ދިވެހި ފުލުހުންގެ ޚިދުމަތުގައި ހިމެނޭ ބައެއް އިސް މަގާމުތަކަށް ބަދަލު ގެންނަވައިފިއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، އާންމު އުސޫލަކުން ފުލުހުންގެ އިދާރީ ހިންގުމުގައި ހިމެނޭ ބަހާތަކުގެ ބައެެއް މަގާމުތަކަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.

Ad
rt

އެގޮތުން މިއަދުން ފެށިގެން ބަދަލު ގެނެސްފައިވަނީ ޓްރެއިނިންގ އެންޑް ޑިވެލޮޕްމަންޓާއި، ޕްރޮފެޝަނަލް ސްޓޭންޑަރޑް ކޮމާންޑްގެ އިތުރުން ސެންޓްރަލް ޕޮލިސިންގ ކޮމާންޑްގެ އިސް މަގާމުތަކަށް ކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.

އެ ބަހާތަކުގެ ތެރެއިން ހެޑް އޮފް ޓްރެއިނިންގ އެންޑް ޑިވެލޮޕްމެންޓްގެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އެސިސްޓެންޓް ކޮމިޝަނަރ އޮފް އިސްމާޢީލް ނަވީންއެވެ. އެސިސްޓެންޓް ކޮމިނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ކުރިން ހުންނެވީ ހެޑް އޮފް ސެންޓްރަލް ޕޮލިސިންގ ކޮމާންޑުގެ މަގާމުގައެވެ.

އޭގެ އިތުރުން ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑުގެ ހެޑްގެ މަގާމުގައި ކުރިން ހުންނެވި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު ވަނީ ސެންޓްރަލް ޕޮލިސިންގ ކޮމާންޑުގެ ހެޑްގެ މަގާމަށް އަައްޔަނު ކުރައްވާފައެވެ.

މީގެެއިތުރުން ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑުގެ ހެޑަކަށް އަންޔަނު ކުރައްވާފައިވަނީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު އަބްދުއްރަޙްމާންއެވެ. އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު އަބްދުއްރަޙްމާން ކުރިން ހުންނެވީ ހެޑް އޮފް ޓްރެއިނިންގ އެންޑް ޑިވެލޮޕްމެންޓްގެ މަގާމުގައެވެ.

ފުހުލުންގެ ޚިދުމަތުން އެ އިދާރާގެ އިސްމަގާމުތަކަށް މީގެކުރީން ވެސް އެކިފަހަރު މަތިން ބަދަލުގެންނަވާފައެވެ.