައްކާތެރިކަމެކެވެ. މިއަދު އަޅުގަނޑުމެންގެ މުޖުތަމަޢުގައި ވެސް އެފަދަ ފާޙިޝް ކަންކަމަށް ބަޔަކު މީހުން އަރައިގަންނަނީ އެއްވެސް ބިރުވެތިކަމެއް ނެތިއެވެ. ހުޅަނގު ޤައުމުތަކ...
ޝެއިޚް ޝަފީއު އަބްދުﷲ
ދަރީންނަކީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ފަޟުލުވަންތަވެރިކަމުން ދެއްވާ ނިޢުމަތެއް ކަމާ މެދަކު އެއްވެސް ޝައްކެއް ނެތެވެ. ދަރީންގެ ނިޢުމަތަކީ އެއާއެކު އެތަކެއް ގިނަގުނަ ޒިންމާތަކެއް އެކުލެވިގެންވާ ނިޢުމަތެކެވެ. އެތަކެއް މަސްއޫލިއްޔަތެއް ހިމެނިގެންވާ ނިޢުމަތެކެވެ. ހަމަކަށަވަރުން އެ ނިޢުމަތަކީ އަމާނާތެކެވެ. އެހެންކަމުން، ދަރީންނާ މެދު ކަންތައް ކުރަންވީ އެންމެ ރަނގަޅު ހެޔޮ ގޮތް ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ އަޅުގަނޑުމެންނަށް ބަޔާން ކޮށްދެއްވައިފައެވެ. މާތް ނަބިއްޔާ ﷺ ދެއްވި އިރުޝާދުތަކުގައި ހިފުމަށް އަޅުގަނޑު...
ޝެއިޚް ޝަފީއު އަބްދުﷲ
އަހަރެމެންގެ މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ މާތް، މަތިވެރި ޝަޚުޞިއްޔަތަކީ މިޒަމާނުގެ ކާފަރުންނާއި، ލާދީނީ-ސެކިއުލާ އޮއިވަރުތަކުގެހަމަލާތައް އެއްމެ ބޮޑަށް އަމާޒުވެފައިވާ އެއް އަމާޒެވެ. އެހެންކަމުން މިބައިމީހުންގެ މިނުބައި ރޭވުމުން އަހަރެމެންގެ ޅަދަރިން ސަލާމަތްކޮށް، އެކުދިންނަކީ އެކަލޭގެފާނަށް އީމާންވާ އަދި އެކަލޭގެފާނު ދެކެ ލޯބިވާ އަދި އެކަލޭގެފާނަކީ ނަމޫނާއެއް ކަމުގައި ބަލާނެ ކުދިބަޔަކު ކަމުގައި ހެދުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަން އެބަ ޖެހެއެވެ. އެގޮތުން ދަރިންގެ ހި...
ޝެއިޚް މުޠީޢު އިސްމާޢީލް މުޙައްމަދު
މާތް ﷲ ވަނީ އެކިއެކި މައްސަރު މަތިވެރިކުރައްވައިފައެވެ. އަޅުތަކުންނަށް ހެޔޮކަންކަމާއިގެން ކުރިއަރައިދިޔުމުގެ މަގު ތަނަވަސްކޮށްދެއްވައިފައެވެ. ކުރެވިފައިވާ ފާފަތަކުން ތައުބާވެ، އެ ފާފަތައް ފޮހެލާނޭ ހެޔޮ މައްސަރުތަކާއި އެ މައްސަރުގައި ކުރާނޭ އަޅުކަމުގެ އެކި ކަންކަން ބަޔާންކުރައްވައިފައިވެއެވެ. އެގޮތުން ބަލާއިރު، މުޙައްރަމު މަހަކީ މަތިވެރިވެގެންވާ މަހެކެވެ. މުޙައްރަމް މަހަކީ ޙުރުމަތްތެރިވެގެންވާ ހަތަރު މަހުގެ ތެރޭގައި ހިމެނޭ މަހެކެވެ. ޙުރުމަތްތެރިވެގެންވާ ހަތަރު މަހުގައި އަނިޔާވެރިކަން އިސްކުރުމާއި...
ޝެއިޚް ޝަފީއު އަބްދުﷲ
ކުރީގެ ބައިތަކުގައި ބަޔާންކޮށްފައިވާ ފަދައިން ކީރިތި ޤުރްއާނަކީ އެންމެހާ އިންސާނުން ދުނިޔަވީ ޙަޔާތުގައި އުޅެންވީމަގު ދައްކުވައިދޭ އިލާހީ ދުސްތޫރެވެ. މި އިލާހީ ދުސްތޫރުގައި އިންސާނާގެ ދުނިޔަވީ ކޮންމެކަމެއްގައިވެސް ޢަމަލުކުރަންވީ ގޮތްވަނީ ބަޔާންކުރައްވާފައެވެ. މިހަފްތާގެ ލިޔުމުގައި އަލިއަޅުވާލަން މި ޤަޞްދުކުރަނީ ކީރިތި ޤުރްއާނުގައި ބަޔާންކުރައްވާފައިވާ ބައެއް ޖިނާއީ ކުށްތަކާއި އެފަދަ ކުށްތަކުގެ އަދަބުގެ ބައިތަކުގެ މައްޗަށެވެ. ބައެއްޖިނާއީ ކުށްތަށްކުރާ މީހުންގެ ހައްދު ޤުރްއާނުގައި ބަޔާންކުރައްވާފައ...
ޤާސިމް މުޙައްމަދު
މިހާރު އަހަންނަކީ ރިޗްމޮނޮޑުގައި ދިރިއުޅޭ މުސްލިމެކެވެ. މިދިޔައަހަރުގެ ކުރިން އަހަންނާ ދުވަހަކުވެސް މުސްލިމަކާ ބައްދަލުވެފައެއް ނުވެއެވެ. އަދި އަހަރެން ދިރިއުޅޭ ސިޓީގައި އިސްލާމީ މަރުކަޒެއް އިންނަކަން ވެސް އަހަންނަށް އޭގެ ކުރިން އެނގިފައެއް ނުވެއެވެ. ކޮންމެއަކަސް އެދުވަސްވަރަކީ އިސްލާމް ދީނުގެ މަޢުލޫމާތުތައް ހޯދުމަށް އަހަރެން ވަރަށް ޝަޢުޤުވެރި ވެފައިވާ ދުވަސް ވަރެކެވެ. އެހެން ނަމަވެސް މިދީނާ ބެހޭ ގޮތުން ކިޔާނެއެއްޗެއް އަހަންނަކަށް ނުފެނުނެވެ. އެކިއެކި އެންސިކްލޮޕީޑިއާ ތަކާއި ފޮތްތައް އަހަރެން ކީ...
ޝެއިޚް މުޠީޢު އިސްމާޢީލް މުޙައްމަދު
ދުވާލެއްގެ މައްޗަށް އެޅެނީ މުޅިއަކު ކިތައް ފިޔަވަޅުތޯ ބަލައި މަދުވެގެން ދިހަހާސް ފިޔަވަޅު އަޅަން މަސައްކަތްކުރުމަކީ، މަދުމަދުން އެކި ޢުމުރުފުރާގެ މީހުން ކުރަމުން އަންނަކަމަކަށް މިވަނީ ވެފައެވެ. އަޅުގަނޑަށް މިކަމުގެ މަޢުލޫމާތު ލިބިގެންދިޔައީ، ބައްޕަގެ ކޮލެސްޓްރޯލާއި ލޭގެ ޕްރެޝަރ މަތިވުމުގެ ސަބަބުން ޑޮކްޓަރު މިކަން ކުރުމަށް ލަފާދިނުމުންނެވެ. އޭގެ ކުރިން މިއީ ވިސްނިފައިވާ ކަމެއްވެސް ނޫނެވެ. ބައްޕައަށް ދުވާލަކު އެޅޭ ފިޔަވަޅު ގުނުމަށްޓަކައި ‘ގޫގުލް ފިޓް’ ނަމަކަށް ކިޔާ އެޕްލިކޭޝަން އަޅައި، ކޮވިޑް19ގެ...
އަންޖުމް އިސްމާޢީލް މުޙައްމަދް
އެއް ޖިންސުން ގުޅުން ހިންގުމަކީ އިސްލާމީ ޝަރީއަތާއި ދިވެހިރާއްޖޭގެ ޤާނޫނުގެ ދަށުން ވެސް ކުށެކެވެ. ކުރިން މިފަދަ ކުށްތަކަށް ރާއްޖޭގެ ގާނޫނުން އޮތް އަދަބަށް ވުރެ މިހާރު ހުރި އަދަބުތައް ބޮޑެވެ. އަދި ގާނޫނު އޮތްގޮތުން މަރުގެ އަދަބު ވެސް މިހާރު އެކަމަށް ދެވިދާނެ އެވެ. ޖިންސީ ކުށްތަކަށް ޚާއްސަކޮށް ހަދާފައިވާ ޖިންސީ ކުށުގެ ޤާނޫނު ބުނާގޮތުން އެއް ޖިންސުން ގުޅުން ހިންގާ މީހުންގެ އަދަބަކީ ފަސް އަހަރާއި ހަތް އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ. ފިރިހެނުންނާއި […]
ޙުސައިން ޘަޤީފް